Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއަތޮޅުތެރޭގެ ތަރައްޤީ

''އަތޮޅުތެރޭގައި އެކަހެރިވެ، އެކަނިވެރިވެފައި ތިބުން ނޫންގޮތެއް ނެތްކަމުގެ އިޙްސާސުން އެރައްޔިތުން އެދަނީ ވީއްލެމުން''

ސިޔާސީ ބޮޑު ބަދަލުން ރައްޔިތުންނަށް ލިބޭ މަންފާ ކުރިއަށްވުރެ މިހާރު ބޮޑު

އަމްނާ އިމާދު
އަމްނާ އިމާދު | 4 ފެބުރުއަރީ 2022 | ހުކުރު 07:02
ރައީސް ސާލިޙު ރިޔާސީ ބަޔާން އިއްވަވަނީ

ރައީސް ސާލިޙު ރިޔާސީ ބަޔާން އިއްވަވަނީ

މި ސަރުކާރުގެ ސިޔާސަތާއެކު އަތޮޅުތެރޭގައި އެކަހެރިވެ އެކަނިވެރިވެފައި ތިބުން ނޫންގޮތެއް ނެތްކަމުގެ އިޙްސާސުން ރައްޔިތުން ދަނީ ވީއްލެމުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙު ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ސާލިހު ވިދާޅުވީ ރާއްޖެ ބަދަލުވެދިޔަ ސިޔާސީ ބޮޑު ބަދަލުން ރައްޔިތުންނަށް ލިބޭ މަންފާ ކުރިއަށްވުރެ މިހާރު ބޮޑު ކަމަށެވެ ޚާއްސަކޮށް، އަތޮޅުތެރޭގައި އެކަހެރިވެ، އެކަނިވެރިވެފައި ތިބުން ނޫންގޮތެއް ނެތްކަމުގެ އިޙްސާސުން އެ ރައްޔިތުން ދަނީ ވީއްލެމުން ކަމަށެވެ. ސަރުކާރުގެ މިއަދުގެ ވިސްނުމަކީ، ސަރުކާރުން ހިންގާ މަޝްރޫއުތައް އެއީ ހަމައެކަނި ދިރިތިބުމަށް ކުރާ ކަންކަމުގެ އިތުރަށް، ދިރިއުޅުމުގެ މަގުކޮށައި އަލިކޮށްދޭ ވަސީލަތްތައް ކަމުގައި ހެދުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެގޮތުން ބަނދަރާއި މަގާއި އެއަރޕޯޓާއި، ކަރަންޓާއި، ފެނާއި، ނަރުދަމާއަކީ އިގްތިސާދީ ޙަރަކާތުގެ ދުވެލި ބާރުކުރުމަށް ރައްޔިތުން އަތަށްދޭ ވަސީލަތެއް ކަމަށް ބެލުން ކަމަށް ރައީސް ވިދާޅުވިއެވެ.

ޖުމްލަ 134 ރަށުގެ ބަނދަރުގެ މަސައްކަތް އެކި މަރުޙަލާގައި ހިންގަމުންދާކަން ފާހަގަކުރައްވައި ރައީސް ސާލިހު ވިދާޅުވީ މިހާތަނަށް 28 ރަށުގެ ލަފާފުރުމުގެ މައްސަލަ ހައްލުކޮށްދެވިފައިވާ ކަމަށެވެ.

ލޯކަލް ޓޫރިޒަމަށް އިޝާރާތްކުރައްވައި ރައީސް ސާލިޙު ވިދާޅުވީ މާލެއަތޮޅު މާފުށި މުޅި ދުނިޔެއަށް ހުޅުވި، އެތައް އަހަރެއްވީއިރުވެސް، ދާދިމިދާކަށް ދުވަހާއި ޖެހެންދެން ވެސް ޖެހިގެން އޮތް ގުޅި އޮތީ ތުންބަނދެވި ބަންދުވެފައި ކަމަށެވެ. ގިނަ ރަށްރަށް ފަދައިން، ގުޅީގައި ހުރި ފެންވަނީ ފާވެ، ނަޖިހުން ތަޣައްޔަރުވެފައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ނަމަވެސް، މިހާރު ގުޅި ފުރި، ބަންޑުންވަނީ ސާފު ތާޒާ މީރު ފެނުންކަމަށް ރައީސް ވިދާޅުވިއެވެ. އަދި ވިދާޅުވީ ސަރުކާރުގެ އަމާޒަކީ، ރާއްޖޭގެ ހުރިހާ ރަށެއް އެމާޒީއާއި އެކުވެ ބައްސައިލުން ކަމަށެވެ.

ރައްޔިތުން ރަށުބަންދުން ވީއްލުމަކީ މިސަރުކާރުގެ ވައުދެއް ކަމަށްވާއިރު، އެ ވައުދު ފުއްދުމަށް މިހާރު ހައިސްޕީޑް ފެރީ ނެޓްވަރކެއްގެ ގޮތުގައި މުޅި ބޮޑުތިލަދުންމަތީގައި މި ޚިދުމަތް ފެށުމަށް ލޯންޗްތައް ކުޅުދުއްފުށްޓަށް ގެންގޮސް، ޓްރަޔަލް ދަތުރުތައް ފަށާފައިވާ ކަމަށް ރައީސް ސާލިޙު ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ސާލިޙު ވިދާޅުވީ ރާއްޖޭގެ ސަރަހައްދީ ބަނދަރުތަކަށް ބައިނަލްއަޤްވާމީ ކާގޯ ޚިދުމަތް ގަވާއިދުން ފެށިފައިވާ ކަމަށާއި، ދެކުނަށް މުދާ އުފުލަނީ ރާއްޖޭގެ ޤައުމީ އާގުބޯޓު ކުންފުނިން ކަމަށެވެ. އެއީ ކޮވިޑުގައި ދުނިޔެ ހުއްޓުނު ވަގުތު ދުއްވައިގަތް ދިވެހި ރައްޔިތުންގެ އާގުބޯޓު ކުންފުނި ކަމަށާއި، އެ ދަނޑިވަޅުގައި ރާއްޖެއަށް ބޭނުންވާ އަސާސީ މުދަލާއި، ބޭހާއި ކާޑަށް ހުއްޓުމެއް އަޔަނުދިނުމަށް ފެށި އައު ފެށުމެއްގެ ގޮތުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް ސާލިޙު ވިދާޅުވީ ކުރު މުއްދަތެއްގައި ހީނުކުރާވަރުގެ ކުރިއެރުމެއް ހޯދައި، ދާދި މިދާކަށްދުވަހު އަދި އިތުރު އާގުބޯޓެއް އެކުންފުނިން ގަނެފައިވާ ކަމަށާއި، މެރިޓައިމް ދާއިރާއިން ދިވެހިން ތަމްރީނުވުމަށް އެކުންފުނިން އިއުލާން ކުރާ ކަމަށެވެ. މިއީ އޮއްސި ފުސްވަމުންދިޔަ ރާއްޖޭގެ ކުލަރީތި މާޒީގައި އަލުން ކުލަޖެހުންފަދަ ކަމެއްގެ ގޮތުގައިވެސް އެމަނިކުފާނު ސިފަ ކުރެއްވިއެވެ.

ރިޔާސީ ބަޔާންރައީސް ސޯލިހު

އިތުރަށް ކިޔާލަން

05 ފެބުރުއަރީ 2025

އުންމީދުން ފުރިގެންވާ ރިޔާސީ ބަޔާން އާޚިރުގައި ވެގެން ދިޔައީ ސަޅިބައިސާ އަށް

05 ފެބުރުއަރީ 2025
އުންމީދުން ފުރިގެންވާ ރިޔާސީ ބަޔާން އާޚިރުގައި ވެގެން ދިޔައީ ސަޅިބައިސާ އަށް
05 ފެބުރުއަރީ 2024

އަމާޒަކީ މި ދައުރުގައި އަމިއްްލަ ހިޔާވަހިކަމުން މަހުރޫމުވެފައި ހުރި އެއްވެސް ދިވެއްސަކު ނެތްކަން ކަށަވަރުކުރުން: ރައީސް

05 ފެބުރުއަރީ 2024
އަމާޒަކީ މި ދައުރުގައި އަމިއްްލަ ހިޔާވަހިކަމުން މަހުރޫމުވެފައި ހުރި އެއްވެސް ދިވެއްސަކު ނެތްކަން ކަށަވަރުކުރުން: ރައީސް
06 ފެބުރުއަރީ 2023

ސަރުކާރުން އަމާންވެށީގެ 7 މަރުކަޒު ޤާއިމްކޮށް، 156 މުވައްޒަފުން ވަނީ ތަމްރީންކޮށްފައި

06 ފެބުރުއަރީ 2023
ސަރުކާރުން އަމާންވެށީގެ 7 މަރުކަޒު ޤާއިމްކޮށް، 156 މުވައްޒަފުން ވަނީ ތަމްރީންކޮށްފައި
06 ފެބުރުއަރީ 2023

މެއި މަހުން ފެށިގެން ސިއްޙީ ދާއިރާގެ މުސާރަ ބޮޑުވަނީ، ޔުނިވަރސިޓީ ދާއިރާގެ މުވައްޒަފުންގެ މުސާރައަށްވެސް ހެޔޮ ބަދަލުތަކެއް!

06 ފެބުރުއަރީ 2023
މެއި މަހުން ފެށިގެން ސިއްޙީ ދާއިރާގެ މުސާރަ ބޮޑުވަނީ، ޔުނިވަރސިޓީ ދާއިރާގެ މުވައްޒަފުންގެ މުސާރައަށްވެސް ހެޔޮ ބަދަލުތަކެއް!
06 ފެބުރުއަރީ 2023

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުންދޭ އެލަވަންސް އަންނަ ޖޫން މަހުން ފެށިގެން ބޮޑުކުރަނީ

06 ފެބުރުއަރީ 2023
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުންދޭ އެލަވަންސް އަންނަ ޖޫން މަހުން ފެށިގެން ބޮޑުކުރަނީ
06 ފެބުރުއަރީ 2023

މާލެ ސަރަހައްދުން ދޭ ގޯތީގެ އަދަދު އިތުރު ކުރެއްވުމަށް ރައީސް ނިންމަވައިފި

06 ފެބުރުއަރީ 2023
މާލެ ސަރަހައްދުން ދޭ ގޯތީގެ އަދަދު އިތުރު ކުރެއްވުމަށް ރައީސް ނިންމަވައިފި
06 ފެބުރުއަރީ 2023

ހަޅުތާލުކުރަމުން ދިޔަ ފަސް މެންބަރެއްގެ ނަން އިއްވެވުމަށްފަހު މަޖިލީހުން ނެެރެފި

06 ފެބުރުއަރީ 2023
ހަޅުތާލުކުރަމުން ދިޔަ ފަސް މެންބަރެއްގެ ނަން އިއްވެވުމަށްފަހު މަޖިލީހުން ނެެރެފި
06 ފެބުރުއަރީ 2023

ސްޓޫޑެންޓް ލޯނުގެ އިދާރީ ފީ %1 އަށް ކުޑަކޮށް، ލޯނު އަނބުރާ ދެއްކުން 20 އަހަރަށް ވަނީ އިތުރުކޮށްފައި

06 ފެބުރުއަރީ 2023
ސްޓޫޑެންޓް ލޯނުގެ އިދާރީ ފީ %1 އަށް ކުޑަކޮށް، ލޯނު އަނބުރާ ދެއްކުން 20 އަހަރަށް ވަނީ އިތުރުކޮށްފައި
05 ފެބުރުއަރީ 2023

ރައީސް ޞާލިހުގެ 5 ވަނަ ރިޔާސީ ބަޔާން މާދަމާ

05 ފެބުރުއަރީ 2023
ރައީސް ޞާލިހުގެ 5 ވަނަ ރިޔާސީ ބަޔާން މާދަމާ
16 ޖެނުއަރީ 2023

ރިޔާސީ ބަޔާން އިއްވުމާއި މަޖިލިސް މިއަހަރަށް ހުޅުވުން ފެބްރުއަރީ 6ގައި

16 ޖެނުއަރީ 2023
ރިޔާސީ ބަޔާން އިއްވުމާއި މަޖިލިސް މިއަހަރަށް ހުޅުވުން ފެބްރުއަރީ 6ގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު