Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރާއްޖޭގެ ޚާރިޖީ ސިޔާސަތު

ރާއްޖޭގެ ޚާރިޖީ ސިޔާސަތު ބިނާވަނީ މިނިވަންކަމާއި އިންސާނީ ޙައްޤުތައް ހިމާޔަތްކުރުމަށް: ރައީސް

އދ.ގެ 76 ވަނަ އާންމު މަޖިލީހުގެ ރިއާސަތަށް ޝާހިދު، އިންތިޚާބުވުމަކީ ޤައުމަށް ލިބުނު ޝަރަފަކާއި ރީތި ނަމެއް

އަމްނާ އިމާދު
އަމްނާ އިމާދު | 3 ފެބުރުއަރީ 2022 | ބުރާސްފަތި 08:14
ރައީސް އިބްރާހިމް މުހައްމަދު ސާލިޙާއި، އދ.ގެ އާއްމު މަޖިލީހުގެ 76 ވަނަ ސެޝަންގެ ރައީސް އަބްދުﷲ ޝާހިދު

ރައީސް އިބްރާހިމް މުހައްމަދު ސާލިޙާއި، އދ.ގެ އާއްމު މަޖިލީހުގެ 76 ވަނަ ސެޝަންގެ ރައީސް އަބްދުﷲ ޝާހިދު

ރާއްޖޭގެ ޚާރިޖީ ސިޔާސަތު ބިނާވެގެންވަނީ ދިވެހިރާއްޖޭގެ ސިޔާދަތީ މިނިވަންކަމާއި އިސްތިޤްލާލު ރައްކާތެރިކުރުމާއި އިންސާނީ ޙައްޤުތައް ހިމާޔަތްކުރުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙު ވިދާޅުވެއްޖެއެވެ.

މިއަހަރަށް ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ސާލިޙު ވިދާޅުވީ ރާއްޖޭގެ ޚާރިޖީ ސިޔާސަތު ބިނާވެގެން ވަނީ ރާއްޖޭގެ ސިޔާދަތީ މިނިވަންކަމާއި އިސްތިޤުލާލު ރައްކާތެރިކުރުމުގެ އިތުރުން، އިންސާނީ ޙައްޤުތައް ހިމާޔަތްކުރުމާއި އަދި ޑިމޮކްރެސީގެ ހަމަތަކާ އުސޫލުތައް ނަގަހައްޓައި، މޫސުމަށް އަންނަ ބަދަލުތަކުން ޤައުމު ރައްކާތެރިކުރުމުގެ މައްޗަށް ކަމަށެވެ. މި ސަރުކާރުން ދަމަހައްޓަމުން އަންނަ ޚާރިޖީ ސިޔާސަތުގެ މައްޗަށް އަލިއަޅުއްވާލައްވައި ރައީސް ސާލިޙު ވިދާޅުވީ އދ.ގެ 76 ވަނަ އާންމު މަޖިލީހުގެ ރިއާސަތަށް ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު، ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިޔާ އަބްދުﷲ ޝާހިދު، އިންތިޚާބުވުމަކީ ދިވެހި ޤައުމަށް ލިބުނު ޝަރަފަކާއި ރީތި ނަމެއް ކަމަށެވެ.

ރައީސްގެ ރިޔާސީ ބަޔާނުގައި އެމަނިކުފާނު ވަނީ ރާއްޖެ ތަރައްޤީ ކުރުމުގެ މަސައްކަތުގައި ލިބެމުންދާ އެންމެހައި އެހީތެރިކަމަށް އިންޑިއާ، ޗައިނާ، ޖަޕާން، އެމެރިކާ، ޔޫ.އޭ.އީ، ސައުދީ އަރަބިއްޔާ، ޕާކިސްތާން، ކުވެއިތު، ސްރީލަންކާ، އީ.ޔޫ އަދި އެހެނިހެން ދެދޭ ހުރިހާ ޤައުމުތަކަށް ދިވެހި ސަރުކާރުގެ ނަމުގައި ޝުކުރު އަދާކުރައްވާފައެވެ.

ރައީސް ވިދާޅުވީ ދައުލަތުގެ އެންމެ މަތީ ވެރިޔާގެ ގޮތުގައި އެމަނިކުފާނާއި މަތިވެފައިވާ އެންމެ އިސް ވާޖިބަކީ، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުމާއި އަމާން، ސުލްހަވެރި މާހައުލެއް ދިވެހި ރައްޔިތުންނަށް ހޯދައިދިނުން ކަމަށެވެ.

ރައީސްގެ ވާހަކަފުޅުގައި އެކުވެރި ދައުލަތްތަކުން ތަފާތު އެކި ތަމްރީންތައް ހޯދުމަށް ލިބިފައިވާ ފުރުސަތުތަކުގައި އެކި ޤައުމުތަކުގައި ދިވެހި ސިފައިން މިހާރުވެސް ތަމްރީންތައް ފުރިހަމަކުރަމުން އަންނަކަން ފާހަގަކުރައްވައި ޑޯނިއާ މަތިންދާ ބޯޓާ، ހެލިކޮޕްޓަރާއި ކޯސްޓްގާޑްގެ އުޅަނދުފަހަރާ ސީއެމްބިއުލާންސްގެ ޒަރީއާއިން ދިވެހި ސިފައިން މިދިޔަ އަހަރު ހިންގި އޮޕަރޭޝަންތަކުގެ ބައެއް ތަފާސްހިސާބުތައް ވެސް ހިއްސާކުރެއްވިއެވެ. އަދި އިންޑިއާ ކަނޑަކީ ސުލްޙަވެރި އަމާންތަނަކަށް ހެދުމަށް ޒަމާނުއްސުރެ ރާއްޖެއިން އަދާކުރާ ދައުރު އަވަށްޓެރި ޤައުމުތަކާއެކު އަދާކުރާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ފުލުހުންގެ ޚިދުމަތް ފުޅާކޮށް ތަރައްޤީ ކުރުމަށް ސަރުކާރުން ކުރާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވައި ރައީސް ވިދާޅުވީ މިދައުރުގެ ތެރޭގައި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ޤާއިމްކުރުމަށް ތައްޔާރުކޮށްފައިވާ ޕްލޭން މިހާރު ތަންފީޒްކުރަމުން އަންނަ ކަމަށެވެ. އަދި މުޖްތަމައުގެ އަމާންކަން ދެމެހެއްޓުމަށް ފުލުހުންގެ ދައުރު އިތުރުކުރުމުގެ ގޮތުން، ރާއްޖޭގެ ހަތަރު ސިޓީ އަދި ހުވަދު އަތޮޅާއި އަރިއަތޮޅުގައި މިހާރު ނެއިބަރހުޑް ޕޮލިސިންގ ރަސްމީކޮށް ފަށާފައިވާކަމަށާއި މިއަހަރުގެ ތެރޭގައި ކ. އަތޮޅާއި ތ. އަތޮޅުގައި މި މޮޑެލް ރަސްމީކޮށް ފަށާނެކަން އެމަނިކުފާނު ހާމަކުރެއްވިއެވެ. މީގެ އިތުރުން މިހާރު ފަށާފައިވާ ޒަމާނީ ޕޮލިސިން ފަލްސަފާގެ ދަށުން، ފީލްޑްގައި މަސައްކަތްކުރާ ފުލުހުން މިމަހުގެ ތެރޭގައި ބޮޑީ ކެމެރާ ބޭނުންކުރަން ފަށާނެކަން ރައީސް ހާމަކުރެއްވިއެވެ.

ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވަނީ މަސްތުވާތަކެއްޗާއި ދެކޮޅަށް ރާއްޖޭގެ ފުލުހުންނާއި، ކަސްޓަމްސް އާއި ކަމާއި ގުޅޭ އެހެނިހެން މުއައްސަސާތަކުން އެންމެ ބޮޑު ކާމިޔާބީއެއް ހޯދީ މިދިޔަ ތިން އަހަރުގައިކަން ފާހަގަކުރައްވައި އޭގެ ބައެއް ތަފްސީލުތަކަށް ވެސް އަލިއަޅުވާލައްވާފައެވެ.

ރިޔާސީ ބަޔާން

އިތުރަށް ކިޔާލަން

05 ފެބުރުއަރީ 2025

އުންމީދުން ފުރިގެންވާ ރިޔާސީ ބަޔާން އާޚިރުގައި ވެގެން ދިޔައީ ސަޅިބައިސާ އަށް

05 ފެބުރުއަރީ 2025
އުންމީދުން ފުރިގެންވާ ރިޔާސީ ބަޔާން އާޚިރުގައި ވެގެން ދިޔައީ ސަޅިބައިސާ އަށް
05 ފެބުރުއަރީ 2024

އަމާޒަކީ މި ދައުރުގައި އަމިއްްލަ ހިޔާވަހިކަމުން މަހުރޫމުވެފައި ހުރި އެއްވެސް ދިވެއްސަކު ނެތްކަން ކަށަވަރުކުރުން: ރައީސް

05 ފެބުރުއަރީ 2024
އަމާޒަކީ މި ދައުރުގައި އަމިއްްލަ ހިޔާވަހިކަމުން މަހުރޫމުވެފައި ހުރި އެއްވެސް ދިވެއްސަކު ނެތްކަން ކަށަވަރުކުރުން: ރައީސް
06 ފެބުރުއަރީ 2023

ސަރުކާރުން އަމާންވެށީގެ 7 މަރުކަޒު ޤާއިމްކޮށް، 156 މުވައްޒަފުން ވަނީ ތަމްރީންކޮށްފައި

06 ފެބުރުއަރީ 2023
ސަރުކާރުން އަމާންވެށީގެ 7 މަރުކަޒު ޤާއިމްކޮށް، 156 މުވައްޒަފުން ވަނީ ތަމްރީންކޮށްފައި
06 ފެބުރުއަރީ 2023

މެއި މަހުން ފެށިގެން ސިއްޙީ ދާއިރާގެ މުސާރަ ބޮޑުވަނީ، ޔުނިވަރސިޓީ ދާއިރާގެ މުވައްޒަފުންގެ މުސާރައަށްވެސް ހެޔޮ ބަދަލުތަކެއް!

06 ފެބުރުއަރީ 2023
މެއި މަހުން ފެށިގެން ސިއްޙީ ދާއިރާގެ މުސާރަ ބޮޑުވަނީ، ޔުނިވަރސިޓީ ދާއިރާގެ މުވައްޒަފުންގެ މުސާރައަށްވެސް ހެޔޮ ބަދަލުތަކެއް!
06 ފެބުރުއަރީ 2023

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުންދޭ އެލަވަންސް އަންނަ ޖޫން މަހުން ފެށިގެން ބޮޑުކުރަނީ

06 ފެބުރުއަރީ 2023
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުންދޭ އެލަވަންސް އަންނަ ޖޫން މަހުން ފެށިގެން ބޮޑުކުރަނީ
06 ފެބުރުއަރީ 2023

މާލެ ސަރަހައްދުން ދޭ ގޯތީގެ އަދަދު އިތުރު ކުރެއްވުމަށް ރައީސް ނިންމަވައިފި

06 ފެބުރުއަރީ 2023
މާލެ ސަރަހައްދުން ދޭ ގޯތީގެ އަދަދު އިތުރު ކުރެއްވުމަށް ރައީސް ނިންމަވައިފި
06 ފެބުރުއަރީ 2023

ހަޅުތާލުކުރަމުން ދިޔަ ފަސް މެންބަރެއްގެ ނަން އިއްވެވުމަށްފަހު މަޖިލީހުން ނެެރެފި

06 ފެބުރުއަރީ 2023
ހަޅުތާލުކުރަމުން ދިޔަ ފަސް މެންބަރެއްގެ ނަން އިއްވެވުމަށްފަހު މަޖިލީހުން ނެެރެފި
06 ފެބުރުއަރީ 2023

ސްޓޫޑެންޓް ލޯނުގެ އިދާރީ ފީ %1 އަށް ކުޑަކޮށް، ލޯނު އަނބުރާ ދެއްކުން 20 އަހަރަށް ވަނީ އިތުރުކޮށްފައި

06 ފެބުރުއަރީ 2023
ސްޓޫޑެންޓް ލޯނުގެ އިދާރީ ފީ %1 އަށް ކުޑަކޮށް، ލޯނު އަނބުރާ ދެއްކުން 20 އަހަރަށް ވަނީ އިތުރުކޮށްފައި
05 ފެބުރުއަރީ 2023

ރައީސް ޞާލިހުގެ 5 ވަނަ ރިޔާސީ ބަޔާން މާދަމާ

05 ފެބުރުއަރީ 2023
ރައީސް ޞާލިހުގެ 5 ވަނަ ރިޔާސީ ބަޔާން މާދަމާ
16 ޖެނުއަރީ 2023

ރިޔާސީ ބަޔާން އިއްވުމާއި މަޖިލިސް މިއަހަރަށް ހުޅުވުން ފެބްރުއަރީ 6ގައި

16 ޖެނުއަރީ 2023
ރިޔާސީ ބަޔާން އިއްވުމާއި މަޖިލިސް މިއަހަރަށް ހުޅުވުން ފެބްރުއަރީ 6ގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު