Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފުލުހުން ބޮޑީ ކެމެރާ ބޭނުން ކުރުން

ފީލްޑްގައި މަސައްކަތް ކުރާ ފުލުހުން މިމަހުގެ ތެރޭގައި ބޮޑީ ކެމެރާ ބޭނުންކުރަން ފަށަނީ

3 ފެބުރުއަރީ 2022 | ބުރާސްފަތި 05:27

އަމާޒަކީ ދިވެހި ފުލުހުންގެ ޚިދުމަތަށް ރައްޔިތުންގެ އިތުބާރާ ޔަޤީންކަން އިތުރުކުރުން

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 3 ފެބުރުއަރީ 2022 | ބުރާސްފަތި 05:27
ފުލުހުން- ރައީސް ސާލިޙު ވިދާޅުވީ، ޤާނޫނު ތަންފީޒްކުރުމުގެ އެންމެ ކުރީ ސަފުގައި ތިއްބަވަނީ ދިވެހި ފުލުހުން ކަމަށް

ފުލުހުން- ރައީސް ސާލިޙު ވިދާޅުވީ، ޤާނޫނު ތަންފީޒްކުރުމުގެ އެންމެ ކުރީ ސަފުގައި ތިއްބަވަނީ ދިވެހި ފުލުހުން ކަމަށް

ފީލްޑްގައި މަސައްކަތް ކުރާ ފުލުހުން މިމަހުގެ ތެރޭގައި ބޮޑީ ކެމެރާ ބޭނުންކުރަން ފަށާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ސާލިޙު ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހު ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ސާލިޙު ވިދާޅުވީ، ޤާނޫނު ތަންފީޒްކުރުމުގެ އެންމެ ކުރީ ސަފުގައި ތިއްބަވަނީ ދިވެހި ފުލުހުން ކަމަށެވެ. އެގޮތުން ފުލުހުންގެ މުއައްސަސާ އިތުރަށް ހަރުދަނާކުރުމަށްޓަކައި އެކުލަވާލެވުނު ދިވެހި ފުލުހުންގެ ޚިދުމަތުގެ ޤާނޫނު މިހާރު ތަންފީޒުކުރަން ފަށާފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

Advertisement - newsAdvertisement

އެއާއެކު ފުލުހުންގެ ޚިދުމަތަކީ އިންސާނީ ހައްޤުތަކަށް އިހްތިރާމު ކުރުމާއެކު ޤާނޫނުގެ ހުކޫމަތުގެ ތެރެއިން ދެވޭ ޚިދުމަތެއްކަން ކަށަވަރުކުރެވޭނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި މި ދައުރުގެ ތެރޭގައި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ޤާއިމްކުރުމަށްޓަކާއި ތައްޔާރުކުރެވިފައިވާ ޕްލޭން މިހާރު ތަންފީޒު ކުރަމުންދާކަންވެސް ރައީސް ފާހަގަކުރެއްވިއެވެ.

މުޖްތަމަޢުގެ އަމާންކަން ދެމެހެއްޓުމުގައި ފުލުހުންގެ ދައުރު އިތުރުކުރުމުގެ ގޮތުން، ރާއްޖޭގެ ހަތަރު ސިޓީގައި އަދި ހުވަދުއަތޮޅާއި އަރިއަތޮޅުގައި މިހާރު ވަނީ ނެއިބަރހުޑް ޕޮލިސިންގ ރަސްމީކޮށް ފަށާފައިކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ މިއަހަރުގެ ތެރޭގައި، ކ.އަތޮޅާއި، ތ.އަތޮޅުގައި މި މޮޑެލް ރަސްމީކޮށް ފަށާނެކަމަށެވެ.

ދިވެހި ފުލުހުންގެ ޚިދުމަތް އިތުރަށް ހަރުދަނާކޮށް ޖަވާބުދާރީކުރުވުމަށް، ޒަމާނީ ޕޮލިސިންގ ފަލްސަފާއެއް މިހާރު އެމުއައްސަސާގައި އޮތްކަންވެސް ރައީސް ފާހަގަކުރެއްވިއެވެ. އެގޮތުން ފީލްޑްގައި މަސައްކަތްކުރާ ފުލުހުން މިމަހުގެ ތެރޭގައި ބޮޑީކެމެރާ ބޭނުންކުރަން ފަށާނެކަމަށް ރައީސް ވިދާޅުވިއެވެ.

ފުލުހުންގެ ތަހްޤީގުތައް މިހާރަށްވުރެ ޒަމާނީވެ ފުރިހަމަވާން އެބަޖެހޭކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ފުލުހުންގެ ޚިދުމަތް ފުޅާކުރުމަށް ބޭނުންވާ އިތުރު ފުލުހުންނާއި، ތަމްރީނު އަދި ވަސީލަތް ސަރުކާރުން ފޯރުކޮށްދޭނެކަން ރައީސް ފާހަގަކުރެއްވިއެވެ. އެގޮތުން އަމާޒަކީ ދިވެހި ފުލުހުންގެ ޚިދުމަތަށް ރައްޔިތުންގެ އިތުބާރާއި ޔަޤީންކަން އިތުރުކުރުންކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، މުދަލާއި ހަށިފުރާނައިގެ ރައްކާތެރިކަމުގައި އަބަދުވެސް ރައްޔިތުންނާއި އެންމެ ގާތުގައި ތިއްބަވާ ދިވެހި ޤައުމީ ފައުޖަކީ ދިވެހި ފުލުހުން ކަމަށެވެ.

ރިޔާސީ ބަޔާންރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުމޯލްޑިވްސް ޕޮލިސް ސަރވިސް

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

08 ޑިސެމްބަރު 2025

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި
04 ޑިސެމްބަރު 2025

ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

04 ޑިސެމްބަރު 2025
ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް
03 ޑިސެމްބަރު 2025

ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

03 ޑިސެމްބަރު 2025
ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު
22 ނޮވެމްބަރު 2025

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި

22 ނޮވެމްބަރު 2025
 ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި
19 ނޮވެމްބަރު 2025

އަންހެން ދެ ކުދިންނަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަން ފަށައިފި

19 ނޮވެމްބަރު 2025
އަންހެން ދެ ކުދިންނަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަން ފަށައިފި
14 ނޮވެމްބަރު 2025

ޒަމާނީ ބަދަލުތަކަށް ތަމްރީނު ހޯދައި، ގޮންޖެހުންތަކުން އަރައިގަތުމުގެ ހިތްވަރު ފުލުހުންގެ އެބަހުރި: ސީޕީ

14 ނޮވެމްބަރު 2025
ޒަމާނީ ބަދަލުތަކަށް ތަމްރީނު ހޯދައި، ގޮންޖެހުންތަކުން އަރައިގަތުމުގެ ހިތްވަރު ފުލުހުންގެ އެބަހުރި: ސީޕީ
13 ނޮވެމްބަރު 2025

މަސްތުވާތަކެތީގެ ޑީލަރުންގެ ފަހަތުން ފުލުހުން ދާނެކަން ރައީސް އިއުލާން ކުރައްވައިފި

13 ނޮވެމްބަރު 2025
މަސްތުވާތަކެތީގެ ޑީލަރުންގެ ފަހަތުން ފުލުހުން ދާނެކަން ރައީސް އިއުލާން ކުރައްވައިފި
11 ނޮވެމްބަރު 2025

ބަނގުރާ ބޮއެގެން ދަރިފުޅަށް ޖިންސީ ގޯނާކުރި މަންމަ ހައްޔަރުކޮށްފި

11 ނޮވެމްބަރު 2025
ބަނގުރާ ބޮއެގެން ދަރިފުޅަށް ޖިންސީ ގޯނާކުރި މަންމަ ހައްޔަރުކޮށްފި
10 ނޮވެމްބަރު 2025

ރިކޯޑުކޮށްފައިވާ ޒާތީ މައުލޫމާތު ވަނީ ބަދަލު ކޮށްފައި، މައްސަލަ ބަލައި ދިނުމަށް އޭސީޕީ ޝިފާން އެދިވަޑައިގެންފި

10 ނޮވެމްބަރު 2025
ރިކޯޑުކޮށްފައިވާ ޒާތީ މައުލޫމާތު ވަނީ ބަދަލު ކޮށްފައި، މައްސަލަ ބަލައި ދިނުމަށް އޭސީޕީ ޝިފާން އެދިވަޑައިގެންފި
09 ނޮވެމްބަރު 2025

ރައްޔިތުންގެ ހައްގުތައް ހޯދައިދިނުމަށް ސީޕީ ނަވީން، އެންއައިސީ މެންބަރުންނާ ބައްދަލުކުރައްވައި މަޝްވަރާ ކުރައްވައިފި

09 ނޮވެމްބަރު 2025
ރައްޔިތުންގެ ހައްގުތައް ހޯދައިދިނުމަށް ސީޕީ ނަވީން، އެންއައިސީ މެންބަރުންނާ ބައްދަލުކުރައްވައި މަޝްވަރާ ކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް