Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިލްވާން މައްސަލައިގެ ތަހުޤީޤު

ރިލްވާން މައްސަލައިގެ ތަހުޤީޤު މަރު ކޮމިޝަނުން އެއްކޮށް ނިންމައި، މިއަހަރު މެދުތެރޭގައި ރައީސަށް ހުށައަޅަނީ

3 ފެބުރުއަރީ 2022 | ބުރާސްފަތި 05:06

ކުރީގެ މަރުތަކަށް އިންސާފު ހޯދުމުގައި އުންމީދު ކުރިވަރަށް ވުރެ މާ ބޮޑުތަން ލަސް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 3 ފެބުރުއަރީ 2022 | ބުރާސްފަތި 05:06
ނޫސްވެރިޔާ ރިލްވާންގެ މައްސަލައަށް އިންސާފު ހޯދުމަށް އެދި ބޭއްވި އެއްވުމެއްގެ ތެރެއިން

ނޫސްވެރިޔާ ރިލްވާންގެ މައްސަލައަށް އިންސާފު ހޯދުމަށް އެދި ބޭއްވި އެއްވުމެއްގެ ތެރެއިން

ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މައްސަލައިގެ ތަހުޤީޤު މަރު ކޮމިޝަނުން އެއްކޮށް ނިންމައި، މިއަހަރު މެދުތެރޭގައި ރައީސަށް ހުށައަޅުއްވާނެކަމުގެ ޔަޤީންކަން ދީފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙު ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހު ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ސާލިޙު ވިދާޅުވީ، ކުރީގެ މަރުތަކަށް އިންސާފު ހޯދުމުގައި އުންމީދު ކުރިވަރަށް ވުރެ މާ ބޮޑުތަން ލަސްކަމަށެވެ. އަދި އެކަމުގައި ކުރަންޖެހޭ މަސައްކަތާއި، ފިލުވަންޖެހޭ އޮޅުން ބޮޑުކަމަށެވެ.

Advertisement - newsAdvertisement

މަރު ކޮމިޝަނުން އެންމެ އިސްކަމެއް ދީގެން ކުރިއަށް ގެންގޮސްފައިވަނީ ނޫސްވެރިޔާ އަޙްމަދު ރިލްވާން ގެއްލުވާލާފައިވާ މައްސަލަކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، މިހާތަނަށް ކޮމިޝަންގެ ފަރާތުން 200 އަށް ވުރެ ގިނަ މީހުންނާއި ސުވާލުކޮށްފައިވާ ކަމަށެވެ. ބޭރުގެ ފައިނޭންޝަލް އެކްސްޕަރޓެއްގެ އެހީގައި މާލީ މުޢާމަލާތްތައް އެނަލައިޒްކޮށްފައިވާކަންވެސް ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ، މި އަހަރުގެ މެދުތެރޭގައި ތަހްޤީގު އެއްކޮށް ނިންމައި ކޮމިޝަންގެ ހޯދުންތައް އެމަނިކުފާނަށް ހުށަހަޅާނެކަމުގެ ޔަޤީންކަން ދެއްވާފައިވާކަމަށެވެ.

ދާދިފަހުން ޝަރުޢީ ފުރަތަމަ މަރުހަލާ ނިމިފައިވާ ޔާމީން ރަޝީދުގެ މަރުގެ މައްސަލައަށްވެސް ރައީސްގެ ވާހަކަފުޅުގައި އަލިއަޅުވާލެއްވިއެވެ. އެގޮތުން ކުށް ސާބިތުނުވި ފަރާތްތަކުގެ މައްސަލަ އިސްތިއުނާފަށް ހުށަހެޅުމުގެ މަސައްކަތް ޕީޖީ އޮފީހުން ފަށާފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.

މިމައްސަލައިގައިޙުކުމްކޮށްނިންމާފައިވަނީ ދައުވާ ލިބޭ އިސްމާއިލް ހައިޝަމާއި އަހުމަދު ޒިހާންގެ މައްޗަށް ކުށް ސާބިތުވާކަމަށާއި، ބާކީ ތިބި 4 މީހުންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާ ސާބިތުނުވާ ކަމަށެވެ. އެގޮތުން ކުށް ސާބިތުނުވާކަމަށް ނިންމާފައިވަނީ މ. ކޮޅުފުށީ އީސްޓް ހުސައިން ޒިޔާދާއި، މ.ތާއިފް އިސްމާއީލް ރަޝީދާއި، މ.ކުދެހިގެ ހަސަން ޝިފާޒާއި، ގދ.ގައްދޫ ސިންދުބާދުގޭ މުހައްމަދު ދިފްރާނުގެ މައްޗަށެވެ.

ރައީސް ވިދާޅުވީ، ޔާމީން ރަޝީދުގެ މަރުގެ މައްސަލަ އޭރު ކޯޓުގައި އޮތުމުން ރިޔާސީ ކޮމިޝަނުން ތަހްޤީގު ކުރުމަށް ކަނޑައަޅާފައިވާ ބައި، ކުރިއަށް ނުގެންދެވި އޮތް އޮތުން މިހާރު ނިމިފައިވާ ކަމަށެވެ. އަދި އެމައްސަލައިގެ ތަހްޤީގު ރިޔާސީ ކޮމިޝަނުން މިހާރު ކުރިއަށް ގެންދާކަމަށްވެސް ރައީސް ވިދާޅުވިއެވެ.

މަރާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާންރިޔާސީ ބަޔާންރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު

އެންމެ ހިނގާ

1

ލަންކާ އެމްބަސީގައި ހުރި ތަރޑް ސެކެޓަރީއެއްގެ ބޭއަދަބީ ވީޑިއޯއެއް އާންމުވެ، އޭނާ ވަކިކުރަން ރައީސް އޮފީހުން ފޮރިން މިނިސްޓްރީއަށް އަންގައިފި

2

އީރާނު ހަނގުރާމައިގައި ބައިވެރިވި އެމެރިކާގެ 5000 މީހުންގެ މަނަވަރު އަބްރަހަމް ލިންކަން ތައިލެންޑްގައި މަޑުކުރާތީ ހަށިވިއްކުން ހުއްޓުވަން ފުލުހުން ނެރެފި

3

"އީރާނާ ދެކޮޅަށް ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފާނެ"

4

އަބްރަހަމް ލިންކަން އެނބުރި ޤައުމަށް ދިޔުމުގެ ތެރޭގައި ސިންގަޕޫރު ކައިރިން ދަތުރުކޮށްފި

5

އަނެއްކާ ވެސް އެކްސިޑެންޓެއް ހިނގައި، 17 އަހަރުގެ އަންހެން ކުއްޖަކަށް އަނިޔާވެއްޖެ

އިތުރަށް ކިޔާލަން

20 ސެޕްޓެމްބަރު 2025

ޑރ އިޔާޟް, ޖަނާބް އަށް: އިތުރަށް ރަޢްޔިތުންނަށް ގެއްލުން ނުދީ ޅިޔަނަށާއި ކޮއްކޮ އަށް ގޯއްޗަށް ދާން ލަފާ ދެއްވާ

20 ސެޕްޓެމްބަރު 2025
ޑރ އިޔާޟް, ޖަނާބް އަށް: އިތުރަށް ރަޢްޔިތުންނަށް ގެއްލުން ނުދީ ޅިޔަނަށާއި ކޮއްކޮ އަށް ގޯއްޗަށް ދާން ލަފާ ދެއްވާ
05 ފެބުރުއަރީ 2025

އުންމީދުން ފުރިގެންވާ ރިޔާސީ ބަޔާން އާޚިރުގައި ވެގެން ދިޔައީ ސަޅިބައިސާ އަށް

05 ފެބުރުއަރީ 2025
އުންމީދުން ފުރިގެންވާ ރިޔާސީ ބަޔާން އާޚިރުގައި ވެގެން ދިޔައީ ސަޅިބައިސާ އަށް
22 މެއި 2024

މަރު ކޮމިޝަންގެ ހޯދުންތައް އާންމުކުރާނެކަމަށް ރައީސް އޮފީހުން ބުނެފި

22 މެއި 2024
މަރު ކޮމިޝަންގެ ހޯދުންތައް އާންމުކުރާނެކަމަށް ރައީސް އޮފީހުން ބުނެފި
14 މެއި 2024

ބައެއް މައުލޫމާތު އުނިކުރުމަށްފަހު ރިޕޯޓްތައް އާންމުކުރާނެކަމަށް މަރު ކޮމިޝަނުން ބުނެފި

14 މެއި 2024
ބައެއް މައުލޫމާތު އުނިކުރުމަށްފަހު ރިޕޯޓްތައް އާންމުކުރާނެކަމަށް މަރު ކޮމިޝަނުން ބުނެފި
14 މެއި 2024

މަރު ކޮމިޝަންގެ ހޯދުންތައް އާންމުނުކުރުމަށް ރައީސް އޮފީހުން އެ ކޮމިޝަނަށް އަންގައިފި

14 މެއި 2024
މަރު ކޮމިޝަންގެ ހޯދުންތައް އާންމުނުކުރުމަށް ރައީސް އޮފީހުން އެ ކޮމިޝަނަށް އަންގައިފި
05 ފެބުރުއަރީ 2024

އަމާޒަކީ މި ދައުރުގައި އަމިއްްލަ ހިޔާވަހިކަމުން މަހުރޫމުވެފައި ހުރި އެއްވެސް ދިވެއްސަކު ނެތްކަން ކަށަވަރުކުރުން: ރައީސް

05 ފެބުރުއަރީ 2024
އަމާޒަކީ މި ދައުރުގައި އަމިއްްލަ ހިޔާވަހިކަމުން މަހުރޫމުވެފައި ހުރި އެއްވެސް ދިވެއްސަކު ނެތްކަން ކަށަވަރުކުރުން: ރައީސް
28 ނޮވެމްބަރު 2023

ނޫސްވެރިންނާ ދެކޮޅަށް ހިންގާފައިވާ ކުށްތަކުގެ ތަހުގީގީ ރިޕޯޓުތައް އާންމުކުރުމަށް ގޮވާލައިފި

28 ނޮވެމްބަރު 2023
ނޫސްވެރިންނާ ދެކޮޅަށް ހިންގާފައިވާ ކުށްތަކުގެ ތަހުގީގީ ރިޕޯޓުތައް އާންމުކުރުމަށް ގޮވާލައިފި
22 ނޮވެމްބަރު 2023

އިސޫ އާއި މުއާޒްގެ މައްސަލަ ވެސް ކޯޓުން ބޭރުކޮށްލައިފި

22 ނޮވެމްބަރު 2023
އިސޫ އާއި މުއާޒްގެ މައްސަލަ ވެސް ކޯޓުން ބޭރުކޮށްލައިފި
31 އޮކްޓޯބަރު 2023

މާލޭ ހުކުރު މިސްކިތް ވަށައިގެން ކަލްޗަރަލް ޒޯނެއް ކަނޑައެޅުއްވުމަށް ރައީސް ސާލިހް ނިންމަވައިފި

31 އޮކްޓޯބަރު 2023
މާލޭ ހުކުރު މިސްކިތް ވަށައިގެން ކަލްޗަރަލް ޒޯނެއް ކަނޑައެޅުއްވުމަށް ރައީސް ސާލިހް ނިންމަވައިފި
31 އޮކްޓޯބަރު 2023

ރައީސް ޞާލިހު އިރުޝާދު ދެއްވީ ހުވާކުރާ ޖަލްސާ އަށް ހުރަސް އެޅޭ ކަމެއް ނުކުރަން - އަސްލަމް

31 އޮކްޓޯބަރު 2023
ރައީސް ޞާލިހު އިރުޝާދު ދެއްވީ ހުވާކުރާ ޖަލްސާ އަށް ހުރަސް އެޅޭ ކަމެއް ނުކުރަން - އަސްލަމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް