Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޑްރަގް ވިޔަފާރި

"ޑްރަގް ނެޓްވޯކުތައް ހުއްޓުވުމަށް ސަރުކާރުގެ ހުރިހާ ވަސީލަތެއް ބޭނުން ކުރާނަން"

3 ފެބުރުއަރީ 2022 | ބުރާސްފަތި 05:32

ކޮވިޑްގެ ޙާލަތާއި ގުޅިގެން ޑްރަގްގެ ހާލަތު އިތުރަށް ގޯސްވި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 3 ފެބުރުއަރީ 2022 | ބުރާސްފަތި 05:32
ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވަވަނީ

ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވަވަނީ

ޑްރަގް ނެޓްވޯކުތައް ހުއްޓުވުމަށް ސަރުކާރުގެ ހުރިހާ ވަސީލަތެއް ބޭނުން ކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙު ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހު ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ސާލިޙު ވިދާޅުވީ، ކޮވިޑްގެ ޙާލަތާއި ގުޅިގެން ޑްރަގްގެ ހާލަތު އިތުރަށް ގޯސްވި ކަމަށެވެ. އެގޮތުން މަސްތުވާތަކެއްޗަކީ އޭގައި ވަރަށް ބޮޑު ފަހަތެއް އޮންނަ، އިންތިޒާމްވެ ގުޅިގެން ހިންގާ ބައިނަލްއަޤްވާމީ ބޮޑު ވިޔަފާރި އެއްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، އެ ދޮރުތައް ބަންދުކޮށް، ޑްރަގް ވިޔަފާރި ހުއްޓުވުމަކީ އިންތިހާއަށް ގޮންޖެހުން ބޮޑު ކަމެއް ކަމަށެވެ.

Advertisement - newsAdvertisement

އެހެންނަމަވެސް އެމަސައްކަތުގައި ދޫވެފައި ހުރި ގޮށްތައް ބާރު ކުރައްވައި، އެކަންކަމަށް ހުޅުވާ ދޮރުތައް ބަންދުކުރައްވައި، އެމީހުން ހުއްޓުވުމަށް ސަރުކާރުގެ ހުރިހާ ވަޞީލަތެއް ބޭނުން ކުރައްވާނެ ކަމުގެ ޔަޤީންކަން ރައީސް ސާލިޙު ދެއްވިއެވެ.

ރައީސް ވިދާޅުވީ، އެކަމަށްޓަކައި ކަމާބެހޭ ޓާސްކް ފޯސް އެކުލަވާލެވި، ކުރަންޖެހޭ ކަންކަން ސަރުކާރުން ކުރަމުންދާ ކަމަށެވެ. ރައީސް ވަނީ މިބަދަލުތަކުގެ ހެޔޮ ނަތީޖާ ފެންނާނެ ކަމަށް ވިދާޅުވެފައެވެ.

ރައީސް އިތުރަށް ވިދާޅުވީ، އެކަމަށް ޚާއްޞަ ހުޅުމާލޭ ހާފްވޭ ހައުސްގެ ޢުމްރާނީ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ. އަދި ބޭނުންވާ އިންސާނީ ވަޞީލަތް ތަރައްޤީ ކުރުންވެސް މިހާރު ފެށިފައިވާކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވަނީ މި ކަންކަން ފުރިހަމަވުމުން މަގުމަތިވެފައިވާ ފަރާތްތަކުގެ މައްސަލަތަކަށް ލުއި ލިބެން ފަށާނެކަމަށް ވިދާޅުވެފައެވެ.

މީގެއިތުރުން، މަސްތުވުމާއި، އެތަކެތި ފޯރުކޮށްދިނުމުގެ ކުށުގައި ހައްޔަރު ކުރެވޭ މީހުންގެ ފަރުވާގެ ރިމާންޑް ސެންޓަރެއް ގުޅީފަޅުގައި ކުރިއަށްދާކަންވެސް ރައީސް ފާހަގަކުރެއްވިއެވެ. އަދި ޑްރަގާއި ގުޅުން ހުރި ކުށްތަކާއި ފަރުވާ ބޭނުންވާ ފަރާތްތަށް ގިނަކަން ފާހަގަކުރެވޭ ސަރަޙައްދުތަކުގައި، ފަރުވާގެ މަރުކަޒުތަށް އަލުން ފެށިފައިވާކަމަށްވެސް ރައީސް ވިދާޅުވިއެވެ.

އެއާއެކު ރަށު ކައުންސިލްތަކާއި ޞިއްހީ މަރުކަޒުގެ ބެލުމުގެ ދަށުން ރަށުގައި ހުރެގެން ފަރުވާ ހޯދޭނެ ބަދަލެއްވެސް މިއަހަރު އެޕްރީލްގެ ކުރިން ފެށޭނެކަން ރައީސް ވަނީ އުފަލާއެކު ފާހަގަކުރައްވާފައެވެ.

މިދިޔަ އަހަރުގެ ރިޔާސީ ބަޔާނުގައި ފާހަގަކުރެއްވި ޑްރަގާއި ގުޅޭ ޒަމާނީ ފެންވަރުގެ މަރުކަޒު ހުޅުމީދޫގައި މިހާރު ނިންމާފައިވާކަމަށްވެސް ރައީސް ވިދާޅުވިއެވެ. އެގޮތުން 60 މީހުންގެ ޖާގައިގެ މިމަރުކަޒުން ފަރުވާ ފަށައިގަތުމުގެ ފަހުގެ ތައްޔާރީތަށް މިހާރު ހިނގަމުންދާކަންވެސް ރައީސް ފާހަގަކުރެއްވިއެވެ.

ޖަލުގައި ބަންދު ކުރެވިފައިވާ ޤައިދީންނަށް އަމާޒުކުރެވޭ މުޅިން އައު ރީހެބިލިޓޭޝަން ޕްރޮގްރާމެއްވެސް މިފެބްރުއަރީ މަހު ފެށޭނެކަމަށް ރައީސް ވިދާޅުވިއެވެ.

މަސްތުވާތަކެއްޗާއި ދެކޮޅަށް ރާއްޖޭގެ ފުލުހުންނާއި ކަސްޓަމްސް އާއި ކަމާއި ގުޅޭ މުއައްސަސާތަކުން އެންމެ ބޮޑު ކާމިޔާބީއެއް ހޯދީ މިދިޔަ ތިން އަހަރުކަން ރައީސް ފާހަގަކުރެއްވިއެވެ. އެގޮތުން ތަފާތު 330 އޮޕަރޭޝަނަކުން ޖުމްލަ 1.3 ޓަނަށް ވުރެ ގިނަ ޑްރަގް އަތުލައިގެންފައިވާ ކަމަށާއި މިތަކެތީގެ މަގުމަތީ އަގު 1.2 ބިލިއަން ރުފިޔާއަށް ވުރެ ގިނަކަންވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

މަސްތުވާތަކެތިރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުރައްޔިތުންގެ މަޖިލިސް

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

28 އޮކްޓޯބަރު 2025

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

28 އޮކްޓޯބަރު 2025
މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!
28 އޮކްޓޯބަރު 2025

ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

28 އޮކްޓޯބަރު 2025
ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް
27 އޮކްޓޯބަރު 2025

އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

27 އޮކްޓޯބަރު 2025
އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން
22 އޮކްޓޯބަރު 2025

ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

22 އޮކްޓޯބަރު 2025
ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް
21 އޮކްޓޯބަރު 2025

"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"

21 އޮކްޓޯބަރު 2025
"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"
21 އޮކްޓޯބަރު 2025

އެސްއީޒެޑް ގާނޫނަށް ހުށަހެޅި އިސްލާހަކީ ރަނގަޅު އިންވެސްޓަރުންގެ ޝައުގުވެރިކަން ރާއްޖެއަށް ގެއްލޭގޮތަށް އޮތް ބިލެއް: މައުރޫފް

21 އޮކްޓޯބަރު 2025
އެސްއީޒެޑް ގާނޫނަށް ހުށަހެޅި އިސްލާހަކީ ރަނގަޅު އިންވެސްޓަރުންގެ ޝައުގުވެރިކަން ރާއްޖެއަށް ގެއްލޭގޮތަށް އޮތް ބިލެއް: މައުރޫފް
20 އޮކްޓޯބަރު 2025

މިއަދު އެންސްޕާ އަދި އާސަންދައިގެ ޚިދުމަތް ލިބެނީ މި ސަރުކާރުގެ ވެރިންނާއި މަޖިލިސް މެމްބަރުން ގާތު ސަލާން ޖަހައިގެން: މެމްބަރު ސަމީރު

20 އޮކްޓޯބަރު 2025
މިއަދު އެންސްޕާ އަދި އާސަންދައިގެ ޚިދުމަތް ލިބެނީ މި ސަރުކާރުގެ ވެރިންނާއި މަޖިލިސް މެމްބަރުން ގާތު ސަލާން ޖަހައިގެން: މެމްބަރު ސަމީރު
09 އޮކްޓޯބަރު 2025

ޚުދުމުޚްތާރުކަމާއި އަނިޔާވެރިކަން އިސްނުކުރުމަށް އަދާލަތު ޕާޓީން ސަރުކާރަށް ގޮވާލައިފި

09 އޮކްޓޯބަރު 2025
ޚުދުމުޚްތާރުކަމާއި އަނިޔާވެރިކަން އިސްނުކުރުމަށް އަދާލަތު ޕާޓީން ސަރުކާރަށް ގޮވާލައިފި
20 ސެޕްޓެމްބަރު 2025

ޑރ އިޔާޟް, ޖަނާބް އަށް: އިތުރަށް ރަޢްޔިތުންނަށް ގެއްލުން ނުދީ ޅިޔަނަށާއި ކޮއްކޮ އަށް ގޯއްޗަށް ދާން ލަފާ ދެއްވާ

20 ސެޕްޓެމްބަރު 2025
ޑރ އިޔާޟް, ޖަނާބް އަށް: އިތުރަށް ރަޢްޔިތުންނަށް ގެއްލުން ނުދީ ޅިޔަނަށާއި ކޮއްކޮ އަށް ގޯއްޗަށް ދާން ލަފާ ދެއްވާ
17 ސެޕްޓެމްބަރު 2025

މަޖިލީހުން މީޑިއާ ކޮންޓްރޯލް ބިލު ފާސްކުރީ ގަވައިދާ ޚިލާފަށް, އެ ގާނޫނަށް އެއްވެސް މީހަކު ތަބާވާކަށް ނުޖެހޭނެ: ރޮޒައިނާ

17 ސެޕްޓެމްބަރު 2025
މަޖިލީހުން މީޑިއާ ކޮންޓްރޯލް ބިލު ފާސްކުރީ ގަވައިދާ ޚިލާފަށް, އެ ގާނޫނަށް އެއްވެސް މީހަކު ތަބާވާކަށް ނުޖެހޭނެ: ރޮޒައިނާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް