Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުވީއައިއޭގެ އައު ރަންވޭ

ވީއައިއޭގެ އައު ރަންވޭ ސެޕްޓެމްބަރު މަހު ބޭނުންކުރުމަށް މަސައްކަތް ކުރަނީ

2 ފެބުރުއަރީ 2022 | ބުދަ 07:27

އައު ރަންވޭ، ޓެކްސީވޭއެއްގެ ގޮތުގައި ރަސްމީކޮށް ބޭނުންކުރުމަށް ދާދިފަހުން ވަނީ ފަށާފައި

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 2 ފެބުރުއަރީ 2022 | ބުދަ 07:27
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ރަންވޭ

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ރަންވޭ

ވެލާނާ އިންޓަރނޭޝަނަލް އެއާރޕޯޓުގެ އައު ރަންވޭ އަންނަ ސެޕްޓެމްބަރު މަހު ބޭނުންކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް މޯލްޑިވްސް އެއާރޕޯޓްސް ކޮމްޕެނީ (އެމްއޭސީލް) އިން ބުނެފިއެވެ.

އެކުންފުނިން ބުނީ އައު ރަންވޭ ސެޕްޓެމްބަރު މަހު ބޭނުންކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ޔަޤީނުން ވެސް މިއަހަރުގެ ތެރޭގައި އައު ރަންވޭ ބޭނުންކުރަން ފެށޭނެ ކަމަށެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއާރޕޯޓުގެ އައު ރަންވޭ، ޓެކްސީވޭއެއްގެ ގޮތުގައި ރަސްމީކޮށް ބޭނުންކުރުމަށް ދާދިފަހުން ވަނީ ފަށާފައެވެ.

އެމްއޭސީލްގެ ޖެނެރަލް މެނޭޖަރ ކޯޕަރޭޓް ކޮމިއުނިކޭޝަންސް ޙަސަން އަރީފް ވިދާޅުވީ އަންގާރަ ދުވަހުގެ ހެނދުނު 06:00 އިން ފެށިގެން އައު ރަންވޭ ޓެކްސީވޭއެއްގެ ގޮތުގައި ބޭނުންކުރަން ފަށާފައިވާ ކަމަށެވެ. ރަސްމީ ރަންވޭއެއްގެ ގޮތުގައި އެތަން އަދި ބޭނުންކުރެވެން ނެތީ ކުރީގެ ސީޕްލެން ޓާމިނަލް ހުންނަނީ އައު ރަންވޭއާއި ކައިރީގައިކަމަށް ވެފައި އެރަންވޭއަށް ފްލައިޓުތައް ޖެއްސުމަކީ ބައިނަލްއަޤްވާމީ މިންގަނޑުތަކާއި ޚިލާފު ކަމަކަށް ވާތީކަމުގައި އަރީފު ވިދާޅުވިއެވެ.

އައު ރަންވޭ އެއްކޮށް ބޭނުން ކުރަން ހުރަހަކަށްވާ ޓީއެމްއޭގެ ޓާމިނަލް އަންނަ މާޗު މަހުގެ ނިޔަަލަށް ހުސްކުރަން މިހާރު ވަނީ ނޯޓިސް ދީފައެވެ. އަދި އެޕްރީލް 1 ވަަނަ ދުވަހުން ފެށިގެން އައު ސީޕްލޭން ޓާމިނަލް ބޭނުން ކުރަން ފެށުމަށް ވަނީ ނިންމާފައެވެ. އައު ރަންވޭގެ ބޭނުން އެއްކޮށް ކުރެވޭނީ އައު ސީޕްލޭން ޓާމިނަލް ބޭނުންކުރަން ފެށުމުންނެވެ.

ޓެކްސީވޭއެއްގެ ގޮތުގައި އައު ރަންވޭ ބޭނުންކުރަން ފެށުމަށްޓަކައި ހޯމަ ދުވަހު ވަނީ ޓްރަޔަލްތަކެއް ބާއްވާފައެވެ. އެގޮތުން ޓްރަޔަލްއެއްގެ ގޮތުގައި ހަތަރު އެއާކްރާފްޓް، ޓެކްސީވޭއެއްގެ ގޮތުގައި އައު ރަންވޭގައި ބޭނުންކޮށްފައިވެއެވެ.

އައު ރަންވޭ ޓެކްސީވޭއެއްގެ ގޮތުގައި ބޭނުންކުރަން ފެށުމާއެކު އެއަރޕޯޓުގެ ޚިދުމަތްތަކަށް ވަރަށް ބޮޑަށް ފަސޭހަވެގެންދާނެކަން ފާހަގަކުރައްވާ އަރީފް ވިދާޅުވީ މިހާރު ރަންވޭއަށް ޚިދުމަތް ދެވެނީ ގަޑިއަކު 8 އެއާކްރާފްޓަށް ކަމަށެވެ. ނަމަވެސް މި ބަދަލާއެކު ގަޑިއަކު 16 އެއާކްރާފްޓަށް ޚިދުމަތް ދެވޭނެކަމަށް އަރީފް ވިދާޅުވިއެވެ. ފްލައިޓެއް ޖެއްސުމަށްފަހު ރަންވޭ ކްލިއަރ ކުރުމަށް މިހާރު ގާތްގަނޑަކަށް 10 މިނެޓް ހޭދަވާ ނަމަވެސް އައު ރަންވޭ ބޭނުންކުރަން ފެށުމާއެކު ގާތްގަނޑަކަށް ދެމިނެޓު ތެރޭގައި ރަންވޭ ކްލިއަރ ކުރެވޭނެކަން އަރީފް ފާހަގަކުރެއްވިއެވެ.

މިހާރުވެސް ފްލައިޓުތައް ޖައްސާނެ ޖާގަ ނެތިގެން މަޑުކުރަން ޖެހެނީ ޕީކު ގަޑީގައި އެކަނިކަމަށް އަދި މި ބަދަލާއެކު ގިނަ ފްލައިޓުތަކަކަށް ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ޚިދުމަތްދޭން ފެށި، އެއަރޕޯޓުގައި ޖައްސާނެ ޖާގަ ނެތިފައި ފްލައިޓުތައް މަޑުކުރާކަށް ނުޖެހޭނެކަމަށްވެސް އަރީފު ވިދާޅުވިއެވެ. އަދި މީގެ ސަބަބުން ފްލައިޓުތަކުން ތެލަށާއި ހޭދަވާ ވަގުތަށް ކުރަން ޖެހޭ ޚަރަދުތައް މަދުވެގެންދާނެ ކަމަށާއި މިއާއެކު ފްލައިޓުތަކުގައި ރާއްޖެއަށް ކުރާ ދަތުރުތައް އަގުހެޔޮވެ، ފަތުރުވެރިކަމަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެމްއޭސީއެލް

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

އިތުރަށް ކިޔާލަން

23 އޮކްޓޯބަރު 2025

ގާނޫނާ ހިލާފަށް ސަރުކާރު ކުރަމުންދާ ކަންކަމުގައި ބައިވެރިނުވުމަކީ ކޮންމެ މުވައްޒަފެއްގެ މައްޗަށް މިއަދު އޮތް ޒިންމާއެއް: ފައްޔާޒު

23 އޮކްޓޯބަރު 2025
ގާނޫނާ ހިލާފަށް ސަރުކާރު ކުރަމުންދާ ކަންކަމުގައި ބައިވެރިނުވުމަކީ ކޮންމެ މުވައްޒަފެއްގެ މައްޗަށް މިއަދު އޮތް ޒިންމާއެއް: ފައްޔާޒު
22 އޮކްޓޯބަރު 2025

އެމްއޭސީއެލް އިން ބިންހިއްކަން ނިންމި ހިސާބުން އެއީ ބުއްދި ގަބޫލު ކުރެވޭ ކަމެއް ނޫންކަމަށް ބުނެ ފާޑުކިޔާފައި ވަނިކޮށް ރިޔާޒް ކުންފުނީގެ ބޯޑުން ވަކި ކޮށްފި

22 އޮކްޓޯބަރު 2025
އެމްއޭސީއެލް އިން ބިންހިއްކަން ނިންމި ހިސާބުން އެއީ ބުއްދި ގަބޫލު ކުރެވޭ ކަމެއް ނޫންކަމަށް ބުނެ ފާޑުކިޔާފައި ވަނިކޮށް ރިޔާޒް ކުންފުނީގެ ބޯޑުން ވަކި ކޮށްފި
21 އޮކްޓޯބަރު 2025

އެމްއޭސީއެލްއާއި ހަވާލުކުރީ 5 ތަރީގެ ރިސޯޓަކާއި ހޮޓެލް ސްކޫލެއް ތަރައްގީކުރަން

21 އޮކްޓޯބަރު 2025
އެމްއޭސީއެލްއާއި ހަވާލުކުރީ 5 ތަރީގެ ރިސޯޓަކާއި ހޮޓެލް ސްކޫލެއް ތަރައްގީކުރަން
21 އޮކްޓޯބަރު 2025

މި ސަރުކާރުން ޗައިނާ ކުންފުންޏަކާއި ހަވާލުކޮށްފައި އޮތް ކައްދޫ އެއަރޕޯޓް ތަރައްގީކުރަން އެމްއޭސީއެލްއާ ވެސް ހަވާލުކޮށްފި

21 އޮކްޓޯބަރު 2025
މި ސަރުކާރުން ޗައިނާ ކުންފުންޏަކާއި ހަވާލުކޮށްފައި އޮތް ކައްދޫ އެއަރޕޯޓް ތަރައްގީކުރަން އެމްއޭސީއެލްއާ ވެސް ހަވާލުކޮށްފި
17 އޮކްޓޯބަރު 2025

ރައީސް ޞާލިހުގެ ސަރުކާރުން ހަނިމާދޫގައި ތަރައްގީކުރަން ފެށި އެއަރޕޯޓުގެ އައު ޓާމިނަލް ބޭނުންކުރަން ފަށައިފި

17 އޮކްޓޯބަރު 2025
ރައީސް ޞާލިހުގެ ސަރުކާރުން ހަނިމާދޫގައި ތަރައްގީކުރަން ފެށި އެއަރޕޯޓުގެ އައު ޓާމިނަލް ބޭނުންކުރަން ފަށައިފި
17 އޮކްޓޯބަރު 2025

އެމްޓީސީސީ އޮތީ މިހާރު ބަނގުރޫޓުވެފައި، ސަރުކާރުން ދަނީ އެކަން ފޮރުވަމުން: އަމްރު

17 އޮކްޓޯބަރު 2025
އެމްޓީސީސީ އޮތީ މިހާރު ބަނގުރޫޓުވެފައި، ސަރުކާރުން ދަނީ އެކަން ފޮރުވަމުން: އަމްރު
14 އޮކްޓޯބަރު 2025

ބިލެތްފަހީގެ އެއަރޕޯޓުގެ ބިންހިއްކަން ކުރިން ހަވާލު ކުރި ކޮންޓްރެކްޓަށް ވީ ގޮތެއް ނޭނގޭ، ދެ އަހަރު ފަހުން އަލުން އެ މަސައްކަތް އެމްއޭސީއެލް އާ ހަވާލު ކޮށްފި!

14 އޮކްޓޯބަރު 2025
ބިލެތްފަހީގެ އެއަރޕޯޓުގެ ބިންހިއްކަން ކުރިން ހަވާލު ކުރި ކޮންޓްރެކްޓަށް ވީ ގޮތެއް ނޭނގޭ، ދެ އަހަރު ފަހުން އަލުން އެ މަސައްކަތް އެމްއޭސީއެލް އާ ހަވާލު ކޮށްފި!
09 އޮކްޓޯބަރު 2025

ނޮވެމްބަރު 9 ގައި ހަނިމާދޫ އެއަރޕޯޓުގެ އައު ޓާމިނަލް ހުޅުވަނީ

09 އޮކްޓޯބަރު 2025
ނޮވެމްބަރު 9 ގައި ހަނިމާދޫ އެއަރޕޯޓުގެ އައު ޓާމިނަލް ހުޅުވަނީ
26 ސެޕްޓެމްބަރު 2025

މި ސަރުކާރުގައި އެމްއޭސީއެލް ވަނީ ފެނަކައާ އެއް ދަރަޖައަކަށް ވައްޓާލާފައި: އަމްރު

26 ސެޕްޓެމްބަރު 2025
މި ސަރުކާރުގައި އެމްއޭސީއެލް ވަނީ ފެނަކައާ އެއް ދަރަޖައަކަށް ވައްޓާލާފައި: އަމްރު
24 ސެޕްޓެމްބަރު 2025

ވީއައިއޭ ޕާކިން ޒޯން ކައިރީ އޮންނަ މަގުން އެއްކޮޅަށް ދުއްވޭ ގޮތަށް ހަދައި، ޓްރެފިކް ފްލޯއަށް ބަދަލުތަކެއް

24 ސެޕްޓެމްބަރު 2025
ވީއައިއޭ ޕާކިން ޒޯން ކައިރީ އޮންނަ މަގުން އެއްކޮޅަށް ދުއްވޭ ގޮތަށް ހަދައި، ޓްރެފިކް ފްލޯއަށް ބަދަލުތަކެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް