Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރާއްޖޭގެ މޫސުން

ނިލަންދޫ އާއި ހަނިމާދޫ އަށް ވެސް ބޮޑެތި ގެއްލުންތަކެއް

ނިލަންދޫގެ 6 ގެއެއްގެ ފުރާޅު ވަނީ އެއްލާލާފައި

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 2 ޖޫން 2017 | ހުކުރު 11:03
ނިލަންދޫއަށް އެރި ނަގޫރޯޅީގައި ގަހެއް ވެއްޓިފައި

ނިލަންދޫއަށް އެރި ނަގޫރޯޅީގައި ގަހެއް ވެއްޓިފައި

މިހާރު ރާއްޖެ އަށް ކުރަމުންދާ ވިއްސާރައިގަ ހދ. ހަނިމާދޫ އާއި ފ. ނިލަންދޫއަށް ވެސް ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ.

ބުރާސްފަތިދުވަހުގެރޭ ވިއްސާރައިގައި ބޯކޮށް ވާރޭވެހުމުގެ ސަބަބުން ހދ. ހަނިމާދޫގައި ފެން ބޮޑުވުމާ ގުޅިގެން އެރަށުގެ ޖަންކްޝަންތައް ފުރި ނަޖިސް ބޭރުވެފައިވާ ކަމަށާއި ވާރޭ ވެހުމުގެ ސަބަބުން ގޭގޭގެ ފުރާޅު ނެއްޓި ސީލިންތައް ވެއްޓިފައިވާ ކަމަށް އެރަށު ކައުންސިލަރ ހަސަން ސަލީމް ވިދާޅުވިއެވެ.އަދި ރަށު ކައުންސިލާއި އެމްއެންޑީއެފާއި އެމްއާރުޑީސީ ގުޅިގެން ފެންހިންދުމަށް ކޯރުކަނޑާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. މެއި މަހުގެ 26 ގައި އެރަށަށް ކުރި ވިއްސާރައިގައި އެރަށުގައި ހުރި ދިރާގު އެންޓަނާއަށް ހޮނު އަޅައި 32 ގެއެއްގެ ޓީވީ ތައް އަނދާފައިވާ ކަމަށް ވެސް ހަސަން ސަލީމް ވިދާޅުވިއެވެ.

ބުރާސްފަތިދުވަހުގައި އެރި ނަގޫރޯޅީގައި ނިލަންދޫ ބޭންކުގެ ފުރާޅު އެއްލާލާފައި ވެއެވެ.

ނިލަންދޫ ދާއިރާގެ ކައުންސިލް މެމްބަރު އަބްދުލް ޖަލީލް އަހުމަދު ވިދާޅުވީ އެ ރަށުގައި ހުންނަ ބޭންކް އޮފް މޯލްޑިވްސްގެ އިމާރާތުގެ އިތުރުން ރަށުގެ ހަ ގެއެއްގެ ފުރާޅު އެއްލާލައި އެހެން ގެތަކަށް އެކި ވަރުގެ ގެއްލުން ލިބިފައިވާ ކަމަށެވެ. އަދި ރަށުގެ ބޭނުން ހިފޭ ގަސްތައް ވެއްޓިފައިވާ ކަމަށާއި ކުޑަކޮށް ގެއްލުންވި ގެތަކުގެ ތެރެއިން ރައްޔިތުން ނިކުމެ އަމިއްލައަށް މަރާމާތު ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. ލިބިފައިވާ ގެއްލުންތައް މިހާރު ބަލަމުންދާކަމަށް ވެސް ކައުންސިލުން ބުންޏެވެ.

އެގޮތުން އެރަށަށް ލިބުނު ގެއްލުންތައް ބެލުމަށް ސަރުކާރުގެ ޓީމަކާއި ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރ އަދި އެމްއެންޑީއެފްގެ ޓީމެއް އެރަށަށް ޒިޔާރަތް ކުރުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ޖަލީލް ވިދާޅުވިއެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ރާއްޖޭގެ އެކި ރަށްރަށަށް ދަނީ ގެއްލުންތައް ލިބެމުންނެވެ. އެގޮތުން ބުދަ ދުވަހުގެރޭ އައި ކޮޅިގަނޑެއްގައި ގދ. ތިނަދޫގެ މީހުން އުޅޭ ބައެއް ގެތަކާއި ބައެއް ވިޔަފާރި ގުދަންތަކުގެ ފުރާޅު އެއްލާލައި އެކިވަރުގެ ގެއްލުން ވަނީ ލިބިފައެވެ. އަދި ބައެއް ގުދަންތަކުގައި ހުރި މުދަލަށް ވެސް ގެއްލުން ވެފައިވާއިރު، ބުދަދުވަހުގެރޭ ނުނިދޭ ވަރަށް ބައެއް ގެތަކަށް ވަނީ ގެއްލުން ލިބިފައެވެ. މީގެ އިތުރުން ހދ. ވައިކަރަދޫ އަށް ބުދަ ދުވަހުގެ ރޭ އައި ކޮޅިގަނޑެއްގައި އެރަށުގެ ފަންސާހަކަށް ދަނޑު ހަލާކުވެފައިވާއިރު އޭގެ ގެއްލުން ގާތްގަނޑަކަށް ހަތަރު ލައްކަ ރުފިޔާއަށް އަރާކަމަށް އެރަށު ކައުންސިލުން ބުނެއެވެ.

އިތުރަށް ކިޔާލަން

31 ޖެނުއަރީ 2017

މާދަމާއިން ފެށިގެން މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލަން ތައްޔާރުވެއްޖެ

31 ޖެނުއަރީ 2017
މާދަމާއިން ފެށިގެން މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލަން ތައްޔާރުވެއްޖެ
30 ޖެނުއަރީ 2017

ހިމާޔަތްކޮށްފައިވާ ގއ. ހިތާދޫ އަށް ފަތުރުވެރިންތަކެއް އަރައި ބޮޑެތި ގެއްލުންތަކެއް ދީފި

30 ޖެނުއަރީ 2017
ހިމާޔަތްކޮށްފައިވާ ގއ. ހިތާދޫ އަށް ފަތުރުވެރިންތަކެއް އަރައި ބޮޑެތި ގެއްލުންތަކެއް ދީފި
30 ޖެނުއަރީ 2017

މިނިސްޓަރު އިރުތިޝާމް އާއި މެންބަރު ޝާޑު ކައިވެނި ކުރައްވަނީ!

30 ޖެނުއަރީ 2017
މިނިސްޓަރު އިރުތިޝާމް އާއި މެންބަރު ޝާޑު ކައިވެނި ކުރައްވަނީ!
27 ޖެނުއަރީ 2017

ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ

27 ޖެނުއަރީ 2017
ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ
25 ޖެނުއަރީ 2017

ސީއެމްބިއުލާންސުގެ ފަޅުވެރިން ހަމަނުވުމުން، ފަޅުވެރިން ހަމަޖައްސަން ޖެހުނީ އާއިލާއަށް!

25 ޖެނުއަރީ 2017
ސީއެމްބިއުލާންސުގެ ފަޅުވެރިން ހަމަނުވުމުން، ފަޅުވެރިން ހަމަޖައްސަން ޖެހުނީ އާއިލާއަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު