Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުކްރިމިނަލް ކޯޓުގެ އަޑުއެހުންތައް

ކްރިމިނަލް ކޯޓާއި ނޫސްވެރިން..

1 ފެބުރުއަރީ 2022 | އަންގާރަ 13:19

ނޫސްވެރިންނަށް އެއަށްވުރެ ބޮޑަށް "ކޮމިއުނިކޭޓް" ކުރެވޭނެ ނިޒާމެއް އޮންނަން ޖެހޭނެ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 1 ފެބުރުއަރީ 2022 | އަންގާރަ 13:19
ކްރިމިނަލް ކޯޓް- ކޯޓުތަކަށް މައްސަލަތައް ކަވަރ ކުރުމަށް ދާ ނޫސްވެރިންގެ ތެރޭގައި ކްރިމިނަލް ކޯޓުގެ ވާހަކަތަކަކީ މަގުބޫލު މައުޟޫއެއް

ކްރިމިނަލް ކޯޓް- ކޯޓުތަކަށް މައްސަލަތައް ކަވަރ ކުރުމަށް ދާ ނޫސްވެރިންގެ ތެރޭގައި ކްރިމިނަލް ކޯޓުގެ ވާހަކަތަކަކީ މަގުބޫލު މައުޟޫއެއް

ކޯޓުތަކުގެ ހިންގުން ދުވަހެއް ދުވަހަށް ހަރުދަނާ ކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ޒަމާނީ ފެންވަރަށް ކޯޓުތަކުގެ ހިންގުމުގެ ނިޒާމު ބެހެއްޓުމާއި، ކޯޓުތަކުން ދޭ ޚިދުމަތްތައް ދުވަހެއް ދުވަހަކަށް ފަސޭހަ ކުރުމުގެ އިތުރުން، ކޯޓުތަކާމެދު ރައްޔިތުންގެ މެދުގައި އޮންނަ އިތުބާރު ނެގެހެއްޓުމަށް ކުރާ މަސައްކަތްތައްވެސް ހިމެނެއެވެ. މި މަސައްކަތްތަކުގެ ދުވެލި އެކި ކޯޓުތަކުގައި އެކި މިންވަރަށް ހުރިއިރު، ބައެއް ކޯޓުތަކަށް އޭގެ ތެރެއިން ބައެއް ކަންކަމުގައި އޭ ޕްލަސް ދޭ ވަރުވެއެވެ. އޭގެ ތެރެއިން އެއް ކަމަކީ ކޯޓުގެ ހިންގުން ހަރުދަނާ ކުރުމުގެ މަސައްކަތެވެ. ކޯޓުތަކުގެ ހިންގުމުގައި ހުންނަ ތަފާތުތައް އަޅާކިޔާލެވޭ އެއްކަމަކީ ކޯޓުތަކަށް އެކި މައްސަލަތަކާއި ގުޅިގެން ދާ ނޫސްވެރިންގެ ތަޖުރިބާތަކުންނެވެ.

ކޯޓުތަކަށް މައްސަލަތައް ކަވަރ ކުރުމަށް ދާ ނޫސްވެރިންގެ ތެރޭގައި ކްރިމިނަލް ކޯޓުގެ ވާހަކަތަކަކީ މަގުބޫލު މައުޟޫއެކެވެ. އޭގެ ތެރެއިން އިވިފައިވާ ބައެއް ވާހަކަތައް ހިއްސާ ކޮށްލާނަމެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ގެނައި އިސްލާހުގެ ދަށުން, އޯޑިއޯ ވީޑިއޯ ކޮންފަރެންސްކޮށް ޝަރީއަތްތައް ކުރިއަށް ގެންދަން ފަށާފައިވާއިރު، ސުޕްރީމް ކޯޓުގައި އެ މައްސަލަތައް ޔޫޓިއުބް މެދުވެރިކޮށް ލައިވް ކުރެއެވެ. ހައިކޯޓުގައިވެސް ބައެއް މައްސަލަތައް ލައިވް ކުރެއެވެ. ނަން ނޯޓު ކުރުމުން އަޑުއެހުންތަކަށް ވަދެ އުޅުމުގައި މާ ބޮޑު ދަތިތަކެއް ނުހުންނަކަމަށް ބައެއް ނޫސްވެރިން ބުނެއެވެ. އެހެންނަމަވެސް، ކްރިމިނަލް ކޯޓުގެ އަޑުއެހުންތަކުގައި ބައިވެރިވުމުގައި ނޫސްވެރިންނަށް އެކި ކަހަލަ ދަތިތައް ހުރިކަން މިއީ މަދުން އިވޭ ވާހަކައެއް ނޫނެވެ.

ކްރިމިނަލް ކޯޓުގެ އަޑުއެހުންތަކުގައި ބައިވެރިވުމަށް އެ އަޑުއެހުމެއް އޮންނަ ގަޑީގެ 15 މިނެޓު ކުރިން ނަން ނޯޓުކުރަން ޖެހެއެވެ. ނަމަވެސް ބައެއް ފަހަރު ޝަރީއަތް އޮންނަ ގަޑި ފެށިގެން ގޮސް އެތައް އިރެއް ވެގެންދާއިރުވެސް ޝަރީއަތް ކުރިއަށް ދާނެކަން ނުވަތަ ނޫންކަންވެސް އެނގޭކަށް ނޯވެއެވެ. ކެންސަލްވީކަމެއް ނުވަތަ ނޫންކަމެއްވެސް ސާފެއް ނުވެއެވެ. އޯޑިއޯ ވީޑިއޯ ކޮންފަރެންސްކޮށް ޝަރީއަތްތައް ކުރިއަށްދާއިރު ގޮންޖެހުންތަކެއް ހުރެދާނެއެވެ. ހުރިހާ ކޯޓެއްގައިވެސް ހުންނާނެއެވެ. ނަމަވެސް ނޫސްވެރިންނަށް އެއަށްވުރެ ބޮޑަށް "ކޮމިއުނިކޭޓް" ކުރެވޭނެ ނިޒާމެއް އޮންނަން ޖެހޭނެއެވެ.

ކޯޓުގައި ކުރިއަށްގެންދާ ބައެއް މައްސަލަތަކަކީ އެ މައްސަލައިގެ ބާވަތުން ހާޒިރުވެގެން ކުރިއަށް ގެންދާ މައްސަލަތަކެވެ. ނަމަވެސް ކޯޓުގެ ވަކި ސެކްޝަންތަކެއްގެ މައްސަލަތަކަކީ ނޫސްވެރިން ކޮންމެހެންވެސް ހާޒިރުވެގެން ކުރިއަށް ގެންދަން ޖެހޭ ސެކްޝަންތަކެއްކަމަށް ވެއެވެ. މިސާލެއްގެ ގޮތުން އަންގާރަ ދުވަހު ކުރިއަށް ދިޔަ ޝަރީއަތެއްގެ ވާހަކަ ހިއްސާ ކޮށްލާނަމެވެ. ޑްރަގް ޓްރެފިކިންގގެ ދައުވާ އުފުލާފައިވާ މައްސަލައެކެވެ. އަޑުއެހުމަށް ނަން ނޯޓު ކުރުމުން މެއިލްގެ ޖަވާބު ލިބިގެން ދިޔައީ އަޑުއެހުމަށް ނަން ނޯޓު ކުރެވިއްޖެ ކަމަށާއި، އަޑުއެހުން ފެށުމުން މެއިލްއަށް އަންނަ ޔޫއާރްއެލް މެދުވެރިކޮށް ޝަރީއަތް ބެލޭނެކަމަށެވެ. ނަމަވެސް އަޑުއެހުން ފަށާ ގަޑި ކައިރިވެފައި ވަނިކޮށް ކޯޓުން ވަނީ ނޫސްވެރިންނަށް ގުޅައި، އެ ސެކްޝަންގެ އަޑުއެހުންތަކަށް ނޫސްވެރިން ހާޒިރުވާން ޖެހޭނެކަމަށް އަންގާފައެވެ.

ކޯޓުގެ އެންގުމާ އެއްގޮތަށް އަޑުއެހުމުގައި ބައިވެރިވާން ބޭނުންވާ ނޫސްވެެރިން އަޑުއެހުމަށް ހާޒިރުވީއެވެ. މައްސަލައެއް ނެތެވެ. ނަމަވެސް ގާޒީގެ ކޮޓަރިކޮޅުގައި ތިބެންޖެހުނީ ނޫސްވެރިން އެކަންޏެވެ. ގާޒީވެސް ޝަރީއަތުގައި ބައިވެރިވެވަޑައިގަތީ ވީޑިއޯ ކޮންފަރެންސްގައި އޮންލައިންކޮށް، އެހެން ތަނެއްގައި އިންނަވައިގެންނެވެ. ދައުލަތުގެ ވަކީލާ ބައިވެރިވެވަޑައިގަތީ އޮންލައިންކޮށް ޕީޖީ އޮފީހުގައި އިންނަވައިގެންނެވެ. ދިފާއީ ވަކީލު ބައިވެރިވެވަޑައިގަތީ އޮންލައިންކޮށް އެހެން ރަށެއްގައި ހުންނަވައިގެންނެވެ. ދައުވާލިބޭ ފަރާތް ބައިވެރިވީ މާލޭ ޖަލުން ވީޑިއޯ ކޮންފަރެންސްކޮށެވެ. ސުވާލަކީ ގާޒީގެ ކޮޓަރިކޮޅުގައި ނޫސްވެރިން އެކަނި ތިބެގެން ވީޑިއޯ ކޮންފަރެންސްކޮށް އަޑުއެހުން ބެލުމާއި، ނޫސްވެރިންވެސް ކޯޓަށް ހާޒިރުނުވެ ވީޑިއޯ ކޮންފަރެންސްކޮށް ބައިވެރިވުމާއި ތަފާތަކީ ކޮބައިބާއެވެ؟ ކޯޓުގައި މުޅި ޝަރީއަތުގެ މަޖިލިސް "ހުހަށް" އޮވެމެ، ހަމައެކަނި ނޫސްވެރިން ކޯޓަށް ހާޒިރުވުމަށްވުރެ ފަސޭހަ އެހެން ގޮތްތަކެއް ނޯންނާނެބާއެވެ؟

ކްރިމިނަލް ކޯޓުގެ މަސައްކަތްތަކަށްވެސް ގިނަގޮންޖެހުންތަކެއްހުރި ނަމަވެސް މިކަހަލަ ކުދި ކަންކަމަކީ ފަސޭހައިން ހައްލު ކުރެވޭނެ ކަންކަމެވެ. ނުވަތަ އެއަށްވުރެ ލުއި ފަސޭހަ ގޮތްތަކަކާއި އިންތިޒާމުތަކެއް ހަމަޖެއްސިދާނެ ކަންކަމެވެ.

2022 ވަނަ އަހަރުން ފެށިގެން ކްރިމިނަލް ކޯޓުގެ އަޑުއެހުންތަކަށް ވަންނަ ނޫސްވެރިން ވަކި ގޮތަކަށް ރަޖިސްޓަރ ކޮށްގެން ކުރީބައިގައި ކޯޓަށްވެސް އެނގިގެން އަޑުއެހުންތަކުގައި ބައިވެރިވާއިރު، ނޫސްވެރިންނަށް މިއަށްވުރެ ފަސޭހަ ގޮތްތަކެއް ހުންނަ ނަމައޭ ބުނާ ނޫސްވެރިން މަދެއް ނޫނެވެ.

ކްރިމިނަލް ކޯޓް

އެންމެ ހިނގާ

1

ލަންކާ އެމްބަސީގައި ހުރި ތަރޑް ސެކެޓަރީއެއްގެ ބޭއަދަބީ ވީޑިއޯއެއް އާންމުވެ، އޭނާ ވަކިކުރަން ރައީސް އޮފީހުން ފޮރިން މިނިސްޓްރީއަށް އަންގައިފި

2

އީރާނު ހަނގުރާމައިގައި ބައިވެރިވި އެމެރިކާގެ 5000 މީހުންގެ މަނަވަރު އަބްރަހަމް ލިންކަން ތައިލެންޑްގައި މަޑުކުރާތީ ހަށިވިއްކުން ހުއްޓުވަން ފުލުހުން ނެރެފި

3

"އީރާނާ ދެކޮޅަށް ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފާނެ"

4

އަބްރަހަމް ލިންކަން އެނބުރި ޤައުމަށް ދިޔުމުގެ ތެރޭގައި ސިންގަޕޫރު ކައިރިން ދަތުރުކޮށްފި

5

އަނެއްކާ ވެސް އެކްސިޑެންޓެއް ހިނގައި، 17 އަހަރުގެ އަންހެން ކުއްޖަކަށް އަނިޔާވެއްޖެ

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި
10 ޑިސެމްބަރު 2025

ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

10 ޑިސެމްބަރު 2025
ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި
08 ޑިސެމްބަރު 2025

އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި

08 ޑިސެމްބަރު 2025
އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި
07 ޑިސެމްބަރު 2025

ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

07 ޑިސެމްބަރު 2025
ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް
06 ޑިސެމްބަރު 2025

އެޕަރޓްމަންޓަކަށް ވަދެ، ތޫނު އެއްޗަކުން މީހަކަށް ހަމަލާ ދިން މައްސަލާގައި ހައްޔަރު ކުރި މީހާގެ ބަންދަށް ފަސް ދުވަސް

06 ޑިސެމްބަރު 2025
އެޕަރޓްމަންޓަކަށް ވަދެ، ތޫނު އެއްޗަކުން މީހަކަށް ހަމަލާ ދިން މައްސަލާގައި ހައްޔަރު ކުރި މީހާގެ ބަންދަށް ފަސް ދުވަސް
03 ޑިސެމްބަރު 2025

ސަނީ 30 ދުވަހަށް ބަންދު ކޮށްފި

03 ޑިސެމްބަރު 2025
ސަނީ 30 ދުވަހަށް ބަންދު ކޮށްފި
03 ޑިސެމްބަރު 2025

ގާޒީ ފާއިޒް މަގާމުން ވަކި ކުރަން ފާސްކޮށްފި

03 ޑިސެމްބަރު 2025
ގާޒީ ފާއިޒް މަގާމުން ވަކި ކުރަން ފާސްކޮށްފި
01 ޑިސެމްބަރު 2025

ފެނަކަ ބްރާންޗު ތަކުގައި ސެކިއުރިޓީ ކެމެރާ ހަރުކުރާނެ ބަޔަކު ކަނޑައެޅުމުގައި ކޮރަޕްޝަން ހިންގާފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ދައުވާ ކުރަން ހުށަހަޅައިފި

01 ޑިސެމްބަރު 2025
ފެނަކަ ބްރާންޗު ތަކުގައި ސެކިއުރިޓީ ކެމެރާ ހަރުކުރާނެ ބަޔަކު ކަނޑައެޅުމުގައި ކޮރަޕްޝަން ހިންގާފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ދައުވާ ކުރަން ހުށަހަޅައިފި
01 ޑިސެމްބަރު 2025

ކްރިމިނަލް ކޯޓުގެ ގާޒީ، ފާއިޒް ވަކިކުރުމުގެ މައްސަލަ ކޮމިޓީއަށް

01 ޑިސެމްބަރު 2025
ކްރިމިނަލް ކޯޓުގެ ގާޒީ، ފާއިޒް ވަކިކުރުމުގެ މައްސަލަ ކޮމިޓީއަށް
28 ނޮވެމްބަރު 2025

‎ސަޢީދު އަށް ހުކުމް އިއްވިތާ ދެ މަސް، ދައުވާ ސާބިތުވި އަނެއް ފަރާތަށް ދިފާޢުވާން އިތުރު ފުރުޞަތެއް: އިންސާފުވެރިތަ؟

28 ނޮވެމްބަރު 2025
‎ސަޢީދު އަށް ހުކުމް އިއްވިތާ ދެ މަސް، ދައުވާ ސާބިތުވި އަނެއް ފަރާތަށް ދިފާޢުވާން އިތުރު ފުރުޞަތެއް: އިންސާފުވެރިތަ؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް