Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
72 ކިލޯ ޑްރަގް ކޭސް

"ކޮންމެ ފަހަރަކު އާއިލާއިން އެޕޮއިންޓްމަންޓް ހައްދައިގެން ޑޮކްޓަރަށް ދައްކާނަމަ، ޖަލުގައި އެއްވެސް ބަޔަކު ނުތިބޭނެ"

ދައުލަތުގެ ވަކީލާ ވަނީ އިރުފާން ތަޤިއްޔު ޝަރީއަތް ނިމެންދެން ބަންދުކުރަން ނިންމި ޙާލަތަށް ބަދަލެއް އައިސްފައިނުވާކަމަށް ވިދާޅުވެފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 1 ފެބުރުއަރީ 2022 | އަންގާރަ 08:25
72 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މައްސަލައިގައި ދައުލަތުން ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދަޢުވާ އުފުލާފައިވާ ސ.ހުޅުދޫ ދޭލިޔާގޭ އިރުފާން ތަޤިއްޔު

72 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މައްސަލައިގައި ދައުލަތުން ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދަޢުވާ އުފުލާފައިވާ ސ.ހުޅުދޫ ދޭލިޔާގޭ އިރުފާން ތަޤިއްޔު

އެކި މައްސަލަތަކުގައި ބަންދުގައި ތިބޭ މީހުން ޑޮކްޓަރަށް ދައްކަންޖެހޭ ކޮންމެ ފަހަރަކު އާއިލާއިން އެޕޮއިންޓްމަންޓް ހަމަޖައްސައިގެން ޑޮކްޓަރަށް ދައްކާ ގޮތަށް އޮންނަ ނަމަ، ބަންދު ކުރުމުގެ މަޤްސަދު ޙާސިލު ނުވާނެކަމަށް ކްރިމިނަލް ކޯޓުން ބުނެފިއެވެ.

ކޯޓުން އެހެން ބުނެފައިވަނީ 72 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މައްސަލައިގައި ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދަޢުވާ އުފުލާފައިވާ ސ.ހުޅުދޫ ދޭލިޔާގޭ އިރުފާން ތަޤިއްޔުގެ މައްސަލައިގައި އަންގާރަ ދުވަހު އޮތް އަޑުއެހުމުގައެވެ. މި އަޑުއެހުމަކީ ޝަރީއަތުގެ ކުރިން ހުށައަޅާ ހުށައެޅުންތަކަށް ގޮތެއް ނިންމުމަށް ބޭއްވި އަޑުއެހުމެއް ނަމަވެސް، ކޮވިޑުގެ ޙާލަތުގެ ސަބަބުން ދައުވާ ލިބޭ ބައެއް ފަރާތްތަކަށް ހާޒިރު ނުވެވޭތީ އެ ބައި ވަނީ އެހެން ދުވަހަކަށް ފަސްކޮށްފައެވެ. އަދި ދައުވާ ލިބޭ ފަރާތްތަކުގެ ބަންދު މުރާޖާ ކުރުން ވަނީ ވަކިވަކިން ކުރިއަށް ގެންގޮސްފައެވެ.

Advertisement - newsAdvertisement

މި އަޑުއެހުމުގައި ދައުލަތުގެ ވަކީލާ ވަނީ އިރުފާން ތަޤިއްޔު ޝަރީއަތް ނިމެންދެން ބަންދުކުރަން ނިންމި ޙާލަތަށް ބަދަލެއް އައިސްފައިނުވާކަމަށް ވިދާޅުވެ، ބަންދު ދެމެހެއްޓުމަށް އެދިލައްވާފައެވެ.

އެހެންނަމަވެސް، ދިފާއީ ވަކީލު ވަނީ އިރުފާން ތަޤިއްޔުގެ ބޭސްފަރުވާގެ ކަންކަން ކޯޓުގެ އެންގުމާއި އެއްގޮތަށް ކުރިއަށް ނުދާކަން ފާހަގަކޮށް، އޭނާ ޝަރުތުތަކާއެކު 30 ދުވަހަށް ބަންދުން ދޫކޮށްލުމަށް އެދިލައްވާފައެވެ. އެގޮތުން އިރުފާން ތަޤިއްޔުއަކީ މައިބަދައިގެ ޑިސްކުގެ އޮޕަރޭޝަނެއް ކުރަން ޖެހޭ ފަރާތެއްކަން ފާހަގަކުރައްވައި ދިފާއުން ވަނީ ތަންފީޒީ އިދާރާތަކުގެ ކުރިމަތީގައި ކޯޓުގެ ބަސް ބަލިކަށިވަމުންދާ މަންޒަރު ފެންނަމުންދާކަމަށް ވިދާޅުވެފައެވެ.

އިރުފާން ދައްކަން ބޭނުންވަނީ ވަކި ޑޮކްޓަރަކަށް:

އެކަމަށް ރައްދު ދެއްވައި ދައުލަތުގެ ވަކީލާ ވިދާޅުވީ، ކަށީގެ ޚާއްސަ ޑޮކްޓަރެއްކަމަށްވާ ޑރ. އަހުމަދު ޝާންއަށް އިރުފާން ތަޤިއްޔު ދައްކަން ބޭނުންވާކަމަށެވެ. ނަމަވެސް، ޑރ.ޝާންއަށް އެޕޮއިންޓްމަންޓް ހޯދުމުގައި ބޮޑެތި ދަތިތަކެއް ހުރި ކަމަށެވެ. ވުމާއެކު، ކަށީގެ ޑޮކްޓަރެއްކަމަށްވާ ޑރ.މުހައްމަދު މުރުޝިދަށް ދެއްކޭނެ އިންތިޒާމު ހަމަޖެއްސުމަށް ކަރެކްޝަންސްއިން މަސައްކަތް ކުރި ނަމަވެސް، އިރުފާން ތަޤިއްޔު އެކަމަށް ދެކޮޅު ހަދާފައިވާކަން ކަރެކްޝަންސް އާއި ޙަވާލާދީ ދައުލަތުގެ ވަކީލާ ފާހަގަ ކުރެއްވިއެވެ.

ދައުލަތުގެ ވަކީލާ ވިދާޅުވީ، އިރުފާން ތަޤިއްޔު ބޭނުންވަނީ ވަކި ޑޮކްޓަރަކަށް ދެއްކުމަށް ކަމަށާއި، ކަށީގެ އިތުރު ޑޮކްޓަރަކަށް ދެއްކުމަށް އޭނާ އިންކާރު ކޮށްފައިވާ ކަމަށެވެ. ދައުވާ ލިބޭ މީހާ ބޭނުން ކޮންމެ ޑޮކްޓަރަކަށް ނުދެއްކި ނަމަވެސް، ބޭސްފަރުވާގެ އިންތިޒާމު ހަމަޖެއްސުމަށް މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށާއި، މިހާރު ޑޮކްޓަރަށް ނުދެއްކި އޮތީ ކަރެކްޝަންސްގެ އިހުމާލަކުން ނޫންކަންވެސް ދައުލަތުގެ ވަކީލާ ފާހަގަ ކުރެއްވިއެވެ.

އޭގެ އިތުރުން، ބަންދުގައި ހުރި މީހަކު ޑޮކްޓަރަށް ދައްކަން ބޭނުންވާ ކޮންމެ ފަހަރަކު އާއިލާއިން އެޕޮއިންޓްމަންޓް ހައްދައިގެން ޑޮކްޓަރަށް ދައްކަން ގެންދާ ނިޒާމު އޮންނަ ނަމަ، ޖަލުގައި ބަންދުގައި އެއްވެސް މީހަކު ނުހުންނާނެކަންވެސް ދައުލަތުގެ ވަކީލާ ވިދާޅުވިއެވެ.

މިއާއެކު، މައްސަލަ ބައްލަވާ ގާޒީ ޙަސަން ސައީދު ވަނީ އިރުފާން ބޭނުންވާ ޑޮކްޓަރަކަށް ދެއްކުމަށް އާއިލާއިން އެޕޮއިންޓްމަންޓް ހެއްދުމުން، ޑޮކްޓަރަށް ދައްކަން ގެންދިއުމަށް ދައުލަތުގެ އިއުތިރާޒެއް އޮތްތޯ ސުވާލުކުރައްވާފައެވެ. އެގޮތުން މީހެއްގެ ސިއްޙަތަކީ އެންމެ މުހިއްމު އެއް ކަންތައްކަން ފާހަގަކުރައްވައި މައްސަލަ ބައްލަވާ ގާޒީ ވަނީ ބަންދުގައި މީހަކު ހުރި ކަމުގައިވީ ނަމަވެސް، އޭނާގެ ސިއްޙަތާއި ގުޅިގެން ކަންބޮޑުވާނަމަ، ބޭނުންވާ ޑޮކްޓަރަކަށް ދެއްކުމަށް ހުރަހެއް ނެތްކަމަށް ވިދާޅުވެފައެވެ. ނަމަވެސް އެކި މައްސަލަތަކުގައި ބަންދުގައި ތިބޭ މީހުން ޑޮކްޓަރަށް ދައްކަންޖެހޭ ކޮންމެ ފަހަރަކު އާއިލާއިން އެޕޮއިންޓްމަންޓް ހަމަޖައްސައިގެން ޑޮކްޓަރަށް ދައްކާ ގޮތަށް އޮންނަ ނަމަ، ބަންދު ކުރުމުގެ މަޤްސަދު ޙާސިލު ނުވާނެކަމަށް މައްސަލަ ބައްލަވާ ގާޒީ ޙަސަން ސައީދު ވަނީ ފާހަގަކުރައްވާފައެވެ.

ދައުލަތުން އެކަމުގައި ބުނެފައިވަނީ، ބަންދުގައި ހުރި މީހެއްގެ ފަރުވާއަށް ދައުލަތުން އިންކާރު ނުކުރާ ކަމަށާއި، ނަމަވެސް އިރުފާން ބަންދުން ދޫކޮށްލުމަށް ދައުލަތުން ނޭދޭ ކަމަށެވެ. އަދި ޑޮކްޓަރަށް ދެއްކުމާއި، އޮޕަރޭޝަން ކުރުމަށް އާއިލާއިން އެޕޮއިންޓަމަންޓް ހެއްދުމުން އެކަމުގެ ތަފްސީލު ދައުލަތަށްވެސް ހިއްސާ ކުރުމަށް ވަކީލާ ވަނީ އެދިލައްވާފައެވެ.

ގާޒީ ޙަސަން ސައީދު ވަނީ އިރުފާން ތަޤިއްޔު ބޭނުންވާ ޑޮކްޓަރަށް ދެއްކުމާއި އޮޕަރޭޝަން ކުރުމަށް އާއިލާއިން އެޕޮއިންޓްމަންޓް ހެއްދުމަށްފަހު، އެކަން އެންގުމަށް ދަންނަވާފައެވެ. އަދި އޭނާ ޝަރީއަތް ނިމެންދެން ބަންދު ކުރި ކުރުން ގާޒީ ޙަސަން ސައީދު ވަނީ ދަމަހައްޓަވާފައެވެ.

އިރުފާން ތަޤިއްޔުއަކީ 72 ކިލޯ ޑްރަގް މައްސަލައިގައި އިސްކޮށް އުޅުނު ކަމުގެ ތުހުމަތު ކުރެވޭ ފަރާތެވެ.

މި މައްސަލައަކީ 2020 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 8 ވަނަ ދުވަހު "މަސްޖަރީ 2" ނަމަކަށް ކިޔާ ދޯންޏެއްގައި, 72 ކިލޯ ހުރި މަސްތުވާތަކެތި ދިވެހިރާއްޖެއަށް އެތެރެކޮށް އެތަކެތި ޓްރެފިކްކުރިކަމަށް ތުހުމަތުކުރެވުނު މައްސަލަކެއެވެ. އެގޮތުން މި މައްސަލައިގައި 10 މީހެއްގެ މައްޗަށް ދައުވާ އުފުލާފައިވާއިރު، އެ 10 މީހުންގެ މައްޗަށް މަސްތުވާތަކެއްޗާއި ބެހޭ ޤާނޫނުގެ ދަށުން ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދަޢުވާ ވަނީ އުފުލާފައެވެ.

72 ކިލޯ ޑްރަގް މައްސަލަކްރިމިނަލް ކޯޓް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

10 ޑިސެމްބަރު 2025
އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި

އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި

08 ޑިސެމްބަރު 2025
ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

07 ޑިސެމްބަރު 2025
އެޕަރޓްމަންޓަކަށް ވަދެ، ތޫނު އެއްޗަކުން މީހަކަށް ހަމަލާ ދިން މައްސަލާގައި ހައްޔަރު ކުރި މީހާގެ ބަންދަށް ފަސް ދުވަސް

އެޕަރޓްމަންޓަކަށް ވަދެ، ތޫނު އެއްޗަކުން މީހަކަށް ހަމަލާ ދިން މައްސަލާގައި ހައްޔަރު ކުރި މީހާގެ ބަންދަށް ފަސް ދުވަސް

06 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

21 ފެބުރުއަރީ
ވިލިނގިލި ދާއިރާގެ ރައީސް އިންތިޚާބު ހުސެއިން ހަސަން ކާމިޔާބު ކޮށްފި
20251 އަހަރު ކުރިން
ރާއްޖެ

ވިލިނގިލި ދާއިރާގެ ރައީސް އިންތިޚާބު ހުސެއިން ހަސަން ކާމިޔާބު ކޮށްފި

ސަޕްލިމަންޓްރީ ބަޖެޓުން މަސްވެރިންނަށް ކަނޑައެޅި 100 މިލިއަން ރުފިޔާއިން މުއިއްޒު ކުރެއްވީ ހަނީމޫން ދަތުރުތަކެއް - ރައީސް ޞާލިޙު
20242 އަހަރު ކުރިން
ރާއްޖެ

ސަޕްލިމަންޓްރީ ބަޖެޓުން މަސްވެރިންނަށް ކަނޑައެޅި 100 މިލިއަން ރުފިޔާއިން މުއިއްޒު ކުރެއްވީ ހަނީމޫން ދަތުރުތަކެއް - ރައީސް ޞާލިޙު

ސަލްމާން ރުޝްދީ އަށް ހަމަލާދިން މީހާއަށް އީރާނުން ބޮޑު ބިމެއް ދެނީ
20233 އަހަރު ކުރިން
ދުނިޔެ

ސަލްމާން ރުޝްދީ އަށް ހަމަލާދިން މީހާއަށް އީރާނުން ބޮޑު ބިމެއް ދެނީ

ނަދީމްގެ މަރު: ޚުލާސާ ބަޔާން އިއްވައިފި، ޙުކުމް ކުރުން މާރޗު މަހު
20224 އަހަރު ކުރިން
ރާއްޖެ

ނަދީމްގެ މަރު: ޚުލާސާ ބަޔާން އިއްވައިފި، ޙުކުމް ކުރުން މާރޗު މަހު

މަރުވުމުގެ ހަފްތާއެއް ކުރިން އަނބިމީހާ ކައިރީގައި ބުނި ފަހު ބަސް: އަލިޔާ މި މަރުވަނީޔޭ، އަލިޔާއަށް ހިތްހެޔޮ ކުރައްޗޭ!
20215 އަހަރު ކުރިން
ރިޕޯޓު

މަރުވުމުގެ ހަފްތާއެއް ކުރިން އަނބިމީހާ ކައިރީގައި ބުނި ފަހު ބަސް: އަލިޔާ މި މަރުވަނީޔޭ، އަލިޔާއަށް ހިތްހެޔޮ ކުރައްޗޭ!

ބަސް ދިފާއުކުރަން ޖިހާދުވި ދަރިވަރުންތަކެއްގެ ސަބަބުން ފެށުނު މާދަރީ ބަހުގެ ދުވަސް !
20197 އަހަރު ކުރިން
ރިޕޯޓު

ބަސް ދިފާއުކުރަން ޖިހާދުވި ދަރިވަރުންތަކެއްގެ ސަބަބުން ފެށުނު މާދަރީ ބަހުގެ ދުވަސް !

ޕީޖީ ބިޝާމް، ޖެނެރަލް ޝިޔާމް އަދި ޗައިނާ ސަފީރު ރައީސް އޮފީހަށް!
20188 އަހަރު ކުރިން
ރާއްޖެ

ޕީޖީ ބިޝާމް، ޖެނެރަލް ޝިޔާމް އަދި ޗައިނާ ސަފީރު ރައީސް އޮފީހަށް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު