Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއޮބާމަޔަން ހޯދަން މަސައްކަތްކުރުން

ބާސާ އާއި ޔުވެންޓަސްއިން އޮބާމަޔަންއަށް ފާރަލަނީ

30 ޖެނުއަރީ 2022 | އާދީއްތަ 14:23

އާސެނަލުން އޮތީ އޮބާމަޔަން ވިއްކާލަން ތައްޔާރަށް ކަމަށް ރިޕޯޓުކުރޭ

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 30 ޖެނުއަރީ 2022 | އާދީއްތަ 14:23
އާސެނަލުގެ ކުރީގެ ކެޕްޓަން ޕިއޭ-އެމެރިކް އޮބާމަޔަން

އާސެނަލުގެ ކުރީގެ ކެޕްޓަން ޕިއޭ-އެމެރިކް އޮބާމަޔަން

އާސެނަލުގެ ކުރީގެ ކެޕްޓަން އަދި ގޮބެންގެ ފޯވާޑް ޕިއޭ-އެމެރިކް އޮބާމަޔަން ހޯދަން ސްޕެއިނުގެ ބާސެލޯނާ އާއި އިޓަލީގެ ޔުވެންޓަސްއިން މަސައްކަތްކުރަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

އާސެނަލާއެކު އުމުރުން 32 އަހަރު އޮބާމަޔަން މިހާރު ހަދާފައި އޮތް އެއްބަސްވުން ހަމަވާނީ 2023 ވަނަ އަހަރުގެ ހޫނު މޫސުމުގައެވެ. އެކަމަކު މިދިޔަ ޑިސެމްބަރު މަހު އަޚުލާގީ މައްސަލައަކާ ގުޅިގެން އާސެނަލުން ވަނީ އޮބާމަޔަން އަތުން ކެޕްޓަން ބޭންޑް އަތުލާފައެވެ.

އޭނާ އަތުން ބޭންޑް އަތުލީ ކުލަބުގެ ހުއްދަނެތި އާއިލާއާ ބައްދަލުކުރަން ފްރާންސަށް ދިއުމުން، އެކަމާ ބެހޭގޮތުން ކުލަބާ މެދު އުފެދުނު ދެބަސްވުމެއްގެ ތެރެއިން ކަމަށް ރިޕޯޓުތައް ބުނެއެވެ. އޭގެ ފަހުން އާސެނަލުން ކުޅުނު މެޗުތަކުގައި އޮބާމަޔަން ފެނިފައި ނުވާއިރު، މި ފަހުން ކުޅުނު މެޗުތަކުގައި އެ ޓީމުގެ ކެޕްޓަން ބޭންޑް އަޅައިގެން ކުޅެފައިވަނީ ފްރާންސްގެ ފޯވާޑް އަލެކްސަންޑަ ލަކަޒޭޓެވެ.

ރިޕޯޓުތައް ބުނާ ގޮތުން އާސެނަލް ދޫކޮށްލަން އޮބާމަޔަން މިހާރު ވަނީ ނިންމާފައެވެ. އެއާއެކު އޭނާ ހޯދަން ބާސާ އާއި ޔުވެންޓަސްއިން މަސައްކަތް ފަށާފައިވާއިރު، އެ ދެ ކުލަބުން މަސައްކަތްކުރަނީ މި ސީޒަން ނިމެންދެން ލޯނު އެއްބަސްވުމެއްގެ ދަށުން އޮބާމަޔަން ގެންދަން ކަމަށް ރިޕޯޓުތައް ބުނެއެވެ. އަދި މީގެ ކުރިން އިޓަލީގެ އޭސީ މިލާނުންވެސް އޮބާމަޔަންއަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އޮބާމަޔަން އާސެނަލް ދޫކޮށްލާނެ ކަމަށް ބެލެވޭއިރު، 2020 ވަނަ އަހަރު އޮބާމަޔަން އާސެނަލުގެ އެއްބަސްވުން އާކޮށްފައިވަނީ ބާސާއިން ލިބުނު ހުށަހެޅުމަށް ނޫނެކޭ ބުނުމަށްފަހުއެވެ. އެކަމަކު އާސެނަލުގައި އޮބާމަޔަންގެ ކުރިމަގެއް ނެތް ކަމަށް ބުނެ މީގެ ކުރިން ބައެއް ތަޖުރިބާކާރުން ވަނީ އޭނާ އާސެނަލް ދޫކޮށް ދިޔުމަށްވެސް ގޮވާލާފައެވެ.

ބޮރޫޝިއާ ޑޯޓްމުންޑް ދޫކޮށް 2018 ވަނަ އަހަރުގެ ޖެނުއަރީ މަހު 63 މިލިޔަން ޔޫރޯއަށް އާސެނަލަށް ސޮއިކުރި އޮބާމަޔަން ވަނީ މިހާތަނަށް އެ ޓީމަށް ކުޅެދިން 163 މެޗުގައި 92 ލަނޑު ޖަހާފައެވެ. އަދި ވަނީ އާސެނަލާއެކު އެފްއޭ ކަޕުގެ އިތުރުން ކޮމިއުނިޓީ ޝީލްޑުވެސް ކާމިޔާބުކޮށްފައެވެ.

ޕިއޭ-އެމެރިކް އޮބާމަޔަންބާސެލޯނާޔުވެންޓަސް

އިތުރަށް ކިޔާލަން

14 ޑިސެމްބަރު 2025

އޮސަސޫނާ ބަލިކޮށް، ބާސެލޯނާާ އިން ލީޑު ފުޅާ ކޮށްފި

14 ޑިސެމްބަރު 2025
އޮސަސޫނާ ބަލިކޮށް، ބާސެލޯނާާ އިން ލީޑު ފުޅާ ކޮށްފި
10 ޑިސެމްބަރު 2025

ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި

10 ޑިސެމްބަރު 2025
ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި
07 ޑިސެމްބަރު 2025

ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި

07 ޑިސެމްބަރު 2025
ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި
03 ޑިސެމްބަރު 2025

އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި

03 ޑިސެމްބަރު 2025
އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި
30 ނޮވެމްބަރު 2025

އަލަވޭސް ބަލިކޮށް ބާސެލޯނާ އެއް ވަނަ އަށް

30 ނޮވެމްބަރު 2025
އަލަވޭސް ބަލިކޮށް ބާސެލޯނާ އެއް ވަނަ އަށް
27 ނޮވެމްބަރު 2025

ފްލިކްގެ ޔަޤީންކަން، ކުރިއަށް އޮތް ތަނުގައި ފެންނާނީ ތަފާތު ބާސެލޯނާއެއް

27 ނޮވެމްބަރު 2025
ފްލިކްގެ ޔަޤީންކަން، ކުރިއަށް އޮތް ތަނުގައި ފެންނާނީ ތަފާތު ބާސެލޯނާއެއް
26 ނޮވެމްބަރު 2025

ޗެލްސީ އިން ބާސެލޯނާ ލަދު ގަންނަވާލައިފި

26 ނޮވެމްބަރު 2025
ޗެލްސީ އިން ބާސެލޯނާ ލަދު ގަންނަވާލައިފި
04 ނޮވެމްބަރު 2025

ބާސެލޯނާ އަށް ބަދަލުވާން ކޭން ވިސްނަމުން އަންނަ ކަމަށް ރިޕޯޓު ކޮށްފި

04 ނޮވެމްބަރު 2025
ބާސެލޯނާ އަށް ބަދަލުވާން ކޭން ވިސްނަމުން އަންނަ ކަމަށް ރިޕޯޓު ކޮށްފި
03 ނޮވެމްބަރު 2025

އެލްޗޭ ބަލިކޮށް، ބާސެލޯނާ ދެ ވަނައިގައި

03 ނޮވެމްބަރު 2025
އެލްޗޭ ބަލިކޮށް، ބާސެލޯނާ ދެ ވަނައިގައި
27 އޮކްޓޯބަރު 2025

ބާސެލޯނާ ބަލިކޮށް، ރެއާލް އަށް ފަސް ޕޮއިންޓުގެ ލީޑެއް

27 އޮކްޓޯބަރު 2025
ބާސެލޯނާ ބަލިކޮށް، ރެއާލް އަށް ފަސް ޕޮއިންޓުގެ ލީޑެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް