Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޑިއާޒް ލިވަޕޫލަށް ބަދަލުވުން

ޕޯޓޯ ދޫކޮށް ލުއިސް ޑިއާޒް ލިވަޕޫލަށް

ޑިއާޒްގެ ސޮއި ހޯދުމަށް ލިވަޕޫލުން 37.5 މިލިޔަން ޕައުންޑް ޚަރަދުކުރި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 30 ޖެނުއަރީ 2022 | އާދީއްތަ 14:14
ޕޯޓޯއަށް ކުޅެމުން އައި ކޮލަމްބިއާގެ ފޯވާޑް ލުއިސް ޑިއާޒް

ޕޯޓޯއަށް ކުޅެމުން އައި ކޮލަމްބިއާގެ ފޯވާޑް ލުއިސް ޑިއާޒް

ޕޯޗުގަލުގެ ޕޯޓޯއަށް ކުޅެމުން އައި ކޮލަމްބިއާގެ ފޯވާޑް ލުއިސް ޑިއާޒް އިނގިރޭސި ކުލަބު ލިވަޕޫލަށް ސޮއިކޮށްފިއެވެ.

އާދީއްތަ ދުވަހުގެ ވަގުތެއްގައި ލިވަޕޫލުން ވަނީ އުމުރުން 25 އަހަރުގެ ޑިއާޒް އެ ޓީމަށް ސޮއިކުރިކަން އިއުލާން ކޮށްފައެވެ. ލިވަޕޫލުން ހާމަކޮށްފައިވާ ގޮތުން އޭނާ ވަނީ އެ ޓީމާއެކު 2027 ވަނަ އަހަރުގެ ނިޔަލަށް އެއްބަސްވުން ހަދާފައެވެ. ޑިއާޒްގެ ސޮއި ހޯދުމަށް ލިވަޕޫލުން 37.5 މިލިޔަން ޕައުންޑް ޚަރަދުކުރިއިރު، ބޯނަހުގެ ގޮތުގައި އިތުރު 12.5 މިލިޔަން ޕައުންޑް ޚަރަދުކުރާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ލިވަޕޫލުން ޑިއާޒްގެ ސޮއި ހޯދާފައިމިވަނީ އޭނާ ގަތުމަށް މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ހޮޓްސްޕާއިން މަސައްކަތްކުރަމުން އައި ދަނޑިވަޅެއްގައެވެ. އެގޮތުން ޓޮޓެންހަމުން މީގެ ކުރިން ވަނީ ޑިއާޒްގެ ސޮއި ހޯދަން 45 މިލިއަން ޕައުންޑުގެ ބިޑެއް ކޮށްފައެވެ. އެއީ އެންމެ ފުރަތަމަ 30 މިލިޔަން ޕައުންޑް ދެއްކުމަށްފަހު، ބާކީ ބޯނަހުގެ ގޮތުގައި ބަހާލައިގެން ދޭ ގޮތަށެވެ.

އެކަމަކު އެ ޑީލް ލިވަޕޫލުން ހައިޖެކް ކުރިއިރު، ޑިއާޒްގެ މެޑިކަލް ޓެސްޓުތައް ހަދަން ލިވަޕޫލުގެ ޓީމެއް ދާދި ފަހުން ވަނީ އާޖެންޓީނާއަށް ގޮސްފައެވެ. އަންނަ އަންގާރަ ދުވަހުގެރޭ ފީފާ ވޯލްޑް ކަޕުގެ ދެކުނު އެމެރިކާ ކޮލިފައިންގައި ކޮލަމްބިއާއިން އާޖެންޓީނާއާ ދެކޮޅަށް ނުކުންނައިރު، ޑިއާޒް މި ވަގުތު ހުރީ އާޖެންޓީނާގައެވެ.

ސްކޮޑު ވަރުގަދަ ކުރުމުގެ ގޮތުން ލިވަޕޫލުން ޑިއާޒްގެ ސޮއި ހޯދިއިރު، އޭނާއަކީ ޕޯޗުގީޒް ލީގާއި، ޔުއެފާ ޗެމްޕިއަންސް ލީގުގެ އިތުރުން ކޮލަމްބިއާ ގައުމީ ޓީމުގައި ވިދަމުން އަންނަ ކުޅުންތެރިއެކެވެ. އެގޮތުން ކޮލަމްބިއާގެ ޓީމުތަކަށް ކުޅުމަށްފަހު 2019 ވަނަ އަހަރު ޑިއާޒް ޕޯޓޯއާ ގުޅުނުއިރު، އޭނާ ވަނީ އެ ޓީމަށް ކުޅެދިން 125 މެޗުގައި 41 ލަނޑު ޖަހާފައެވެ. އަދި ވަނީ އެ ޓީމާއެކު ޕޯޗުގީޒް ލީގުވެސް ކާމިޔާބުކޮށްފައެވެ.

ހޯމަ ދުވަހު ބަންދުވާ މި މަހުގެ ޓްރާންސްފާ ބާޒާރުގައި ލިވަޕޫލުން ޑިއާޒްގެ ސޮއި ހޯދުމާއެކު، މި ޓްރާންސްފާގެ ތެރޭގައި ލިވަޕޫލުން ޓަކޫމީ މިނަމީނޯ ނޫނީ ޑިވޮކް އޮރީގީ ދޫކޮށްލާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ލުއިސް ޑިއާޒްލިވަޕޫލް

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

ފަހު ވަގުތު އިންޓަ އަތުން މޮޅުވެ ލިވަޕޫލް އަށް ހަމަ ނޭވާއެއް

10 ޑިސެމްބަރު 2025
ފަހު ވަގުތު އިންޓަ އަތުން މޮޅުވެ ލިވަޕޫލް އަށް ހަމަ ނޭވާއެއް
07 ޑިސެމްބަރު 2025

ޞަލާޙުގެ އަސަރު ގަދަ ވާހަކަ ތަކެއް، ސްލޮޓްއާ އެއްވެސް ގުޅުމެއް ނެތް

07 ޑިސެމްބަރު 2025
ޞަލާޙުގެ އަސަރު ގަދަ ވާހަކަ ތަކެއް، ސްލޮޓްއާ އެއްވެސް ގުޅުމެއް ނެތް
07 ޑިސެމްބަރު 2025

ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް

07 ޑިސެމްބަރު 2025
ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް
04 ޑިސެމްބަރު 2025

ސަންޑަލޭންޑާ އެއްވަރުވެ، ލިވަޕޫލް އަށް ކުރިއެރުމެއް ނެތް

04 ޑިސެމްބަރު 2025
ސަންޑަލޭންޑާ އެއްވަރުވެ، ލިވަޕޫލް އަށް ކުރިއެރުމެއް ނެތް
11 ނޮވެމްބަރު 2025

ލިވަޕޫލް ބަލިކޮށް ސިޓީ ދެވަނަ އަށް ޖެހިލައިފި

11 ނޮވެމްބަރު 2025
ލިވަޕޫލް ބަލިކޮށް ސިޓީ ދެވަނަ އަށް ޖެހިލައިފި
05 ނޮވެމްބަރު 2025

ރެއާލް ބަލިކޮށް، ލިވަޕޫލް އަށް ހަމަޖެހުމެއް

05 ނޮވެމްބަރު 2025
ރެއާލް ބަލިކޮށް، ލިވަޕޫލް އަށް ހަމަޖެހުމެއް
04 ނޮވެމްބަރު 2025

ސްލޮޓް އެދުނީ ސަޕޯޓަރުން ލިވަޕޫލް އާއެކު ތިބުމަށް

04 ނޮވެމްބަރު 2025
ސްލޮޓް އެދުނީ ސަޕޯޓަރުން ލިވަޕޫލް އާއެކު ތިބުމަށް
30 އޮކްޓޯބަރު 2025

ޕެލަސް އަތުން ބަލިވެ ކަރަބޯ ކަޕް އިން ލިވަޕޫލް ކަޓައިފި

30 އޮކްޓޯބަރު 2025
ޕެލަސް އަތުން ބަލިވެ ކަރަބޯ ކަޕް އިން ލިވަޕޫލް ކަޓައިފި
21 އޮކްޓޯބަރު 2025

ސްލޮޓް ބުނީ، ލިވަޕޫލް އަށް ބަހަނާ ދެއްކެން ނެތް ކަމަށް

21 އޮކްޓޯބަރު 2025
ސްލޮޓް ބުނީ، ލިވަޕޫލް އަށް ބަހަނާ ދެއްކެން ނެތް ކަމަށް
20 އޮކްޓޯބަރު 2025

ފަހު ވަގުތު ޔުނައިޓެޑުން ލިވަޕޫލް ބަލިކޮށްފި

20 އޮކްޓޯބަރު 2025
ފަހު ވަގުތު ޔުނައިޓެޑުން ލިވަޕޫލް ބަލިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް