Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޖުވެނައިލް ޑިޓެންޝަން ސެންޓަރ

ޖުވެނައިލް ޑިޓެންޝަން ސެންޓަރު ގާއިމުކޮށްފި

ޖުވެނައިލް ޑިޓެންޝަން ސެންޓަރު ހިނގަމުންދާނީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ބެލުމުގެ ދަށުން

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 30 ޖެނުއަރީ 2022 | އާދީއްތަ 12:30
އައްސޭރި ޖަލުގައި ކުޑަކުދިންގެ ޑިޓެންޝަން ސެންޓަރު ގާއިމުކޮށް، ބެލެހެއްޓުން ވަނީ ކަރެކްޝަނާ ހަވާލުކޮށްފައި

އައްސޭރި ޖަލުގައި ކުޑަކުދިންގެ ޑިޓެންޝަން ސެންޓަރު ގާއިމުކޮށް، ބެލެހެއްޓުން ވަނީ ކަރެކްޝަނާ ހަވާލުކޮށްފައި

ޖުވެނައިލް ޑިޓެންޝަން ސެންޓަރު ގާއިމުކޮށްފިއެވެ.

ހޯމް މިނިސްޓްރީން ބުނީ ކުޑަކުދިންގެ އަދުލުގެ ގާނޫނުގެ 82 ވަނަ މާއްދާގެ (ހ)ގެ 1 ވަނަ ނަންބަރުގައި ބަޔާންކުރާ ޖުވެނައިލް ޑިޓެންޝަން ސެންޓަރު ގާއިމުކުރުމަށް އެ މާއްދާގެ (ށ)އިން މިނިސްޓަރ އޮފް ހޯމްއެފެއަރޒްގެ މައްޗަށް ލާޒިމުކޮށްފައިވާތީ، ކ. ހިންމަފުށީ އައްސޭރި ޖަލުގައި ޖުވެނައިލް ޑިޓެންޝަން ސެންޓަރު އާދީއްތަ ދުވަހު ގާއިމުކޮށް، އެންޓި ޓޯޗަރ ގާނޫނުގެ 17 ވަނަ މާއްދާގެ (ހ)ގައި ވާ ގޮތުގެ މަތިން އާންމުކޮށް އަންގާ އިއުލާންކުރާ ކަމަށެވެ. ޖުވެނައިލް ޑިޓެންޝަން ސެންޓަރު ހިނގަމުންދާނީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ބެލުމުގެ ދަށުން ކަމަށް ހޯމް މިނިސްޓްރީން ބުނެއެވެ.

Advertisement - newsAdvertisement

ކުޑަކުދިންގެ ޢަދުލުގެ ގާނޫނަކީ، ގާނޫނާ ޚިލާފުވާ ކުޑަކުދިންގެ މައްސަލަތައް، އެކުދިން ކުށްކުރުމާ ދުރުކުރުމަށް ބާރުއަޅައިދޭ، އެކުދިންނާ ރަހުމަތްތެރި މާހައުލެއްގައި ހިންގޭނެ އުސޫލަކުން، އަދި އެކުދިންނަށް ބޭނުންވާ ރީހެބިލިޓޭޓިވް ފަރުވާ ލިބިދީ، އެކުދިން ހެޔޮގޮތުގައި އަނބުރާ މުޖުތަމައަށް އައިސް، މުޖުތަމައުގައި ބިނާކުރަނިވި ދައުރެއް އަދާކުރުމަށް މަގުފަހިކޮށްދެވޭނެ ގޮތަށް ބައްޓަންކުރެވިފައިވާ، ކުޑަކުދިންނަށް ޚާއްސަކުރެވިގެންވާ ނިޒާމެއް މެދުވެރިކޮށް ނިންމުމަށްޓަކައި، ކުޑަކުދިންގެ އަދުލުގެ ނިޒާމެއް ގާއިމުކުރުމަށް އެކަށައަޅަންޖެހޭ އުސޫލުތައް ބަޔާންކުރުމުގެ ގާނޫނެވެ.

މި ގާނޫނުގެ 82 ވަނަ މާއްދާގެ (ހ)ގެ 1 ވަނަ ނަންބަރުގެ ދަށުން އުފައްދާ ޖުވެނައިލް ޑިޓެންޝަން ސެންޓަރަކީ، ދިގު މުއްދަތަކަށް ބަންދުކުރުމަށް ކޯޓުން ކަނޑައަޅާ ކުޑަކުދިންގެ ތެރެއިން، ނުރައްކާތެރި ކުށްކުރާ ކުދިން ފިޔަވައި އެހެން ކުދިން ބޭތިއްބުމަށް ޚާއްސަކުރެވޭ މަރުކަޒުތަކެވެ. މި ގާނޫނުގެ 82 ވަނަ މާއްދާގެ (ހ)ގެ 2 ވަނަ ނަންބަރުގެ ދަށުން އުފައްދާ ލޯންގް ޓަރމް ސެކިޔޯރ ފެސިލިޓީއަކީ، ދިގު މުއްދަތަކަށް ބަންދުކުރުމަށް ކޯޓުން ކަނޑައަޅާ ކުޑަކުދިންގެ ތެރެއިން، ޖިނާއީ ބޮޑެތި ކުށްތައް ކުރާ، މުޖުތަމައާ އެކަހެރިކޮށްގެން ބަލަހައްޓަންޖެހޭ ކުދިން ބޭތިއްބުމަށް ޚާއްސަކުރެވޭ މަރުކަޒުތަކެވެ.

މި ގާނޫނުގެ 84 ވަނަ މާއްދާގައި ބުނެފައިވަނީ މި މާއްދާގެ (ހ)ގެ ދަށުން އުފައްދާ މަރުކަޒުތައް އުފައްދައި ހިންގުމުގެ އުސޫލުތަކާއި، އެފަދަ މަރުކަޒުތަކުގައި ހިފަހައްޓަންޖެހޭ ސްޓޭންޑަރޑްތަކާއި، އެފަދަ މަރުކަޒުތައް ހިންގުމުގައި ގެންގުޅޭނެ އެނޫންވެސް މިންގަނޑުތަކާއި، އެފަދަ މަރުކަޒުތައް ހިންގުމުގެ ލައިސަންސް ދިނުމުގެ އުސޫލުތައް، އެ މަރުކަޒުތަކުގައި ކުދިންނަށް ދެވޭނެ ޚިދުމަތްތަކާއި، އެ މަރުކަޒުތަކުގައި ހިންގަންޖެހޭނެ ފަރުވާގެ ޕްރޮގްރާމްތައް މި ގާނޫނުގެ ދަށުން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެކަމަށެވެ. އަދި މި ގަވާއިދު އެކުލަވާލުމުގައި ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްގެ ފަންނީ ލަފައާއި މަޝްވަރާ ހޯދަންވާނެކަމަށެވެ. މީގެ އިތުރުން މި ގާނޫނުގެ 80 ވަނަ މާއްދާއާއި 82 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މަރުކަޒުތަކުގެ އިތުރުން، މި ގާނޫނުގެ ދަށުން ކުށުގެ ތުހުމަތުގައި ހައްޔަރުކުރެވޭ ކުދިން ކޮންމެހެން ބަންދުގައި ބައިތިއްބަންޖެހޭ ފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ، އެކުދިން ވަގުތީގޮތުން ބޭތިއްބޭނެ ކުޑަކުދިންގެ ކަސްޓޯޑިއަލް މަރުކަޒުތައް، ދައުލަތުން ގާއިމުކުރަންވާނެ ކަމަށް މި ގާނޫނުގެ 84 ވަނަ މާއްދާގައި ބުނެފައިވެއެވެ. މި މާއްދާގައި ބުނެފައިވަނީ މި ގާނޫނަށް ޢަމަލުކުރަން ފަށާ ތާރީޚުން ފެށިގެން 18 މަސްދުވަހުގެ ތެރޭގައި މި މާއްދާގެ (ހ)ގައި ބަޔާންކުރާ ބާވަތުގެ މަދުވެގެން 1 ކަސްޓޯޑިއަލް މަރުކަޒު، މޯލްޑިވްސް ޕޮލިސް ސަރވިސްއިން ގާއިމުކުރަންވާނެއެވެ.

މި މަރުކަޒަކީ ދެ ޖިންސުގެ ކުދިން ވަކިން ބޭތިއްބޭނެ މަރުކަޒަކަށް ވާންވާނެއެވެ. އަދި މި މަރުކަޒު އުފައްދައި ހިންގުމުގެ އުސޫލުތަކާއި، އެފަދަ މަރުކަޒުތަކުގައި ހިފަހައްޓަންޖެހޭ ސްޓޭންޑަރޑްތަކާއި، އެފަދަ މަރުކަޒުތައް ހިންގުމުގައި ގެންގުޅޭނެ އެނޫންވެސް މިންގަނޑުތައް، މި ގާނޫނުގެ ދަށުން މޯލްޑިވްސް ޕޮލިސް ސަރވިސްއިން ހަދާ ގަވާަުދުގައި ބަޔާންކުރަންވާނެއެވެ. އަދި މި ގަވާއިދު އެކުލަވާލުމުގައި ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްގެ ފަންނީ ލަފަޔާއި މަޝްވަރާ ހޯދަންވާނެއެވެ.

މަރުކަޒެއްގައި ކުއްޖަކު ބެހެއްޓުމަށް ކޯޓުން ނިންމާ ހާލަތުގައި، މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން ކުއްޖާ ބަހައްޓައިގެން ފަރުވާދިނުމަށްޓަކައި އެފަދަ މަރުކަޒުތައް އަތޮޅުތަކުގައި ނުވަތަ ރަށްތަކުގައި ދައުލަތުން ގާއިމުކޮށް، ބަލަހައްޓަންވާނެއެވެ.

މަރުކަޒުތަކުގައި ކުޑަކުދިން ބޭތިއްބުމުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެނީ މަރުކަޒެއްގައި ކުއްޖަކު ބަހައްޓަންވާނީ އެކުއްޖަކު އެ މަރުކަޒެއްގައި ބެހެއްޓުން އެއީ އެކުއްޖަކާމެދު އެޅެން އޮތް އެންމެ ފަހުގެ ފިޔަވަޅަށްވެފައި، އަދި އެކުއްޖަކު ބެހެއްޓޭ މުއްދަތަކީ ހަމައެކަނި އެ ހާލަތެއް ލާޒިމުކުރާ އެންމެ ކުރު މުއްދަތަކަށް ވާނަމައެވެ. އަދި މަރުކަޒުތަކުގައި ބައިތިއްބާ ކުޑަކުދިންނަށް އެކުދިންގެ އުމުރާއި، ޖިންސާއި، އިޖްތިމާއީގޮތުން ބިނާކުރަނިވި އަދި މުޖުތައުގައި ފައިދާހުރި ބައެއްގެ ގޮތުގައި ތަރުބިއްޔަތުކުރަނިވި އިޖްތިމާއީ، ތައުލީމީ، ނަފްސާނީ، ސިއްހީ، އަދި ޖިސްމާނީގޮތުން މުހިންމު އަޅާލުމާއި، ރައްކާތެރިކަމާއި، އެހީތެރިކަމެއް އެ މަރުކަޒުގެ މާހައުލުގެ ތެރޭގައި ފޯރުކޮށްދޭންވާނެ ކަމަށް ބުނެފައިވެއެވެ.

މީގެ އިތުރުން މި ގާނޫނުގެ ދަށުން އުފައްދާ މަރުކަޒުތައް ވާންވާނީ، ބޮޑެތި މީހުން ބަންދުކުރާ ތަންތަނާ ވަކިން ހަދާފައިވާ، ކުއްޖާގެ އުމުރާއި، ކޮށްފައިވާ ކުށާއި އެކަށޭނަ ތަންތަން ކަމުގައެވެ. އަދި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ އިޖުރާއަތުތަކާ އެއްގޮތްވާ ގޮތުގެމަތިން، ކަނޑައެޅޭ ހަމަހަމަ އުސޫލެއްގެ ދަށުން މަރުކަޒުތަކުގައި ބައިތިއްބާ ކުދިންގެ މަަްލަހަތު ހިމާޔަތްކުރުމަށްޓަކައި، އެކުދިންނަށް ޒިޔާރަތްކުރުމުގެ ހައްގު އެކުދިންގެ ބެލެނިވެރިންނަށާއި އާއިލާއަށް ލިބިގެންވެއެވެ. މަރުކަޒުތަކުގައި ބައިތިއްބާ ކުދިން އިސްލާހުކުރުމުގެ ގޮތުންވެސް އެއްވެސް ޖިސްމާނީ ނުވަތަ ނަފްސާނީ އަނިޔާއެއް ލިބޭފަދަ އެއްވެސް އަމަލެއް ނުވަތަ އިހުމާލުވާފަދަ އެއްވެސް އަމަލެއް ހިންގައިގެންނުވާނެއެވެ. މަރުކަޒުތަކުގައި ތިބޭ ކޮންމެ ކުއްޖަކަށް، އެކުއްޖާގެ އުމުރާއި ފެންވަރާއި، ބަދަލުވަމުންދާ ގާބިލިއްޔަތާ އެކަށީގެންވާ ތައުލީމާއި ތަމްރީނާއި ހުނަރުތައް ފޯރުކޮށްދޭންވާނެއެވެ. މަރުކަޒުތަކުގައި ތިބޭ ކުދިންނަށް ކަސްރަތުކުރުމާއި ކުޅިވަރުކުޅެވޭނެ އިންތިޒާމު، ހަމަޖެހިފައިވާ އުސޫލެއްގެ މަތިން ލިބެންވާނެއެވެ. އަދި ކުއްޖާއަށް ބޭނުންވާ ސިއްހީ ފަރުވާއާއި އިޖްތިމާއީ އަދި ނަފްސާނީ އެހީތެރިކަމާއި ކައުންސެލިންގގެ ޚިދުމަތްތައް ދޭންވާނެއެވެ.

ޖުވެނައިލް ޑިޓެންޝަން ސެންޓަރހިންމަފުށިމޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް)މިނިސްޓްރީ އޮފް ހޯމް އެފެއަރޒް

ކޮމެންޓް

އިތުރަށް ކިޔާލަން

އީއެލްއެސް ލިޔޯ އިން ރާއްޖެއަށް ޕްރިކާސްޓް މޮޑިއުލަރ ހައުސިންގ ޔުނިޓު ތައާރަފްކޮށްފި

އީއެލްއެސް ލިޔޯ އިން ރާއްޖެއަށް ޕްރިކާސްޓް މޮޑިއުލަރ ހައުސިންގ ޔުނިޓު ތައާރަފްކޮށްފި

29 އޮކްޓޯބަރު 2024
ގައިދީންގެ ބޮލާއި ތުނބުޅި މަތިމަސް ގަދަކަމުން ނުބޭލޭނެ ގޮތަށް އުސޫލުތައް ބަދަލުކުރަނީ

ގައިދީންގެ ބޮލާއި ތުނބުޅި މަތިމަސް ގަދަކަމުން ނުބޭލޭނެ ގޮތަށް އުސޫލުތައް ބަދަލުކުރަނީ

09 އޮކްޓޯބަރު 2024
ޖަލަށް ފޯނާއި ޑްރަގް ވެއްދުމުގައި ތުހުމަތުގައި ހައްޔަރުކުރި ބައެއް އޮފިސަރުންނާއެކު އިއުތިރާފުގެ އެއްބަސްވުމެއް ހަދަނީ

ޖަލަށް ފޯނާއި ޑްރަގް ވެއްދުމުގައި ތުހުމަތުގައި ހައްޔަރުކުރި ބައެއް އޮފިސަރުންނާއެކު އިއުތިރާފުގެ އެއްބަސްވުމެއް ހަދަނީ

01 އޮކްޓޯބަރު 2024
ސްކޭމްގެ މައްސަލަތަކާއި ގުޅިގެން މި އަހަރުގެ މިހާތަނަށް 300 އެކައުންޓް ބަންދުކޮށްފައިވޭ - ބީއެމްއެލް

ސްކޭމްގެ މައްސަލަތަކާއި ގުޅިގެން މި އަހަރުގެ މިހާތަނަށް 300 އެކައުންޓް ބަންދުކޮށްފައިވޭ - ބީއެމްއެލް

25 ޖުލައި 2024
ހުޅުމާލޭ ޖަލުގައި ހުކުމް ތަންފީޒުކުރަމުން ދިޔަ ގައިދީއަކު ނިޔާވެއްޖެ

ހުޅުމާލޭ ޖަލުގައި ހުކުމް ތަންފީޒުކުރަމުން ދިޔަ ގައިދީއަކު ނިޔާވެއްޖެ

01 އެޕްރީލު 2024

އަހަރުތަކުން މިއަދު

9 ޖެނުއަރީ
އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް ހުކުމް ކޮށްފި
20251 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް ހުކުމް ކޮށްފި

"މިއަދުވެސް އިންޑިއާ ސިފައިން ރާއްޖޭގައި އެބަތިބި، މިނިވަންކަމަށް މިއަދު އޮތް ނުރައްކަލަކީ ކޮބައިތޯ؟" : މާރިޔާ
20242 އަހަރު ކުރިން
ރާއްޖެ

"މިއަދުވެސް އިންޑިއާ ސިފައިން ރާއްޖޭގައި އެބަތިބި، މިނިވަންކަމަށް މިއަދު އޮތް ނުރައްކަލަކީ ކޮބައިތޯ؟" : މާރިޔާ

ފައިނަލްގައި ކުޅެން ނުޖެހޭ ފަސް ކުޅުންތެރިޔަކު ކުޅުނު ކަމަށް ޑެޝޯމްޕްސް ބުނެފި
20233 އަހަރު ކުރިން
ކުޅިވަރު

ފައިނަލްގައި ކުޅެން ނުޖެހޭ ފަސް ކުޅުންތެރިޔަކު ކުޅުނު ކަމަށް ޑެޝޯމްޕްސް ބުނެފި

ޓާޝަރީ 4 ހޮސްޕިޓަލުގެ ޑިޒައިނާއި ބީއޯކިއު ހޯދަން އިއުލާންކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ޓާޝަރީ 4 ހޮސްޕިޓަލުގެ ޑިޒައިނާއި ބީއޯކިއު ހޯދަން އިއުލާންކޮށްފި

މާނޭރެން އޮޔާ ދަމާގަތް ވަގުތު ވެސް ފައުޒަން ދެއްކީ ހިތްވަރާއި ކެރުންތެރިކަން!
20215 އަހަރު ކުރިން
ރިޕޯޓު

މާނޭރެން އޮޔާ ދަމާގަތް ވަގުތު ވެސް ފައުޒަން ދެއްކީ ހިތްވަރާއި ކެރުންތެރިކަން!

މިއަދުން ފެށިގެން އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮވާނެ: މޯލްޑިވިއަން
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

މިއަދުން ފެށިގެން އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮވާނެ: މޯލްޑިވިއަން

ޒަމްޒަމް ފެނުގައިވާ އިލާހީ ކުޅަދުންވަންތަ ކަމުގެ ހެކިތަކަށް ވިސްނާލަމާ!
20188 އަހަރު ކުރިން
އިސްލާމް

ޒަމްޒަމް ފެނުގައިވާ އިލާހީ ކުޅަދުންވަންތަ ކަމުގެ ހެކިތަކަށް ވިސްނާލަމާ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު