Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައީސް ނަޝީދު

ޑިކްޓޭޓާޝިޕަކާ އެކު ރާއްޖެ އަޑިއަށް ދިޔަކަ ނުދޭނަން: ރައީސް ނަޝީދު

2 ޖޫން 2017 | ހުކުރު 00:27

ދީނީ ހަރުކަށި ވިސްނުން ރާއްޖޭގައި އޮތީ ކަންބޮޑުވާން ޖެހޭ މިންވަރަކަށް

އާމިނަތު ނުޒުހާ
އާމިނަތު ނުޒުހާ | 2 ޖޫން 2017 | ހުކުރު 00:27
ޖަރުމަނު ވިލާތުގެ ޑީޑަބްލިޔު ނިއުސްގެ ޕްރޮގްރާމެއްގައި ރައީސް މުހައްމަދު ނަޝީދު ބުރާސްފަތި ދުވަހު ވާހަކަފުޅު ދައްކަވަނީ

ޖަރުމަނު ވިލާތުގެ ޑީޑަބްލިޔު ނިއުސްގެ ޕްރޮގްރާމެއްގައި ރައީސް މުހައްމަދު ނަޝީދު ބުރާސްފަތި ދުވަހު ވާހަކަފުޅު ދައްކަވަނީ

ޑިކްޓޭޓާޝިޕަކާ އެކު ރާއްޖެ އަޑިއަށް ދިޔަ ނުދެއްވާނެ ކަމަށް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ޖަރުމަނު ވިލާތުގެ ޑީޑަބްލިޔު ނިއުސްގެ ޕްރޮގްރާމެއްގައި ބުރާސްފަތި ދުވަހު ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ދިވެހި ރާއްޖޭގައި ތިބި ވަރުގަދަ ސިޔާސީ ލީޑަރުން ވަނީ ޖަލަށްލާފައި ކަމަށެވެ. ސިޔާސީ ހަރަކާތް ހިންގުން ހިފަހައްޓައި، ޕާޓީތަކުގެ މަސައްކަތް ހިންގަން ހުރަސް އަޅާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

Advertisement - newsAdvertisement

ރައީސް ނަޝީދު ވިދާޅުވީ، ހަރުކަށި ޚިޔާލުގެ ސަލަފީ ގުރޫޕްތަކާއި ސަރުކާރުން ގުޅުން ބަދަހިކުރުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ.

ދީނީ ހޭލުންތެރިކަން އިތުރުކުރަން ސަލަފުން ކުރިއަށް ގެންދާ ހަރަކާތްތަކާއި ބައެއް މިސްކިތްތަކުގައި ދޭ ދަރުސްތައް ލައިވްކުރުމުގެ އެއްބަސްވުމުގައި ހަމައެކަނި ޕީއެސްއެމްއާ އެކު ސަލަފުން އެއްބަސްވެފައި ވާތީ ރައީސް ނަޝީދު ވަނީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެމަނިކުފާނު ދެކިވަޑައިގަންނަވާ ގޮތުގައި އެފުރުސަތު އެ މިންވަރަށް ހަނިވެގެން ނުވާނެއެވެ. ދީނީ އެންމެ ޖަމިއްޔާއަކަށްދީ އެ ފުރުސަތު ހަނިކުރެވިގެން ނުވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ހައްދުފަހަނަ އަޅާފައިވާ ޚިޔާލު ގެންގުޅޭ މީހުންނަކީ ވަރަށް ނުރައްކާތެރި ބައެއް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ، ދިނީ ހަރުކަށި ވިސްނުން ރާއްޖޭގައި އޮތީ ކަންބޮޑުވާން ޖެހޭ މިންވަރަކަށް ކަމަށެވެ. އައިސިސްއާ އެކު ހަނގުރާމަކުރުމަށް ސީރިއާ އަށް މީހުން އާބާދީގެ ނިސްބަތުން އެންމެ ގިނައީ ރާއްޖޭގައި ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މިފަދަ އަމަލުތަކާ ހުރެ ރާއްޖޭގެ ތަސައްވުރު އެހެންގައުމުތަކުގެ ކުރިމަތީގައި ފަނޑުވެ، ޑިމޮކްރެސީއަށް ކުރަމުންދާ މަސައްކަތަށް ހިޔަނި އެޅޭ ކަަމަަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައްޖޭގައި މިއަދު އަސާސީ އިންސާނީ ހައްގުތަށް ހަނިވެ، ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ނެތެމުންދާ ކަމަށާއި، މިކަންކަން އަނބުރާ އިއާދަކުރުމަށް ޖަލުގައި ހައްޔަރުކޮށްފައިވާ ސިޔާސީ އިސްވެރިން ދޫކޮށްލައި، ރާއްޖޭގެ ސިޔާސީ މަޝްރަހު ހަމައަކަށް އެޅެންދެން އެއްބައިވަންތަކަމުގެ ސަރުކާރެއް ގާއިމްކުރަން ޖެހޭ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

އަނިޔާވެރިގޮތަކަށް މަރާލެވުނު ބްލޮގަރ ޔާމީން ރަޝީދުގެ މަރުގެ ތަހުގީގު ސަރުކާރުން ކުރިއަށް ނުގެންދާކަން ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ، ޔާމީންގެ މަރަށް ފަހު ވެސް ރާއްޖޭގައި ތިބި މިނިވަން ޚިޔާލުގެ ލިޔުންތެރިންނަށް ގޭންގްތައް މެދުވެރިކޮށް ބިރުދައްކައި، އަދި ފުލުހަށް ހާޒިރުވުމަށް އަންގަމުންދާކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ، މިގައުމު ހަމައަކަށް އެޅުވުމަށްޓަކައި ވެސް 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އެމަނިކުފާނު ވާދަކުރައްވާނެކަމަށެވެ.

ޚުދުމުޚްތާރުކަންމަތީ ރައީސް ޔާމީން ހިންގަވާކަންކަން ހުއްޓާލައްވާ ސިޔާސީ އިދިކޮޅު ލީޑަރުންނާއި މަޝްވަރާކުރެއްވުމަށްފަހު މިގައުމުގައި މިނިވަން އިންސާފުވެރި އިންތިޚާބެއް ބޭއްވުމުގެ ޖާގަ ދެއްވުމަށް ރައީސް ނަޝީދު ވަނީ ރައީސް ޔާމީނަށް ވަނީ ގޮވާލައްވާފައެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

5

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

އިތުރަށް ކިޔާލަން

11 ޖެނުއަރީ 2017

ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި

11 ޖެނުއަރީ 2017
ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި
11 ޖެނުއަރީ 2017

ރާއްޖެއެތެރެކުރި މަސް ހިފާ 21 ބަޑި އަތުލައިގަތްފި

11 ޖެނުއަރީ 2017
ރާއްޖެއެތެރެކުރި މަސް ހިފާ 21 ބަޑި އަތުލައިގަތްފި
10 ޖެނުއަރީ 2017

ކެރޭނެއް ވެއްޓި ދޯންޏެއް އަޑިއަށް ހިނގައްޖެ

10 ޖެނުއަރީ 2017
ކެރޭނެއް ވެއްޓި ދޯންޏެއް އަޑިއަށް ހިނގައްޖެ
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
07 ޖެނުއަރީ 2017

މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން

07 ޖެނުއަރީ 2017
މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން
07 ޖެނުއަރީ 2017

ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް

07 ޖެނުއަރީ 2017
ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް
07 ޖެނުއަރީ 2017

ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

07 ޖެނުއަރީ 2017
ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
07 ޖެނުއަރީ 2017

ބައްޕާފުޅުގެ އަރިހުގައި ސާބިތުކަމާއިއެކު ހުންނަވާނަން: ޔުމްނާ މައުމޫނު

07 ޖެނުއަރީ 2017
ބައްޕާފުޅުގެ އަރިހުގައި ސާބިތުކަމާއިއެކު ހުންނަވާނަން: ޔުމްނާ މައުމޫނު
06 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ

06 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް