Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ފާރިސް މައުމޫނު

މިއީ ޒާތީކަމެއް، ދައުވާކުރަން ބޭނުންވާ ނަމަ ޕީޖީއަށް ފޮނުވާ: ފާރިސް

ފާރިސް ވަނީ ފުލުހުންނަން ބަޔާން ދެއްވާފައި

މުހަންމަދު ވިސާމް
މުހަންމަދު ވިސާމް, ރާއްޖެ އެމްވީ | 1 ޖޫން 2017 | ބުރާސްފަތި 23:13
ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަޙުމަދު ފާރިސް މައުމޫނާ

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަޙުމަދު ފާރިސް މައުމޫނާ

އިދިކޮޅު ސިޔާސީ ހަރަކާތުގައި އިސް ދައުރެއް އަދާކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު، އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން ޢަބްދުލްޤައްޔޫމްގެ ދަރިކަލުން، އަޙުމަދު ފާރިސް މައުމޫނާ މެދު ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ކަންކުރަނީ ޒާތީވެގެން ކަމަށް ފާރިސް މައުމޫން ވިދާޅުވެއްޖެއެވެ.

ފުލުހުން ތަހްގީގް ކުރަމުންދާ މައްސަލައަކާ ގުޅިގެން ބުރާސްފަތި ދުވަހު ފާރިސް ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށް ފަހު ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް ބަޔާން ނަގާފައި ވަނީ ޕީޕީއެމްގެ ދިދަ ބޭނުން ކުރި މައްސަލައިގައި ކަމަށެވެ. އެހެންނަމަވެސް ޕީޕީއެމްގެ ދިދަ އާއި ލޯގޯ އެއްވެސް އިރެއްގައި އެޕާޓީގެ އަސާސީ ގަވައިދާ ހިލާފަށް ބޭނުންކުރައްވާފައި ނުވާނެ ކަމަށް ފާރިސް ވިދާޅު ވިއެވެ.

Advertisement - newsAdvertisement

"އަޅުގަނޑުގެ ގަބޫލުކުރާ ގޮތުން ، އަޅުގަނޑު ގާނޫނީ ކުށެއް ކޮށްފައި ނުވާނެ. ހާއްސަމކޮށް ޖިނާއީ ކުށެއް ކޮށްފައެއް ނޯންނޯނެ، އަޅުގަނޑުމެން އެއްޗެއް ބޭނުންކުރި ނަމަ، ލޯގޯއެއް ނަމަވެސް ދިދައެއް ބޭނުންކުރި ނަމަ، އެހެން އާލާތެއް ވެސް ބޭނުން ކުރި ނަމަ، އޮންނާނީ ގާނޫނީ ހަމަތަކުގެ ތެރެއިން ބޭނުންކޮށްފައި،" ފާރިސް ވިދާޅުވިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ފާރިސް ފުލުހަށް ހާޒިރުކުރީ މޫކައި ސޫޓްސްގައި އިދިކޮޅު ފަރާތްތަކުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީޕީއެމްގެ ދިދަ ބޭނުންކުރި މައްސަލައިގައެވެ.

ބުރާސްފަތި ދުވަހުގެ ރޭ ފާރިސް ވަނީ މި މައްސަލައާ ގުޅިގެން ފުލުހުންނަން ބަޔާނެއް ވެސް ދެއްވާފައެވެ. އިތުރަށް ސާފްކުރަންޖެހޭނެ މައުލޫމާތެއް ނޯންނާނެކަން ފާހަގަކުރަައްވަމުން ފާރިސް ވިދާޅުވީ މައްސަލައިގައި އޭނާ ކުށްވެރިވާ ނަމަ ދައުވާކުރަން ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހަށް ފޮނުވިއަސް އެއްވެސް މައްސަލައެއް ނެތް ކަމަށެވެ.

"މި ދެންނެވި ގޮތަށް ބަޔާނުގައި އޮންނާނީ، އިތުރަށް އަޅުގަނޑު ހާމަކުރަން ބޭނުންވާ މައުލޫމާތެއް، ހާމަ ކުރާނެ މައުލޫމާތެއް، އަޅުގަނޑުގެ ފަރާތުން ދެން ލިބެންޖެހޭ މައުލޫމާތެއް އޮތްކަމަށް ނުވަތަ އަޅުގަނޑު ދޭންޖެހޭނެ މައުލޫމާތެއް ނެތް ކަމަށް ދަންނަވާފައި. އޭގެ އިތުރުން އެބޭފުޅުން އަޅުގަނޑާ މެދު މައްސަލަ އޮތް ކަމަށްވާނަމަ ، އެބޭފުޅުން ކުރިއަށް ގެންދަވަން ބޭނުންވާ ގޮތަކަށް ކުރިއަށް ގެންދަން އެބޭފުޅުންގެ އަރިހުގައި، ދައުވާކުރަން ބޭނުންވާނަމަ ޕީޖީއަށް ހުށައަޅާއިގެން ކުރިއަށް ގެންދިއުމަށް އަޅުގަނޑު ދެންނެވިން،" ފާރިސް ވިދާޅުވިއެވެ.

މި މައްސަލާގައި ފާރިސް ފުލުހުންގެ އިދާރާއަށް ހާޒިރުކޮށްފައި މި ވަނީ އެނާގެ މައްސަލައެއް އެ މުއައްސަސާގައި އޮތްކަމަށް ވާނަމަ ތަޙްގީގް އަވަސްކޮށްދިނުމަށް އެދިވަޑައިގެންފައި ވަނިކޮށްށެވެ. ސަރުކާރުން ވަނީ ފާރިސްގެ ޕާސްޕޯޓް ވެސް ހިފަހައްޓާފައެވެ. އަދި ގައުމުން ބޭރަށް ފުރުމަށް ހުއްދަ ދިނުމަށް ދެކޮޅު ހަދާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

18 ޖެނުއަރީ 2017
ރިލްވާންގެ އުފަންދުވަހު މަންމަގެ އާދޭސް: ތަކުލީފަށް ލުޔެއް ހޯދައިދީ، މައުލޫމާތެއް އެނގޭ ނަމަ ހާމަކޮށްދީ!

ރިލްވާންގެ އުފަންދުވަހު މަންމަގެ އާދޭސް: ތަކުލީފަށް ލުޔެއް ހޯދައިދީ، މައުލޫމާތެއް އެނގޭ ނަމަ ހާމަކޮށްދީ!

18 ޖެނުއަރީ 2017
ފުލުސް ކޮމާންޑަރަކާއި ޖެންޑާގެ ހަތަރު މުވައްޒަފަކަށް ދައުވާކުރަން ފޮނުވައިފި

ފުލުސް ކޮމާންޑަރަކާއި ޖެންޑާގެ ހަތަރު މުވައްޒަފަކަށް ދައުވާކުރަން ފޮނުވައިފި

16 ޖެނުއަރީ 2017
ހަދާނުނިމޭ އިމާރާތަކަށް ޕީއެސްއެމް އިން ކުލި ދައްކަމުން ދިޔަ މައްސަލައިގައި ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

ހަދާނުނިމޭ އިމާރާތަކަށް ޕީއެސްއެމް އިން ކުލި ދައްކަމުން ދިޔަ މައްސަލައިގައި ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

16 ޖެނުއަރީ 2017
އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު

އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު

14 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

9 މެއި
"ކޮރަޕްޝަން ނައްތާލަން މަސައްކަތެއް ފަށާއިރަށް ސިޔާސީ އިދިކޮޅު ފަރާތްތަކުން އެކަމާ ދެކޮޅު ހަދަނީ ކީއްވެބާ؟"
20251 އަހަރު ކުރިން
ރިޕޯޓު

"ކޮރަޕްޝަން ނައްތާލަން މަސައްކަތެއް ފަށާއިރަށް ސިޔާސީ އިދިކޮޅު ފަރާތްތަކުން އެކަމާ ދެކޮޅު ހަދަނީ ކީއްވެބާ؟"

މަސްއޮޑިން، މަސް ކަނޑައި ނަން ބަދަލުކޮށްފި
20242 އަހަރު ކުރިން
ކުޅިވަރު

މަސްއޮޑިން، މަސް ކަނޑައި ނަން ބަދަލުކޮށްފި

ނޭމާ ދޫކޮށްލަން ޕީއެސްޖީން އެއްބަސްވެއްޖެ؟
20233 އަހަރު ކުރިން
ކުޅިވަރު

ނޭމާ ދޫކޮށްލަން ޕީއެސްޖީން އެއްބަސްވެއްޖެ؟

މަސްވެރިކަމުގައި އުޅެނިކޮށް ދޯނިން ވެއްޓުނު މީހަކަށް މިޔަރެއް ހަމަލާ ދީފި
20224 އަހަރު ކުރިން
ރާއްޖެ

މަސްވެރިކަމުގައި އުޅެނިކޮށް ދޯނިން ވެއްޓުނު މީހަކަށް މިޔަރެއް ހަމަލާ ދީފި

ގެއްލިގެން ހޯދަނިކޮށް ޝިފާ ފެނުނީ ގެމެންދޫން
20215 އަހަރު ކުރިން
ރިޕޯޓު

ގެއްލިގެން ހޯދަނިކޮށް ޝިފާ ފެނުނީ ގެމެންދޫން

ޑެވިލްޑް ޗިކަން ރެސިޕީ
20197 އަހަރު ކުރިން
ލައިފް ސްޓައިލް

ޑެވިލްޑް ޗިކަން ރެސިޕީ

ރިޔާޒު ޖަލުގައި: ކުޑަ އާއިލާއަށް ހިތްދަތިކަމެއް، ގޭތެރެއަށް ފަޅުކަމެއް
20188 އަހަރު ކުރިން
ރިޕޯޓު

ރިޔާޒު ޖަލުގައި: ކުޑަ އާއިލާއަށް ހިތްދަތިކަމެއް، ގޭތެރެއަށް ފަޅުކަމެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު