Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރަޝިޔާ-ޔޫކްރެއިން މައްސަލަ

ޔޫކްރެއިނަށް އެރުމުގެ ވިސްނުމެއް ރަޝިޔާގެ ނެތް: ފޮރިން މިނިސްޓަރ

ލަވްރޯފް ވިދާޅުވީ ސަލާމަތީ ކަންކަމާއި ގުޅިގެން އެމެރިކާގެ ފަރާތުން ހުށަހަޅާފައިވާ ޕްރޮޕޯސަލް ނޭޓޯގެ ފަރާތުން ހުށަހެޅި ޕްރޮޕޯސަލަށް ވުރެ ރަނގަޅު

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 29 ޖެނުއަރީ 2022 | ހޮނިހިރު 03:04
ރަޝިޔާގެ ފޮރިން މިނިސްޓަރ

ރަޝިޔާގެ ފޮރިން މިނިސްޓަރ

ރަޝިޔާއިން ޔޫކްރެއިނަށް އަރާ ހަނގުރާމައެއް ކުރަން ބޭނުންނުވާކަމަށް އެޤައުމުގެ ފޮރިން މިނިސްޓަރ ސަރްގޭ ލަވްރޯފް ވިދާޅުވެއްޖެއެވެ.

ލަވްރޯފް ވަނީ އެމެރިކާގެ ފަރާތުން ހުށަހަޅާފައިވާ ސަލާމަތީ ކަންކަމާއި ގުޅޭ ޕްރޮޕޯސަލް އާއި ގުޅިގެން ކަންކަން ރަނގަޅުވާނެ މަގަކުން ވާހަކަދައްކަވާފައެވެ. ލަވްރޯފް ވިދާޅުވީ ސަލާމަތީ ކަންކަމާއި ގުޅިގެން އެމެރިކާގެ ފަރާތުން ހުށަހަޅާފައިވާ ޕްރޮޕޯސަލް ނޭޓޯގެ ފަރާތުން ހުށަހެޅި ޕްރޮޕޯސަލަށް ވުރެ ރަނގަޅުކަމަށެވެ. އަދި ކުރިޔަށް އޮތް ހަފްތާތަކުގެ ތެރޭގައި އެމެރިކާގެ ސެކެޓްރީ އޮފް ސްޓޭޓް އެންތަނީ ބްލިންކެން އާއި ބައްދަލުކުރައްވާނެކަމަށް ލަވްރޯފް ވިދާޅުވިއެވެ.

މީގެއިތުރުން ޕްރޮޕޯސަލް އާއި ގުޅިގެން ގޮތެއް ނިންމަވާނީ ރަޝިޔާގެ ރައީސް ވްލަޑްމިއަރ ޕުޓިންކަމަށްވެސް ލަވްރޯފް ވިދާޅުވިއެވެ.

ރަޝިޔާގެ ފޮރިން މިނިސްޓަރ މިމޭރުމުން ވާހަކަ ދައްކަވާފައިވާއިރު އެމެރިކާއިން ރަޝިޔާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖޯން ސޫލިވެން ވިދާޅުވީ ރަޝިޔާއިން ހަނގުރާމަ ކުރަން ބޭނުންނުވާކަމަށް ބުނި ނަމަވެސް އެމެރިކާ އާއެކު މަޝްވަރާ މޭޒަށް އަންނައިރު ރަޝިޔާއިން ބަޑި ބާއްވާފައި އޮންނަނީ މޭޒު މަތީގައިކަމަށެވެ. އަދި އެތައް ހާސް ސިފައިންނެއް ޔޫކްރެއިންގެ ބޯޑަރު ސަރަހައްދަށް ޖަމާކޮށްގެން ކަމަށެވެ.

ސޫލިވެން އިތުރަށް ވިދާޅުވީ އެތައް ހާސް ފައުޖެއް ބޯޑަރު ސަރަހައްދަށް ޖަމާވެ ކުރިޔަށްގެން ދަނީ އަސްކަރީ ތަމްރީނުތަކެކޭ ބުންޏަސް އެއީ އެފަދަ ތަމްރީނުތަކެއްގެ ގޮތުގައި ނުބެލެވޭ ކަމަށެވެ. އެތައް ހާސް ފައުޖެއް އެސަރަހައްދަށް ޖަމާކޮށްގެން ކުރިޔަށްގެންދާ ތަމްރީނުތަކަކީ އާދަޔާ ޚިލާފުކަމެއްގެ ގޮތުގައި ސޫލިވެން ވަނީ ސިފަކުރައްވާފައެވެ.

ސޫލިވެން އިތުރަށް ވިދާޅުވީ އެއީ މަޝްވަރާގެ މޭޒަށް އައިސް މޭޒު މަތީ ބަޑި ބާއްވާފައި ސުލްހަ ބޭނުންވާކަމަށް ބުނުންފަދަ ކަމެއްކަމަށެވެ. އެއީ އިންޒާރުދިނުން ކަމަށް ސޫލިވެން ވިދާޅުވިއެވެ. މިހާރު ފެންނަމުންދަނީ އެމަންޒަރުކަމަށްވެސް ސޫލިވެން ވިދާޅުވިއެވެ.

އިތުރަށް ސޫލިވެން ވިދާޅުވީ ރަޝިޔާގެ ސަރުކާރުން ބުނަމުންދާ ބަސްތަކަކީ ތެދު ބަސްތަކަކަށްވުމަށް އުންމީދު ކުރައްވާކަމަށެވެ. އަދި ޔޫކްރެއިންއަށް އިތުރަށް އަރައިނުގަންނާނެކަމަށް އުންމީދު ކުރައްވާކަމަށާއި ނަމަވެސް ފެނިގެންދަނީ ރަޝިޔާގެ ގާބިލްކަން ޔޫކްރެއިންއަށް އެރުމަށް ހުރި މިންވަރުކަމަށެވެ.

ސޫލިވެން އިތުރަށް ވިދާޅުވީ އެމެރިކާއިން މިހާރު އިންތިޒާރުކުރަމުން ދަނީ އެމެރިކާއިން ހުށަހަޅާފައިވާ ޑިޕްލޮމެޓިކް މަގާއި ގުޅޭގޮތުން ރަޝިޔާއިން ބުނާ އެއްޗަކަށްކަމަށެވެ. އަދި ރަޝިޔާގެ ފައުޖުތައް ޔޫކްރެއިންގެ ސަރަހައްދީ ބޯޑަރުން ދިޔުމަށްކަމަށެވެ.

ސޫލިވެން އިތުރަށް ވިދާޅުވީ ރަޝިޔާއިން ޔޫކްރެއިންއަށް އަރައިފިނަމަ ރަޝިޔާއަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަކީ ޕްލޭންގެ އެއް ބައި ކަމަށެވެ.

ރަޝިއާ

އިތުރަށް ކިޔާލަން

27 ނޮވެމްބަރު 2025

ރަޝިޔާ އިން ކުރިމަތިވާނެ ނުރައްކަލަކަށް ފްރާންސް ފަސް ޖެހިގެން ނުވާނެ: މެކްރޮން

27 ނޮވެމްބަރު 2025
ރަޝިޔާ އިން ކުރިމަތިވާނެ ނުރައްކަލަކަށް ފްރާންސް ފަސް ޖެހިގެން ނުވާނެ: މެކްރޮން
09 ސެޕްޓެމްބަރު 2025

ރަޝިއާގައި އުފައްދައި ޓެސްޓު ކުރަމުން އައި ކެންސަރު ވެކްސިން ކާމިޔާބު ކަމަށް ބުނެފި

09 ސެޕްޓެމްބަރު 2025
ރަޝިއާގައި އުފައްދައި ޓެސްޓު ކުރަމުން އައި ކެންސަރު ވެކްސިން ކާމިޔާބު ކަމަށް ބުނެފި
02 އޯގަސްޓު 2025

 ޓްރަމްޕް އާއި މެޑްވެޑޭވްގެ ބަހުގެ ހަމަލާ، އަސްކަރީ ސަބްމެެރިން ނެރުމަށް ޓްރަމްޕް އަމުރު ކުރައްވައިފި

02 އޯގަސްޓު 2025
 ޓްރަމްޕް އާއި މެޑްވެޑޭވްގެ ބަހުގެ ހަމަލާ، އަސްކަރީ ސަބްމެެރިން ނެރުމަށް ޓްރަމްޕް އަމުރު ކުރައްވައިފި
18 ޖުލައި 2025

ޔުކްރެއިން އަށް ބޭނުންވާ ޕެޓްރިއޮޓް މިސައިލް ވީ އެންމެ އަވަހަކަށް ފޮނުވަނީ

18 ޖުލައި 2025
ޔުކްރެއިން އަށް ބޭނުންވާ ޕެޓްރިއޮޓް މިސައިލް ވީ އެންމެ އަވަހަކަށް ފޮނުވަނީ
16 ޖުލައި 2025

ޔުކްރެއިން އިން މޮސްކޯ އަށް ހަމަލާ ދީގެން ނުވާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ 

16 ޖުލައި 2025
ޔުކްރެއިން އިން މޮސްކޯ އަށް ހަމަލާ ދީގެން ނުވާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ 
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު