Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކުޑަކުދިންގެ ހިޔާ އަލިފާނުގެ ހާދިސާ

ކުޑަކުދިންގެ ހިޔާގައި ހިނގި އަލިފާނުގެ ހާދިސާތަކުގެ ޖިނާއީ ތަޙުޤީޤު ފަށައިފި

މައްސަލަ ބަލައިގަނެ ތަޙުޤީޤުކުރަން ވަނީ ފަށާފައި، އިތުރު ތަފްސީލެއް ހާމައެއް ނުކުރޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 28 ޖެނުއަރީ 2022 | ހުކުރު 08:31
ވިލިމާލެ ކުޑަކުދިންގެ ހިޔާގައި އަލިފާނުގެ ހާދިސާއެއް ހިނގުން

ވިލިމާލެ ކުޑަކުދިންގެ ހިޔާގައި އަލިފާނުގެ ހާދިސާއެއް ހިނގުން

ކުޑަކުދިންގެ ހިޔާގައި ހިނގި އަލިފާނުގެ ހާދިސާތަކުގެ ޖިނާއީ ތަޙުޤީޤެއް ހިންގައި ދިނުމަށް ފުލުހުންނަށް ހުށަހެޅި މައްސަލަ ބަލައިގަނެ ތަޙުޤީޤު ފަށައިފިއެވެ.

މި މައްސަލައާއި ގުޅިގެން ރާއްޖެއެމްވީއަށް މައުލޫމާތުދެމުން ފުލުހުން ބުނީ ޗިލްޑްރަންސް އޮމްބަޑްޕާސަންގެ އޮފީހުން އެ ސަރވިސްގައި އެދިފައިވާ މައްސަލަކަމުގައިވާ ކުޑަކުދިންގެ ހިޔާގައި ހިނގި އަލިފާނުގެ ހާދިސާތަކުގެ ޖިނާއީ ތަޙުޤީޤެއް ހިންގައިދިނުމަށް އެދިފައިވާ މައްސަލަ ބަލައިގަނެ، ޖިނާއީ ތަޙުޤީޤެއް ފަށާފައިވާ ކަމަށެވެ. އިތުރު ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.

Advertisement - newsAdvertisement

މިކަމާއި ގުޅިގެން ޗިލްޑްރަންސް އޮމްބަޑްޕާސަންގެ އޮފީހުން ނެރުނު ބަޔާނުގައި ބުނެފައިވަނީ ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާގައި ތަކުރާރުކޮށް ހިނގާފައިވާ އަލިފާނުގެ ހާދިސާތަކާއި ގުޅިގެން، އެ އޮފީހުން އަމިއްލައަށް އިސްނަގައިގެން އެ ލކަން ތަޙުޤީޤުކޮށް ބަލާފައިވާނެ ކަމަށެވެ. އަދި މިމައްސަލައިގައި ބެލިބެލުމުން، ދައުލަތުގެ ބެލުމުގެ ދަށަށް ގެނެވޭ ކުޑަކުދިން ބައިތިއްބާ އޯލްޓަރނޭޓިވް ކެއަރ ފެސިލިޓީތަކުގައި، އަލިފާނުގެ ހާދިސާއިން ކުދިންނާއި މުވައްޒަފުން އަދި ތަން ސަލާމަތްކުރުމަށް ބޭނުންވާނެ އާލަތްތައް ހުރުން ޤާނޫނުތަކާއި ގަވާއިދުތަކުން ލާޒިމްކުރި ނަމަވެސް، ކުޑަކުދިންގެ ހިޔާގައި ބޭނުންކުރެވޭ ގޮތަށް ހުރި އެފަދަ އެއްވެސް ވަޞީލަތެއް ނެތްކަމަށެވެ.

އަދި އަލިފާނުގެ ހާދިސާތަކުން ސަލާމަތްކުރުމަށް ބޭނުންވާނެ އާލަތްތައް ނެތުމާއި އަދި އެހެނިހެން ގިނަ ސަބަބުތަކާއި ހުރެ، ކުޑަކުދިންގެ ހިޔާއަކީ ކުޑަކުދިން ބޭތިއްބުމަށް އެކަށީގެންވާ ތަނެއް ނޫންކަމަށް، ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހުން، މިނިސްޓްރީ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއަށް 2021 މޭ 04 ވަނަ ދުވަހު އަންގާފައިވާކަމާއި، ނަމަވެސް މިއެންގުމަށް ސަމާލުކަން ނުދީ، އަލިފާނުން ރައްކާތެރިކުރުމަށް ބޭނުންވާނެ ސާމާނު ހޯދުމެއް ނެތި، ކުޑަކުދިންގެ ހިޔާގައި ކުޑަކުދިން ބޭތިއްބުން ކުރިއަށް ގެންގޮސްފައިވާކަމަށެވެ.

އަދި، ތަކުރާރުކޮށް ކުޑަކުދިންގެ ހިޔާގައި އަލިފާނުގެ ހާދިސާތައް ހިނގަމުން ގޮސްފައިވާއިރުވެސް، އަލިފާނުގެ ހާދިސާތަކުން ކުދިންނާއި، މުވައްޒަފުން އަދި ތަން ސަލާމަތްކުރުމަށް ބޭނުންވާނެ އާލަތްތައް ހޯދާފައި ނުވާކަންވެސް ފާހަގަކުރެވިފައިވެއެވެ. މީގެއިތުރުން، އޯލްޓަނޭޓިވް ކެއަރގެ ޚިދުމަތާއި ބެހޭ އުސޫލުތައް ކަނޑައެޅުމުގެ ގަވާއިދަށް ޢަމަލުކުރަން ފަށާތާ 3 މަސްދުވަހުގެ ތެރޭގައި، އޯލްޓަރނޭޓިވް ކެއަރ ފެސިލިޓީތަކުގެ ސޭފްޓީ މިންގަނޑާއި، އިމަރޖެންސީގެ ހާލަތުގައި ކަންތައް ކުރާނެ ގޮތުގެ އުސޫލުތައް، ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސަސް އިން އެކުލަވާލަން ޖެހޭކަމަށް އެގަވާއިދުގެ 63 ވަނަ މާއްދާގެ (ހ) ގެ 3 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވީ ނަމަވެސް، މިފަދަ އެއްވެސް އުޞޫލެއް އެކުލަވާލައި އާންމުކޮށް ތަންފީޒުކޮށްފައި ނުވާކަންވެސް އެ އޮފީހުގެ ތަޙުޤީޤަށް ފާހަގަކުރެވިފައިވާކަމަށެވެ.

އެހެންކަމުން، ތަކުރާރުކޮށް ކުޑަކުދިންގެ ހިޔާގައި އަލިފާނުގެ ހާދިސާތައް ހިނގަމުން ގޮސްފައިވީ ނަމަވެސް، އަލިފާނުގެ ހާދިސާތަކުން ކުޑަކުދިންނާއި، ތަން ރައްކާތެރިކުރުމަށް ބޭނުންވާނެ ފިޔަވަޅުތައް އެޅުމެއްނެތި، އޯލްޓަރނޭޓިވް ކެއަރ ފެސިލިޓީއެއް ހިންގަމުން ދިޔުމަކީ، ކުޑަ ކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގެ 124 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކުޑަކުއްޖަކާ މެދު އިހުމާލުވުމުގެ ކުށް ކަމަށް އެއޮފީހުން ޤަބޫލުކުރާތީ، އަދި މި ޢަމަލަކީ ކުޑަ ކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގެ 7 ވަނަ މާއްދާއިން ކުޑަކުދިންނަށް ކަށަވަރުކޮށްދީފައިވާ، ދިރިހުރުމުގެ ޙައްޤާއި، އެ ޤާނޫނުގެ 8 ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާ ކުދިންގެ މަޞްލަޙަތަށް އިސްކަންދީ މަޞްލަޙަތު ޙިމާޔަތްކުރުމުގެ ޙައްޤާއި، އެ ޤާނޫނުގެ 10 ވަނަ މާއްދާއިން ކަށަވަރުކޮށްދޭ ހެދިބޮޑުވުމަށް ބޭނުންވާ ރައްކާތެރިކަން ލިބުމުގެ ޙައްޤަށް އުނިކަން އަންނާނެ ފަދަ ޢަމަލަކަށްވާތީ، ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާގައި 2021 މޭ 4 ވީ އަންގާރަ ދުވަހާއި 2021 ޖޫން 06 ވީ އާދީއްތަ ދުވަހު ހިނގާފައިވާ އަލިފާނުގެ ހާދިސާތަކާއި ގުޅިގެން، މަރުކަޒުގެ މަސްއޫލު މަޤާމުތަކުގައި ތިބި މުވައްޒަފުން ޖަވާބުދާރީ ކުރުވޭނެހެން ޖިނާއީ ތަޙުޤީޤެއް ހިންގައިދިނުމަށް، ދިވެހި ފުލުހުންގެ ޚިދުމަތުގައި އެދިފައިވާނެ ކަމަށެވެ.

އަދި ހާދިސާތަކާއި ގުޅިގެން، މިފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށް އަޅަންޖެހޭ ފިޔަވަޅުތަކާއި ގުޅޭގޮތުން، ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހުގެ ފަރާތުން، މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއަށް 9 އިރުޝާދާއި ލަފާ އަރުވާފައިވާނެ ކަމަށްވެސް އެ އޮފީހުން ބުނެއެވެ.

ކުޑަކުދިންގެ ޙައްޤުތައް ޙިމާޔަތްކުރުމުގެ ޒިންމާ އަދާކުރުމުގެ މަސްއޫލިއްޔަތުތަކާއި ޙަވާލުވެ މަސްއޫލު މަޤާމުތަކުގައި ތިއްބަވާ މުވައްޒަފުން، ޤާނޫނުތަކާއި ގަވާއިދުތަކުން އެ ފަރާތްތަކުގެ މައްޗަށް ލާޒިމުކޮށްފައިވާ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް، ޤާނޫނުތަކާއި ގަވާއިދުތަކުން ކަނޑައަޅާފައިވާ ގޮތުގެ މަތިން އަދާނުކުރާނަމަ، އެކަމާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހަށް ޤާނޫނުން ލިބިދީފައިވާ ދާއިރާގެ ތެރޭގައި ތަންދޭ އެންމެ ފުޅާ މިނެއްގައި އަޅަމުންގެންދާނެކަމުގެ ޔަޤީންކަން އަރުވާކަމަށް އެ އޮފީހުން ބުނެއެވެ.

ވިލިމާލެ ކުޑަކުދިންގެ ހިޔާމިނިސްޓްރީ އޮފް ޖެންޑަރމޯލްޑިވްސް ޕޮލިސް ސަރވިސްޗިލްޑްރެންސް އޮމްބަޑްސްޕަރސަން

ކޮމެންޓް

އިތުރަށް ކިޔާލަން

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

04 ޑިސެމްބަރު 2025
ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

03 ޑިސެމްބަރު 2025
 ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި

22 ނޮވެމްބަރު 2025
އަންހެން ދެ ކުދިންނަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަން ފަށައިފި

އަންހެން ދެ ކުދިންނަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަން ފަށައިފި

19 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

15 ޖެނުއަރީ
ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު
20242 އަހަރު ކުރިން
ރާއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"
20233 އަހަރު ކުރިން
ރިޕޯޓު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި
20215 އަހަރު ކުރިން
ރާއްޖެ

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!
20197 އަހަރު ކުރިން
ރާއްޖެ

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ
20188 އަހަރު ކުރިން
ސިއްހަތު

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު