Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
މާލޭގައި މިނީބަހުގެ ޚިދުމަތް ފޯރުކޮށްދިނުން

ކޮންޓްރެކްޓްގައި ސޮއިކުރެވޭ ހިސާބުން މާލޭގައި މިނީބަސް ފެށޭނެ ތާރީޚެއް ކަނޑައެޅޭނެ: އާޒިމް

އާޒިމް ވިދާޅުވީ ބަހުގެ ޚިދުމަތް ދިނުމަށް މިމަސްތެރޭގައި ބިމެއް ހަމަޖެހިފައިވާކަމަށް

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 28 ޖެނުއަރީ 2022 | ހުކުރު 03:53
އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް

އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް

މާލޭގައި މިނީ ބަހުގެ ޚިދުމަތް ދޭން ފެށޭނެ ވަކި ތާރީޚެއް އެކަމުގެ ކޮންޓްރެކްޓްގައި ސޮއިކުރެވޭ ހިސާބަށް ދިޔުމުން އެނގިގެންދާނެކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)ގެ ޗީފް އެގްޒެކެޓިވް އޮފިސަރ (ސީއީއޯ) އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

މާލޭގައި މިނީ ބަހުގެ ޚިދުމަތް ދިނުމުގެ ކަންކަން މިހާރު ގޮސްފައިވާ ހިސާބާއި ގުޅޭގޮތުން ރާއްޖެޓީވީގެ "ފަލަސުރުޚީ" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އާޒިމް ވިދާޅުވީ ބަހުގެ ޚިދުމަތް ދިނުމަށް މިމަސްތެރޭގައި ބިމެއް ހަމަޖެހިފައިވާކަމަށެވެ. އެތަން ތަރައްޤީ ކުރާނެ ގޮތަކާއި މިނީ ބަސް ގެނައުމާއި ގުޅޭގޮތުން ޓްރާންސްޕޯޓް މިނިސްޓްރީ އާއެކު ވާހަކަތައް މިހާރު ދެކެވެމުންދާކަމަށް އާޒިމް ވިދާޅުވިއެވެ. އަދި މިޚިދުމަތް ތަރައްޤީކުރުމުގައި ދެ ފަރާތުގެ ޚިޔާލުތަކެއްވެސް އެބަހުރިކަމަށާއި ނަމަވެސް ބަހުގެ ޚިދުމަތް ދެމުންދާނީ ސަރުކާރުން އެކަށައަޅާ ގޮތަކަށްކަމަށް އާޒިމް ވިދާޅުވިއެވެ.

Advertisement - newsAdvertisement

މިނީބަހުގެ ޚިދުމަތުގައި މިހާތަނަށް ވެފައިއޮތީ އެމްއޯޔޭއެއް ކަަމަށް އާޒިމް ވިދާޅުވިއެވެ.

މާލޭގައި މިނީ ބަހުގެ ޚިދުމަތް ދިނުމަށް ޓްރާންސްޕޯޓް މިނިސްޓްރީން އެމްޓީސީސީ އާއި ހަވާލުކޮށްފައި ވަނީ މާލެއަށް ދިމާވެފައިވާ ޓްރެފިކް މައްސަލައަށް ހައްލު ހޯދުމުގެ ގޮތުންނެވެ. މި ޕްރޮޖެކްޓް އެމްޓީސީސީ އާއި ހަވާލުކޮށްފައި ވަނީ 2019 ވަނަ އަހަރުގެ ފެބްރުއަރީ މަހުގައެވެ.

ދާދިފަހުން ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ޝިމާޒް އަލީ މިކަމާއި ގުޅޭގޮތުން "ރާއްޖެއެމްވީ" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މިނީ ބަހުގެ ޚިދުމަތް ފެށުމަށް ބޭނުންވާ ބަޖެޓު މިހާރު ހަމަޖެހިފައިވާކަމަށެވެ. އަދި މި މަސައްކަތް ފެށުމަށް އެންމެ އެކަށޭނަ ބަހެއް ދެނެގަތުމުގެ މަސައްކަތް އެމްޓީސީސީ އާއި ހަވާލުކޮށްފައިވާއިރު، ބަސްތަކުގެ ތެރެއިން އެންމެ ރަނގަޅު ބަހެއް ކަނޑައަޅާނީ ޓްރާންސްޕޯޓް މިނިސްޓްރީން ކަމަަށެވެ.

ޝިމާޒް ވިދާޅުވީ މިކަމަށް އެންމެ އެކަށޭނަ ބަހަކީ ކޮބައިކަން ކުރިއަށް އޮތް ދެތިން މަސް ތެރޭގައި ކަނޑައެޅިގެންދާނެ ކަމަށެވެ. އަދި އެއަށްފަހު އެ ބަސްތައް ގެނެވި، މި އަހަރުގެ ތެރޭގައި މަސައްކަތް ފެށިގެންދާނެ ކަމަށެވެ.

މީގެއިތުރުން ތިމާވެއްޓާ ރައްޓެހި މިނީ ބަހާއި ޗާޖިންގ ސްޓޭޝަން ޤާއިމްކުރުމަށް އެންވަޔަރަމަންޓް މިނިސްޓްރީ އަދި ޓްރާންސްޕޯޓު މިނިސްޓްރީ އާއި ދެމެދު އެއްބަސްވުމެއްގައި މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހު ސޮއިކޮށްފައިވެއެވެ. އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު އެންވަޔަރަންމަންޓް މިނިސްޓަރ ޝައުނާ ވިދާޅުވީ ގްލޯބަލް އެންވަޔަރަމަންޓް ފެސިލިޓީގެ ހިލޭ އެހީގެ ދަށުން އިލެކްޓްރިކް މިނީ ދެ ބަސް ގަނެ ޗާޖިންގ ސްޓޭޝަނެއް ގާއިމްކުރާނެ ކަމަށެވެ. އެއީ 2030 ވަނަ އަހަރު އަންނަން ވާއިރަށް ނެޓްޒީރޯގެ އަމާޒަށް ވާސިލްވުމަށް ވަރަށް މުހިއްމު ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ. އެ ރަސްމިއްޔާތުގައި ޓްރާންސްޕޯޓު މިނިސްޓަރު ނަހުލާ ވިދާޅުވީ އޭނާއަށް އެންމެ ގިނަ ސުވާލު އަމާޒުވަނީ ވެސް މިނީ ބަހާ ގުޅޭގޮތުން ކަމަށެވެ. ނަމަވެސް ބަޖެޓުގެ ދަތިކަމާއި ހެދި އެކަން ވެގެން ނުދިޔައީ ކަމަށާއި އޭގެ ފެށުމެއްގެ ގޮތުން ހިލޭ ދެ ބަސް ލިބުމަކީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ.

ފިޔަވަހިތަކަކަށް ބަހާލައިގެން ތިމާވެއްޓާއި ރައްޓެހި ބަސްތަކެއް ގެނައުމަށް ޓްރާންސްޕޯޓު މިނިސްޓްރީން ވަނީ ފިނޭންސް މިނިސްޓްރިއާއި ވެސް ބައްދަލުކޮށްފައެވެ.

މާލެއަށް މިނީ ބަސް ތައާރަފު ކުރުމަކީ މި ސަރުކާރުގެ 100 ދުވަހުގެ ވައުދުގެ ތެރޭގައި ހިމެނޭ ކަމެކެވެ. މިނިސްޓަރ ނަހުލާ ވިދާޅުވީ 100 ދުވަހުގެ ވައުދުގެ ތެރެއިން އެ މިނިސްޓްރީއަށް ނުފުއްދި އޮތީ ހަމައެކަނި މިނީ ބަސް ގެނައުމުގެ ވައުދު ކަމަށެވެ. އެކަންނުވެ އޮތް ސަބަބެއްކަމަށް ތަކުރާރުކޮށް މިނިސްޓަރު ފާހަގަކުރައްވަމުން ގެންދަވާފައިވަނީ އެކަމަށް ބޭނުންވާ ބަޖެޓް ނުލިބުމެވެ.

އެމްޓީސީސީޓްރާންސްޕޯޓް މިނިސްޓްރީ

ކޮމެންޓް

އިތުރަށް ކިޔާލަން

2024 ވަނަ އަހަރުގެ ފަހު ކޮޅު ފަށާނެކަމަށް ބުނި، ހުޅުމާލެ ޕާކިން އިމާރާތްތަކުގެ އަމަލީ މަސައްކަތް 4 މަސް ތެރޭ ފެށޭނެ: މިނިސްޓަރ އަމީން

2024 ވަނަ އަހަރުގެ ފަހު ކޮޅު ފަށާނެކަމަށް ބުނި، ހުޅުމާލެ ޕާކިން އިމާރާތްތަކުގެ އަމަލީ މަސައްކަތް 4 މަސް ތެރޭ ފެށޭނެ: މިނިސްޓަރ އަމީން

07 ޑިސެމްބަރު 2025
ހުޅުމާލޭން ގިނަ އަދަދެއްގެ ވެހިކަލް ޓޯކޮށްގެން ތިލަފުއްޓަށް ގެންދަނީ، ވެހިކަލް ތަކުގެ ވެރިން ބުނަނީ، މިއީ ސަރުކާރުން ދޭ ބޮޑު އަނިޔާ އެއް ކަމަށް!

ހުޅުމާލޭން ގިނަ އަދަދެއްގެ ވެހިކަލް ޓޯކޮށްގެން ތިލަފުއްޓަށް ގެންދަނީ، ވެހިކަލް ތަކުގެ ވެރިން ބުނަނީ، މިއީ ސަރުކާރުން ދޭ ބޮޑު އަނިޔާ އެއް ކަމަށް!

06 ޑިސެމްބަރު 2025
އެހެނިހެން ޤާނޫނާއި ޚިލާފުވެގެން، ލައިސަންސް ބާތިލްކުރުމަކީ ކަންބޮޑުވުމެއް : ނާޒިލް

އެހެނިހެން ޤާނޫނާއި ޚިލާފުވެގެން، ލައިސަންސް ބާތިލްކުރުމަކީ ކަންބޮޑުވުމެއް : ނާޒިލް

27 ނޮވެމްބަރު 2025
މިނިސްޓަރ އަމީން ވަނީ އަޚުލާގީ މިންގަނޑުން ބޭރުވެފައި، އިޚުލާސްތެރި ނިޔަތެއް އޮތް ނަމަ އިސްތިއުފާ ދެއްވާ: ޑީއޭއެމް

މިނިސްޓަރ އަމީން ވަނީ އަޚުލާގީ މިންގަނޑުން ބޭރުވެފައި، އިޚުލާސްތެރި ނިޔަތެއް އޮތް ނަމަ އިސްތިއުފާ ދެއްވާ: ޑީއޭއެމް

23 ނޮވެމްބަރު 2025
ސަރުކާރުގެ ޓެކްސީ ލައިންގައި ޓެކްސީ ކުރާނެ ޑްރައިވަރުން ހޯދަން އިއުލާން ކޮށްފި

ސަރުކާރުގެ ޓެކްސީ ލައިންގައި ޓެކްސީ ކުރާނެ ޑްރައިވަރުން ހޯދަން އިއުލާން ކޮށްފި

19 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

6 ޖޫން
އޮސްޓްރޭލިއާ އިން ރާއްޖެ އަންނަ ފަތުރުވެރިންނަށް އިންޒާރެއް
20251 އަހަރު ކުރިން
ރާއްޖެ

އޮސްޓްރޭލިއާ އިން ރާއްޖެ އަންނަ ފަތުރުވެރިންނަށް އިންޒާރެއް

ޕާޓޭން ވަންނަ ކަމަށް ބުނެ، ސަލްމާން މިސްކިތް ރޭގަނޑު 9:00ގައި ބަންދުކުރަން ފަށައިފި
20242 އަހަރު ކުރިން
ރާއްޖެ

ޕާޓޭން ވަންނަ ކަމަށް ބުނެ، ސަލްމާން މިސްކިތް ރޭގަނޑު 9:00ގައި ބަންދުކުރަން ފަށައިފި

މަރުގެ ތުންފަތް މައްޗަށް ދެ ފަހަރު، ހިބައިން ނަގާފައި ދިނީ ކިޑްނީ
20233 އަހަރު ކުރިން
ރިޕޯޓު

މަރުގެ ތުންފަތް މައްޗަށް ދެ ފަހަރު، ހިބައިން ނަގާފައި ދިނީ ކިޑްނީ

ކެންސަރަށް ދެވުނު ފަރުވާއަކުން ޑޮކްޓަރުން ހައިރާންވާފަދަ ނަތީޖާއެއް
20224 އަހަރު ކުރިން
ސިއްހަތު

ކެންސަރަށް ދެވުނު ފަރުވާއަކުން ޑޮކްޓަރުން ހައިރާންވާފަދަ ނަތީޖާއެއް

ފިޔާތޮށި އަހުމަދު މަނިކުގެ ޚުލްގާއި ގައުމީ ޚިދުމަތަށް ބަލައިލުމެއް
20215 އަހަރު ކުރިން
ރިޕޯޓު

ފިޔާތޮށި އަހުމަދު މަނިކުގެ ޚުލްގާއި ގައުމީ ޚިދުމަތަށް ބަލައިލުމެއް

ހުކުރު ނަމާދުގައި ހުއްޓަ އަނބުރައިގަނެގެން ވެއްޓުނު މީހާ ނިޔާވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ހުކުރު ނަމާދުގައި ހުއްޓަ އަނބުރައިގަނެގެން ވެއްޓުނު މީހާ ނިޔާވެއްޖެ

ފައިސަލްގެ ލޮލަށް ނުރައްކާތެރި ބައްޔެއް ޖެހިފައިވާއިރު ޕާސްޕޯޓު ނުދިނުމަކީ ކަންބޮޑުވާ މައްސަލައެއް: އިދިކޮޅު ފަރާތްތައް
20188 އަހަރު ކުރިން
ރާއްޖެ

ފައިސަލްގެ ލޮލަށް ނުރައްކާތެރި ބައްޔެއް ޖެހިފައިވާއިރު ޕާސްޕޯޓު ނުދިނުމަކީ ކަންބޮޑުވާ މައްސަލައެއް: އިދިކޮޅު ފަރާތްތައް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު