Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ތިން ރަށެއްގައި ހޮސްޕިޓަލް އަޅަން ހުޅުވާލަން

ތިން ރަށެއްގައި ހޮސްޕިޓަލް އެޅުމަށް ބަޔަކު ހޯދަނީ

މިތިން ރަށުގައި ހޮސްޕިޓަލް އެޅުމަކީ މިސަރުކާރުގެ ރިޔާސީ ވައުދަކަށްވާއިރު މިއަހަރުގެ ބަޖެޓްގައިވެސް މިތިން ރަށުގައި ހޮސްޕިޓަލު އެޅުމަށް ހިމަނާފައިވޭ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 28 ޖެނުއަރީ 2022 | ހުކުރު 00:51
ޅ. ހިންނަވަރު- ހޮސްޕިޓަލް އެޅުމަށް ބަޔަކު ހޯދުމަށް ވަނީ އިއުލާންކޮށްފައި

ޅ. ހިންނަވަރު- ހޮސްޕިޓަލް އެޅުމަށް ބަޔަކު ހޯދުމަށް ވަނީ އިއުލާންކޮށްފައި

ހއ. އިހަވަންދޫ، ނ. ކެނދިކުޅުދޫ އަދި ޅ. ހިންނަވަރު ގައި ހޮސްޕިޓަލެއް އެޅުމަށް ބަޔަކު ހޯދުމަށް ފިނޭންސް މިނިސްޓްރީން އިއުލާންކޮށްފިއެވެ.

މިތިން ރަށުގައި ހޮސްޕިޓަލް އެޅުމަކީ މިސަރުކާރުގެ ރިޔާސީ ވައުދަކަށްވާއިރު މިއަހަރުގެ ބަޖެޓްގައިވެސް މިތިން ރަށުގައި ހޮސްޕިޓަލު އެޅުމަށް ހިމަނާފައިވެއެވެ.

Advertisement - newsAdvertisement

ފިނޭންސް މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ މިތިން ރަށުގައި ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން ހޮސްޕިޓަލްގެ އައު އިމާރާތް އެޅުމަށް ބަޔަކު ބޭނުންވާކަމަށެވެ. މި މަސައްކަތްތަކަށް ޝަރުތުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދެވޭނީ އިންޓަރނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އައި.ސީ.ބީ) އުސޫލުގެ މަތިންކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ. ފިނޭންސް މިނިސްޓްރީން ބުނީ މި ބީލަމުގައި ބައިވެރިވެވޭނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ "ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތް ކުރާ ފަރާތްތަކުގެ ގަވާއިދު" ގައިވާ ގޮތުގެމަތީން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށް ކަމަށެވެ.

ރާއްޖެއިން ބޭރު ކުންފުނިތަކުން  "ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތް ކުރާ ފަރާތްތަކުގެ ގަވާއިދު"ގައި މި މަރުހަލާގައި ރަޖިސްޓްރީ ވާކަށް ނުޖެހޭނެއެވެ. ނަމަވެސް، ރާއްޖޭން ބޭރު ކުންފުނިތަކުން "ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތް ކުރާ ފަރާތްތަކުގެ ގަވާއިދު" ގެ 13 ވަނަ މާއްދާގައި ބަޔާން ކުރާ ލިޔެކިޔުންތައް ބީލަމާއެކު ހުށަހަޅަން ވާނެކަމަށް މިނިސްޓްރީން ބުނެއެވެ. 

ބީލަމުގައި ބައިވެރިވުމަށް  -/1500 ރުފިޔާ (ފަނަރަސަތޭކަ ރުފިޔާ) ގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަން ޖެހޭނެއެވެ. ބީލަން ހުޅުވުން އޮންނާނީ 28 ފެބުރުއަރީ ވާ ހޯމަ ދުވަހުގެ 13:00 ގައި ކަމަށްވެސް ފިނޭންސް މިނިސްޓްރީން ބުނެއެވެ.

މިތިން ރަށުގައި ބިޑް ސެކިއުރިޓީގެ ގޮތުގައި 690،000 ރުފިޔާ ދައްކަން ޖެހެއެވެ. ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުން ފެށިގެން 148 ދުވަހެވެ.

މިނިސްޓްރީން ލަފާކޮށްފައިވާ ގޮތުގައި އިހަވަންދޫގައި ހަދާ ހޮސްޕިޓަލް ތިން އަހަރުގެ ތެރޭގައި ނިންމަން 71 މިލިއަން ރުފިޔާ ހަރަދުވާނެ އެވެ. އަދި ކެނދިކުޅުދޫ އާއި ހިންނަވަރުގައި ހަދާ ހޮސްޕިޓަލް ތިން އަހަރުގެ ތެރޭގައި ނިންމުމަށް ކޮންމެ ހޮސްޕިޓަލަކަށް 52 މިލިއަން ރުފިޔާ ހަރަދުވާނެ އެވެ.

ހޮސްޕިޓަލްތައް ތަރައްޤީކުރުމުގެ މަސައްކަތް މިސަރުކާރުން ކުރަމުން އަންނައިރު ރާއްޖޭގެ ފަސް ސަރަހައްދެއްގައި ޓާޝަރީ ހޮސްޕިޓަލްތައް ތަރައްޤީކުރުމަކީ މިސަރުކާރުގެ ވައުދެކެވެ. އެގޮތުން އަތޮޅުތަކުގެ ރައްޔިތުން ސިއްޙީ ފަރުވާ ހޯދުމަށް މާލެއަށް ނައިސް އަތޮޅުތަކުން އެޚިދުމަތްތައް ހޯދޭނެ ގޮތްތައް އަންނަނީ ފަހިކޮށްދެމުންނެވެ.

ހެލްތު މިނިސްޓްރީން ދާދިފަހުން ވަނީ ގދ. ތިނަދޫ، ޏ. ފުވައްމުލައް، އދ. މަހިބަދޫ އަދި ކުޅުދުއްފުށީގައި ގާއިމުކުރާ ޓާޝަރީ ހޮސްޕިޓަލްތަކުގެ ޑިޒައިނާއި ބީއޯކިޔު ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް ވަކިވަކިން އިއުލާންކޮށްފައެވެ.

މިދިޔަ އަހަރުގެ ޖުމްހޫރީ ދުވަހާއި ގުޅުވައިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ސޯލިޙު ދެއްކެވި ވާހަކަފުޅުގައި ވަނީ، ޓާޝަރީ ފަސް ހޮސްޕިޓަލް ތަރައްޤީކުރުމުގެ މަންފާ 2022 ވަނަ އަހަރުގެ ތެރޭގައި ލިބޭނެކަމަށް ވިދާޅުވެފައެވެ.

މީގެއިތުރުން އިންޑިޔާ ސަރުކާރުގެ އެހީތެރިކަމާއެކު ލ. ގަމުގައި ކެންސަރު ހޮސްޕިޓަލެއް އެޅުމުގެ މަސައްކަތްވެސް އަންނަނީ ކުރަމުންނެވެ.

ހެލްތު މިނިސްޓްރީފިނޭންސް މިނިސްޓްރީ

ކޮމެންޓް

އިތުރަށް ކިޔާލަން

އަހަރުގެ މިހާތަށް ލިބުނު އެއްޗަކަށް ވުރެ އިތުރަށް 1.9 ބިލިއަން ރުފިޔާ ޚަރަދު ކޮށްފި

އަހަރުގެ މިހާތަށް ލިބުނު އެއްޗަކަށް ވުރެ އިތުރަށް 1.9 ބިލިއަން ރުފިޔާ ޚަރަދު ކޮށްފި

17 ޑިސެމްބަރު 2025
ރައީސް އޮފީހުގެ ހަރަދު، ބަޖެޓަށް ވުރެ 7 މިލިއަން ރުފިޔާ އިތުރުވެއްޖެ

ރައީސް އޮފީހުގެ ހަރަދު، ބަޖެޓަށް ވުރެ 7 މިލިއަން ރުފިޔާ އިތުރުވެއްޖެ

17 ޑިސެމްބަރު 2025
އާމްދަނީ އަށް ވުރެ ޚަރަދުތައް ބޮޑުވެއްޖެ، ތަރައްގީ އަށް ކުރާ ޚަރަދު ދަށުގައި ހުރި އިރު އިދާރީ ޚަރަދުތައް މާ މަތީގައި!

އާމްދަނީ އަށް ވުރެ ޚަރަދުތައް ބޮޑުވެއްޖެ، ތަރައްގީ އަށް ކުރާ ޚަރަދު ދަށުގައި ހުރި އިރު އިދާރީ ޚަރަދުތައް މާ މަތީގައި!

10 ޑިސެމްބަރު 2025
އިތުރު އިސްލާހުތަކާއި އެކު ފިސްކަލް ޒިންމާގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު ކޮމިޓީ އިން ފާސްކޮށްފި

އިތުރު އިސްލާހުތަކާއި އެކު ފިސްކަލް ޒިންމާގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު ކޮމިޓީ އިން ފާސްކޮށްފި

30 ނޮވެމްބަރު 2025
އަސާސީ ބޭސް ނުލިބޭ މައްސަލަ: މިނިސްޓަރު ވިދާޅުވީ ނުލިބެނީ ޑޮކްޓަރުން ލިޔާ ބްރޭންޑުގެ ބޭސް ކަމަށް

އަސާސީ ބޭސް ނުލިބޭ މައްސަލަ: މިނިސްޓަރު ވިދާޅުވީ ނުލިބެނީ ޑޮކްޓަރުން ލިޔާ ބްރޭންޑުގެ ބޭސް ކަމަށް

26 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

18 މެއި
ބަންކަރިން އާ ބެހޭ ގޮތުން މުއިއްޒުގެ ސަރުކާރުން ދޮގު ހަދާ އޮޅުވާލަނީ...
20251 އަހަރު ކުރިން
ރިޕޯޓު

ބަންކަރިން އާ ބެހޭ ގޮތުން މުއިއްޒުގެ ސަރުކާރުން ދޮގު ހަދާ އޮޅުވާލަނީ...

އާމެނިއަން ޔޫތު އޯޕަން ޑަބަލްސް ފައިނަލްގައި ރާއްޖޭގެ ލައިބާގެ ޕެއާ!
20242 އަހަރު ކުރިން
ކުޅިވަރު

އާމެނިއަން ޔޫތު އޯޕަން ޑަބަލްސް ފައިނަލްގައި ރާއްޖޭގެ ލައިބާގެ ޕެއާ!

"މަ ނޫން މީހަކަށް ލިބިގެން ނުވާނެ"
20233 އަހަރު ކުރިން
ރިޕޯޓު

"މަ ނޫން މީހަކަށް ލިބިގެން ނުވާނެ"

ޕެޓްރޯލް ލިބެންދެން ކައިރި ހޮޓަލެއްގައި ހުރެވޭނެ އިންތިޒާމް ހަމަޖައްސައިދޭން ބައެއް އެމްޕީން އެދިއްޖެ
20224 އަހަރު ކުރިން
ދުނިޔެ

ޕެޓްރޯލް ލިބެންދެން ކައިރި ހޮޓަލެއްގައި ހުރެވޭނެ އިންތިޒާމް ހަމަޖައްސައިދޭން ބައެއް އެމްޕީން އެދިއްޖެ

ފަހާފައިވާ ތަންތަނުގެ ރޮދި ކޮށައި އިތުރު ފަރުވާއަށް ތައްޔާރުވަނީ
20215 އަހަރު ކުރިން
ރާއްޖެ

ފަހާފައިވާ ތަންތަނުގެ ރޮދި ކޮށައި އިތުރު ފަރުވާއަށް ތައްޔާރުވަނީ

އުރީދޫ އިން ބިދޭސީންނަށް ހާއްސަކޮށް ރޯދަ ވީއްލުމެއް ބާއްވައިފި
20197 އަހަރު ކުރިން
ރާއްޖެ

އުރީދޫ އިން ބިދޭސީންނަށް ހާއްސަކޮށް ރޯދަ ވީއްލުމެއް ބާއްވައިފި

ޗައިނާ ސަރުކާރުން މުސްލިމުންގެ ކަރުބުޑަށް ރާއަޅަނީ..
20188 އަހަރު ކުރިން
ދުނިޔެ

ޗައިނާ ސަރުކާރުން މުސްލިމުންގެ ކަރުބުޑަށް ރާއަޅަނީ..

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު