Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމަހުލޫފުގެ މައްޗަށް ކުރާ ދައުވާ

މަހުލޫފު މައްސަލާގައި ގާޒީ ތަނާޒުލުވާން ޖެހޭކަމަށް ޕީޖީން ދުށްނަމަވެސް ގާޒީގެ ވިސްނުންފުޅު ތަފާތު

ގާޒީ މުހައްމަދު މިސްބާހުއަކީ ކުރިން ޒިޔަތުގެ ވަކީލެއް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 27 ޖެނުއަރީ 2022 | ބުރާސްފަތި 14:03
ކްރިމިނަލް ކޯޓުގެ ގާޒީ މުހައްމަދު މިސްބާހު- ގާޒީ މިސްބާހަކީ ކުރިން ޒިޔަތުގެ ވަކީލު

ކްރިމިނަލް ކޯޓުގެ ގާޒީ މުހައްމަދު މިސްބާހު- ގާޒީ މިސްބާހަކީ ކުރިން ޒިޔަތުގެ ވަކީލު

އެމްއެމްޕީއާރްސީ ޚިޔާނާތާ ގުޅިގެން ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފުގެ މައްޗަށް ކޮށްފައިވާ ދައުވާގެ އަޑުއެހުންތައް ކްރިމިނަލް ކޯޓުގައި ބެއްލެވުމަށް ހަމަޖެހިފައިވާ ގާޒީ, އެ މައްސަލައިން ތަނާޒުލްވާން ފެންނަކަމަށް ބަޔާންކޮށް ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުން ކޯޓަށް ސިޓީ ފޮނުވައިފިއެވެ.

ކްރިމިނަލް ކޯޓުގައި މި މައްސަލަ ބެއްލެވުމަށް ހަމަޖެހިފައިވާ ގާޒީ މުހައްމަދު މިސްބާހުއަކީ އެމްއެމްޕީއާރްސީ ޚިޔާނާތާ ގުޅިގެން އެ ކުންފުނީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ އަބްދުﷲ ޒިޔަތުގެ މައްޗަށް އުފުލާފައިވާ ދައުވާގައި ޒިޔަތުގެ ދިފާއުގައި ކޯޓުގައި ވަކާލާތު ކޮށްދެއްވާފައިވާ ބޭފުޅެކެވެ. އެ ސަބަބަށް ރިއާޔަތްކޮށް ދައުލަތުން ވަނީ މި މައްސަލައިން ގާޒީ ތަނާޒުލްވާން ޖެހޭކަން ބަޔާންކޮށް ކޯޓަށް ސިޓީއެއް ފޮނުވާފައެވެ.

އެކަމާ ގުޅޭގޮތުން ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް ރާއްޖެއެމްވީއަށް ވިދާޅުވީ، ގާޒީ މިސްބާހަށް އެކަމާގުޅޭގޮތުން ސިޓީއެއް ފޮނުވާފައިވާނެ ކަމަށާއި، މި މައްސަލަ ގާޒީ މިސްބާހު ބެއްލެވުމަކީ މަސްލަހަތު ފުށުއަރާނެ ކަމެއްކަމަށް ވެދާނެކަމަށް ޕީޖީ އޮފީހުން ދެކޭ ކަމަށެވެ. އެގޮތުން ޒިޔަތަކީ މި ޚިޔާނާތުގެ މޭސްތިރިއަކަށްވާއިރު، ޚިޔާނާތުގެ ފައިސާ ލިބުނު ކަމަށް ދައުވާ އުފުލާފައިވާ ފަރާތެއްގެ މައްސަލަ ބައްލަވާ ގާޒީއަކަށް ޚިޔާނާތުގެ މޭސްތިރިއެއްގެ ވަކީލެއްގެ ގޮތުގައި އުޅުއްވި ފަރާތަކުން އިންނެވުމަކީ މަސްލަހަތު ފުށުއަރާނެ ކަމަކަށް ވުމުގެ ފުރުސަތު އޮތް ކަމެއްކަމަށް އެ އޮފީހުން ފޮނުވި ސިޓީގައި ވަނީ ބަޔާންކޮށްފައެވެ. ޕީޖީ އޮފީހުން ވަނީ އެ ނުކުތާތައް ބަޔާންކޮށް ކޯޓުގެ ސަމާލުކަމަށް އެކަން ގެނެސްފައެވެ.

އެހެންނަމަވެސް، ގާޒީ މިސްބާހު ފޮނުއްވި ސިޓީގައި ވަނީ, މި މައްސަލާގައި ގާޒީ ތަނާޒުލްވާން ޖެހޭ ސަބަބެއް ނެތްކަމަށެވެ. އަދި އެގޮތަށް ބަޔާންކޮށް ޕީޖީ އޮފީހުގެ ސިޓީގެ ޖަވާބު ވަނީ ފޮނުއްވާފައެވެ.

މަހުލޫފްގެ މައްޗަށް ދައުވާ އުފުލާފައިވަނީ އޭނާ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރުކަމުގައި ހުންނެވިއިރު 2014 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 27 ވަނަ ދުވަހު, ސްޕެޝަލް އިކޮނޮމިކް ޒޯން ބިލަށް ތާއީދުކޮށް ވޯޓުދިނުމުގެ މުގާބިލުގައި އޭރުގެ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު އަބްދުލްޣަފޫރު، އެސްއޯއެފް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ބޭންކު އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ އެކައުންޓުގެ ޗެކަކުން މަހުލޫފަށް ދިން 33،000 އެމެރިކާ ޑޮލަރު އޭނާގެ ނަމުގައި ބީއެމްއެލްގައި ހުޅުވާފައިވާ އެކައުންޓަށް 2014 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 1 ވަނަ ދުވަހު ޖަމާކޮށް ރިޝްވަތު ހިފާފައިވާތީއެވެ.

މަހުލޫފްގެ މައްޗަށް އުފުލާފައިވަނީ ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގެ 3 ވަނަ މާއްދާގެ ހ އާ ހަވާލާދީ, އެމާއްދާގެ ށ ގެ ދަށުން ރިޝްވަތު ހިފުމުގެ ކުށުގެ ދައުވާއެވެ.

އަހުމަދު މަޚްލޫފްއެމްއެމްޕީއާރްސީ ޚިޔާނާތްކްރިމިނަލް ކޯޓް

އިތުރަށް ކިޔާލަން

12 ޑިސެމްބަރު 2025

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

12 ޑިސެމްބަރު 2025
ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި
11 ޑިސެމްބަރު 2025

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި
10 ޑިސެމްބަރު 2025

ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

10 ޑިސެމްބަރު 2025
ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި
08 ޑިސެމްބަރު 2025

އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި

08 ޑިސެމްބަރު 2025
އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި
07 ޑިސެމްބަރު 2025

ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

07 ޑިސެމްބަރު 2025
ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް
06 ޑިސެމްބަރު 2025

އެޕަރޓްމަންޓަކަށް ވަދެ، ތޫނު އެއްޗަކުން މީހަކަށް ހަމަލާ ދިން މައްސަލާގައި ހައްޔަރު ކުރި މީހާގެ ބަންދަށް ފަސް ދުވަސް

06 ޑިސެމްބަރު 2025
އެޕަރޓްމަންޓަކަށް ވަދެ، ތޫނު އެއްޗަކުން މީހަކަށް ހަމަލާ ދިން މައްސަލާގައި ހައްޔަރު ކުރި މީހާގެ ބަންދަށް ފަސް ދުވަސް
03 ޑިސެމްބަރު 2025

ސަނީ 30 ދުވަހަށް ބަންދު ކޮށްފި

03 ޑިސެމްބަރު 2025
ސަނީ 30 ދުވަހަށް ބަންދު ކޮށްފި
03 ޑިސެމްބަރު 2025

ގާޒީ ފާއިޒް މަގާމުން ވަކި ކުރަން ފާސްކޮށްފި

03 ޑިސެމްބަރު 2025
ގާޒީ ފާއިޒް މަގާމުން ވަކި ކުރަން ފާސްކޮށްފި
01 ޑިސެމްބަރު 2025

ފެނަކަ ބްރާންޗު ތަކުގައި ސެކިއުރިޓީ ކެމެރާ ހަރުކުރާނެ ބަޔަކު ކަނޑައެޅުމުގައި ކޮރަޕްޝަން ހިންގާފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ދައުވާ ކުރަން ހުށަހަޅައިފި

ކްރިމިނަލް ކޯޓުގެ ގާޒީ، ފާއިޒް ވަކިކުރުމުގެ މައްސަލަ ކޮމިޓީއަށް

01 ޑިސެމްބަރު 2025
ކްރިމިނަލް ކޯޓުގެ ގާޒީ، ފާއިޒް ވަކިކުރުމުގެ މައްސަލަ ކޮމިޓީއަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު