Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކަސްޓަމްސްގެ ޚިދުމަތް ހަރުދަނާކުރުން

ކަސްޓަމްސްގެ މުޅި ކްލިއަރެންސް ޕްރޮސެސް ވަނީ ޑިޖިޓަލައިޒް ކުރެވިފައި: ޝަރީފް

ކޫރިއަރ ކާރގޯގެ ކްލިއަރެންސް ޕްރޮސެސް އަވަސްވާނެ

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 26 ޖެނުއަރީ 2022 | ބުދަ 18:23
ކަސްޓަމްސްގެ އޮފިސަރުން

ކަސްޓަމްސްގެ އޮފިސަރުން

މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ މުޅި ކްލިއަރެންސް ޕްރޮސެސް ޑިޖިޓަލައިޒް ކުރެވިފައިވާ ކަމަށް ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް އަބްދުﷲ ޝަރީފު ވިދާޅުވެއްޖެއެވެ.

ބައިނަލްއަގުވާމީ ކަސްޓަމްސް ދުވަސް ފާހަގަކުރުމުގެ ގޮތުން ބުދަ ދުވަހު ބޭއްވި ޚާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަދައްކަވަމުން ޝަރީފް ވިދާޅުވީ, ޓެކްނޮލޮޖީގެ ޒަރީއާއިން މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ މުޅި ކްލިއަރެންސް ޕްރޮސެސް ވަނީ ޑިޖިޓަލައިޒް ކުރެވިފައިކަމަށާއި، އެކަމުގެ ސަބަބުން ކަސްޓަމްސްގެ ޚިދުމަތްތައް ހޯދުމުގައި އާންމު ރައްޔިތުންނަށް ވަރަށް ބޮޑުތަން ލުއިފަސޭހަވާނެ ކަމަށެވެ. އިފްތިތާހުކުރެވުނު ކޫރިއަރ ކާރގޯ ޔުނިޓަށް އިޝާރަތް ކުރައްވައި ޝަރީފް ވިދާޅުވީ, ކޫރިއަރ ކާރގޯގެ ކްލިއަރެންސް ޕްރޮސެސް އަވަސްވާނެ ކަމަށާއި، އެއަރ ކާރގޯގައި ޖެނެރަލް ކާރގޯގެ ކްލިއަރަންސް ޕްރޮސެސް ވެސް އަވަސްވާނެކަމަށެވެ.

Advertisement - newsAdvertisement

ކަސްޓަމްސްގެ ކޫރިއަރ ކާރގޯ ޔުނިޓެއް އިފްތިތާހުކޮށްފައިވަނީ ކޫރިއަރ މެދުވެރިކޮށް ރާއްޖެއަށް ގެންނަ މުދަލުގެ ނިސްބަތް ދުވަހުން ދުވަހަށް އިތުރުވަމުންދާތީ, ކޫރިއަރ ސަރވިސް މެދުވެރިކޮށް ގެންނަ މުދަލާ ގުޅިގެން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގައި ކަސްޓަމްސްއިން ފޯރުކޮށްދޭ ޚިދުމަތް ހަލުވިކޮށް ފެންވަރު ރަނގަޅުކުރުމަށާއި، މުދަލުގެ ކޮންޓްރޯލް ހަރުދަނާކޮށް ރެކޯޑް ބެލެހެއްޓުމަށެވެ.

މީގެ އިތުރުން ޝަރީފް ވިދާޅުވީ ސްޕެޝަލް އޮޕަރޭޝަންސް ސެކްޝަންގެ ޓެކްޓިކަލް ޓީމްގެ ސަބަބުން މަސްތުވާތަކެތި އެތެރެވުން ހުއްޓުވުމަށް ކުރެވެމުންދާ މަސައްކަތްތައް އިތުރަށް ހަރުދަނާވާނެ ކަމަށެވެ.

ސްޕެޝަލް އޮޕަރޭޝަންސް ޓެކްޓިކަލް ޓީމެއްގެ އިތުރުން ސަރވައިލަންސް މަސައްކަތަށް ޚާއްސަ ޔުނިޓެއް ވެސް ވަނީ އިފްތިތާހުކޮށްފައެވެ. މި ޓެކްޓިކަލް ޓީމް ގާއިމްކުރުމުގެ މައިގަނޑު މަގުސަދަކީ ކަސްޓަމްސްގެ އެންފޯސްމަންޓް މަސައްކަތްތައް މިހާރަށްވުރެ ހަރުދަނާ ކޮށް، ވަކިން ޚާއްސަކޮށް މަސްތުވާތަކެތި އެތެރެވުން ހުއްޓުވުމަށް ކުރެވެމުންދާ މަސައްކަތްތައް އިތުރަށް ފުޅާ ކުރުމެވެ. އެގޮތުން މި ޓީމްގެ މަސައްކަތްތަކުގެ ސަބަބުން އިންޓެލިޖެންސާއި ރިސްކް މެނޭޖްމަންޓްއަށް ބިނާކޮށް މަސްތުވާ ތަކެއްޗާއި ގާނޫނާއި ގަވައިދާ ޚިލާފް އަމަލުތައް ހުއްޓުވުމަށް ހިންގާ އޮޕަރޭޝަންތައް ހަރުދަނާވާނެއެވެ. މިޓީމްގެ އޮޕަރޭޝަންތަކުގައި ބަލާފާސްކުރުމުގެ އެންމެ ޒަމާނީ ވަސީލަތްތައް ބޭނުން ކުރެވޭނެއެވެ. އަދި މި އޮޕަރޭޝަންތައް މާލެ ސަރަހައްދުގެ އިތުރުން، ރީޖަނަލް ކަސްޓަމްސްތަކުގައި ވެސް ހިންގޭނެއެވެ.  

ބައިނަލްއަގުވާމީ ކަސްޓަމްސް ދުވަސް ފާހަގަކުރުމުގެގޮތުން އިންޑޮނޭޝިޔާގައި ހުންނަ ދުނިޔޭގެ ކަސްޓަމްސް ޖަމްއިއްޔާގެ އޭޝިއާ ޕެސިފިކް ރީޖަންއިން އިންތިޒާމްކޮށްގެން ބާއްވާ ވަރޗުއަލް ރަންގައި ދިވެހިރާއްޖޭގެ ކަސްޓަމްސްއިން ބައިވެރިވުމުގެ ހަރަކާތެއް, 28 ޖަނަވަރީ ވާ ހުކުރު ދުވަހު އޮންނާނެއެވެ. މި ދުވުމުގައި ކަސްޓަމްސްގެ ވެރިންނާއި، މުވައްޒަފުންގެ އިތުރުން ކަސްޓަމްސްގެ މިނިސްޓަރ، މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަހުމަދު ދީދީ ބައިވެރިވެވަޑައިގަންނަވާނެއެވެ. 

ބައިނަލްއަގުވާމީ ކަސްޓަމްސް ދުވަހުގެ މިއަހަރުގެ ޝިއާރަކީ; "ޑޭޓާއަށް ފަހި ވެއްޓެއް ގާއިމުކުރުމާއި، ޑޭޓާގެ ސަގާފަތެއް އަށަގަންނުވައިގެން ކަސްޓަމްސްގެ މަސައްކަތްތައް ޑިޖިޓަލައިޒް ކުރުމުގައި ކުރިއަރައި ދިއުން"އެވެ.

ކަސްޓަމްސް

ކޮމެންޓް

އިތުރަށް ކިޔާލަން

ކަނޑު މަގުން ރާއްޖެ އެތެރެކުރަން އުޅުނު 10،800 ވޭޕް ކާޓްރިޖް ހުރި ބޮޑު ޝިޕްމަންޓެއް އަތުލައިގެންފި

ކަނޑު މަގުން ރާއްޖެ އެތެރެކުރަން އުޅުނު 10،800 ވޭޕް ކާޓްރިޖް ހުރި ބޮޑު ޝިޕްމަންޓެއް އަތުލައިގެންފި

11 ޑިސެމްބަރު 2025
ކަސްޓަމްސްއިން ހިފަހައްޓާފައި ހުރި 1.8 މިލިއަނަށްވުރެ ގިނަ މެންޗެސްޓަރ ސިނގިރޭޓް ނައްތާލައިފި

ކަސްޓަމްސްއިން ހިފަހައްޓާފައި ހުރި 1.8 މިލިއަނަށްވުރެ ގިނަ މެންޗެސްޓަރ ސިނގިރޭޓް ނައްތާލައިފި

08 ޑިސެމްބަރު 2025
ވޭޕް ކުރުމާއި އެ ގެންގުޅުން މަނާކުރި ފަހުން 53،300 ތަކެތި ހިފަހައްޓާފައިވޭ: ކަސްޓަމްސް

ވޭޕް ކުރުމާއި އެ ގެންގުޅުން މަނާކުރި ފަހުން 53،300 ތަކެތި ހިފަހައްޓާފައިވޭ: ކަސްޓަމްސް

20 ނޮވެމްބަރު 2025
އުނބަށް ނުޖަހައި ހަމަ އެއްކަމެއްވެސް މުއިއްޒަށް ނުކުރެވެނީތަ؟

އުނބަށް ނުޖަހައި ހަމަ އެއްކަމެއްވެސް މުއިއްޒަށް ނުކުރެވެނީތަ؟

09 ނޮވެމްބަރު 2025
މަޙްމޫދު ރިޔާޒްގެ ވަޒީފާ އަލުން އިއާދަކުރައްވާ، ރައީސް މުއިއްޒު އުނބަށް ޖައްސަވައިފި

މަޙްމޫދު ރިޔާޒްގެ ވަޒީފާ އަލުން އިއާދަކުރައްވާ، ރައީސް މުއިއްޒު އުނބަށް ޖައްސަވައިފި

09 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

31 މެއި
ބަންޑާރާ ކޮށީގައި ސިފައިންގެ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ބަންޑާރާ ކޮށީގައި ސިފައިންގެ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ

ލޯންޗަކުން ޖެހި ފާނަ މަސްވެރިކަން ކުރަން އުޅުނު ބިދޭސީއެއް މަރުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ލޯންޗަކުން ޖެހި ފާނަ މަސްވެރިކަން ކުރަން އުޅުނު ބިދޭސީއެއް މަރުވެއްޖެ

އާލާ ބޯޓު އަޑިއަށް ގޮސްފި
20233 އަހަރު ކުރިން
ރާއްޖެ

އާލާ ބޯޓު އަޑިއަށް ގޮސްފި

ބުރިޖުގެ މަސައްކަތް ލަހެއް ނޫން، މާލެ އާއި ވިލިމާލެ ގުޅުވާލާ ބުރިޖުން 2023 ޖުލައިގައި ދަތުރުކުރެވޭނެ – އެފްކޮންސް
20224 އަހަރު ކުރިން
ރާއްޖެ

ބުރިޖުގެ މަސައްކަތް ލަހެއް ނޫން، މާލެ އާއި ވިލިމާލެ ގުޅުވާލާ ބުރިޖުން 2023 ޖުލައިގައި ދަތުރުކުރެވޭނެ – އެފްކޮންސް

އަނދައިގެން ދިޔައީ ބިދޭސީ މީހާގެ އާމްދަނީ، ކައުންސިލުން އެ ލާރި ހޯދައިދެނީ
20215 އަހަރު ކުރިން
ރާއްޖެ

އަނދައިގެން ދިޔައީ ބިދޭސީ މީހާގެ އާމްދަނީ، ކައުންސިލުން އެ ލާރި ހޯދައިދެނީ

އީދު ނަމާދު ކުރާ ސަރަހައްދުގައި އޮފިޝަލުންގެ ގޮތުގައި ބިދޭސީން ހަރަކާތްތެރިވަނީ
20197 އަހަރު ކުރިން
ރާއްޖެ

އީދު ނަމާދު ކުރާ ސަރަހައްދުގައި އޮފިޝަލުންގެ ގޮތުގައި ބިދޭސީން ހަރަކާތްތެރިވަނީ

މުހައްމަދު ސަލާހަށްވި އަނިޔާގެ މައްސަލަ ހުތުރު ގޯޅިއެއް އަޅައިފި
20188 އަހަރު ކުރިން
ކުޅިވަރު

މުހައްމަދު ސަލާހަށްވި އަނިޔާގެ މައްސަލަ ހުތުރު ގޯޅިއެއް އަޅައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު