Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފެސްކޯ ވެލެންސިއާއާ ހަވާލުވުން

ފެސްކޯ އެނބުރި ވެލެންސިއާގެ ކޯޗަކަށް

ފެސްކޯގެ އަމާޒަކީ ވެލެންސިއާއާއެކު ބޮޑު ކާމިޔާބީއެއް ހޯދުން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 26 ޖެނުއަރީ 2022 | ބުދަ 09:48
ވެލެންސިއާގެ ކޯޗުގެ މަގާމާ ހަވާލުވި އަޙްމަދު މުޖުތަބާ (ފެސްކޯ)

ވެލެންސިއާގެ ކޯޗުގެ މަގާމާ ހަވާލުވި އަޙްމަދު މުޖުތަބާ (ފެސްކޯ)

ކުލަބު ވެލެންސިއާގެ ކޯޗުގެ މަގާމަށް ތަޖުރިބާކާރު ކޯޗު އަޙްމަދު މުޖުތަބާ (ފެސްކޯ) އަލުން ހަމަޖައްސައިފިއެވެ.

ވެލެންސިއާގެ ކޯޗުގެ މަގާމު ހުސްވެފައި އޮތީ މިދިޔަ ސީޒަނުގައި އެ ޓީމުގެ ކޯޗުކަމުގެ މަގާމުގައި ހުރި ތަޖުރިބާކާރު ކޯޗު މުޙައްމަދު އާތިފް (އާތީ) މި ސީޒަނަށް މަގާމުން ވަކިވުމާ ގުޅިގެންނެވެ. އެއާއެކު ނިމިދިޔަ ޕްރެޒިޑެންޓްސް ކަޕުގައި ވެލެންސިއާއަށް އިރުޝާދުދީފައިވަނީ އެސިސްޓެންޓް ކޯޗު އިސްމާޢީލް އާސިފް (ކުޑަހީނާ) އެވެ. އަދި ކުޑަހީނާގެ އިރުޝާދުގެ ދަށުން ވެލެންސިއާއިން ވަނީ ތަފާތު މޮޅު ކުޅުމެއް ދައްކައި، ޕްރެޒިޑެންޓްސް ކަޕް ކާމިޔާބުކޮށްފައެވެ.

އަންނަ ފެބްރުއަރީ މަހުގެ ހަވަނަ ދުވަހު ދިވެހި ޕްރިމިއާ ލީގު ފަށާއިރު، ބުދަ ދުވަހުގެ ވަގުތެއްގައި ފެސްކޯ ވަނީ ވެލެންސިއާގެ ކޯޗުގެ މަގާމާ އަލުން ހަވާލުވެފައެވެ. ވެލެންސިއާގެ ކޯޗުގެ މަގާމާ ހަވާލުވުމަށްފަހު "ރާއްޖެ.އެމްވީ" އަށް ދިން އިންޓަވިއުއެއްގައި ފެސްކޯ ބުނީ ކުޑަހީނާގެ އިރުޝާދުގެ ދަށުން ވެލެންސިއާއިން ޕްރެޒިޑެންޓްސް ކަޕް ކާމިޔާބުކުރިއިރު، އަމާޒަކީ އެ ކާމިޔާބީއަށްވުރެ ބޮޑު ކާމިޔާބީއެއް މި ސީޒަނުގައި ހޯދުން ކަމަށެވެ. އަދި ވެލެންސިއާގައި މި ވަގުތު އޮތީ ވަރުގަދަ ސްކޮޑެއް ކަމަށާއި، ކުޑަހީނާ އާއެކު ތަފާތު މަސައްކަތްތަކެއް ކުރެވޭނެ ކަމުގެ އުއްމީދު އެބައޮތް ކަމަށްވެސް ވަނީ ބުނެފައެވެ.

ވެލެންސިއާއިން ނުވަދިހައިގެ އަހަރުތަކުގެ ކުރީކޮޅު ފުޓްބޯޅަ ކެރިއަރު ފެށި ފެސްކޯ އެންމެ ފުރަތަމަ ވެލެންސިއާގެ ކޯޗުގެ މަގާމާ ހަވާލުވީ 2001 ވަނަ އަހަރުގެ ފަހުކޮޅެވެ. އަދި އެ އަހަރުގެ ޕޮމިސް ކަޕް އެ ޓީމަށް ކާމިޔާބުކޮށްދީ ބައިނަލްއަގުވާމީ މުބާރާތެއް ކާމިޔާބުކުރި މަދު ދިވެހި ކޯޗުންގެ ލިސްޓުން ފެސްކޯ ޖާގަ ހޯދިއިރު، ރާއްޖޭގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) އުމުރުން 16 އަހަރުގައި ފުރަތަމަ ފަހަރަށް ގަލޮޅު ދަނޑަށް ނެރުނީ އެ މުބާރާތުގައި ފެސްކޯއެވެ. އަދި އެއަށްފަހު އޭނާ ވަނީ 2002-2003 ވަނަ އަހަރުގެ ސީޒަނުގެ އޭއެފްސީ ޗެމްޕިއަންސް ލީގުގެ ކޮލިފައިންގައި ވެލެންސިއާއަށް ކޯޗުކޮށްދީފައެވެ.

އެކަމަކު ވެލެންސިއާއަށް ދެ އަހަރު ކޯޗުކޮށްދިނުމަށް ފަހު 2003 ވަނަ އަހަރު ފެސްކޯ ވަނީ އެ ޓީމުގެ ކޯޗުގެ މަގާމުން ވަކިވެފައެވެ. އޭގެ ފަހުން 2009 ވަނަ އަހަރު ގައުމީ ފުޓްބޯޅަ ޓީމުގައިވެސް މަސައްކަތްކުރި ފެސްކޯ ވަނީ އޭވައިއެލް އާއި ވިޔަންސާ އަދި ވިކްޓަރީ ސްޕޯޓްސް ކުލަބަށްވެސް އިރުޝާދުދީފައެވެ.

އޭގެ ފަހުން 2017 ވަނަ އަހަރުގެ ސީޒަނުގައި ފެސްކޯ ވެލެންސިއާއަށް އިރުޝާދުދިންއިރު، އެ އަހަރު ވެލެންސިއާ ވަނީ އޭއެފްސީ ކަޕުގެ ކޮލިފިކޭޝަނުގައި ވާދަކޮށްފައެވެ. ފެސްކޯ އާއެކު މި އަހަރުވެސް އޭއެފްސީ ކަޕް ކޮލިފިކޭޝަނުގައި ވެލެންސިއާ ވާދަކުރާނެއެވެ.

އަޙްމަދު މުޖުތަބާ (ފެސްކޯ)ކުލަބު ވެލެންސިއާ

އިތުރަށް ކިޔާލަން

30 ނޮވެމްބަރު 2025

ފަހަތުން އަރައި ބުރުން ވެލެންސިއާ ބަލިކޮށްފި

30 ނޮވެމްބަރު 2025
ފަހަތުން އަރައި ބުރުން ވެލެންސިއާ ބަލިކޮށްފި
01 ނޮވެމްބަރު 2025

ފަސް ލަނޑުގެ މޮޅާ އެކު މާޒިޔާ އިން އެއް ވަނައިގައި

01 ނޮވެމްބަރު 2025
ފަސް ލަނޑުގެ މޮޅާ އެކު މާޒިޔާ އިން އެއް ވަނައިގައި
21 އޮކްޓޯބަރު 2025

ޓީސީ އިން ވެލެންސިއާ ބަލިކޮށްފި

21 އޮކްޓޯބަރު 2025
ޓީސީ އިން ވެލެންސިއާ ބަލިކޮށްފި
02 އޮކްޓޯބަރު 2025

ވެލެންސިއާ ބަލިކޮށް، ނިއުގެ ފޯމު ކުރިއަށް

02 އޮކްޓޯބަރު 2025
ވެލެންސިއާ ބަލިކޮށް، ނިއުގެ ފޯމު ކުރިއަށް
19 މާރިޗު 2025

ވެލެންސިއާގެ އޮތް ރާއްޖެ އިން ބޭރުގެ ދަރަނިތައް ޚަލާސްކޮށްފި

19 މާރިޗު 2025
ވެލެންސިއާގެ އޮތް ރާއްޖެ އިން ބޭރުގެ ދަރަނިތައް ޚަލާސްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު