Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޑްރަގް އޮޕަރޭޝަންތައް

ޑްރަގް އޮޕަރޭޝަންގެ މައުލޫމާތު، ކައުންސިލުގެ ރައީސް ލީކުކޮށްލެއްވި ކަމުގެ ހެއްކެއް ނެތް، މައްސަލަ ފައިލް

މައްސަލަ ފައިލްކޮށް އެކަން އާސިފަށް ލިއުމުން އަންގާފައިވަނީ 22 ޑިސެމްބަރު 2021ގައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 25 ޖެނުއަރީ 2022 | އަންގާރަ 11:15
ގއ. ދާންދޫ ކައުންސިލުގެ ރައީސް މުހައްމަދު އާސިފު

ގއ. ދާންދޫ ކައުންސިލުގެ ރައީސް މުހައްމަދު އާސިފު

ގއ. ދާންދޫގައި ފުލުހުން ހިންގަން އުޅުނު ޑްރަގް އޮޕަރޭޝަނެއްގެ މައުލޫމާތު އެރަށު ކައުންސިލުގެ ރައީސް މުހައްމަދު އާސިފު ލީކުކޮށްލި ކަމަށް ތުހުމަތު ކުރެވޭ މައްސަލާގައި ދައުވާ ކުރެވޭވަރަށް ހެކި ނެތުމުން އެ މައްސަލަ ފައިލްކޮށްފިއެވެ.

އެކަމާ ގުޅޭގޮތުން ރާއްޖެއެމްވީއާ ވާހަކަ ދައްކަވަމުން އާސިފްގެ ވަކީލު މުހުތާޒު މުހުސިން ވިދާޅުވީ، އެ މައްސަލާގައި އާސިފް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް، އޭނާގެ ބަޔާން ނަގާފައިވަނީ 2021 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ކަމަށެވެ. އެހެންނަމަވެސް، އެ މައްސަލައިގެ ހެކި ނެތުމުން ފުލުހުން ވަނީ މައްސަލަ ފައިލްކޮށް، އެކަން ލިއުމުން އާސިފަށް އަންގާފައެވެ. އެ ލިއުމުގައި ބުނެފައިވަނީ އާސިފްގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލައިގައި ދައުވާ ކުރެވޭ މިންވަރަށް ހެކި ގަރީނާ ލިބިފައިނުވާތީ މައްސަލަ ފައިލް ކޮށްފައިވާ ކަމަށެވެ.

މައްސަލަ ފައިލްކޮށް އެކަން އާސިފަށް ލިއުމުން އަންގާފައިވަނީ 22 ޑިސެމްބަރު 2021ގައެވެ.

ވަކީލު ވިދާޅުވާ ގޮތުގައި މި މައްސަލައިގައި އޭނާގެ ފޯނު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ނަމަވެސް ފޯނުން އެ ތުހުމަތުތަކަށް ބާރުދޭ ހެތްކެއް ފެނިފައެއް ނުވެއެވެ. އެގޮތުން މި މައްސަލައާ ގުޅިގެން އޭނާގެ ފޯނު ގެންދިޔައީ ޑްރަގް އޮޕަރޭޝަނާގުޅޭ ވާހަކަތަކެއް މެސެންޖަރ އެޕްލިކޭޝަން މެދުވެރިކޮށް ދައްކަވާފައިވާކަމަށް ފުލުހުންގެ އިންޓެލިޖެންސްއަށް ލިބުނު މައުލޫމާތަކާ ގުޅިގެންނެވެ.

ވަކީލު އިތުރަށް ވިދާޅުވީ، ރައްޔިތުން އިންތިޚާބު ކޮށްފައިވާ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންނަށް ކުރެވޭ ބޮޑެތި ތުހުމަތުތަކާއި ގުޅިގެން އެފަދަ އާދައިގެ ގޮތަކަށް ފުލުހުން އަމަލު ކޮށްފައިވާތީ ކަންބޮޑުވުން ފާޅު ކުރައްވާފައެވެ. އެގޮތުން އެ ތުހުމަތުތައް ފުލުހުން އެކަށީގެންވާ ގޮތެއްގައި ސާފުކޮށްދީފައިވެސް ނުވާކަމަށް މުހުތާޒް ވިދާޅުވިއެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސްގއ. ދާންދޫ ކައުންސިލް

ކޮމެންޓް

އިތުރަށް ކިޔާލަން

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

04 ޑިސެމްބަރު 2025
ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

03 ޑިސެމްބަރު 2025
 ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި

22 ނޮވެމްބަރު 2025
އަންހެން ދެ ކުދިންނަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަން ފަށައިފި

އަންހެން ދެ ކުދިންނަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަން ފަށައިފި

19 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

17 އެޕްރީލު
ދެމަފިރިއަކު ނުކުމެ އަމިއްލަ އެދުމަށް ދަރިފުޅު ގުރުބާންކޮށްފި، މިއަދު އެމްޑީޕީ އަށް މި އޮތީ ބެލެނިވެރިއަކަށް ވާންޖެހިފައި - ފައްޔާޒް
20251 އަހަރު ކުރިން
ރާއްޖެ

ދެމަފިރިއަކު ނުކުމެ އަމިއްލަ އެދުމަށް ދަރިފުޅު ގުރުބާންކޮށްފި، މިއަދު އެމްޑީޕީ އަށް މި އޮތީ ބެލެނިވެރިއަކަށް ވާންޖެހިފައި - ފައްޔާޒް

ކުޅުދުއްފުށި ދެކުނު ދާއިރާގެ ޕީޕީއެމްގެ ރައީސް އެ ދައިރާގެ އެމްޑީޕީގެ ކެނޑިޑޭޓް އަލީ ވަހީދު އެންޑޯސްކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ކުޅުދުއްފުށި ދެކުނު ދާއިރާގެ ޕީޕީއެމްގެ ރައީސް އެ ދައިރާގެ އެމްޑީޕީގެ ކެނޑިޑޭޓް އަލީ ވަހީދު އެންޑޯސްކޮށްފި

"ޖިންސީ ގޯނާއެއް ނުކުރަން، ކުރިކަމެއް ކުރީ ދެ މީހުން ރުހިގެން"
20233 އަހަރު ކުރިން
ކުޅިވަރު

"ޖިންސީ ގޯނާއެއް ނުކުރަން، ކުރިކަމެއް ކުރީ ދެ މީހުން ރުހިގެން"

ކުޅަދާނަ ކައްޕިތާނެއް ގައުމުގެ ހުންގާނުގައި ނެތްނަމަ މިއޮޑި ފަރަށް އެރީސް: މެމްބަރު ސަލީމް
20224 އަހަރު ކުރިން
ރާއްޖެ

ކުޅަދާނަ ކައްޕިތާނެއް ގައުމުގެ ހުންގާނުގައި ނެތްނަމަ މިއޮޑި ފަރަށް އެރީސް: މެމްބަރު ސަލީމް

ވެކްސިން ދިނުމުގައި ވަކިބަޔަކަށް ވަކި އުސޫލެއް، އެޗްޕީއޭއަށް އެކަން އެނގުނީ ނޫސްވެރިން ސުވާލުކުރުމުން!
20215 އަހަރު ކުރިން
ރިޕޯޓު

ވެކްސިން ދިނުމުގައި ވަކިބަޔަކަށް ވަކި އުސޫލެއް، އެޗްޕީއޭއަށް އެކަން އެނގުނީ ނޫސްވެރިން ސުވާލުކުރުމުން!

ފްރާންސް އަންހެން ކުއްޖާ ކުރި ތުހުމަތުތައް ގާޒީ އާދަމް އާރިފް ދޮގުކުރައްވައިފި
20197 އަހަރު ކުރިން
ރާއްޖެ

ފްރާންސް އަންހެން ކުއްޖާ ކުރި ތުހުމަތުތައް ގާޒީ އާދަމް އާރިފް ދޮގުކުރައްވައިފި

އަލީ ހުސެއިން މަސްކަނޑަށް ޖެހުނު ސަބަބު މިއޮތީ!
20188 އަހަރު ކުރިން
ރިޕޯޓު

އަލީ ހުސެއިން މަސްކަނޑަށް ޖެހުނު ސަބަބު މިއޮތީ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު