Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޓެކްސީ ޑްރައިވަރު ޤާސިމްގެ މަރު

ޤާސިމްގެ މަރު: އަދުހަމަށް ކުރާ ދައުވާގެ އަޑުއެހުން ކެންސަލް، ޝަރީއަތުގެ އަޑުއެހުމެއް ނުބާއްވަތާ އަހަރެއް

24 ޖެނުއަރީ 2022 | ހޯމަ 06:24

ދިފާއީ ވަކީލު ބަލިވެ އުޅުއްވާކަމަށް ކޯޓަށް އަންގާފައިވާތީ އަޑުއެހުން ވަނީ ކެންސަލްކޮށްފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 24 ޖެނުއަރީ 2022 | ހޯމަ 06:24
ކްރިމިނަލް ކޯޓުގައި ކުރިއަށް ދިޔަ އަޑުއެހުމެއްގެ ތެރެއިން: އަދުހަމްގެ ގާނޫނީ ވަކީލު ވާހަކަ ދައްކަވަނީ

ކްރިމިނަލް ކޯޓުގައި ކުރިއަށް ދިޔަ އަޑުއެހުމެއްގެ ތެރެއިން: އަދުހަމްގެ ގާނޫނީ ވަކީލު ވާހަކަ ދައްކަވަނީ

ޓެކްސީ ޑްރައިވަރު، 59 އަހަރުގެ ގާސިމް ހަސަން މަރާލި މައްސަލާގައި، ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އުފުލާފައިވާ، ޅ. ހިންނަވަރު، ބޮޑުހިޔާގެ، އަދުހަމް މުހައްމަދުގެ މައްޗަށް އުފުލާފައިވާ ދައުވާގެ އަޑުއެހުން ކެންސަލްވެއްޖެއެވެ.

މި މައްސަލައިގެ އަޑުއެހުން ތާވަލުކޮށްފައި އޮތީ ހޯމަ ދުވަހުގެ ހެނދުނު 10:00 އަށެވެ. އެހެންނަމަވެސް، ދިފާއީ ވަކީލު ބަލިވެ އުޅުއްވާކަމަށް ކޯޓަށް އަންގާފައިވާތީ އަޑުއެހުން ވަނީ ކެންސަލްކޮށްފައެވެ.

Advertisement - newsAdvertisement

މި މައްސަލައިގައި އެންމެ ފަހުން ޝަރީއަތުގެ އަޑުއެހުމެއް ބާއްވާފައިވަނީ 2021 ވަނަ އަހަރުގެ ޖެނު މަހުގެ 25 ވަނަ ދުވަހުއެވެ. އޭގެ ފަހުން ބަންދު މުރާޖައާ ކުރުމަށް އަޑުއެހުންތަކެއް ބޭއްވި ނަމަވެސް، ޝަރީއަތުގެ އަޑުއެހުމެއް ބާއްވާފައެއް ނުވެއެވެ.

މި މައްސަލައިގައި ދައުވާ ރައްދުވާ އަދުހަމް ވަނީ، ތަހުގީގު މަރުހަލާގައި ދައުވާއަށް އިއުތިރާފުވެފައެވެ. އަދި އިބްތިދާއީ އަޑުއެހުމުގައި ވެސް ދައުވާއަށް އިއުތިރާފުވެ، އެއީ އޭނާ ގާސިމް މަރާލުމުގެ ގަސްތުގައި ދިން ހަމަލާއެއް ނޫންކަމަށް ބުނެފައިވެއެވެ.  އެކަމަކު، ކުށަށް އިއުތިރާފުވުމުން ބޭއްވި އަވަސް ނިޔާގެ ޝަރީއަތުގެ އަޑުއެހުމުގައި، އޭނާ ފަހުން ވަނީ ދައުވާއަށް އިންކާރުކޮށްފައެވެ.

އެހެން ނަމަވެސް، އޭގެ ފަހުން ބޭއްވި އަޑުއެހުމުގައި، އަދުހަމްގެ ފަރާތުން ވަކާލާތު ކުރެއްވި ގާނޫނީ ވަކީލު ވިދާޅުވީ، އަދުހަމް ބޭނުންވަނީ، ޕީޖީއާއެކު ވެފައިވާ އިއުތިރާފުގެ އެއްބަސްވުމާއެކު، އަދަބު ލުއިވާނެ ގޮތަކަށް ކުރިއަށް ދިއުމަށް ކަމަށެވެ. އަދި އިއުތިރާފަށް އިންކާރުކުރި ޝަރީއަތުގައި، އޭނާ ދެއްކި ވާހަކަތަކާ ގުޅިގެން، އަޑުއެހުމުގައި ވާހަކަދައްކަން ބޭނުން ވާކަމަށެވެ.

އެހެންނަމަވެސް ދައުވާއަށް އަދުހަމް އިއުތިރާފުވުމަށްފަހު، ފަހުން ދައުވާއަށް އިންކާރުކޮށްފައިވާތީ، އެކަމާ ގުޅިގެން އިތުރަށް ވާހަކަ ދެއްކުމުގެ ފުރުސަތު، ގާޒީ ދެއްވާފައެއް ނުވެއެވެ. ގާޒީ ވިދާޅުވީ، ކުށަށް އިޢުތިރާފުވުމަށްފަހު، އަދުހަމް ވަނީ އެ އިޢުތިރާފު އަނބުރާ ގެއްގޮސްފައި ކަމަށާއި، އެހެންކަމުން އެކަމާ ގުޅޭ ގޮތުން ދެން އިތުރަށް ވާހަކަ ދެއްކުމުގެ ފުރުސަތު ދެވެންނެތް ކަމަށް ވިދާޅުވެފައެވެ. އަދި ދައުލަތުން ވެސް އެކަމާ ގުޅިގެން ބުނެފައިވަނީ، ދައުލަތުން ބޭނުންވަނީ، އަދުހަމާއެކު ކުރިންވެފައިވާ އިއުތިރާފުގެ އެއްބަސްވުން ބާތިލުކޮށް، ޝަރީޢަތުން ގޮތެއް ނިންމުމަށް ކަމަށެވެ.

ގާސިމް މަރާލާފައި އޮއްވާ ފެނިގެން ފުލުހުންނަށް ހުށަހަޅާފައިވަނީ 2019 ވަނައަހަރު ޑިސެންބަރު މަހުގެ ހަތަރު ވަނަ ދުވަހުގެ ރޭ 21:07 ހާއިރުއެވެ.

ކްރިމިނަލް ކޯޓް

އެންމެ ހިނގާ

1

ލަންކާ އެމްބަސީގައި ހުރި ތަރޑް ސެކެޓަރީއެއްގެ ބޭއަދަބީ ވީޑިއޯއެއް އާންމުވެ، އޭނާ ވަކިކުރަން ރައީސް އޮފީހުން ފޮރިން މިނިސްޓްރީއަށް އަންގައިފި

2

އީރާނު ހަނގުރާމައިގައި ބައިވެރިވި އެމެރިކާގެ 5000 މީހުންގެ މަނަވަރު އަބްރަހަމް ލިންކަން ތައިލެންޑްގައި މަޑުކުރާތީ ހަށިވިއްކުން ހުއްޓުވަން ފުލުހުން ނެރެފި

3

"އީރާނާ ދެކޮޅަށް ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފާނެ"

4

އަބްރަހަމް ލިންކަން އެނބުރި ޤައުމަށް ދިޔުމުގެ ތެރޭގައި ސިންގަޕޫރު ކައިރިން ދަތުރުކޮށްފި

5

އަނެއްކާ ވެސް އެކްސިޑެންޓެއް ހިނގައި، 17 އަހަރުގެ އަންހެން ކުއްޖަކަށް އަނިޔާވެއްޖެ

އިތުރަށް ކިޔާލަން

12 ޑިސެމްބަރު 2025

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

12 ޑިސެމްބަރު 2025
ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި
11 ޑިސެމްބަރު 2025

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި
10 ޑިސެމްބަރު 2025

ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

10 ޑިސެމްބަރު 2025
ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި
08 ޑިސެމްބަރު 2025

އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި

08 ޑިސެމްބަރު 2025
އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި
07 ޑިސެމްބަރު 2025

ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

07 ޑިސެމްބަރު 2025
ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް
06 ޑިސެމްބަރު 2025

އެޕަރޓްމަންޓަކަށް ވަދެ، ތޫނު އެއްޗަކުން މީހަކަށް ހަމަލާ ދިން މައްސަލާގައި ހައްޔަރު ކުރި މީހާގެ ބަންދަށް ފަސް ދުވަސް

06 ޑިސެމްބަރު 2025
އެޕަރޓްމަންޓަކަށް ވަދެ، ތޫނު އެއްޗަކުން މީހަކަށް ހަމަލާ ދިން މައްސަލާގައި ހައްޔަރު ކުރި މީހާގެ ބަންދަށް ފަސް ދުވަސް
03 ޑިސެމްބަރު 2025

ސަނީ 30 ދުވަހަށް ބަންދު ކޮށްފި

03 ޑިސެމްބަރު 2025
ސަނީ 30 ދުވަހަށް ބަންދު ކޮށްފި
03 ޑިސެމްބަރު 2025

ގާޒީ ފާއިޒް މަގާމުން ވަކި ކުރަން ފާސްކޮށްފި

03 ޑިސެމްބަރު 2025
ގާޒީ ފާއިޒް މަގާމުން ވަކި ކުރަން ފާސްކޮށްފި
01 ޑިސެމްބަރު 2025

ފެނަކަ ބްރާންޗު ތަކުގައި ސެކިއުރިޓީ ކެމެރާ ހަރުކުރާނެ ބަޔަކު ކަނޑައެޅުމުގައި ކޮރަޕްޝަން ހިންގާފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ދައުވާ ކުރަން ހުށަހަޅައިފި

ކްރިމިނަލް ކޯޓުގެ ގާޒީ، ފާއިޒް ވަކިކުރުމުގެ މައްސަލަ ކޮމިޓީއަށް

01 ޑިސެމްބަރު 2025
ކްރިމިނަލް ކޯޓުގެ ގާޒީ، ފާއިޒް ވަކިކުރުމުގެ މައްސަލަ ކޮމިޓީއަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް