Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޕްރައިމަރީ ހެލްތް ކެއަރ

އަންނަ މާރޗް މަހު ޕްރައިމަރީ ހެލްތް ކެއަރ އިފްތިތާހުކުރެވޭނެ: މިނިސްޓަރ

24 ޖެނުއަރީ 2022 | ހޯމަ 04:33

ރާއްޖޭގައި މީގެ ކުރިން ޕްރައިމަރީ ހެލްތް ކެއަރ ކުރިއަށް ގެންގޮސްފައިވޭ

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 24 ޖެނުއަރީ 2022 | ހޯމަ 04:33
ހެލްތް މިނިސްޓަރ އަހުމަދު ނަސީމް

ހެލްތް މިނިސްޓަރ އަހުމަދު ނަސީމް

އަންނަ މާރޗް މަސް ނިމުމުގެ ކުރިން ރާއްޖޭގައި ޕްރައިމަރީ ހެލްތް ކެއަރ އިފްތިތާހުކުރައްވާނެ ކަމަށް ހެލްތް މިނިސްޓަރ އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ނަސީމް މިފަދައިން ވިދާޅުވީ ކޮމަންޑޫގެ ބައި އިލެކްޝަންގައި ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓްގެ ކެމްޕެއިންގައި ށ. މަރޮށީގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިނިސްޓަރ ނަސީމް ވިދާޅުވީ ރާއްޖޭގެ ސިއްހީ ނިޒާމުގެ ކަންކަން މިހާރު ބައްޓަންވަމުން އަންނަނީ ވަރަށް ރަނގަޅަށް ކަމަށެވެ. އަދި މިއަހަރުގެ ތެރޭގައި ރާއްޖޭގެ ސިއްހީ ނިޒާމަށް ވަރަށް ބޮޑު އިންގިލާބެއް އަންނާނެ ކަމުގެ ޔަގީންކަން މިނިސްޓަރ ވަނީ ދެއްވާފައެވެ.

Advertisement - newsAdvertisement

މިގޮތުން މާރޗް މަސް ނިމުމުގެ ކުރިން ރާއްޖޭގައި ޕްރައިމަރީ ހެލްތް ކެއަރ އިފްތިތާހުކުރައްވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ ޕްރައިމަރީ ހެލްތް ކެއަރ މީގެ ކުރިން ރާއްޖޭގައި ވަރަށް ރަނގަޅަށް ކުރިއަށް ގެންގޮސްފައިވާކަމަށެވެ. އެހެންނަމަަވެސް 2004 ވަނަ އަހަރު މިކަމުން ކުޑަކޮށް އެކަހެރި ވެވިފައިވާކަމަށާއި، އެއީ ވަރަށް ދެރަކޮށް ކުރެވުނު ކަމެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ރާއްޖޭގައި ޕްރައިމަރީ ހެލްތް ކެއަރ ކުރިއަށްގެންދިޔައިރު ރާއްޖޭގައި ތިބި ޑޮކްޓަރުން ވަރަށް މަދު ކަމަށެވެ. އެހެންނަމަވެސް ހެލްތް ކެއަރ ވޯކަރުން ވަނީ މިކަން ވަރަށް ފުރިހަމައަށް ބަލަހައްޓާ، ކުރިއަށްގެންގޮސްފައިކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ޕްރައިމަރީ ހެލްތް ކެއަރއާއެކު މީހުންނަށް ބަލިތައް ޖެހޭ މިންވަރު މަދުކުރެވޭނެ ކަމަށެވެ. އެމީހެއްގައި ކިބައިގައި ހުރީ ކޮން ބައްޔެއްކަން މާ ކުރިން ދެނެގަނެވިގެންދާކަމަށާއި، ދުޅަހެޔޮ ސިއްހަތެއް ގާއިމްކުރެވޭނީ ޕްރައިމަރީ ހެލްތް ކެއަރގެ ތެރެއިން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ޕްރައިމަރީ ހެލްތް ކެއަރ ފެށުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވަރަށް ޚާއްސަ އިސްކަމެއް ދެއްވާފައިވާ ކަމެއް ކަމަށެވެ.

މިނިސްޓަރ މިފަދައިން ވިދާޅުވެފައިވާއިރު، ޕްރައިމަރީ ހެލްތް ކެއަރ ފެށުމަށް ޕައިލެޓް ޕްރޮގްރާމެއްވެސް ވަނީ ކުރިއަށްގެންގޮސްފައެވެ. އަދި ޕްރައިމަރީ ހެލްތް ކެއަރ ކުރިއެރުވުމަށް ކިއުބާ ސަރުކާރާއެކު ވަނީ އެއްބަސްވުމެއްގައިވެސް ސޮއިކޮށްފައެވެ.

ޕްރައިމަރީ ހެލްތް ކެއަރއާ ގުޅޭގޮތުން މީގެ ކުރިން ރާއްޖެޓީވީއަށް ދެއްވި އިންޓަރވިއުއެއްގައި މިނިސްޓަރ ނަސީމް ވިދާޅުވީ ދިވެހިރާއްޖޭގެ ސިއްހީ ނިޒާމު އަލަށް ބައްޓަން ކުރެވުނު ޒަމާނުގައި، އެންމެ ބޮޑު އިސްކަމެއް ދެވުނީ ޕްރައިމަރީ ހެލްތުކެއަރ މެދުވެރިކޮށް ރައްޔިތުންނާ ގާތުން ސިއްހީ ޚިދުމަތް ފޯރުކޮށްދިނުމަށެވެ. ނަމަވެސް، ދިވެހި ރައްޔިތުންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް އައި ބަދަލުތަކާއި، ދުނިޔޭގެ ސިއްހީ އޮނިގަނޑަށް އައި ބަދަލުތަކާއި ލިބުނު ކުރިއެރުންތަކާއި، ކެއުން ބުއިމުގެ އާދަކާދަތައް ބަދަލުވުމާއި، ދިވެހި ރައްޔިތުންގެ ‘އެކްސްޕެކްޓޭޝަންސް’ ބަދަލުވުމާއި، އަދި އެހެނިހެން ކަންކަމާ ގުޅިގެން، ރާއްޖޭގެ ސިއްހީ ނިޒާމުގެ ފޯކަސް ބަދަލުވީ ކިއުރެޓިވް ކެއަރ ނުވަތަ ބަލިވުމަށްފަހު ބޭސްފަރުވާ ހޯދުމުގެ ގޮތުން، ސްޕެޝަލިސްޓް ކެއަރ ކުރިއެރުވުމުގެ ސިސްޓަމަކަށް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެގޮތުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހޮސްޕިޓަލްތަކާއި ޒަމާނީ ހެލްތު ސެންޓަރުތައް ގާއިމު ކުރުމުގެ މަސައްކަތްތައް ވަނީ ކުރެވިފައެވެ.

ހެލްތު މިނިސްޓަރު، އަޙުމަދު ނަސީމް

އެންމެ ހިނގާ

1

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

2

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

3

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

4

އީރާން ބަލިވެފައިވާކަމަށް 106 ފަހަރު އަދި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް 80 ފަހަރު ޓްރަމްޕް ވިދާޅުވެފައިވާތީ، އީރާންގެ ޤައުމީ ސަލާމަތާ ބެހޭ ކޮމެޓީގެ މެންބަރެއްގެ މަލާމާތް ޓްރަމްޕް އަށް!

5

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

އިތުރަށް ކިޔާލަން

25 އޮކްޓޯބަރު 2023

ގައުމީ އެމްބިއުލާންސްގެ ޚިދުމަތް ފަށައިފި، ގުޅޭނެ ނަންބަރަކީ 100!

25 އޮކްޓޯބަރު 2023
ގައުމީ އެމްބިއުލާންސްގެ ޚިދުމަތް ފަށައިފި، ގުޅޭނެ ނަންބަރަކީ 100!
07 އެޕްރީލު 2023

މިއަހަރު ރާއްޖެއިން ރުބެއްލާ ފޮހެލަން އަމާޒު ހިފައިފި

07 އެޕްރީލު 2023
މިއަހަރު ރާއްޖެއިން ރުބެއްލާ ފޮހެލަން އަމާޒު ހިފައިފި
18 ޑިސެމްބަރު 2022

ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާގެ ދެކުނު އިރުމަތީ އޭޝިއާ ސަރަޙައްދުގެ ރީޖަނަލް ޑިރެކްޓަރ ރާއްޖެ ވަޑައިގެންފި

18 ޑިސެމްބަރު 2022
ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާގެ ދެކުނު އިރުމަތީ އޭޝިއާ ސަރަޙައްދުގެ ރީޖަނަލް ޑިރެކްޓަރ ރާއްޖެ ވަޑައިގެންފި
06 ޑިސެމްބަރު 2022

ދެމެހެއްޓެނިވި ގޮތެއްގައި އޯގާތެރި، ދުޅަހެޔޮ މުޖުތަމައެއް ބިނާކުރަން އެންމެ މުހިންމު މަސައްކަތަކީ ނަފްސާނީ ދުޅަހެޔޮކަން ތަރައްގީ ކުރުން: ނަސީމް

06 ޑިސެމްބަރު 2022
ދެމެހެއްޓެނިވި ގޮތެއްގައި އޯގާތެރި، ދުޅަހެޔޮ މުޖުތަމައެއް ބިނާކުރަން އެންމެ މުހިންމު މަސައްކަތަކީ ނަފްސާނީ ދުޅަހެޔޮކަން ތަރައްގީ ކުރުން: ނަސީމް
08 ނޮވެމްބަރު 2022

އަމާޒަކީ 2030ގެ ކުރިން ގައިންގަޔަށް ނާރާ ބަލިތައް ބޮޑުތަނުން ދަށްކުރުން: ނަސީމް

08 ނޮވެމްބަރު 2022
އަމާޒަކީ 2030ގެ ކުރިން ގައިންގަޔަށް ނާރާ ބަލިތައް ބޮޑުތަނުން ދަށްކުރުން: ނަސީމް
02 ނޮވެމްބަރު 2022

މާމެންދޫ އަދި ނިލަންދޫ ސިއްހީ މަރުކަޒު އަޕްގްރޭޑް ކުރުމުގެ މަސައްކަތް އަންނަ އަހަރު ކުރީކޮޅު ނިމޭނެ – ނަސީމް

02 ނޮވެމްބަރު 2022
މާމެންދޫ އަދި ނިލަންދޫ ސިއްހީ މަރުކަޒު އަޕްގްރޭޑް ކުރުމުގެ މަސައްކަތް އަންނަ އަހަރު ކުރީކޮޅު ނިމޭނެ – ނަސީމް
26 އޮކްޓޯބަރު 2022

މިނިސްޓަރ ނަސީމަށް އެންމެ ބޮޑު އުފާވެރިކަމެއް ލިބިލައްވަނީ މަލަކަށް ބަލާލެއްވުމުން

26 އޮކްޓޯބަރު 2022
މިނިސްޓަރ ނަސީމަށް އެންމެ ބޮޑު އުފާވެރިކަމެއް ލިބިލައްވަނީ މަލަކަށް ބަލާލެއްވުމުން
25 އޮކްޓޯބަރު 2022

ފޯޅަވައްސަކީ ރާއްޖޭގެ ތަނެއްގެ ގޮތުގައި އެއްވެސް އިރެއްގައި ދައުވާ ނުކުރޭ – ނަސީމް

25 އޮކްޓޯބަރު 2022
ފޯޅަވައްސަކީ ރާއްޖޭގެ ތަނެއްގެ ގޮތުގައި އެއްވެސް އިރެއްގައި ދައުވާ ނުކުރޭ – ނަސީމް
25 އޮކްޓޯބަރު 2022

ހޮސްޕިޓަލުތައް ހިންގަން ޖެހޭނީ މިނިސްޓްރީ އާ ވަކިން، އަންނަ އަހަރު އިންގިލާބީ ބަދަލެއް އަންނާނެ – ނަސީމް

25 އޮކްޓޯބަރު 2022
ހޮސްޕިޓަލުތައް ހިންގަން ޖެހޭނީ މިނިސްޓްރީ އާ ވަކިން، އަންނަ އަހަރު އިންގިލާބީ ބަދަލެއް އަންނާނެ – ނަސީމް
10 އޮކްޓޯބަރު 2022

އަމާޒަކީ ސިއްޙީ ދާއިރާއާ ގުޅުންހުރި ދިރާސާތައް ކުރެވޭ މިންވަރު އިތުރުކޮށް އެކަމަށް މަގުފަހިވާ ވެއްޓެއް ގާއިމުކުރުން - ނަސީމް

10 އޮކްޓޯބަރު 2022
އަމާޒަކީ ސިއްޙީ ދާއިރާއާ ގުޅުންހުރި ދިރާސާތައް ކުރެވޭ މިންވަރު އިތުރުކޮށް އެކަމަށް މަގުފަހިވާ ވެއްޓެއް ގާއިމުކުރުން - ނަސީމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް