Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކްރިމިނަލް ކޯޓުގައި ހިނގާ މައްސަލަތައް

ކޯޓުގައި މައްސަލަތައް ތާވަލު ނުކުރެވި ގިނަ ދުވަސްވެގެންދާތީ ޕީޖީގެ ކަންބޮޑުވުން

22 ޖެނުއަރީ 2022 | ހޮނިހިރު 13:46

ޖިނާއީ އިޖުރާއާތުގެ ގާނޫނުގެ 116 ވަނަ މާއްދާގައި ބަޔާންކޮށްފައިވާގޮތަށް މައްސަލަތައް ޝެޑިއުލް ކުރެވެމުންނެއްނުދޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 22 ޖެނުއަރީ 2022 | ހޮނިހިރު 13:46
ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް

ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް

ކްރިމިނަލް ކޯޓުގައި ބައެއް މައްސަލަތައް ތާވަލުނުކުރާތާ ގިނަ ދުވަސްތަކެއް ވެފައިވާއިރު، އެކަމަކީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

ހޮނިހިރު ދުވަހު ރާއްޖެއެމްވީއާ ވާހަކަ ދައްކަވަމުން ޝަމީމް ވިދާޅުވީ، ދައުވާ އުފުލައި ކޯޓަށް ހުށައަޅާފައިވާ މައްސަލަތައް ތާވަލު ނުކުރެވި ގިނަ ދުވަސްތަކެއް ވެގެން ދިއުމަކީ ކަންބޮޑުވެވަޑައިގަންނަވާކަމެއް ކަމަށެވެ. އެގޮތުން ޖިނާއީ އިޖުރާއާތުގެ ގާނޫނުގެ 116 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް މައްސަލަތައް ޝެޑިއުލް ކުރެވެމުން ނުދިއުމަކީ ނުހަނު ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި ޝަމީމް ސިފަ ކުރެއްވިއެވެ. ވަކިން ޚާއްސަކޮށް ރައްޔިތުންގެ މަސްލަހަތު މަތީ މިންވަރަކަށް ހިމެނޭ މައްސަލަތައް ތާވަލު ނުކުރެވި ގިނަ ދުވަސްތައް ވެގެންދާ ދިއުން ޝަމީމް މިސާލެއްގެ ގޮތުން ފާހަގަ ކުރެއްވިއެވެ.

Advertisement - newsAdvertisement

ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 116 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ; ދައުވާ ލިބޭ ފަރާތުގެ މައްޗަށް ހުށަހެޅިފައިވާ ދައުވާއައިގެން ކުރިއަށްދާނެ ތަނެއް އޮތް ކަމަށް ފަނޑިޔާރު ނިންމަވައިފިނަމަ، އެ ގާނޫނުގެ ސާދަވަނަ ބާބުގައިވާ ގޮތުގެމަތިން ޝަރީއަތް ފެށުމުގެ ކުރިން ހުށަހަޅަން ބޭނުންވާ ހުށަހެޅުންތައް ހުށަހެޅުމަށް މުއްދަތެއް ކަނޑައަޅައި، އެ މުއްދަތުން އުނިނުވާ ގޮތަށް، މައްސަލައިގެ ޝަރީއަތުގެ އަޑުއެހުންތައް ބާއްވާނެ ދުވަސްތައް، ދައުލަތާއި ދައުވާ ލިބޭ ފަރާތާ މަޝްވަރާކުރުމަށްފަހު، ކޯޓުން ކަނޑައަޅައި ތާވަލު ކުރަންވާނެ ކަމަށެވެ.

ގާނޫނުގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، މިހާރުވެސް ގިނަ ދުވަސްވީ އެތައް މައްސަލައެއް ކޯޓުގައި ފުނި ޖެހިފައިވެއެވެ. އޭގެ ތެރޭގައި ރައްޔިތުންގެ ކަންބޮޑުވުން ގުޅިފައިވާ ބޮޑެތި މައްސަލަތައްވެސް ހިމެނެއެވެ. މިސާލެއްގެ ގޮތުން ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރ އައިޝަތު އާޒިމާ ޝަކޫރުގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރ ކުރުމާ ގުޅޭ ދެ ދައުވާގެ އަޑުއެހުން ކްރިމިނަލް ކޯޓުގައި ކުރިއަށް ނުގެންދާތާ ގިނަ ދުވަސްތަކެއް މިވަނީ ވެފައެވެ. މި މައްސަލާގައި އެންމެ ފަހުން އަޑުއެހުމެއް ބާއްވާފައިވަނީ މީގެ ދޮޅުއަހަރު ކުރިންނެވެ. އެގޮތުން އިބްތިދާއީ އަޑުއެހުންތަކެއް ބޭއްވުމަށްފަހު، މި މައްސަލަ އިތުރަށް ކުރިއަށް ގެންގޮސްފައެއް ނުވެއެވެ.

މި މައްސަލާގައި އެންމެ ފަހުން އަޑުއެހުމެއް ބާއްވާފައިވަނީ މީގެ ދޮޅުއަހަރު ކުރިންނެވެ. އެގޮތުން އިބްތިދާއީ އަޑުއެހުންތަކެއް ބޭއްވުމަށްފަހު، މި މައްސަލަ އިތުރަށް ކުރިއަށް ގެންގޮސްފައެއް ނުވެއެވެ.

އޭގެ އިތުރުން، ޓެކްސީ ޑްރައިވަރ ގާސިމް ހަސަންގެ މަރުގެ މައްސަލަވެސް ކޯޓުގައި ކުރިއަށް ނުދާތާ ގިނަ ދުވަސްތަކެއް މިވަނީ ވެފައެވެ. އެ މައްސަލާގައިވެސް އެންމެ ފަހުން އަޑުއެހުމެއް ބާއްވާފައިވަނީ ނިމިދިޔަ އަހަރުގެ ކުރީކޮޅުއެވެ. މަރުގެ މިފަދަ ބޮޑެތި މައްސަލަތަކުގެ ޝަރީއަތްތައް ދިގުލައިގެން ދިއުމަކީ ރައްޔިތުން އެކަމުގެ ކަންބޮޑުވުން އިންތިހާއަށް ފާޅުކުރާ ކަންކަމެވެ.

ކްރިމިނަލް ކޯޓްޕީޖީ އޮފީސް

އެންމެ ހިނގާ

1

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

2

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

3

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

4

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

5

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި
10 ޑިސެމްބަރު 2025

ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

10 ޑިސެމްބަރު 2025
ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި
08 ޑިސެމްބަރު 2025

އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި

08 ޑިސެމްބަރު 2025
އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި
07 ޑިސެމްބަރު 2025

ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

07 ޑިސެމްބަރު 2025
ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް
06 ޑިސެމްބަރު 2025

އެޕަރޓްމަންޓަކަށް ވަދެ، ތޫނު އެއްޗަކުން މީހަކަށް ހަމަލާ ދިން މައްސަލާގައި ހައްޔަރު ކުރި މީހާގެ ބަންދަށް ފަސް ދުވަސް

06 ޑިސެމްބަރު 2025
އެޕަރޓްމަންޓަކަށް ވަދެ، ތޫނު އެއްޗަކުން މީހަކަށް ހަމަލާ ދިން މައްސަލާގައި ހައްޔަރު ކުރި މީހާގެ ބަންދަށް ފަސް ދުވަސް
03 ޑިސެމްބަރު 2025

ސަނީ 30 ދުވަހަށް ބަންދު ކޮށްފި

03 ޑިސެމްބަރު 2025
ސަނީ 30 ދުވަހަށް ބަންދު ކޮށްފި
03 ޑިސެމްބަރު 2025

ގާޒީ ފާއިޒް މަގާމުން ވަކި ކުރަން ފާސްކޮށްފި

03 ޑިސެމްބަރު 2025
ގާޒީ ފާއިޒް މަގާމުން ވަކި ކުރަން ފާސްކޮށްފި
01 ޑިސެމްބަރު 2025

ފެނަކަ ބްރާންޗު ތަކުގައި ސެކިއުރިޓީ ކެމެރާ ހަރުކުރާނެ ބަޔަކު ކަނޑައެޅުމުގައި ކޮރަޕްޝަން ހިންގާފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ދައުވާ ކުރަން ހުށަހަޅައިފި

01 ޑިސެމްބަރު 2025
ފެނަކަ ބްރާންޗު ތަކުގައި ސެކިއުރިޓީ ކެމެރާ ހަރުކުރާނެ ބަޔަކު ކަނޑައެޅުމުގައި ކޮރަޕްޝަން ހިންގާފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ދައުވާ ކުރަން ހުށަހަޅައިފި
01 ޑިސެމްބަރު 2025

ކްރިމިނަލް ކޯޓުގެ ގާޒީ، ފާއިޒް ވަކިކުރުމުގެ މައްސަލަ ކޮމިޓީއަށް

01 ޑިސެމްބަރު 2025
ކްރިމިނަލް ކޯޓުގެ ގާޒީ، ފާއިޒް ވަކިކުރުމުގެ މައްސަލަ ކޮމިޓީއަށް
28 ނޮވެމްބަރު 2025

‎ސަޢީދު އަށް ހުކުމް އިއްވިތާ ދެ މަސް، ދައުވާ ސާބިތުވި އަނެއް ފަރާތަށް ދިފާޢުވާން އިތުރު ފުރުޞަތެއް: އިންސާފުވެރިތަ؟

28 ނޮވެމްބަރު 2025
‎ސަޢީދު އަށް ހުކުމް އިއްވިތާ ދެ މަސް، ދައުވާ ސާބިތުވި އަނެއް ފަރާތަށް ދިފާޢުވާން އިތުރު ފުރުޞަތެއް: އިންސާފުވެރިތަ؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް