Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެމްޓީސީސީގެ މަސައްކަތްތައް

އަމާޒަކީ ކުރިއަށް އޮތް 5 ވަރަކަށް އަހަރުތެރޭ، އެމްޓީސީސީއަކީ ބިލިއަން ޑޮލަރުގެ ކުންފުންޏަކަށް ހެދުން: އާޒިމް

ބަޖެޓުގެ މިންގަނޑުގެ ތެރެއިން، 150 މީހުން ތަމްރީނު ކުރާނެ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 22 ޖެނުއަރީ 2022 | ހޮނިހިރު 13:33
އަމާޒަކީ ކުރިއަށް އޮތް 5 ވަރަކަށް އަހަރުތެރޭ، އެމްޓީސީސީއަކީ ބިލިއަން ޑޮލަރުގެ ކުންފުންޏަކަށް ހެއްދެވުންކަމަށް އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވޭ

އަމާޒަކީ ކުރިއަށް އޮތް 5 ވަރަކަށް އަހަރުތެރޭ، އެމްޓީސީސީއަކީ ބިލިއަން ޑޮލަރުގެ ކުންފުންޏަކަށް ހެއްދެވުންކަމަށް އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވޭ

އަމާޒަކީ ކުރިއަށް އޮތް 5 ވަރަކަށް އަހަރުތެރޭ އެމްޓީސީސީއަކީ ބިލިއަން ޑޮލަރުގެ ކުންފުންޏަކަށް ހެއްދެވުންކަމަށް އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

ހޮނިހިރު ދުވަހު ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އާޒިމް ވިދާޅުވީ، ފިނި ކޮޓަރީގައި ތިބެގެން އެމްޓީސީސީ ފަދަ ކުންފުނިތައް ނުހިންގޭނެ ކަމަށެވެ. އެކަމަށްޓަކައި، މަސައްކަތް ކުރާ ތަންތަނަށް ގޮސް ހާލަތު އަމިއްލައަށް ބެލުން މުހިއްމުކަން ފާހަގަ ކުރައްވައި އާޒިމް ވިދާޅުވީ، ކުންފުންޏާ ގުޅުންހުރި ގިނަ މަސައްކަތްތަކުގައި ދުވަހުގެ ވަގުތުތައް ހޭދަ ކުރައްވާކަމަށެވެ.

އާޒިމް ވިދާޅުވީ، އިންޓަރނޭޝަނަލް ޑޮކްޔާޑެއް ގާއިމުކުރެއްވުމުގެ މަސައްކަތަކީ ނުހަނު ބޭނުންފުޅުވާ މަސައްކަތެއް ކަމަށެވެ. އެ މަސައްކަތް ކުރިއަށް ގެންދިއުމަށް ބައެއް ގޮންޖެހުންތައް ހުރިނަމަވެސް، އަމާޒަކީ މި އަހަރު ނިމުމުގެ ކުރިން އެމްޓީސީސީ ޑޮކްޔާޑަކީ އިންޓަރނޭޝަނަލް ޑޮކްޔާޑަކަށް ހެއްދެވުންކަމަށެވެ. އެވަރަށް މީހުން ތަމްރީނު ކުރުމާއި، ސާމާނު ހޯދުމުގެ މަސައްކަތް މިހާރު ކުންފުނިން ކުރަމުންދާ ކަމަށާއި، ސަރުކާރުގެ ފަރާތުންވެސް އެކަމަށް އެއްބާރުލުން ލިބެމުންދާކަމަށް އާޒިމް ވިދާޅުވިއެވެ.

އާޒިމް އިތުރަށް ވިދާޅުވީ، އެމްޓީސީސީއަކީ އިންޖިނިއަރިންގ ދާއިރާއިން ބަލާނަމަ ރާއްޖޭގައި އޮތް އެންމެ ހަރުދަނާ އަދި އެންމެ ވަރުގަދަ ކުންފުންޏަށް ހެދުމަކީވެސް ކުންފުނީގެ އަމާޒެއް ކަމަށެވެ. އެގޮތުން އެކަމަށްޓަކައި ކުރިއަށް އޮތް 5 އަހަރުގެ ތެރޭގައި (ބަޖެޓުގެ މިންގަނޑުގެ ތެރެއިން) 150 މީހުން ތަމްރީނު ކުރައްވާނެކަމަށް އާޒިމް ވިދާޅުވިއެވެ. އަދި އެކަމަށްޓަކައި ފުރަތަމަ ބެޗް މިއަހަރު ފޮނުވުމަށް ހަމަޖެހިފައިވާކަމަށް އާޒިމް ވިދާޅުވިއެވެ. އަދި މި އަމާޒުގައި މަސައްކަތް ކުރެވިއްޖެނަމަ އެމްޓީސީސީއަކީ ކުރިއަށް އޮތް 5 އަހަރާ 7 އަހަރާ ދެމެދުގެ މުއްދަތެއްގައި އެއް ބިލިއަން ޑޮލަރުގެ ކުންފުންޏަކަށް ބަދަލު ކުރުމަކީ އުނދަގޫކަމަކަށް ނުވާނެކަމަށް އާޒިމް ވިދާޅުވިއެވެ.

އެކަމަށްޓަކައި މުވައްޒަފުންނާއި ފައިސާވެސް ބޭނުންވާކަން ފާހަގަ ކުރައްވައި އާޒިމް ވިދާޅުވީ، ރައީސް ސޯލިޙުގެ ސަރުކާރު ދެމިއޮތްހާ ހިނދަކު އެކަން ހާސިލު ކުރުމަކީ ދުރުކަމެއް ނޫން ކަމަށެވެ.

އާޒިމް ކުންފުންޏާ ހަވާލުވެވަޑައިގަތްފަހުން ކުންފުނީގެ ހިންގުމަށް ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން ކުންފުނީގެ މުވައްޒަފުންނާ އެއްގަޑިއެއްގައި ވެރިންވެސް އޮފީހަށް ހާޒިރުވާން ޖެހޭ ގޮތް ހެދުމާއި، ކުންފުނީގެ އެންމެ ދަށް މުސާރަ ލިބޭ މުވައްޒަފުންނަށްވެސް މަދުވެގެން 10،000 ރުފިޔާ މުސާރައިގެ ގޮތުގައި ލިބޭނެ ގޮތް ހަމަޖެއްސެވުން ހިމެނެއެވެ.

އާޒިމް އިތުރަށް ވިދާޅުވީ، މިހާރުވެސް ފާއިތުވެގެން ދިޔަ 2021 ވަނަ އަހަރަކީ އެމްޓީސީސީގެ ދިގު ތާރީޚުގައިވެސް އެ ކުންފުނީގެ ފައިދާ ރެކޯޑު މިންވަރަކަށް އިތުރުވެގެން ދިޔަ އަހަރެއް ކަމަށެވެ. އަދި ކުންފުންޏަށް ލިބޭ ކާމިޔާބީގެ ތައުރީފު ހަގީގަތުގައި ހައްގުވަނީ ކުންފުނީގެ ހީވާގި މުވައްޒަފުންނަށް ކަމަށްވެސް އާޒިމް ވިދާޅުވިއެވެ.

އެމްޓީސީސީއާދަމް ޢާޒިމްފަށާއިރު

އިތުރަށް ކިޔާލަން

09 ޑިސެމްބަރު 2025

ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް

09 ޑިސެމްބަރު 2025
ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް
07 ޑިސެމްބަރު 2025

ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި

07 ޑިސެމްބަރު 2025
ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި
23 ނޮވެމްބަރު 2025

މިނިސްޓަރ އަމީން ވަނީ އަޚުލާގީ މިންގަނޑުން ބޭރުވެފައި، އިޚުލާސްތެރި ނިޔަތެއް އޮތް ނަމަ އިސްތިއުފާ ދެއްވާ: ޑީއޭއެމް

23 ނޮވެމްބަރު 2025
މިނިސްޓަރ އަމީން ވަނީ އަޚުލާގީ މިންގަނޑުން ބޭރުވެފައި، އިޚުލާސްތެރި ނިޔަތެއް އޮތް ނަމަ އިސްތިއުފާ ދެއްވާ: ޑީއޭއެމް
19 ނޮވެމްބަރު 2025

ސަރުކާރުގެ ޓެކްސީ ލައިންގައި ޓެކްސީ ކުރާނެ ޑްރައިވަރުން ހޯދަން އިއުލާން ކޮށްފި

19 ނޮވެމްބަރު 2025
ސަރުކާރުގެ ޓެކްސީ ލައިންގައި ޓެކްސީ ކުރާނެ ޑްރައިވަރުން ހޯދަން އިއުލާން ކޮށްފި
19 ނޮވެމްބަރު 2025

އޮޑިޓްގެ މަސައްކަތް ލަސްވެ، އެއްވެސް ސިޓީ އަކަށް ޖަވާބު ނުލިބޭތީ މޭޔަރު އާޒިމް އޮޑިޓް އޮފީހަށް

19 ނޮވެމްބަރު 2025
އޮޑިޓްގެ މަސައްކަތް ލަސްވެ، އެއްވެސް ސިޓީ އަކަށް ޖަވާބު ނުލިބޭތީ މޭޔަރު އާޒިމް އޮޑިޓް އޮފީހަށް
15 ނޮވެމްބަރު 2025

ދެ އަހަރުން މުއިއްޒަށް ކުރެވުނު ކަމަކީ ރައްޔިތުންގެ ފައިސާއިން 110 ބިލިއަން ރުފިޔާ ތަޅާ ބުރުވުން: މޭޔަރު އާޒިމް

15 ނޮވެމްބަރު 2025
ދެ އަހަރުން މުއިއްޒަށް ކުރެވުނު ކަމަކީ ރައްޔިތުންގެ ފައިސާއިން 110 ބިލިއަން ރުފިޔާ ތަޅާ ބުރުވުން: މޭޔަރު އާޒިމް
15 ނޮވެމްބަރު 2025

ހުޅުމާލޭގެ މުނިސިޕަލް ޚިދުމަތްތައް މާލެ ސިޓީ ކައުންސިލް އާ ހަވާލު ކުރި ކަމަށް ވިދާޅުވެ މުއިއްޒު ހެއްދެވީ ބޮޑު ސިންގާ ދޮގެއް: އާޒިމް

15 ނޮވެމްބަރު 2025
ހުޅުމާލޭގެ މުނިސިޕަލް ޚިދުމަތްތައް މާލެ ސިޓީ ކައުންސިލް އާ ހަވާލު ކުރި ކަމަށް ވިދާޅުވެ މުއިއްޒު ހެއްދެވީ ބޮޑު ސިންގާ ދޮގެއް: އާޒިމް
27 އޮކްޓޯބަރު 2025

ލޯޑަރެއް ގެންގޮސްގެން އޮޅުވެލިފުށީ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތް ރައީސް ފައްޓަވައިދެއްވައިފި

27 އޮކްޓޯބަރު 2025
ލޯޑަރެއް ގެންގޮސްގެން އޮޅުވެލިފުށީ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތް ރައީސް ފައްޓަވައިދެއްވައިފި
27 އޮކްޓޯބަރު 2025

ބޭބީ ހައިމާކު އަކުން ކުރެންދޫ ބަނދަރު ތަރައްޤީ ކުރުމުގެ ބޮޑު މަޝްރޫޢު ރައީސް ފައްޓަވައި ދެއްވައިފި

27 އޮކްޓޯބަރު 2025
ބޭބީ ހައިމާކު އަކުން ކުރެންދޫ ބަނދަރު ތަރައްޤީ ކުރުމުގެ ބޮޑު މަޝްރޫޢު ރައީސް ފައްޓަވައި ދެއްވައިފި
17 އޮކްޓޯބަރު 2025

އެމްޓީސީސީ އޮތީ މިހާރު ބަނގުރޫޓުވެފައި، ސަރުކާރުން ދަނީ އެކަން ފޮރުވަމުން: އަމްރު

17 އޮކްޓޯބަރު 2025
އެމްޓީސީސީ އޮތީ މިހާރު ބަނގުރޫޓުވެފައި، ސަރުކާރުން ދަނީ އެކަން ފޮރުވަމުން: އަމްރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު