Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކާނަލް ނާޒިމް ފްރޭމް ކުރުން

ނާޒިމް ފްރޭމްކުރުމަކީ ސީދާ ރައީސް ޔާމީނު ދެއްވި ލަނޑެއްކަން މިހާރު އެނގޭ: އާޒިމް

އެކަން ހިނގާދިޔައިރު އާޒިމް ހުންނެވީ އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމުގައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 22 ޖެނުއަރީ 2022 | ހޮނިހިރު 04:12
ހޮނިހިރު ދުވަހު ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމްގައި އާޒިމް ވާހަކަ ދައްކަވަނީ

ހޮނިހިރު ދުވަހު ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމްގައި އާޒިމް ވާހަކަ ދައްކަވަނީ

ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމްގެ ގެކޮޅުން ފިސްތޯލައެއް ފެނުނު ހާދިސާއަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ނާޒިމްއަށް ދެއްވި "ލަނޑެއްކަން" މިހާރު އެނގިވަޑައިގަންނަވާކަމަށް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

ހޮނިހިރު ދުވަހު ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އާޒިމް ވިދާޅުވީ، އެކަން ހިނގާދިޔައިރު އާޒިމް ހުންނެވީ އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމުގައި ކަމަށާއި، އޭރު މިއީ ކިހާވަރެއްގެ ކަމެއްކަން އެނގިވަޑައިނުގަންނަވާކަމަށެވެ. ނަމަވެސް ފަހުން ހިނގައިދިޔަ ކަންކަމުން، މިކަމުގެ ފަހަތުގައިވާ ހަގީގަތްތައް އެނގިވަޑައިގަތްކަމަށާއި, އެއާއެކު، އާޒިމް ކޮންމެ ގޮތެއް ހަދާފައިވެސް މިނިވަން ކުރުމަށް އޭރު އަޒުމު ކަނޑައެޅުއްވިކަމަށް އާޒިމް ވިދާޅުވިއެވެ.

Advertisement - newsAdvertisement

"އޭރަކު ހިތަކަށްނާރާ މިވަރުބޮޑު ލަނޑެއް ދޭންކަމެއް މި އުޅެނީކީ"އާޒިމް ވިދާޅުވިއެވެ.

އޭގެ އިތުރުން، ސިޔާސީ ކަންކަމަށް ވަދެވަޑައިގަންނަވަން ޖެހުނު މައިގަނޑު ސަބަބަކީވެސް އެ ހާދިސާކަމަށް އާޒިމް ވިދާޅުވިއެވެ. އެގޮތުން ނާޒިމް ހައްޔަރު ކުރި ހިސާބުން، އެއީ އިންސާފުވެރިކޮށް ހިނގަމުންދާ ކަމެއް ނޫންކަން ގަބޫލު ކުރެއްވުނުކަމަށާއި، ނާޒިމް ކުރައްވާނެ ކަންކަމާއި ނުކުރައްވާނެ ކަންކަން އެނގިވަޑައިގަންނަވާ ކަމަށް އާޒިމް ވިދާޅުވިއެވެ.

އަދި ނާޒިމްއަށް އެވަރުގެ ބޮޑު އަނިޔާއެއް ރައީސް ޔާމީނު ދެއްވިއިރު، ނާޒިމްގެ ކަންކަމުގައި ނޫޅުއްވުމަށްވެސް އާޒިމްއަށް ރައީސް ޔާމީނު އޭރު އެންގެވިކަން އޭނާ ފާހަގަ ކުރެއްވިއެވެ. އާޒިމް ވިދާޅުވީ، ކޯޓުތަކާއި ސަރުކާރަކީ ވަކި ދެ ތަނެއްކަން އޭރު ރައީސް ޔާމީނު އަރިހުގައިވެސް ދަންނަވާފައިވާނެ ކަމަށާއި، ނާޒިމްގެ ކަންކަމުގައި ކޯޓަށްވެސް ވަޑައިގަންނަވާނެކަމަށް ރައީސް ޔާމީނު އަރިހުގައި ވިދާޅުވެފައިވާނެ ކަމަށެވެ. އެގޮތުން ކޯޓުތަކާއި ސަރުކާރަކީ ވަކި ދެ ތަނެއްކަން ރައީސް ޔާމީނުވެސް ވިދާޅުވާ ވިދާޅުވުން އެމަނިކުފާނަށް ހަނދުމަކޮށްދެއްވި ކަމަށް އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ، އަނިޔާވެރިކަން އިސްކުރާނަމަ އެ ބަޔަކާއެކު ނުތިއްބަވާނެ ކަމަށެވެ. އެކަން ރައީސް ޔާމީނަށްވެސް އެނގިވަޑައިގަންނަވާނެ ކަމަށެވެ.

2015 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި، އޭރުގެ ޑިފެންސް މިނިސްޓަރު ނާޒިމް ދިރިއުޅުއްވާ ގެއިން ފިސްތޯލައަކާއި ތިން ވަޒަން ފެނުމާއި ގުޅިގެން، ހަނގުރާމަވެރި ހަތިޔާރު ގެންގުޅުމުގެ ކުށުގައި ނާޒިމް 11 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ 2015 ވަނަ އަހަރުގެ މާޗު މަހުގެ 27 ވަނަ ދުވަހުއެވެ. ނާޒިމްގެ މައްޗަށް އިއްވާފައިވާ 11 އަހަރު ދުވަހުގެ ޖަލު ހުކުމް ސުޕްރީމް ކޯޓުން ބާތިލްކޮށްފައި ވަނީ 13 ޑިސެމްބަރު 2018ގައެވެ.

އޭރު ކާނަލް މުހައްމަދު ނާޒިމް ފްރޭމް ކުރީ ސިފައިންގެ ޝޫޓިންގ ގެލަރީއެއް ހުޅުވައިދީ އެތަނުގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ބޭނުން ކުރެއްވި ފިސްތޯލައިން ކަމަށް އަދީބު އަމިއްލަފުޅަށް ވަނީ ވިދާޅުވެފައެވެ.

ސިފައިންގެ ޝޫޓިންގ ގެލަރީ ހުޅުވާފައި ވަނީ 2014 ވަނަ އަހަރުއެވެ. އެތަން ހުޅުވައި ދެއްވުމަށްފަހު އަދީބު ވަނީ ފިސްތޯލައެއް ބޭނުން ކުރައްވައިގެން އެތަނުގައި ޝޫޓު ކުރައްވާފައެވެ. އަދީބުގެ ފަރާތުން ގާނޫނީ ވަކީލުން އޭރު ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ، ނާޒިމް ފްރޭމްކޮށްފައި ވަނީ އަސްކަރިއްޔާގެ ހިންގަވަން ހުންނެވި އިސްބޭފުޅަކާއި ދައުލަތުގެ އިސް ބޭފުޅަކު ރާވައިގެން ހިންގާފައިވާ ޖަރީމާއެއްގެ ތެރެއިން ކަމަށެވެ. 

އާދަމް ޢާޒިމްއެމްޓީސީސީފަށާއިރު

ކޮމެންޓް

އިތުރަށް ކިޔާލަން

ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް

ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް

09 ޑިސެމްބަރު 2025
ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި

ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި

07 ޑިސެމްބަރު 2025
މިނިސްޓަރ އަމީން ވަނީ އަޚުލާގީ މިންގަނޑުން ބޭރުވެފައި، އިޚުލާސްތެރި ނިޔަތެއް އޮތް ނަމަ އިސްތިއުފާ ދެއްވާ: ޑީއޭއެމް

މިނިސްޓަރ އަމީން ވަނީ އަޚުލާގީ މިންގަނޑުން ބޭރުވެފައި، އިޚުލާސްތެރި ނިޔަތެއް އޮތް ނަމަ އިސްތިއުފާ ދެއްވާ: ޑީއޭއެމް

23 ނޮވެމްބަރު 2025
ސަރުކާރުގެ ޓެކްސީ ލައިންގައި ޓެކްސީ ކުރާނެ ޑްރައިވަރުން ހޯދަން އިއުލާން ކޮށްފި

ސަރުކާރުގެ ޓެކްސީ ލައިންގައި ޓެކްސީ ކުރާނެ ޑްރައިވަރުން ހޯދަން އިއުލާން ކޮށްފި

19 ނޮވެމްބަރު 2025
އޮޑިޓްގެ މަސައްކަތް ލަސްވެ، އެއްވެސް ސިޓީ އަކަށް ޖަވާބު ނުލިބޭތީ މޭޔަރު އާޒިމް އޮޑިޓް އޮފީހަށް

އޮޑިޓްގެ މަސައްކަތް ލަސްވެ، އެއްވެސް ސިޓީ އަކަށް ޖަވާބު ނުލިބޭތީ މޭޔަރު އާޒިމް އޮޑިޓް އޮފީހަށް

19 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

2 ފެބުރުއަރީ
ސިފައިންގެ މީހަކު އެހެން ސިފައިންގެ ބައެއްގެ ގަޔަށް ބަޑިޖަހަން އުޅުނުކަމުގެ މައުލޫމާތު ލިބިއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ސިފައިންގެ މީހަކު އެހެން ސިފައިންގެ ބައެއްގެ ގަޔަށް ބަޑިޖަހަން އުޅުނުކަމުގެ މައުލޫމާތު ލިބިއްޖެ

އެމްޑީޕީ ޕްރައިމަރީ: ގިނަ މެމްބަރުންތަކަކަށް ޓިކެޓް ކަށަވަރުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ޕްރައިމަރީ: ގިނަ މެމްބަރުންތަކަކަށް ޓިކެޓް ކަށަވަރުވެއްޖެ

މަރުވިކަމަށް ނިންމާ އިންޑިއާގައި އަންދާލި މީހެއް 8 މަސް ފަހުން އެނބުރި ގެއަށް
20233 އަހަރު ކުރިން
ތަފާތު ޚަބަރު

މަރުވިކަމަށް ނިންމާ އިންޑިއާގައި އަންދާލި މީހެއް 8 މަސް ފަހުން އެނބުރި ގެއަށް

އިންޑިއާ އައުޓް ކެމްޕެއިނާ ދެކޮޅަށް ގާނޫނު ހަދާ މައްސަލަ ބޭރު ދުނިޔޭގެ ސަމާލުކަމަށް
20224 އަހަރު ކުރިން
ރާއްޖެ

އިންޑިއާ އައުޓް ކެމްޕެއިނާ ދެކޮޅަށް ގާނޫނު ހަދާ މައްސަލަ ބޭރު ދުނިޔޭގެ ސަމާލުކަމަށް

ކުޅި، ފާ، ޗަސްބިން - އަގުނުކުރެވޭ ފަދަ މާހައުލުތަކެއް
20215 އަހަރު ކުރިން
ރިޕޯޓު

ކުޅި، ފާ، ޗަސްބިން - އަގުނުކުރެވޭ ފަދަ މާހައުލުތަކެއް

މަޖިލީހަށް ގެންނަންވާނީ ޝަރުއީ ދާއިރާ އިސްލާހު ކުރުމުގެ ވިސްނުމާއި ޤާބިލުކަން ހުރި މެމްބަރުން: ނިޝާން
20197 އަހަރު ކުރިން
ރާއްޖެ

މަޖިލީހަށް ގެންނަންވާނީ ޝަރުއީ ދާއިރާ އިސްލާހު ކުރުމުގެ ވިސްނުމާއި ޤާބިލުކަން ހުރި މެމްބަރުން: ނިޝާން

އުއްތަމަ ފަނޑިޔާރު ދިރިއުޅުއްވާ ގެކޮޅަށް އެސްޕީޖީގެ އިސް ބައެއް ފަރާތްތަކުން ގޮސްފި
20188 އަހަރު ކުރިން
ރާއްޖެ

އުއްތަމަ ފަނޑިޔާރު ދިރިއުޅުއްވާ ގެކޮޅަށް އެސްޕީޖީގެ އިސް ބައެއް ފަރާތްތަކުން ގޮސްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު