Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމޭރީ ގްރޭސްގެ މަރުގެ މައްސަލަ

މޭރީގެ މަރު: ލަމްހާގެ ފަރާތުން މާވިންއަށް ކޮށްފައިވާ މެސެޖެއްގައި އަންހެނެއްގެ ގަޔަށް ސިރިންޖު ޖަހާނެ ގޮތުގެ ވާހަކަތަކެއް!

20 ޖެނުއަރީ 2022 | ބުރާސްފަތި 08:31

މާވިން ވަނީ ކުރިއަށްދާން ބޭނުންވަނީ ވަކީލަކާއެކުކަމަށް ބުނެފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 20 ޖެނުއަރީ 2022 | ބުރާސްފަތި 08:31
މޭރީގެ މަރުގެ މައްސަލައިގައި ދައުލަތުން ދައުވާކުރަނީ މޭރީގެ ފިރިމީހާ ފިލިޕީންސްގެ ރައްޔިތެއްކަމަށްވާ މާރވިން އެސް.ވައި ވާރގަސްއާއި ޅ.ހިންނަވަރު، މާފިނި، ހަލީމަތު ލަމްޙާ އަބްދުއްރަހްމާނުގެ މައްޗަށް

މޭރީގެ މަރުގެ މައްސަލައިގައި ދައުލަތުން ދައުވާކުރަނީ މޭރީގެ ފިރިމީހާ ފިލިޕީންސްގެ ރައްޔިތެއްކަމަށްވާ މާރވިން އެސް.ވައި ވާރގަސްއާއި ޅ.ހިންނަވަރު، މާފިނި، ހަލީމަތު ލަމްޙާ އަބްދުއްރަހްމާނުގެ މައްޗަށް

އައިޖީއެމްއެޗްގައި މަސައްކަތް ކުރަމުން ދިޔަ ފިލިޕީންސްގެ އަންހެން ނަރުހެއް ކަމަށްވާ މޭރީ ގްރޭސްގެ މަރުގެ މައްސަލައިގެ ޝަރީއަތުގެ އަޑުއެހުމެއް ބުރާސްފަތި ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

މި މައްސަލައިގައި ދައުލަތުންދައުވާކުރަނީމޭރީގެ ފިރިމީހާ ފިލިޕީންސްގެ ރައްޔިތެއްކަމަށްވާ މާރވިން އެސް.ވައި ވާރގަސްއާއި ޅ.ހިންނަވަރު، މާފިނި، ހަލީމަތު ލަމްޙާ އަބްދުއްރަހްމާނުގެ މައްޗަށެވެ. އެގޮތުން ބުރާސްފަތި ދުވަހުގެ ހެނދުނު ކުރިއަށް ދިޔަ އަޑުއެހުމުގައި ވަނީ ދައުވާ ލިބޭމާވިންގެމައްސަލަ ވަކިން ކުރިއަށް ގެންގޮސްފައެވެ. އަދި މާވިންއަށް ވަކީލަކު އައްޔަނު ކުރުމަށް 10 ދުވަހުގެ މުއްދަތެއް ދީ، އޭނާ 30 ދުވަހަށް ބަންދު ކުރުމަށް ނިންމައި އެ އަޑުއެހުން ވަނީ ނިންމާލާފައެވެ.

Advertisement - newsAdvertisement

އެއަށްފަހު ލަމްހާގެ މައްޗަށް ކުރާ ދައުވާގެ އަޑުއެހުން ކުރިއަށް ގެންގޮސްފައިވާއިރު، ލަމްހާ ހާޒިރުވެފައިވަނީ އޭނާގެ ވަކީލާއެކުއެވެ. ވަކީލު ވަނީ ލަމްހާގެ މައްސަލައިގެ ބައެއް ލިޔެކިޔުންތައް ލިބިފައިނުވާކަމަށް ވިދާޅުވެފައެވެ.

އެކަމާ ގުޅޭގޮތުން ދައުލަތުގެ ވަކީލު ވިދާޅުވީ، ދައުވާ ފޯމު އަލުން އިސްލާޙުކޮށް ކޯޓަށް ހުށައަޅާފައިވާނެ ކަމަށާއި، އިތުރު ލިއުންތައް ހިމަނާފައިވާނެ ކަމަށެވެ. އަދި ދިފާއުން ފާހަގަކުރި އޯޑިއޯ ވީޑިއޯ ޑޮކިއުމަންޓް އަންނަ ހަފްތާގައި ލިބުމުން ހިއްސާ ކޮށްދެއްވާނެ ކަމަށާއި، ބައެއް އިތުރު ހެކިތައް ރައްކާތެރި ކުރުމަށް އެދިފައިވާނެ ކަމަށެވެ.

މި މައްސަލައިގެ ދައުވާ ކޯޓަށް ހުށައެޅި ފަހުން ދައުވާ ފޯމަށް އިސްލާޙުތަކެއް ގެނައީ އިތުރު ހެކިތަކެއް ހިމެނުމަށްކަމަށް ދައުލަތުގެ ވަކީލާ ވިދާޅުވިއެވެ. އެގޮތުން 3 ދައުވާއަށްވެސް އައު ހެކިތަކެއް ވަނީ ހުށައަޅާފައެވެ.

ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ ހުސައިން ފާއިޒު ރަޝާދެވެ. ގާޒީ ވަނީ ދިފާއުން މަދުވާ ލިޔެކިޔުންތައް ބެލުމަށްފަހު ކޯޓު މެދުވެރިކޮށް ހޯދުމުގެ ފުރުސަތު އޮތް ކަމަށް ވިދާޅުވެފައެވެ. އަދި ދައުލަތުން އެދިފައިވާ ގޮތަށް ބައެއް ހެކިތައް ސިއްރު ކުރުމުގެ ވަގުތީ އަމުރެއް ނެރެދެއްވުމަށްވެސް ގާޒީ ނިންމެވިއެވެ. ދެން މި މައްސަލައިގެ އަޑުއެހުމެއް އޮންނާނީ ދިފާއުއަށް ލިޔެކިޔުންތައް ލިބުމުންކަމަށް ގާޒީ ވިދާޅުވިއެވެ.

އެއަށްފަހު ބަންދު މުރާޖައާ ބައި ކުރިއަށް ގެންގޮސްފައިވާއިރު، ދައުލަތުން ވަނީ ލަމްހާ ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް އެދިފައެވެ.

މިމައްސަލައިގަ ދިފާއީ ވަކީލު ވަނީ މީހެއްގެ ފިރިއަކާ ރައްޓެހިވެގެން އުޅޭނަމަ އެމީހެއްގެ އަނބިމީހާއާ ޒުވާބު ކުރުމަކީ މުޖުތަމައުގައި އާންމު ކަމެއް ކަމަށާއި ލަމްހާއާއި މޭރީއާ ދެމެދުވެސް ހިނގާފައިވަނީ އެފަދަ ދެބަސްވުންތަކެއްކަން ވިދާޅުވެފައެވެ.

ނަމަވެސް ދައުލަތުގެ ވަކީލާ ވިދާޅުވީ، ލަމްހާގެ ފަރާތުން މާވިންއަށް ކޮށްފައިވާ މެސެޖެއްގައި އަންހެނެއްގެ ގަޔަށް ސިރިންޖު ޖަހާނެ ގޮތުގެ ވާހަކައާ ގުޅޭ މެސެޖުތަކެއް ކޮށްފައިވާ ކަމަށާއި، އޭގެ ފަހުން މާވިން ގޫގަލް ސާރޗު މެދުވެރިކޮށް އެފަދައިން މީހަކު މަރާނެ ގޮތް ސާރޗު ކޮށްފައިވާ ކަމަށެވެ. އަދި އޭގެ އިރުކޮޅެއް ފަހުން އެމީހުންގެ ދަރިފުޅު ލަމްހާއާ ޙަވާލުކޮށް، މޭރީ މަރާލުމުގެ އަމަލު ހިންގާފައިވާކަމަށް ވަކީލާ ވިދާޅުވިއެވެ. ލަމްހާގެ ގެއިން ބޭނުންކޮށްފައިވާ ބައެއް ސިރިންޖު ތަކަކީ ބޭނުންކޮށްފައިވާ ސިރިންޖުތަކެއް ކަމަށާއި، އޭގެ ތަހުލީލު ކުރުމަށް ބޭރަށް ފޮނުވާފައިވާނެ ކަމަށްވެސް ވަކީލާ ވިދާޅުވިއެވެ.

މި އަޑުއެހުމުގައި ލަމްހާ ވަނީ އެއްވެސް އެއްޗެއް ބުނަން ބޭނުން ނުވާކަމަށް ބުނެފައެވެ.

ބަންދު މުރާޖައާއާ ގުޅޭގޮތުން ދެފަރާތުން ފާހަގަކުރި ކަންކަމަށް ރިއާޔަތް ކުރައްވައި މައްސަލަ ބައްލަވާ ގާޒީ ނިންމެވީ މިވަގުތަށް ލަމްހާ 30 ދުވަހަށް ބަންދު ކުރުމަށެވެ.

ޙަލީމަތު ލަމްޙާ ޢަބްދުއްރަޙްމާނުގެ މައްޗަށް އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އުފުލާފައިވާއިރު، ލަމްހާގެ މައްޗަށް ވަނީ އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫންގޮތެއްގައި ބާރުހިންގުމުގެ ކުށުގެ ދަޢުވާވެސް އުފުލާފައެވެ. އަދި ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުމުގެ ދަައުވާވެސް އުފުލާފައިވާއިރު، ލަމްޙާ ޢަބްދުއްރަޙްމާނު ދިރިއުޅޭ ގެ ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން ބަލާ ފާސްކުރިއިރު، ލަމްޙާ ދިރިއުޅޭ ކޮޓަރި ތެރެއިން، ހޮސްޕިޓަލް އަދި ފަރުވާ ދޭ މަރުކަޒުތަކުގެ ބޭނުމަށް އެކަނި ދޫކުރެވޭ ބާވަތުގެ ބޭސްތަކެއް ފެނިފައިވެއެވެ.

މޭރީ ގްރޭސްކްރިމިނަލް ކޯޓް

އެންމެ ހިނގާ

1

ލަންކާ އެމްބަސީގައި ހުރި ތަރޑް ސެކެޓަރީއެއްގެ ބޭއަދަބީ ވީޑިއޯއެއް އާންމުވެ، އޭނާ ވަކިކުރަން ރައީސް އޮފީހުން ފޮރިން މިނިސްޓްރީއަށް އަންގައިފި

2

އީރާނު ހަނގުރާމައިގައި ބައިވެރިވި އެމެރިކާގެ 5000 މީހުންގެ މަނަވަރު އަބްރަހަމް ލިންކަން ތައިލެންޑްގައި މަޑުކުރާތީ ހަށިވިއްކުން ހުއްޓުވަން ފުލުހުން ނެރެފި

3

"އީރާނާ ދެކޮޅަށް ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފާނެ"

4

އަބްރަހަމް ލިންކަން އެނބުރި ޤައުމަށް ދިޔުމުގެ ތެރޭގައި ސިންގަޕޫރު ކައިރިން ދަތުރުކޮށްފި

5

އަނެއްކާ ވެސް އެކްސިޑެންޓެއް ހިނގައި، 17 އަހަރުގެ އަންހެން ކުއްޖަކަށް އަނިޔާވެއްޖެ

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި
10 ޑިސެމްބަރު 2025

ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

10 ޑިސެމްބަރު 2025
ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި
08 ޑިސެމްބަރު 2025

އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި

08 ޑިސެމްބަރު 2025
އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި
07 ޑިސެމްބަރު 2025

ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

07 ޑިސެމްބަރު 2025
ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް
06 ޑިސެމްބަރު 2025

އެޕަރޓްމަންޓަކަށް ވަދެ، ތޫނު އެއްޗަކުން މީހަކަށް ހަމަލާ ދިން މައްސަލާގައި ހައްޔަރު ކުރި މީހާގެ ބަންދަށް ފަސް ދުވަސް

06 ޑިސެމްބަރު 2025
އެޕަރޓްމަންޓަކަށް ވަދެ، ތޫނު އެއްޗަކުން މީހަކަށް ހަމަލާ ދިން މައްސަލާގައި ހައްޔަރު ކުރި މީހާގެ ބަންދަށް ފަސް ދުވަސް
03 ޑިސެމްބަރު 2025

ސަނީ 30 ދުވަހަށް ބަންދު ކޮށްފި

03 ޑިސެމްބަރު 2025
ސަނީ 30 ދުވަހަށް ބަންދު ކޮށްފި
03 ޑިސެމްބަރު 2025

ގާޒީ ފާއިޒް މަގާމުން ވަކި ކުރަން ފާސްކޮށްފި

03 ޑިސެމްބަރު 2025
ގާޒީ ފާއިޒް މަގާމުން ވަކި ކުރަން ފާސްކޮށްފި
01 ޑިސެމްބަރު 2025

ފެނަކަ ބްރާންޗު ތަކުގައި ސެކިއުރިޓީ ކެމެރާ ހަރުކުރާނެ ބަޔަކު ކަނޑައެޅުމުގައި ކޮރަޕްޝަން ހިންގާފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ދައުވާ ކުރަން ހުށަހަޅައިފި

01 ޑިސެމްބަރު 2025
ފެނަކަ ބްރާންޗު ތަކުގައި ސެކިއުރިޓީ ކެމެރާ ހަރުކުރާނެ ބަޔަކު ކަނޑައެޅުމުގައި ކޮރަޕްޝަން ހިންގާފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ދައުވާ ކުރަން ހުށަހަޅައިފި
01 ޑިސެމްބަރު 2025

ކްރިމިނަލް ކޯޓުގެ ގާޒީ، ފާއިޒް ވަކިކުރުމުގެ މައްސަލަ ކޮމިޓީއަށް

01 ޑިސެމްބަރު 2025
ކްރިމިނަލް ކޯޓުގެ ގާޒީ، ފާއިޒް ވަކިކުރުމުގެ މައްސަލަ ކޮމިޓީއަށް
28 ނޮވެމްބަރު 2025

‎ސަޢީދު އަށް ހުކުމް އިއްވިތާ ދެ މަސް، ދައުވާ ސާބިތުވި އަނެއް ފަރާތަށް ދިފާޢުވާން އިތުރު ފުރުޞަތެއް: އިންސާފުވެރިތަ؟

28 ނޮވެމްބަރު 2025
‎ސަޢީދު އަށް ހުކުމް އިއްވިތާ ދެ މަސް، ދައުވާ ސާބިތުވި އަނެއް ފަރާތަށް ދިފާޢުވާން އިތުރު ފުރުޞަތެއް: އިންސާފުވެރިތަ؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް