Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެހިޔާ ފްލެޓްތަކުގެ ފިނިޝިންގ މަސައްކަތް

ހިޔާ ފްލެޓްގެ ފިނިޝިންގއަށް ފައިސާ ނަގައި، މަސައްކަތް ނުނިންމާ މައްސަލަތައް ގިނަވަނީ

މަސައްކަތް ނުނިންމާ ކަމުގެ ގިނަ މައްސަލަތަކެއް ޕީއައިއެލްސީއަށް ދަނީ ހުށަހަޅަމުން

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 18 ޖެނުއަރީ 2022 | އަންގާރަ 13:35
ޕަބްލިކް އިންޓްރެސްޓް ލޯ ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއް

ޕަބްލިކް އިންޓްރެސްޓް ލޯ ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއް

ހިޔާ ފްލެޓްތަކުގެ ފިނިޝިންގ މަސައްކަތް ނިންމުމަށް ފައިސާ ނެގުމަށްފަހު މަސައްކަތް ނުނިންމާ މައްސަލާގައި ގާނޫނީ އެހީތެރިކަން ފޯރުކޮށްދޭން ޕަބްލިކް އިންޓްރެސްޓް ލޯ ސެންޓަރ (ޕީއައިއެލްސީ)ން ނިންމައިފިއެވެ.

ޕީއައިއެލްސީން ބުނީ ހިޔާ ފްލެޓްތަކުގެ ފިނިޝިންގ މަސައްކަތް ނިންމުމަށް އެކި ކުންފުނިތަކުން ހަވާލުވެ، ދިގު މުއްދަތެއް ވީއިރުވެސް މަސައްކަތް ނުނިންމާ މައްސަލަ ގިނަ ބަޔަކު އެ ސެންޓަރަށް ހުށަހަޅަމުންދާކަމަަށެވެ.

މިފަދަ ކަންތައް ދިމާވެފައިވާ ފަރާތްތަކުގެ ތެރެއިން ގާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމުގެ މާލީ ގާބިލްކަން ނެތް ފަރާތްތަކަށް ޕަބްލިކް އިންޓްރެސްޓް ލޯ ސެންޓަރުގެ ފަރާތުން ގާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމަށްވަނީ ނިންމާފައެވެ. ޕީއައިއެލްސީން ބުނީ މިފަދައިން ހުށަހަޅާ ހުރިހާ މައްސަލަތަކެއް ނަގައި، އެމީހުންނަށް ގާނޫނީ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ.

އެހެންކަމުން މިފަދަކަމެއް ދިމާވެފައިވާ ފަރާތްތަކުގެ ތެރެއިން ގާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމުގެ މާލީ ގާބިލްކަން ނެތް ފަރާތްތަކުން ޕިއައިއެލްސީގެ އެހީތެރިކަން ހޯދުމަށް އެކަމަށް ޚާއްސަ ފޯމު ފުރުމަށްފަހު ހުށަހެޅުމަށް އެ ސެންޓަރުން ވަނީ އެދިފައެވެ. މިކަމަށް އެދި ހުށަހަޅާ ފޯމާއި، މިކަމާގުޅޭ އިތުރު މައުލޫމާތުތައް ޕީއައިއެލްސީގެ ވެބްސައިޓުންނާއި ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން ލިބެން ހުންނާނެއެވެ.

ހިޔާ ފްލެޓްތަކުގެ ފިނިޝިންގ މަސައްކަތް ނިންމުމަށް އިތުރު 3 މަސް ދުވަސް ދިނުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވަނީ މިދިޔަ ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހު ނިންމަވާފައެވެ. މި މުއްދަތު ނިމުމުން ހިޔާ ފްލެޓްތަކުން ނަގަން ނިންމާފައިވާ ކުލި ނަގަން ފަށާނެއެވެ. ހިޔާ ފްލެޓްގެ ކުލީގެ ގޮތުގައި ނެގުމަށް ސަރުކާރުން ނިންމާފައިވަނީ 8،500ރ. އެވެ.

ޕީއައިއެލްސީހިޔާ ފްލެޓް

އިތުރަށް ކިޔާލަން

02 އޯގަސްޓު 2025

މި ސަރުކާރުން މަސައްކަތް ކުރަމުން ދަނީ ގިނަބަޔަކު ފްލެޓް ލިސްޓުން ކަޓުވާލަން: ސައިފް

02 އޯގަސްޓު 2025
މި ސަރުކާރުން މަސައްކަތް ކުރަމުން ދަނީ ގިނަބަޔަކު ފްލެޓް ލިސްޓުން ކަޓުވާލަން: ސައިފް
12 ޑިސެމްބަރު 2024

ހިޔާ ޓަވަރު 5ން 16 އަހަރުގެ ކުއްޖަކު ވެއްޓި މަރުވެއްޖެ

12 ޑިސެމްބަރު 2024
ހިޔާ ޓަވަރު 5ން 16 އަހަރުގެ ކުއްޖަކު ވެއްޓި މަރުވެއްޖެ
12 އޮކްޓޯބަރު 2024

ހިޔާ ފްލެޓުން ހިޔަލެއް ނުވޭ، އެޗްޑީސީގެ ބަހެއް ނެތް!

12 އޮކްޓޯބަރު 2024
ހިޔާ ފްލެޓުން ހިޔަލެއް ނުވޭ، އެޗްޑީސީގެ ބަހެއް ނެތް!
17 މާރިޗު 2024

ހިޔާ ޓަވަރުތަކުގައި ލިފްޓު ހަރުކޮށް ނިމުމުން، ލިފްޓުގައި ބަލިމީހުން އުފުލުމުގެ ކަންކަމަށް ހައްލު ލިބޭނެ: ރައީސް މުއިއްޒު

17 މާރިޗު 2024
ހިޔާ ޓަވަރުތަކުގައި ލިފްޓު ހަރުކޮށް ނިމުމުން، ލިފްޓުގައި ބަލިމީހުން އުފުލުމުގެ ކަންކަމަށް ހައްލު ލިބޭނެ: ރައީސް މުއިއްޒު
06 ޑިސެމްބަރު 2023

ހިޔާ ފްލެޓްގެ ކޮންމެ ޓަވަރެއްގައި ލިފްޓު ހަރުކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައި: ފަޒުލް

06 ޑިސެމްބަރު 2023
ހިޔާ ފްލެޓްގެ ކޮންމެ ޓަވަރެއްގައި ލިފްޓު ހަރުކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައި: ފަޒުލް
06 ޑިސެމްބަރު 2023

ހިޔާ ފްލެޓުތަކުގެ ކުލިން އެއްލައްކަ މައާފުކޮށްފި

06 ޑިސެމްބަރު 2023
ހިޔާ ފްލެޓުތަކުގެ ކުލިން އެއްލައްކަ މައާފުކޮށްފި
06 ޑިސެމްބަރު 2023

ރައީސް ޖެއްސެވި ހިސާބު ދިމައެއް ނުވޭ، ދެއްވާނެކަމަށް ވިދާޅުވި ދެ ލައްކަ ރުފިޔާއިން 89،400 ރުފިޔާ މަދުވޭ!

06 ޑިސެމްބަރު 2023
ރައީސް ޖެއްސެވި ހިސާބު ދިމައެއް ނުވޭ، ދެއްވާނެކަމަށް ވިދާޅުވި ދެ ލައްކަ ރުފިޔާއިން 89،400 ރުފިޔާ މަދުވޭ!
01 ޑިސެމްބަރު 2023

ހިޔާ ފްލެޓްގެ ފިނިޝިންގ މަސައްކަތަށް ޚަރަދުވި ފައިސާ ދޭނެކަމަށް ވިދާޅުވުމަކީ އަވާމެންދުރެއް؟

01 ޑިސެމްބަރު 2023
ހިޔާ ފްލެޓްގެ ފިނިޝިންގ މަސައްކަތަށް ޚަރަދުވި ފައިސާ ދޭނެކަމަށް ވިދާޅުވުމަކީ އަވާމެންދުރެއް؟
30 ނޮވެމްބަރު 2023

ހިޔާ ފުލެޓުތަކުގެ ވެރިން އުއްމީދުކޮށްގެން ތިބީ 5 އަހަރުގެ ފަހު ދުވަހު ފައިސާ ލިބޭނެކަމަކަށް ނޫން - ޔައުގޫބް

30 ނޮވެމްބަރު 2023
ހިޔާ ފުލެޓުތަކުގެ ވެރިން އުއްމީދުކޮށްގެން ތިބީ 5 އަހަރުގެ ފަހު ދުވަހު ފައިސާ ލިބޭނެކަމަކަށް ނޫން - ޔައުގޫބް
29 ނޮވެމްބަރު 2023

ހިޔާ ފްލެޓް ފިނިޝިންގ އަށް ދޭން ސަރުކާރުން ވައުދުވި ފައިސާ ދޭނެ ގޮތަކާއި ގުޅޭގޮތުން ވަޒީރާ ސުވާލު ކުރައްވަނީ

29 ނޮވެމްބަރު 2023
ހިޔާ ފްލެޓް ފިނިޝިންގ އަށް ދޭން ސަރުކާރުން ވައުދުވި ފައިސާ ދޭނެ ގޮތަކާއި ގުޅޭގޮތުން ވަޒީރާ ސުވާލު ކުރައްވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު