Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުހދ.އަތޮޅު ތައުލީމީ މަރުކަޒު

ބެލެނިވެރިންގެ ކެތްތެރިކަން ކޮޅުންލައިފި

17 ޖެނުއަރީ 2022 | ހޯމަ 18:04

ބެލެނިވެރިން ބޭނުންވަނީ ސްކޫލްގެ ސީނިއަރ މެނޭޖްމެންޓް ހަމަވެ ސްކޫލްގެ ހާލަތު ރަނގަޅުވުން

އުއްމު ކުލްސޫމް އިބްރާހިމް
އުއްމު ކުލްސޫމް އިބްރާހިމް | 17 ޖެނުއަރީ 2022 | ހޯމަ 18:04
ހދ.އަތޮޅު ތައުލީމީ މަރުކަޒުގެ ބެލެނިވެރިން ސިޓީ ކައުންސިލްއާއި ބައްދަލުކުރުން

ހދ.އަތޮޅު ތައުލީމީ މަރުކަޒުގެ ބެލެނިވެރިން ސިޓީ ކައުންސިލްއާއި ބައްދަލުކުރުން

22 އަހަރަށްފަހު ހދ.އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން މިއަހަރު އޯލެވެލް އިމްތިހާނު ހަދަން ތައްޔާރުވަމުންދާއިރު ސްކޫލްގައި ޕްރިންސިޕަލެއް ނެތި އަހަރަކާއި މިވަނީ ގާތްވެފައެވެ.

970 ދަރިވަރުން މިހާރުވެސް ކިޔަވަމުން އަންނަ ސްކޫލްގައި ޕްރިންސިޕަލްގެ އިތުރުން ޑެޕިއުޓީއެއް އަދި އެޑްމިނިސްޓްރޭޓިވް އޮފިސަރ އެއްވެސް ނެތި ސްކޫލްގެ ހިންގުންވަނީ ވަރަށްބޮޑަށް ބޮއްސުންލާފައިކަމަށް އެސްކޫލްގެ ބެލެނިވަރިން ދަނީ ބުނަމުންނެވެ. ފުރަތަމަ ޓާމްގެ ޓެސްޓްގެ ނަތީޖާ ލިބުނުއިރު ގްރޭޑްގެ 10 ގެ ދަރިވަރުންގެ އެވަރެޖް ނަތީޖާ ދައްވެ ބެލެނިވެރިންވަނީ ގޮތްހުސްވެފައެވެ.

ބެލެނިވެރިން މައުލޫމާތު ދޭގޮތުގައި، ސްކޫލްގައި ޕްރިންސިޕަލެއް ނެތުމުން އެކަމަށް އެދި އެކި ފަރާތްތަކާއި އެކި ގޮތްގޮތަށް ވާހަކަ ދެކެވިއްޖެކަމަށެވެ. އަބަދުވެސް ލިބޭޖަވާބަކީ ވަރަށް އަވަހަށް ޕްރިންސިޕަލެއް ހަމަޖެހޭނެ ކަމަށެވެ. އެހެންނަމަވެސް އަހަރަކާ ގާތްވެފައި ވާއިރު އަދިވެސް ސްކޫލަށް ޕްރިންސިޕަލެއް ނުލިބެއެވެ. ބެލެނިވެރިން ބުނީ މިޓާރމް ފެށޭއިރު ޕްރިންސިޕަލް ސްކޫލްގައި ހުންނާނެކަމަށް ވަރަށް ބޮޑު އުންމީދެއް އޮތްކަމަށެވެ. އެހެންނަމަވެސް ކަންވީ މުޅިން އިދިކޮޅަށެވެ.

އާދީއްތަ ދުވަހު ކިޔެވުން ފެށުންއިރު ސްކޫލްގެ ކަންކަން ހުރި ގޮތުން ބެލެނިވެރިންގެ ކެއްތެރިކަން ކޮޅުންލިއެވެ. މަސައްކަތް ދެގުނަކުރަން ނިންމިއެވެ. އެގޮތުން އަނެއްކާވެސް ސްކޫލްގައި ތިއްބެވި ބޭފުޅުންނާއި ބައްދަލުކޮށް މިކަމާއި މަޝްވަރާކުރިއެވެ. ލިބުން މައުލޫމާތަކީ ޕްރިންސިޕަލް ހަމަޖެހިފައިވާ ކަމަށެވެ. އެހެންނަމަވެސް އަދި ސްކޫލާއި ހަވާލުވާނެ ދުވަހެއް ނޭގެއެވެ. މިވަރުން ބެލެނިވެރިންގެ މަސައްކަތް ހުއްޓާނުލާއެވެ. ކުޅުދުއްފުށީ އުތުރު ދާއިރާގެ އެމްޕީ ޔާސިރު އަބްދުއްލަތީފްގެ އެހީތެރިކަން ލިބޭތޯވެސް މަސައްކަތް ކުރިއެވެ. އެމްޕީއާއި ހަވާލާދީ ބެލެނިވެރިން ބުނީ ޕްރިންސިޕްލެއް ހަމަޖެހިފައިވާކަމަށެވެ. އެހެންނަމަވެސް އެއީ މިހާރުވެސް އެހެން ސްކޫލް އަކާއި ހަވާލްވެ ހުރި ޕްރިންސިޕަލްއެކެވެ. އަދި އެޕްރިންސިޕަލް ތައުލީމީ މަރުކަޒާއި ހަމަޔައް ފޯރަނީ އަންނަމަހު ކަމަށެވެ.

އޯލެވެލް އަށް ވަރަށް ކުޑަދުވަސްކޮޅަކަށް ވެފައިވާއިރު ސްކޫލްގެ ސީނިއަރ މެނޭޖްމެންޓް ނެތި ދޯދިޔާވެ ކުދިންގެ ކިޔެވުމަށް ބުރޫއަރަމުންދާއިރު އެންމެ ދުވަހެއް ލަސްވުމަކީވެސް ބެލެނިވެރިންނަށް ކެތްކުރަން ފަސޭހަކަމެއް ނޫނެވެ.

އެހެންކަމުން ގްރޭޑް 10 ގެ މަންދޫބުން އިސްނަގައިގެން އިތުރު ބައެއް ބެލެނިވެރިންނާއެކު ހޯމަދުވަހު ސިޓީ ކައުންސިލްއާއި ވަނީ ބައްދަލްކޮށްފައެވެ. އަދި ބެލެނިވެރިންގެ ކަންބޮޑުވުންތައް ކައުންސިލްއާއި ވަނީ ހިއްޞާކޮށްފައެވެ. ބެލެނިވެރިން ކައުންސިލްއާއި ބައްދަލްކޮށް ދަރިވަރުންގެ ކިޔެވުމަށް ދިމާވާ ދަތިތައް ހިއްޞާކުރިއެވެ. އެގޮތުން ސީނިއަރ މެނޭޖްމެންޓް ނެތުމުން ސްކޫލްގެ ކިޔެވުން ވަރަށް ދޯދިޔާވެގެން ގޮސްފައިވާކަމަށާއި ފުރަތަމަ ޓާރމްގެ ނަތީޖާ ހުރިހާ ކުދިން ދައްވާނީ ކިޔަވައި ދިނުމުގެ މައްސަލަޔަކުންކަމަށް ފާހަގަކުރިއެވެ.

މީގެއިތުރުން ސްކޫލްގައި ލެބް އެއް ހުރިނަމަވެސް ކެމިކަލް ނެތުމުން އެތަނުގެ ބޭނުން ނުހިފޭކަމަށް ބެލެނިވެރިން ބުނެއެވެ. އެގޮތުން އެހެން ސްލޫކް އެއްގެ ލެބް އަށް ކުދިންގެން ގޮސްގެން ކިޔަވައިދިނުމާއި ކުދިން ކިޔަވާ ސްކޫލްގައި ލެބް ހުރުމާ ތަފާތުވާނެކަމަށް ބެލެނިވެރިން ފާހަގަކުރިއެވެ. މީގެއިތުރުން ބެލެނިވެރިން ބުނީ އެސްކޫލްގައި ގްރޭޑް 9 އުފައްދަން މިނިސްޓްރީން ބެލެނިވެރިންނަށް ދެއްކި ހުވަފެންތަކުގެ ތެރޭގައި ހަފްތާއެއްގެ ތެރޭގައި ލެބްގެ ހިދުމަތް ލިބޭނެ ކަމަށް މިނިސްޓްރީން ބުނިކަމަށާއި އެެހެންނަމަވެސް އެހަފްތާ އަދިވެސް ނާންނަކަމަށެވެ.

ބެލެނިވެރިންގެ ކަންބޮޑުވުންތައް ކައުންސިލްއާއި ހިއްޞާކރުމަށްފަހު މިކަންކަމަށް ހައްލެއް ހޯދުމަށް ކައުންސިލަށް ކޮއްދެވެން އޮތް ކޮންމެކަމެއް ކޮއްދެއްވުމަށް ބެލެނިވެރިންވަނީ ކައުންސިލްގައި އެދިފައެވެ.

ބެލެނިވެރިންގެ ކަންބޮޑުވުންތައް އަޑުއައްސަވައި މޭޔަރ މުހައްމަދު އާތިފް ވިދާޅުވީ ބެލެނިވެރިންގެ ކަންބޮޑުވުމަކީ ކައުންސިލްގެވެސް ކަންބޮޑުވުންކަމަށާއި، ހުރި ދަތިތައް ހައްލުކުރުމަށް ކަމާގުޅޭ ފަރާތްތަކާއި މަޝްވަރާކޮށް ވީ އެންމެ އަވަހަށް ހައްލެއް ހޯއްދެވުމަށް ކުރެވެން ހުރި ކޮންމެ މަސައްކަތެއްވެސް ކުރައްވާނެކަމަށެވެ. އެގޮތުން މިނިސްޓަރ އާއި ރައީސް އަށްވެސް ބެލެނިވެރިންގެ ކަންބޮޑުވުން ހިއްޞާކުރައްވާނެކަމަށް މޭޔަރ ވިދާޅުވިއެވެ.

މިބައްދަލްވުން ނިންމާލަމުން ބެލެނިވެރިން ބުނީ ކުޅުދުއްފުށީ ރައްޔިތުންނަކީ އަބަދުވެސް މަސްލަހަތު ހުރި ގޮތައް ކަންކަން ކުރަން އިސްކަންދޭ ބައެއްކަމަށާއި، އެހެންނަމަވެސް ކެތްކުރެވޭނީ ވަކި ވަރެއްވަންދެން ކަމަށެވެ. އަދި މިފަހަރު މިކަމަށް ހައްލެއް ނުލިބެނިސް މަސައްކަތް ހުއްޓާ ނުލާނެކަމަށް ބެލެނިވެރިން ބުނެއެވެ.

ކުޅުދުއްފުށި ސިޓީ

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

އިތުރަށް ކިޔާލަން

18 އޮކްޓޯބަރު 2025

ކުޅުދުއްފުށި ސިޓީގެ ޓެކްސީ ޑްރައިވަރުން ހުދު ގަމީހުގައި ސަރުކާރާ ދެކޮޅަށް ހިމޭން އިހުތިޖާޖެއް ކޮށްފި

18 އޮކްޓޯބަރު 2025
ކުޅުދުއްފުށި ސިޓީގެ ޓެކްސީ ޑްރައިވަރުން ހުދު ގަމީހުގައި ސަރުކާރާ ދެކޮޅަށް ހިމޭން އިހުތިޖާޖެއް ކޮށްފި
09 ސެޕްޓެމްބަރު 2025

ކުޅުދުއްފުށީ ހޮސްޕިޓަލުން ވީނުވީއެއް ނޭންގި "ނާކޮޓިކްސް ޑްރަގްސް" ތަކެއް ގެއްލުނު މައްސަލައެއް ފެންމަތިވެއްޖެ

09 ސެޕްޓެމްބަރު 2025
ކުޅުދުއްފުށީ ހޮސްޕިޓަލުން ވީނުވީއެއް ނޭންގި "ނާކޮޓިކްސް ޑްރަގްސް" ތަކެއް ގެއްލުނު މައްސަލައެއް ފެންމަތިވެއްޖެ
07 ސެޕްޓެމްބަރު 2025

ރައީސް މުއިއްޒު ބޭނުންފުޅުވާ ގޮތަށް ބްލޮކް ގްރާންޓް މުރާޖައާ ކުރައްވާއިރު، ކައުންސިލްތަކަށް މަސައްކަތްކުރަން ލިބޭ ފައިސާ މަދުވާނެ: އާތިފު

07 ސެޕްޓެމްބަރު 2025
ރައީސް މުއިއްޒު ބޭނުންފުޅުވާ ގޮތަށް ބްލޮކް ގްރާންޓް މުރާޖައާ ކުރައްވާއިރު، ކައުންސިލްތަކަށް މަސައްކަތްކުރަން ލިބޭ ފައިސާ މަދުވާނެ: އާތިފު
22 އޯގަސްޓު 2025

ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުގެ ސަބަބުން ކުޅުދުއްފުށި ސިޓީގެ ރައްޔިތުން އެންމެ ބޭނުންވި މަސައްކަތް ވަނީ ހުއްޓިފައި: މޭޔަރު

22 އޯގަސްޓު 2025
ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުގެ ސަބަބުން ކުޅުދުއްފުށި ސިޓީގެ ރައްޔިތުން އެންމެ ބޭނުންވި މަސައްކަތް ވަނީ ހުއްޓިފައި: މޭޔަރު
11 ޖުލައި 2025

ރައީސް ޞާލިހު ކުޅުދުއްފުށި ސިޓީ އެމްޑީޕީ މެމްބަރުންނާއި ބައްދަލުކުރައްވައިފި

11 ޖުލައި 2025
ރައީސް ޞާލިހު ކުޅުދުއްފުށި ސިޓީ އެމްޑީޕީ މެމްބަރުންނާއި ބައްދަލުކުރައްވައިފި
12 އޮކްޓޯބަރު 2024

އެމްޑީޕީގެ ކައުންސިލަރުންގެ ކޮންފަރެންސް "ލާމަރުކަޒީ ގުޅުން" ކުޅުދުއްފުށީގައި ފެށިއްޖެ

12 އޮކްޓޯބަރު 2024
އެމްޑީޕީގެ ކައުންސިލަރުންގެ ކޮންފަރެންސް "ލާމަރުކަޒީ ގުޅުން" ކުޅުދުއްފުށީގައި ފެށިއްޖެ
16 މެއި 2024

ކުޅުދުއްފުށި ސިޓީއަށް އަނެއްކާވެސް ކަރަންޓުގެ މައްސަލަ ދިމާވެއްޖެ

16 މެއި 2024
ކުޅުދުއްފުށި ސިޓީއަށް އަނެއްކާވެސް ކަރަންޓުގެ މައްސަލަ ދިމާވެއްޖެ
05 މެއި 2024

އަލިފާން ރޯވެ ކުޅުދުއްފުށި ސިޓީގެ ގެއެއްގެ ބަދިގެއަށް ބޮޑެތި ގެއްލުންތަކެއް

05 މެއި 2024
އަލިފާން ރޯވެ ކުޅުދުއްފުށި ސިޓީގެ ގެއެއްގެ ބަދިގެއަށް ބޮޑެތި ގެއްލުންތަކެއް
02 މެއި 2024

ހދ. އަތޮޅު އެޑިއުކޭޝަން ސެންޓަރުގެ ކެޑޭޓް ކޭމްޕްގެ ދަރިވަރުންނަށް ބޭސިކް ފަޔަރ އެވެއަރނަސް ސެޝަނެއް ހިންގައިފި

02 މެއި 2024
ހދ. އަތޮޅު އެޑިއުކޭޝަން ސެންޓަރުގެ ކެޑޭޓް ކޭމްޕްގެ ދަރިވަރުންނަށް ބޭސިކް ފަޔަރ އެވެއަރނަސް ސެޝަނެއް ހިންގައިފި
23 އެޕްރީލު 2024

"ނަޔާ ކުޅުދުއްފުށި" ގޮފި އުފެއްދުމުގެ މަސައްކަތް އަލީ ވަހީދު ފައްޓަވައިފި

23 އެޕްރީލު 2024
"ނަޔާ ކުޅުދުއްފުށި" ގޮފި އުފެއްދުމުގެ މަސައްކަތް އަލީ ވަހީދު ފައްޓަވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް