Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުހދ.އަތޮޅު ތައުލީމީ މަރުކަޒުގައި ޕްރިންސިޕަލްއެއް ނ

ހދ.އަތޮޅު ތައުލީމީ މަރުކަޒުގައި ޕްރިންސިޕަލެއް ނެތި އަހަރަކާއި ގާތްވެފައި ވާއިރު ބެލެނިވެރިން ކަންބޮޑުވެފައި

17 ޖެނުއަރީ 2022 | ހޯމަ 04:31

ހދ.އަތޮޅު ތައުލީމީ މަރުކަޒުގައި ޕްރިންސިޕްލެއް ނެތި އަހަރަކާއި ގާތްވެފައި ވާއިރު، ޑެޕިއުޓީއެއް އަދި އެޑްމިނިސްޓްރޭޓިވް އޮފިސަރެއްވެސް ނެތް

އުއްމު ކުލްސޫމް އިބްރާހިމް
އުއްމު ކުލްސޫމް އިބްރާހިމް | 17 ޖެނުއަރީ 2022 | ހޯމަ 04:31
ހދ.އަތޮޅު ތައުލީމީ މަރުކަޒު

ހދ.އަތޮޅު ތައުލީމީ މަރުކަޒު

ހދ. އަތޮޅު ތައުލީމީ މަރުކަޒަކީ ކުޅުދުއްފުށީ ސިޓީގައި ހުރި އެންމެ ގިނަދުވަސްވީ ސްކޫލެވެ. އެސްކޫލްގެ ހިޔާވަހި ކަމުގެ ދަށުން ތައުލީމް ހާސިލްކޮށްފައިވާ އެތައް ދަރިވަރުންނެއް މިހާރު އެސިޓީގެ ޒިންމާދާރު ވަޒީފާތައް އަދާކުރަމުންގެންދެއެވެ.

އެސްކޫލަކީ ބޮޑުތިލަދުންމަތީގެ ތައުލީމުގެ ބިންގާކަމުގައި ގިނަބަޔަކު ގަބޫލްކުރެއެވެ. ކުޅުދުއްފުށީގެ އިތުރުން އުތުރުގެ ރައްތަކުގެ ގިނަ ދަރިވަރުން ވަނީ އެސްކޫލުން ތައުލީމް ހާސިލްކޮށްފައެވެ. ގިނަ ތައުލީމީ ދަރިންތަކެއް އުފައްދާ ބޮޑެތި ކާމިޔާބީތަކެއް އެސްކޫލުންވަނީ ހާސިލްކޮށްފައެވެ. މީގެއިތުރުން ހދ.އަތޮޅު ތައުލީމީ މަރުކަޒަކީ އެހެން ސްކޫލްތަކަށް ނަމޫނާއެއްގޮތުގައި ބަލަމުން އައި ސްކޫލްއެކެވެ.

އެހެންނަމަވެސް މިއަދު މިކަން ބަދަލުވަމުންދާތީ ބެލެނިވެރިންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. 970 ދަރިވަރުން ކިޔަވަމުންދާ މި ސްކޫލްގައި ޕްރިންސިޕަލެއް ނެތި އަހަރަކާއި ގާތްވެފައިވާއިރު ޑެޕިއުޓީ ޕްރިންސިޕަލެއްގެ އިތުރުން ސްކޫލްގައި އެޑްމިނިސްޓްރޭޓިވް އޮފިސަރެއްވެސްނެތެވެ. ގްރޭޑް 10 އާއި ހަމަޔަށް ކިޔަވައިދެމުންދާ މިސްކޫލްގެ ކިޔެވުން އިއްޔެ ފެށި އިރު ވަގުތީ ގޮތުން ހިންގުމާ ހަވާލްވެހުންނެވި ބޭފުޅާ ހުންނެވީ ކަރަންޓީންގައެވެ.

ކުދިންގެ އޯލެވެލް ކައިރިވަމުން އަންނައިރު ސްކޫލްގެ އިދާރީ ހިންގުން މިފެންވަރުގައި ހުރުމުން ބެލެނިވެރިން ވަނީ ވަރަށް ބޮޑު މާޔޫސްކަމެއްގައެވެ. އެސްކޫލްގެ ބެލެނިވެރިން މައުލޫމާތު ދެއްވިގޮތުގައި އިއްޔެ ސްކޫލްގެ އޮފީހުން ދިން މައުލޫމާތުން އެނގުނު ގޮތުގައި ސްކޫލަށް ޕްރިންސިޕަލެއް ހަމަޖެއްސުމަށް އިންޓަވިއު މަރުހަލާވަނީ ނިމިފައެވެ. އެހެންނަމަވެސް އަދި އެޕްރިންސިޕަލް ސްކޫލާއި ހަވާލުވެ ލައްވާނީ ކޮންއިރަކުންކަމެއް ޔަޤީންވެފަނެތެވެ.

ކުޅުދުއްފުށީ އުތުރު ދާއިރާގެ މަޖިލިސް މެމްބަރު ޔާސިރު އަބްދުއްލަތީފް އާއި ހަވާލާދީ ބެލެނިވެރިން ބުނީ ސްކޫލަށް އިންޓަވިއު ކުރި ޕްރިންސިޕަލް ސްކޫލާ ހަވާލުވެލައްވާނީ އަންނަމަހުކަމަށެވެ. އަދި އެޕްރިންސިޕަލަކީ މިހާރުވެސް އެހެން ސްކޫލަކާއި ހަވާލުވެ ހުންނެވި ޕްރިންސިޕަލެއްކަމަށެވެ.

ކަންމިހެން ހުރުމުން އެސްކޫލްގެ ޕީޓީއޭގެ ބައެއް ބެލެނިވެރިންނާއި އަދި އާންމު ބައެއް ބެލެނިވެރިން މިއަދު ކުލުދުއްފުށީ ސިޓީ ކައުންސިލާއި ބައްދަލުކުރުމަށް ހަމަޖެހިފައިވާކަމަށް ބެލެނިވެރިން ބުނެއެވެ.

ބެލެނިވެރިން ބުނީ ދަރިވަރުންގެ ކިޔެވުމަށް ސްކޫލަށް ބެލެނިވެރިންގެ ފަރާތުން ކުރަންޖެހުން ކޮންމެ ކަމެއް ކުރުމަށް ބެލެނިވެރިން ތައްޔާރަށް ތިބިކަމަށެވެ. އެހެންކަމުން ހދ.އަތޮޅު ތައުލީމީ މަރުކަޒާމެދު މިހާރު ވަމުންދާ އިހުމާލު ހުއްޓާލައި އެސްކޫލްގެ މެނޭޖްމެންޓް ރަނގަޅުކޮށްދިނުން އެދޭކަމަށެވެ.

ކުޅުދުއްފުށި ސިޓީ

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

އިތުރަށް ކިޔާލަން

18 އޮކްޓޯބަރު 2025

ކުޅުދުއްފުށި ސިޓީގެ ޓެކްސީ ޑްރައިވަރުން ހުދު ގަމީހުގައި ސަރުކާރާ ދެކޮޅަށް ހިމޭން އިހުތިޖާޖެއް ކޮށްފި

18 އޮކްޓޯބަރު 2025
ކުޅުދުއްފުށި ސިޓީގެ ޓެކްސީ ޑްރައިވަރުން ހުދު ގަމީހުގައި ސަރުކާރާ ދެކޮޅަށް ހިމޭން އިހުތިޖާޖެއް ކޮށްފި
09 ސެޕްޓެމްބަރު 2025

ކުޅުދުއްފުށީ ހޮސްޕިޓަލުން ވީނުވީއެއް ނޭންގި "ނާކޮޓިކްސް ޑްރަގްސް" ތަކެއް ގެއްލުނު މައްސަލައެއް ފެންމަތިވެއްޖެ

09 ސެޕްޓެމްބަރު 2025
ކުޅުދުއްފުށީ ހޮސްޕިޓަލުން ވީނުވީއެއް ނޭންގި "ނާކޮޓިކްސް ޑްރަގްސް" ތަކެއް ގެއްލުނު މައްސަލައެއް ފެންމަތިވެއްޖެ
07 ސެޕްޓެމްބަރު 2025

ރައީސް މުއިއްޒު ބޭނުންފުޅުވާ ގޮތަށް ބްލޮކް ގްރާންޓް މުރާޖައާ ކުރައްވާއިރު، ކައުންސިލްތަކަށް މަސައްކަތްކުރަން ލިބޭ ފައިސާ މަދުވާނެ: އާތިފު

07 ސެޕްޓެމްބަރު 2025
ރައީސް މުއިއްޒު ބޭނުންފުޅުވާ ގޮތަށް ބްލޮކް ގްރާންޓް މުރާޖައާ ކުރައްވާއިރު، ކައުންސިލްތަކަށް މަސައްކަތްކުރަން ލިބޭ ފައިސާ މަދުވާނެ: އާތިފު
22 އޯގަސްޓު 2025

ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުގެ ސަބަބުން ކުޅުދުއްފުށި ސިޓީގެ ރައްޔިތުން އެންމެ ބޭނުންވި މަސައްކަތް ވަނީ ހުއްޓިފައި: މޭޔަރު

22 އޯގަސްޓު 2025
ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުގެ ސަބަބުން ކުޅުދުއްފުށި ސިޓީގެ ރައްޔިތުން އެންމެ ބޭނުންވި މަސައްކަތް ވަނީ ހުއްޓިފައި: މޭޔަރު
11 ޖުލައި 2025

ރައީސް ޞާލިހު ކުޅުދުއްފުށި ސިޓީ އެމްޑީޕީ މެމްބަރުންނާއި ބައްދަލުކުރައްވައިފި

11 ޖުލައި 2025
ރައީސް ޞާލިހު ކުޅުދުއްފުށި ސިޓީ އެމްޑީޕީ މެމްބަރުންނާއި ބައްދަލުކުރައްވައިފި
12 އޮކްޓޯބަރު 2024

އެމްޑީޕީގެ ކައުންސިލަރުންގެ ކޮންފަރެންސް "ލާމަރުކަޒީ ގުޅުން" ކުޅުދުއްފުށީގައި ފެށިއްޖެ

12 އޮކްޓޯބަރު 2024
އެމްޑީޕީގެ ކައުންސިލަރުންގެ ކޮންފަރެންސް "ލާމަރުކަޒީ ގުޅުން" ކުޅުދުއްފުށީގައި ފެށިއްޖެ
16 މެއި 2024

ކުޅުދުއްފުށި ސިޓީއަށް އަނެއްކާވެސް ކަރަންޓުގެ މައްސަލަ ދިމާވެއްޖެ

16 މެއި 2024
ކުޅުދުއްފުށި ސިޓީއަށް އަނެއްކާވެސް ކަރަންޓުގެ މައްސަލަ ދިމާވެއްޖެ
05 މެއި 2024

އަލިފާން ރޯވެ ކުޅުދުއްފުށި ސިޓީގެ ގެއެއްގެ ބަދިގެއަށް ބޮޑެތި ގެއްލުންތަކެއް

05 މެއި 2024
އަލިފާން ރޯވެ ކުޅުދުއްފުށި ސިޓީގެ ގެއެއްގެ ބަދިގެއަށް ބޮޑެތި ގެއްލުންތަކެއް
02 މެއި 2024

ހދ. އަތޮޅު އެޑިއުކޭޝަން ސެންޓަރުގެ ކެޑޭޓް ކޭމްޕްގެ ދަރިވަރުންނަށް ބޭސިކް ފަޔަރ އެވެއަރނަސް ސެޝަނެއް ހިންގައިފި

02 މެއި 2024
ހދ. އަތޮޅު އެޑިއުކޭޝަން ސެންޓަރުގެ ކެޑޭޓް ކޭމްޕްގެ ދަރިވަރުންނަށް ބޭސިކް ފަޔަރ އެވެއަރނަސް ސެޝަނެއް ހިންގައިފި
23 އެޕްރީލު 2024

"ނަޔާ ކުޅުދުއްފުށި" ގޮފި އުފެއްދުމުގެ މަސައްކަތް އަލީ ވަހީދު ފައްޓަވައިފި

23 އެޕްރީލު 2024
"ނަޔާ ކުޅުދުއްފުށި" ގޮފި އުފެއްދުމުގެ މަސައްކަތް އަލީ ވަހީދު ފައްޓަވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް