Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެދެވަނަ ޓާމުގެ ކިޔެވުން ފެށުން

ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ދެވަނަ ޓާމުގެ ކިޔެވުން ފަށައިފި

16 ޖެނުއަރީ 2022 | އާދީއްތަ 07:10

ސްކޫލްތަކުން އަމަލުކުރަންޖެހޭ ގައިޑްލައިނެއް ވަނީ އެކުލަވާލާފައި

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 16 ޖެނުއަރީ 2022 | އާދީއްތަ 07:10
ސްކޫލްތައް ހުޅުވާލުން

ސްކޫލްތައް ހުޅުވާލުން

ކޮވިޑް-19ގެ ކޭސްތައް އިތުރުވަމުންދާ މި ދަނޑިވަޅުގައި ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ސްކޫލްތަކުގެ ދެވަނަ ޓާމުގެ ކިޔެވުން ފަށައިފިއެވެ.

ކޮވިޑްގެ ކޭސްތައް އިތުރުވަމުންދާ މި ދުވަސްވަރުގައި ސްކޫލްތައް ހުޅުވާލާފައިވާއިރު، ދަރިވަރުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ސްކޫލްތައް އޮތީ ވަރަށް ބޮޑަށް ތައްޔާރުވެފައެވެ. މިގޮތުން މީގެ ކުރިން އަމަލުކުރިގޮތަށް ދަރިވަރުން ސްކޫލަށް ވަންނަ ތަނުން އެކުދިންގެ ހުން ހުރި މިންވަރު ބެލުމާއި، އަތް ސާފުކުރުމާއި މިފަދަ ކަންކަން އަދިވެސް ކުރިއަށްގެންދެއެވެ.

Advertisement - newsAdvertisement

މީގެ އިތުރުންވެސް ވަކި ޚާއްސަ ފިޔަވަޅުތަކެއް އަޅަން ސްކޫލްތަކަށް ވަނީ އަންގާފައެވެ. މިގޮތުން ބޭރުން އަންނަ ކުދިން އަދި ސްކޫލް މުވައްޒަފުން ރާއްޖެ އަންނަތާ 3-5 ދުވަހުގެ ތެރޭގައި ޕީސީއާރު ޓެސްޓު ހަދައި އަދި އެ ޓެސްޓުގެ ނަތީޖާ ލިބުމުގެ ކުރިން ސްކޫލަށް ހާޒިރު ނުވުމާއި، މޮނިޓަރިންގެ ހާލަތުގައި އޮންނަ ރަށަކުން ކުއްޖަކު ނުވަތަ މުވައްޒަފަކު އެ ރަށަަކަށް ގޮސް 3-4 ދުވަހުގެ ތެރޭގައި ޕީސީއާރު ޓެސްޓު ހެދުމަށް ފަހު ނަތީޖާ ލިބުމުގެ ކުރިން ސްކޫލަށް ހާޒިރު ނުވުމެވެ.

މީގެ އިތުރުން ސްކޫލްގެ ތެރޭގައި ކުދިންނާއި މުވައްޒަފުން ހުރިހާ ވަގުތެއްގައި ވެސް މާސްކް އަޅައިގެން ތިބުމާއި ސައިބޯނި ލައިގެން ރަނގަޅަށް އަތްދޮވެވޭނެ އިންތިޒާމު ހަމަޖައްސާފައި ހުރުމާއި، މި ދުވަސްވަރު ސްކޫލުގެ ތެރޭގައި ގްރޫޕް ހަދައިގެން އެއްވެސް މުވައްޒަފަކު ނުވަތަ ދަރިވަރަކު ވެސް ކައިބޮއި ނުހެދުމަށް ވަނީ އަންގާފައެވެ. އަދި ސްކޫލްގެ ތެރޭގައި ގާއިމު ކޮށްފައިވާ "އިންފެކްޝަން މެޝާސް" ގެ ކަންކަން ފުރިހަމަ އަށް ތަންފީޒުކުރުމަށް ވެސް ވަނީ އަންގާފައެވެ.

މާލެ ސަރަހައްދުގެ ސްކޫލްތަކުގައި ގްރޭޑް 1ން 8 ގެ ދަރިވަރުން ފުރަތަމަ ހަފްތާގައި ސްކޫލަށް ހާޒިރުވާނީ މަދުވެގެން 2 ދުވަހުއެވެ. އެހެންނަމަވެސް ސްކޫލްތަކުގެ ކެޕޭސިޓީއަށް ބެލުމަށްފަހު އިތުރު ދުވަސްތަކުގައި ސްކޫލްތަކަށް ހާޒިރުވެގެން ކިޔަވައިދެވޭނަމަ ވަކިވަކި ސްކޫލްތަކުން އިންތިޒާމްތައް ހަމަޖައްސައިގެން ކުރިއަށް ގެންދެވޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން އަންގާފައިވެއެވެ.

އެލްކޭޖީ އަދި ޔޫކޭޖީ ދަރިވަރުން ވެސް ސްކޫލަށް ހާޒިރުވެގެން ކިޔެވުން ކުރިއަށްގެންދާނީ 2 ދުވަހެވެ. ނަމަވެސް ސްކޫލްތަކުގެ އާބާދީއަށް ބެލުމަށްފަހު ފިޔަވަޅުތަކާއެކު ކިޔަވައިދެވޭނަމަ އިތުރު ދުވަސްތަކުގައި ސްކޫލަށް ދަރިވަރުން ހާޒިރުކޮށްގެން ކިޔަވައިދެވޭނެ ކަމަށް މިނިސްޓްރީން ވަނީ އަންގާފައެވެ. އަދި ސްކޫލަށް ހާޒިރު ނުވާ ދުވަސްތަކުގައި އޮންލައިންކޮށް ކިޔަވައިދިނުމުގެ ކަންކަން ކުރިއަށްދިއުމަށާއި، ސްކޫލަތަކުން އެ އިންތިޒާމްތައް ހަމަޖައްސާ ބެލެނިވެރިންނަށް އެންގުމަށްވެސް މިނިސްޓްރީން ވަނީ އަންގާފައެވެ.

މި ގްރޭޑްތަކުގެ އިތުރުން ސާނަވީ އަދި މަތީ ސާނަވީ (ގްރޭޑް 9، 10، 11 އަދި 12) ގެ ދަރިވަރުން ހުރިހާ ދުވަހެއްގައި ސްކޫލަށް ހާޒިރުވެގެން ކިޔެވުން ކުރިއަށްގެންދިއުމަށް ވަނީ އަންގާފައެވެ. ގްރޭޑްތަކުގެ ކިޔެވުން ކުރިއަށްގެންދާގޮތަށް ބަދަލުގެނެސްފައިވަނީ ހަމައެކަނި މާލެ ސަރަހައްދުގައެވެ. އަތޮޅުތެރޭގެ އެއްވެސް ސްކޫލެއްގެ ކިޔެވުމަށް ބަދަލެއް ގެނެސްފައެއް ނުވެއެވެ.

މިދިޔަ ޑިސެމްބަރު މަހުގެ ފަހުކޮޅުން ފެށިގެން މުޅި ރާއްޖެއިން ފެންނަ ކޮވިޑްގެ ކޭސްތައް ދަނީ ދުވަހަކަށްވުރެ ދުވަހެއް އިތުރުވަމުންނެވެ. އެޗްޕީއޭއިން އެންމެ ފަހުން އާންމުކުރި މައުލޫމާތުގައިވާ ގޮތުން މުޅި ރާއްޖެއިން ފެނުނު ކޮވިޑް ކޭސްތަކުގެ ޖުމްލަ ވަނީ 102،372 އަށް އަރާފައެވެ. ހޮނިހިރު ދުވަހު މުޅި ރާއްޖެއިން 954 މީހަކު ޕޮޒިޓިވްވެފައިވާއިރު، މާލެ ސަރަހައްދުން 514 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. އަދި އަތޮޅުތެރެއިން 326 މީހަކު ޕޮޒިޓިވްވެފައިވާއިރު، ރިސޯޓުތަކުން ޕޮޒިޓިވްވެފައިވަނީ 36 މީހުންނެވެ. މިއާއެކު އިތުރުވަމުންދާ ކޭސްތަކާއެކު ދަރިވަރުން ސްކޫލަށް ގެންގޮސްގެން ކިޔެވުން ކުރިއަށްގެންދިއުމުގައި އިތުރަށް ސަމާލުވާންޖެހެއެވެ.

މިނިސްޓްރީ އޮފް އެޑިއުކޭޝަން

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

29 ސެޕްޓެމްބަރު 2025

ދިވެހި ޕޭޕަރާއި މެދު ގިނަ ދަރިވަރުންނާއި ބެލެނިވެރިންގެ ކަންބޮޑުވުން އޮތް ނަމަވެސް މިނިސްޓަރ ވިދާޅުވީ އެއްވެސް މައްސަލައެއް ނެތް ކަމަށް

29 ސެޕްޓެމްބަރު 2025
ދިވެހި ޕޭޕަރާއި މެދު ގިނަ ދަރިވަރުންނާއި ބެލެނިވެރިންގެ ކަންބޮޑުވުން އޮތް ނަމަވެސް މިނިސްޓަރ ވިދާޅުވީ އެއްވެސް މައްސަލައެއް ނެތް ކަމަށް
10 ޖުލައި 2025

ވަށަފަރު ކްލާސްރޫމެއްގެ ސީލިންގުގެ ބައެއް ވެއްޓި ދަރިވަރުންތަކަށް އަނިޔާވެއްޖެ

10 ޖުލައި 2025
ވަށަފަރު ކްލާސްރޫމެއްގެ ސީލިންގުގެ ބައެއް ވެއްޓި ދަރިވަރުންތަކަށް އަނިޔާވެއްޖެ
30 ޖޫން 2025

ކެންދޫ ސްކޫލުގެ ޕްރިންސިޕަލް އުކުޅަހަށް ބަދަލުކުރާތި ބެލެނިވެރިން ނުކުމެ އިހުތިޖާޖުކުރަން ފަށައިފި

30 ޖޫން 2025
ކެންދޫ ސްކޫލުގެ ޕްރިންސިޕަލް އުކުޅަހަށް ބަދަލުކުރާތި ބެލެނިވެރިން ނުކުމެ އިހުތިޖާޖުކުރަން ފަށައިފި
30 ޖޫން 2025

އެއް ދަންފަޅި އަށް ކިޔެވުން ބަދަލު ނުކުރެވިގެން އުޅެނީ ކުރީ ސަރުކާރުން އެކަށީގެންވާ މިންވަރަށް ސްކޫލު އަޅާފައި ނެތުމުން: އެޑިޔުކޭޝަން

30 ޖޫން 2025
އެއް ދަންފަޅި އަށް ކިޔެވުން ބަދަލު ނުކުރެވިގެން އުޅެނީ ކުރީ ސަރުކާރުން އެކަށީގެންވާ މިންވަރަށް ސްކޫލު އަޅާފައި ނެތުމުން: އެޑިޔުކޭޝަން
06 މެއި 2025

ސްކޫލަށް ދިޔަ 15 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ހޯދަނީ

06 މެއި 2025
ސްކޫލަށް ދިޔަ 15 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ހޯދަނީ
05 މެއި 2025

ފޭސް ދޭއްގައި ބިންގާ އެޅި ސްކޫލް ނޮވެމްބަރަށް ނިންމައި، އިތުރު ދެ ސްކޫލެއްގެ މަސައްކަތް މި އަހަރު ފަށަނީ

05 މެއި 2025
ފޭސް ދޭއްގައި ބިންގާ އެޅި ސްކޫލް ނޮވެމްބަރަށް ނިންމައި، އިތުރު ދެ ސްކޫލެއްގެ މަސައްކަތް މި އަހަރު ފަށަނީ
04 ޑިސެމްބަރު 2024

އެޑިއުކޭޝަން މިނިސްޓްރީ އަށް ނޭގި މައުލޫމާތު ނުދޭން ސްކޫލުތަކަށް އަންގައިފި

04 ޑިސެމްބަރު 2024
އެޑިއުކޭޝަން މިނިސްޓްރީ އަށް ނޭގި މައުލޫމާތު ނުދޭން ސްކޫލުތަކަށް އަންގައިފި
24 ނޮވެމްބަރު 2024

މިއަހަރުގެ ބަޖެޓުގައި ތައުލީމީ ދާއިރާގައި ހިންގުމަށް ނިންމާފައިވާ އެއްވެސް މަޝްރޫއެއް ހިންގާފައިނުވޭ: ނައުޝާދު

24 ނޮވެމްބަރު 2024
މިއަހަރުގެ ބަޖެޓުގައި ތައުލީމީ ދާއިރާގައި ހިންގުމަށް ނިންމާފައިވާ އެއްވެސް މަޝްރޫއެއް ހިންގާފައިނުވޭ: ނައުޝާދު
01 އޮކްޓޯބަރު 2024

250 ބައިވެރިންނާއެކު 7 ވަނަ އިންޓަރނޭޝަނަލް ޓީޗަރސް ކޮންފަރެންސް ފަށައިފި

01 އޮކްޓޯބަރު 2024
250 ބައިވެރިންނާއެކު 7 ވަނަ އިންޓަރނޭޝަނަލް ޓީޗަރސް ކޮންފަރެންސް ފަށައިފި
20 ސެޕްޓެމްބަރު 2024

މި ސަރުކާރުން މާދުރުނޫން މުސްތަގުބަލެއްގައި ދިރާސީ ކަލަންޑަރަށް އަނެއްކާ ވެސް ބަދަލުތައް ގެންނާނެ: އިހުސާން

20 ސެޕްޓެމްބަރު 2024
މި ސަރުކާރުން މާދުރުނޫން މުސްތަގުބަލެއްގައި ދިރާސީ ކަލަންޑަރަށް އަނެއްކާ ވެސް ބަދަލުތައް ގެންނާނެ: އިހުސާން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް