Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެލާރނިންގ ލޮސް ހުރި މިންވަރު ދެނެގަތުން

މިދިޔަ އަހަރު ނިމުނުއިރު ލާރނިންގ ލޮސް ހުރި މިންވަރު ދެނެގަތުމަށް ހުރިހާ ސްކޫލެއްގައި އެސެސްމެންޓެއް ވަނީ ހެދިފައި: ސްޓޭޓް މިނިސްޓަރ

16 ޖެނުއަރީ 2022 | އާދީއްތަ 03:21

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގައި ދަރިވަރުންނަށް ވަނީ އޮންލައިންކޮށް ކިޔަވައިދިނުމުގެ އިތުރުން ޓެލެކްލާސް މެދުވެރިކޮށްވެސް ކިޔަވައިދީފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 16 ޖެނުއަރީ 2022 | އާދީއްތަ 03:21
 އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އައިޝަތު އާތިޔާ ނަސީރު ފަލަސުރުޚީ ޕްރޮގްރާމްގައި ވާހަކަދައްކަވަނީ

އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އައިޝަތު އާތިޔާ ނަސީރު ފަލަސުރުޚީ ޕްރޮގްރާމްގައި ވާހަކަދައްކަވަނީ

ކޮވިޑް-19 އާ ގުޅިގެން ކިޔަވައިދިނުމުގެ ވައްޓަފާޅިއަށް ގެންނަންޖެހުނު ބަދަލުތަކުގެ ސަބަބުން ކުދިންނަށް ކަރިކިޔުލަމްއިން ހާސިލުވެފައިވާ މިންވަރު ނުވަތަ ލާރނިންގ ލޮސް ހުރި މިންވަރު ދެނެގަތުމަށް މިދިޔަ އަހަރު ނިމުނުއިރު ރާއްޖޭގެ ހުރިހާ ސްކޫލެއްގައިވެސް އެސެސްމެންޓެއް ކުރިޔަށް ގެންގޮސްފައިވާކަމަށް އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އައިޝަތު އާތިޔާ ނަސީރު ވިދާޅުވެއްޖެއެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގައި ދަރިވަރުންނަށް ވަނީ އޮންލައިންކޮށް ކިޔަވައިދިނުމުގެ އިތުރުން ޓެލެކްލާސް މެދުވެރިކޮށްވެސް ކިޔަވައިދީފައެވެ. ދަރިވަރުންގެ ކިޔެވުން މެދު ނުކެނޑި ކުރިޔަށް ގެންދިޔަނަމަވެސް ކުދިން ސްކޫލަށް ހާޒިރުނުވެ ކިޔެވުން ފުރިހަމަކުރަން ޖެހުމުގެ ސަބަބުން ކުދިންނަށް ހާސިލުކުރެވިފައިވާ މިންވަރު ދެނެގަތުމަށް ވަނީ ދަތިތަކާ ކުރިމަތިވެފައެވެ.

Advertisement - newsAdvertisement

މިކަންކަމާއި ގުޅޭގޮތުން ރާއްޖެ ޓީވީގެ "ފަލަސުރުޚީ" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އާތިޔާ ވިދާޅުވީ ކޮވިޑްގެ ތެރޭގައި ދިމާވި އެންމެ ބޮޑު ގޮންޖެހުމަކީ އޮންލައިންކޮށް ޓެސްޓްކުރަން ޖެހުންކަަށެވެ. ނަމަވެސް އެކަމަށްވެސް މިހާރު ތައްޔާރުވެވިފައިވާކަމަށް އާތިޔާ ވިދާޅުވިއެވެ. އަދި މިދިޔަ އަހަރު ރާއްޖޭގެ ހުރިހާ ސްކޫލެއް ޕްރައިވެޓް ސްކޫލްތައްވެސް ހިމެނޭ ގޮތަށް ލަރނިން ލޮސް ހުރި މިންވަރު ދެނެގަތުމަށް މަސައްކަތްކުރި ކަމަށް އާތިޔާ ވިދާޅުވިއެވެ.

އެސެސްމެންޓްގެ ނަތީޖާއަށް ބަލާ ރިމީޑިއަލް ކްލާސްތަކާއި ދެންކުރަން ހުރި ކަންކަމުގެ ޕްލޭންތައް މިހާރު އެކުލަވާލެވެމުންދާކަމަށް އާތިޔާ ވިދާޅުވިއެވެ.

އާތިޔާ އިތުރަށް ވިދާޅުވީ އެނަލިސިސް އާއި ފައިނަލް ރިޕޯޓް އަދި ނުނިމޭކަމަށެވެ. ނިމުމުން އެކަންކަން ހިއްސާކުރެވޭނެކަމަށެވެ.

ޖެނުއަރީ މަހުގެ 16 ވަނަ ދުވަހު ދެވަނަ ޓާމުގެ ކިޔެވުން ފެށޭއިރު ރާއްޖެއަށް ވަނީ އަނެއްކާވެސް ކޮވިޑް-19ގެ ރާޅެއް ކުރިމަތިވެފައެވެ. އެއާއެކު އެޑިއުކޭޝަން މިނިސްޓްރީން ވަނީ ގްރޭޑް 1ން 8 ގެ ދަރިވަރުން ފުރަތަމަ ހަފްތާގައި މަދުވެގެން 2 ދުވަހު ސްކޫލަށް ހާޒިރުވާ ގޮތަށް ޓައިމްޓޭބަލް ރޭވުމަށް މާލޭގެ ސްކޫލްތަކަށް އަންގާފައެވެ. އެހެންނަމަވެސް ސްކޫލްތަކުގެ ކެޕޭސިޓީއަށް ބެލުމަށްފަހު އިތުރު ދުވަސްތަކުގައި ސްކޫލްތަކަށް ހާޒިރުވެގެން ކިޔަވައިދެވޭނަމަ ވަކިވަކި ސްކޫލްތަކުން އިންތިޒާމްތައް ހަމަޖައްސައިގެން ކުރިއަށް ގެންދެވޭނެއެވެ. ރާއްޖެ.އެމްވީއަށް މައުލޫމާތުދެމުން އެޑިއުކޭޝަން މިނިސްޓްރީން ބުނީ އެލްކޭޖީ އަދި ޔޫކޭޖީ ދަރިވަރުން ވެސް ސްކޫލަށް ހާޒިރުވެގެން ކިޔަވަން އަންގާފައިވާނީ 2 ދުވަހު ކަމަށާއި، ނަމަވެސް ސްކޫލްތަކުގެ އާބާދީއަށް ބެލުމަށްފަހު ފިޔަވަޅުތަކާއެކު ކިޔަވައިދެވޭނަމަ އިތުރު ދުވަސްތަކުގައި ސްކޫލަށް ދަރިވަރުން ހާޒިރުކޮށްގެން ކިޔަވައިދެވޭނެ ކަމަށެވެ. އަދި ސްކޫލަށް ހާޒިރު ނުވާ ދުވަސްތަކުގައި އޮންލައިންކޮށް ކިޔަވައިދިނުމުގެ ކަންކަން ކުރިއަށްދާނެ ކަމަށާއި، ސްކޫލަތަކުން އެ އިންތިޒާމްތައް ހަމަޖައްސާ ބެލެނިވެރިންނަށް އަންގާނެ ކަމަށެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ ސާނަވީ އަދި މަތީ ސާނަވީ (ގްރޭޑް 9، 10، 11 އަދި 12) ގެ ދަރިވަރުން ހުރިހާ ދުވަހެއްގައި ސްކޫލަށް ހާޒިރުވާން ޖެހޭނެ ކަމަށެވެ. އަދި ދަންފަޅިތައް ބަހާލައިގެން ކިޔަވައިދޭނެ ގޮތްތަކާއި ސްކޫލްތަކުން ހަމަޖައްސާ އުސޫލުތައް ބެލެނިވެރިންނަށް ސްކޫލްތަކުން އަންގާނެ ކަމަށެވެ. އަދި ކިޔަވައިދިނުމުގައި ބަދަލުތަކެއް ގެނެސްފައިވަނީ ހަމައެކަނި މާލެ ސަރަހައްދުގެ ސްކޫލްތަކަށް އެކަނި ކަމަށާއި، އަތޮޅުތެރޭގެ އެއްވެސް ސްކޫލެއްގެ ކިޔެވުމަށް ބަދަލެއް ގެނެސްފައި ނުވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.

މިނިސްޓްރީ އޮފް އެޑިއުކޭޝަން

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

5

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

އިތުރަށް ކިޔާލަން

29 ސެޕްޓެމްބަރު 2025

ދިވެހި ޕޭޕަރާއި މެދު ގިނަ ދަރިވަރުންނާއި ބެލެނިވެރިންގެ ކަންބޮޑުވުން އޮތް ނަމަވެސް މިނިސްޓަރ ވިދާޅުވީ އެއްވެސް މައްސަލައެއް ނެތް ކަމަށް

29 ސެޕްޓެމްބަރު 2025
ދިވެހި ޕޭޕަރާއި މެދު ގިނަ ދަރިވަރުންނާއި ބެލެނިވެރިންގެ ކަންބޮޑުވުން އޮތް ނަމަވެސް މިނިސްޓަރ ވިދާޅުވީ އެއްވެސް މައްސަލައެއް ނެތް ކަމަށް
10 ޖުލައި 2025

ވަށަފަރު ކްލާސްރޫމެއްގެ ސީލިންގުގެ ބައެއް ވެއްޓި ދަރިވަރުންތަކަށް އަނިޔާވެއްޖެ

10 ޖުލައި 2025
ވަށަފަރު ކްލާސްރޫމެއްގެ ސީލިންގުގެ ބައެއް ވެއްޓި ދަރިވަރުންތަކަށް އަނިޔާވެއްޖެ
30 ޖޫން 2025

ކެންދޫ ސްކޫލުގެ ޕްރިންސިޕަލް އުކުޅަހަށް ބަދަލުކުރާތި ބެލެނިވެރިން ނުކުމެ އިހުތިޖާޖުކުރަން ފަށައިފި

30 ޖޫން 2025
ކެންދޫ ސްކޫލުގެ ޕްރިންސިޕަލް އުކުޅަހަށް ބަދަލުކުރާތި ބެލެނިވެރިން ނުކުމެ އިހުތިޖާޖުކުރަން ފަށައިފި
30 ޖޫން 2025

އެއް ދަންފަޅި އަށް ކިޔެވުން ބަދަލު ނުކުރެވިގެން އުޅެނީ ކުރީ ސަރުކާރުން އެކަށީގެންވާ މިންވަރަށް ސްކޫލު އަޅާފައި ނެތުމުން: އެޑިޔުކޭޝަން

30 ޖޫން 2025
އެއް ދަންފަޅި އަށް ކިޔެވުން ބަދަލު ނުކުރެވިގެން އުޅެނީ ކުރީ ސަރުކާރުން އެކަށީގެންވާ މިންވަރަށް ސްކޫލު އަޅާފައި ނެތުމުން: އެޑިޔުކޭޝަން
06 މެއި 2025

ސްކޫލަށް ދިޔަ 15 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ހޯދަނީ

06 މެއި 2025
ސްކޫލަށް ދިޔަ 15 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ހޯދަނީ
05 މެއި 2025

ފޭސް ދޭއްގައި ބިންގާ އެޅި ސްކޫލް ނޮވެމްބަރަށް ނިންމައި، އިތުރު ދެ ސްކޫލެއްގެ މަސައްކަތް މި އަހަރު ފަށަނީ

05 މެއި 2025
ފޭސް ދޭއްގައި ބިންގާ އެޅި ސްކޫލް ނޮވެމްބަރަށް ނިންމައި، އިތުރު ދެ ސްކޫލެއްގެ މަސައްކަތް މި އަހަރު ފަށަނީ
04 ޑިސެމްބަރު 2024

އެޑިއުކޭޝަން މިނިސްޓްރީ އަށް ނޭގި މައުލޫމާތު ނުދޭން ސްކޫލުތަކަށް އަންގައިފި

04 ޑިސެމްބަރު 2024
އެޑިއުކޭޝަން މިނިސްޓްރީ އަށް ނޭގި މައުލޫމާތު ނުދޭން ސްކޫލުތަކަށް އަންގައިފި
24 ނޮވެމްބަރު 2024

މިއަހަރުގެ ބަޖެޓުގައި ތައުލީމީ ދާއިރާގައި ހިންގުމަށް ނިންމާފައިވާ އެއްވެސް މަޝްރޫއެއް ހިންގާފައިނުވޭ: ނައުޝާދު

24 ނޮވެމްބަރު 2024
މިއަހަރުގެ ބަޖެޓުގައި ތައުލީމީ ދާއިރާގައި ހިންގުމަށް ނިންމާފައިވާ އެއްވެސް މަޝްރޫއެއް ހިންގާފައިނުވޭ: ނައުޝާދު
01 އޮކްޓޯބަރު 2024

250 ބައިވެރިންނާއެކު 7 ވަނަ އިންޓަރނޭޝަނަލް ޓީޗަރސް ކޮންފަރެންސް ފަށައިފި

01 އޮކްޓޯބަރު 2024
250 ބައިވެރިންނާއެކު 7 ވަނަ އިންޓަރނޭޝަނަލް ޓީޗަރސް ކޮންފަރެންސް ފަށައިފި
20 ސެޕްޓެމްބަރު 2024

މި ސަރުކާރުން މާދުރުނޫން މުސްތަގުބަލެއްގައި ދިރާސީ ކަލަންޑަރަށް އަނެއްކާ ވެސް ބަދަލުތައް ގެންނާނެ: އިހުސާން

20 ސެޕްޓެމްބަރު 2024
މި ސަރުކާރުން މާދުރުނޫން މުސްތަގުބަލެއްގައި ދިރާސީ ކަލަންޑަރަށް އަނެއްކާ ވެސް ބަދަލުތައް ގެންނާނެ: އިހުސާން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް