Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
އަރަބިއްޔާގެ ކިޔެވުން ފެށުމަށް ތައްޔާރުވުން

އަރަބިއްޔާ ސްކޫލް ހުރީ ދެވަނަ ޓާމު ފެށުމަށް ވާންޖެހޭ ތައްޔާރީތައް ވެނިމިފައި: ސްޓޭޓް މިނިސްޓަރ

ސަރުކާރު ހިއްސާވާ ވަރަށް ގިނަ ކުންފުނިތަކުގެ އެހީތެރިކަމާ އެކު ވަގުތީ އިމާރާތުގެ މަސައްކަތް ކޮށްފައިވަނީ ސިފައިން

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 16 ޖެނުއަރީ 2022 | އާދީއްތަ 03:23
ކުރީގައި ފޮރިން މިނިސްޓްރީ ހިންގި އިމާރާތް ކުލާސްރޫމްތަކަށް ބަދަލުކޮށް އަރަބިއްޔާގެ ދަރިވަރުންނަށް ކިޔެވޭނެ ގޮތް ހަމަޖައްސާފައި

ކުރީގައި ފޮރިން މިނިސްޓްރީ ހިންގި އިމާރާތް ކުލާސްރޫމްތަކަށް ބަދަލުކޮށް އަރަބިއްޔާގެ ދަރިވަރުންނަށް ކިޔެވޭނެ ގޮތް ހަމަޖައްސާފައި

އަރަބިއްޔާ ސްކޫލް ކުދިންނަށް ޚާއްސަކޮށް ވަގުތީ ގޮތުން ހަމަޖައްސާފައިވާ ފޮރިން މިނިސްޓްރީގެ ވަގުތީ އިމާރާތް ވަނީ ސްކޫލް ހުޅުވެންވާއިރަށް ވާންޖެހޭ ހުރިހާ ތައްޔާރީތަކެއް ވެނިމިފައި ކަމަށް އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އައިޝަތު އާތިޔާ ނަސީރު ވިދާޅުވެއްޖެއެވެ.

ސަރުކާރު ހިއްސާވާ ވަރަށް ގިނަ ކުންފުނިތަކުގެ އެހީތެރިކަމާ އެކު ވަގުތީ އިމާރާތުގެ މަސައްކަތް ކޮށްފައިވަނީ ސިފައިންނެވެ. ފޮރިން މިނިސްޓްރީގެ ވަގުތީ އިމާރާތް އަރަބިއްޔާ ސްކޫލުގެ ދަރިވަރުންނަށް ހަމަޖައްސާފައިވަނީ އަރަބިއްޔާގެ ދަރިވަރުން އިއްޒުއްދީން ސްކޫލަށް ބަދަލުކުރަން ނިންމާފައިވާކަން އެޑިއުކޭޝަން މިނިސްޓްރީން 16 ޑިސެންބަރު 2021ގައި އިއުލާން ކުރުމަށްފަހުއެވެ. މިނިންމުމާއެކު މައްސަލަ ހޫނުވެ ޑިސެންބަރުމަހު 17 ވީ ހުކުރު ދުވަހުގެ ހަވީރު އަރަބިއްޔާ ސްކޫލްދޮށަށް އެއްވެ ބެލެނިވެރިން މުޒާހަރާކޮށްފައިވެއެވެ.

Advertisement - newsAdvertisement

މީގެ އިތުރުން އެ ސްކޫލްގެ ޕޭރެންޓް ޓީޗަރސް އެސޯސިއޭޝަން (ޕީޓީއޭ)އިން ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާ ބައްދަލު ކުރައްވައި، މަޝްވަރާ ކުރައްވާފައިވެއެވެ. މި ބައްދަލުކުރެއްވުމަށްފަހު 21 ޑިސެންބަރު 2021 ގައި ރައީސް ނިންމަވާފައިވަނީ އަރަބިއްޔާ ސްކޫލު ވަގުތީ ގޮތުން ފޮރިން މިނިސްޓްރީގެ ކުރީގެ ވަގުތީ އިމާރާތަށް ބަދަލު ކުރެއްވުމަށެވެ. އަދި މި އިމާރާތް ހަވާލުކުރެވޭއިރު، ކްލާސްރޫމާއި އަދި ސްކޫލު ހިންގޭނެވަރަށް އެ އިމާރާތުގެ ކަންކަން އިންތިޒާމް ކޮށްދެއްވުމަށް ރައީސް ވަނީ ނިންމަވާފައެވެ.

އަރަބިއްޔާގެ ވަގުތީ އިމާރާތައި ގުޅޭގޮތުން އެންމެފަހުގެ މައުލޫމާތު ދެއްވަމުން ރާއްޖެޓީވީގެ "ފަލަސުރުޚީ" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ސްޓޭޓް މިނިސްޓަރ ވިދާޅުވީ އަރަބިއްޔާގެ ބެލެނިވެރިން ބޭނުންވި ގޮތަށް ވަގުތީ ހައްލު ހޯދައިދެވުމުން އެކަމާ އުފާކުރައްވާކަމަށެވެ. އަދި ކޮވިޑްގެ ހާލަތާއެކު ސްކޫލް ހުޅުވޭއިރު ގައިދުރުކަމާއެކު ހުރިހާ ފިޔަވަޅުތަކަކާއެކު އަރަބިއްޔާގެ ދަރިވަރުންނަށްވެސް ދެވަނަ ޓާމުގެ ކިޔެވުން ފެށިގެންދާނެކަމަށް ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ.

އާތިޔާ އިތުރަށް ވިދާޅުވީ އޮފީސް އިމާރާތެއް ކުލާސްރޫމްތަކަކަށް ކުޑަވަގުތުކޮޅެއްގެ ތެރޭގައި ބަދަލުކުރަން ޖެހުމަކީ ކުރިމަތިވި ގޮންޖެހުމެއްކަމަށެވެ. ނަމަވެސް އިމާރާތަށް ގެންނަންޖެހޭ ބަދަލުތައް ގެނެސްފައިވާނެ ކަމަށް އާތިޔާ ވިދާޅުވިއެވެ. އެހެން ސްކޫލްތަކުގައި ކުލާސްރޫމްތަކުގެ ކުޑަދޮރުތައް ހުޅުވޭ ގޮތަށް ހުރިނަމަވެސް މިއިމާރާތުގައި ހުރިހާ ކުލާސްތަކެއްވެސް އޭސީ ކޮށްފައި ހުރުމުން ދޮރުތައް ހުންނާނީ ބަންދުކޮށްފައި ކަމަށް އާތިޔާ ވިދާޅުވިއެވެ.

ސްކޫލެއްގައި ތިބެގެން ދަތިވަރުންނަށް ކިޔެވޭނެ ހުރިހާ އިންތިޒާމުތަކެއް ހަމަޖެހިފައިވާނެކަމަށްވެސް ސްޓޭޓް މިނިސްޓަރ އާތިޔާ ވިދާޅުވިއެވެ. މިއިމާރާތުގެ މަސައްކަތް ކުރަމުންދިޔައިރު އެޑިޔުކޭޝަން މިނިސްޓަރ ޑރ އައިޝަތު އަލީ ވަނީ ވަރަށް ކައިރިން މަސައްކަތްތައް ކުރިޔަށްދާ ގޮތް ބައްލަވާފައިކަމަށް އާތިޔާ ވިދާޅުވިއެވެ.

އަރަބިއްޔާ ސްކޫލް އެންމެ ފުރަަތަމަ ހިންގީ މަޖީދީމަގުގައި ޓާޓާ ފްލެޓްތައް އިމާރާތްކޮށްފައިވާ ބިމުގައެވެ. އެ ތަނުން ދެން ބަދަލުކުރީ، އިއްޒުއްދީން ސްކޫލު ހިންގާ، ކުރީގެެ އެމްއީއެސް އިމާރާތަށެވެ. އެ އިމާރާތުން ދެން ބަދަލުވީ މިހާރު ބޭނުންކުރާ އިމާރާތަށެވެ. ނަމަވެސް އެއިމާރާތު ބައެއް ތަންތަނުން ވަނީ ވަރަށް ބޮޑަށް ކަނޑައިގެން ގޮސް ގެއްލުންތައް ލިބިފައެވެ.

އަރަބިއްޔާ ސްކޫލްގެ އިމާރާތުގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވަނީ ބާ ޖަމާލުއްދީން ހުންނަ ބިމުގައި އެސްކޫލްގެ ދަރިވަރުންނަށް އައު އިމާރާތެއް އެޅުމަށެވެ.

އަރަބިއްޔާ ސްކޫލްމިނިސްޓްރީ އޮފް އެޑިއުކޭޝަން

ކޮމެންޓް

އިތުރަށް ކިޔާލަން

ދިވެހި ޕޭޕަރާއި މެދު ގިނަ ދަރިވަރުންނާއި ބެލެނިވެރިންގެ ކަންބޮޑުވުން އޮތް ނަމަވެސް މިނިސްޓަރ ވިދާޅުވީ އެއްވެސް މައްސަލައެއް ނެތް ކަމަށް

ދިވެހި ޕޭޕަރާއި މެދު ގިނަ ދަރިވަރުންނާއި ބެލެނިވެރިންގެ ކަންބޮޑުވުން އޮތް ނަމަވެސް މިނިސްޓަރ ވިދާޅުވީ އެއްވެސް މައްސަލައެއް ނެތް ކަމަށް

29 ސެޕްޓެމްބަރު 2025
ގައުމީ ސްކައުޓް އެސޯސިއޭޝަން މަގުމަތިވެ، އޮފީސް ބަންދުކޮށްފި

ގައުމީ ސްކައުޓް އެސޯސިއޭޝަން މަގުމަތިވެ، އޮފީސް ބަންދުކޮށްފި

10 ސެޕްޓެމްބަރު 2025
ވަށަފަރު ކްލާސްރޫމެއްގެ ސީލިންގުގެ ބައެއް ވެއްޓި ދަރިވަރުންތަކަށް އަނިޔާވެއްޖެ

ވަށަފަރު ކްލާސްރޫމެއްގެ ސީލިންގުގެ ބައެއް ވެއްޓި ދަރިވަރުންތަކަށް އަނިޔާވެއްޖެ

10 ޖުލައި 2025
ކެންދޫ ސްކޫލުގެ ޕްރިންސިޕަލް އުކުޅަހަށް ބަދަލުކުރާތި ބެލެނިވެރިން ނުކުމެ އިހުތިޖާޖުކުރަން ފަށައިފި

ކެންދޫ ސްކޫލުގެ ޕްރިންސިޕަލް އުކުޅަހަށް ބަދަލުކުރާތި ބެލެނިވެރިން ނުކުމެ އިހުތިޖާޖުކުރަން ފަށައިފި

30 ޖޫން 2025
އެއް ދަންފަޅި އަށް ކިޔެވުން ބަދަލު ނުކުރެވިގެން އުޅެނީ ކުރީ ސަރުކާރުން އެކަށީގެންވާ މިންވަރަށް ސްކޫލު އަޅާފައި ނެތުމުން: އެޑިޔުކޭޝަން

އެއް ދަންފަޅި އަށް ކިޔެވުން ބަދަލު ނުކުރެވިގެން އުޅެނީ ކުރީ ސަރުކާރުން އެކަށީގެންވާ މިންވަރަށް ސްކޫލު އަޅާފައި ނެތުމުން: އެޑިޔުކޭޝަން

30 ޖޫން 2025

އަހަރުތަކުން މިއަދު

19 ޖޫން
"އިސްރާއީލާ ގުޅުން ކަނޑާލާ": ޕާކިސްތާނުން އީރާނަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަޤީންކަން ދީފި
20251 އަހަރު ކުރިން
ދުނިޔެ

"އިސްރާއީލާ ގުޅުން ކަނޑާލާ": ޕާކިސްތާނުން އީރާނަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަޤީންކަން ދީފި

އަލަށް ކުށްކުރާ ކުޑަކުދިން ޖަލަށްލުމަކީ އެކުދިން އަލިފާނުން ރައްކާތެރިކުރަން އަލިފާން ގެންގުޅޭ ތަނަކަށް ގެންދިއުން ކަހަލަ ކަމެއް: ޕީޖީ
20242 އަހަރު ކުރިން
ރާއްޖެ

އަލަށް ކުށްކުރާ ކުޑަކުދިން ޖަލަށްލުމަކީ އެކުދިން އަލިފާނުން ރައްކާތެރިކުރަން އަލިފާން ގެންގުޅޭ ތަނަކަށް ގެންދިއުން ކަހަލަ ކަމެއް: ޕީޖީ

ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި ދިވެހި ފިރިހެނަކު ނިޔާވެއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި ދިވެހި ފިރިހެނަކު ނިޔާވެއްޖެ

އެސްޓީއޯއިން "ހަމަ ހިޓާޗީ"ގެ ނަމުގައި ޕްރޮމޯޝަނެއް ފަށައިފި
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯއިން "ހަމަ ހިޓާޗީ"ގެ ނަމުގައި ޕްރޮމޯޝަނެއް ފަށައިފި

މާލޭ ގުދަނެއްގެ ތެރެއިން ބޮޑު ހަރުފައެއް ފެނިއްޖެ
20215 އަހަރު ކުރިން
ރާއްޖެ

މާލޭ ގުދަނެއްގެ ތެރެއިން ބޮޑު ހަރުފައެއް ފެނިއްޖެ

ޑރ. ޖަމީލާއި ވަކީލް ސަލީމްގެ ފަރާތުން ހުތުރު މަންޒަރުތަކެއް!
20197 އަހަރު ކުރިން
ރިޕޯޓު

ޑރ. ޖަމީލާއި ވަކީލް ސަލީމްގެ ފަރާތުން ހުތުރު މަންޒަރުތަކެއް!

ސަޢީދު: އެންމެ ބޭކާރު ވަޒީރު
20188 އަހަރު ކުރިން
ރިޕޯޓު

ސަޢީދު: އެންމެ ބޭކާރު ވަޒީރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު