Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކޮވިޑް-19، ތައުލީމީ ދާއިރާގެ ހާލަތު

މި ހަފުތާތެރޭގައި އޮންލައިންކޮށް ކިޔަވައިދިނުމެއް ނޯންނާނެ: ސްޓޭޓް މިނިސްޓަރ

15 ޖެނުއަރީ 2022 | ހޮނިހިރު 17:21

ޕްރީ ސްކޫލްވެސް ބަންދު ކުރަން ނިންމާފައެއްނުވޭ

އަތޫފް އާތިފް
އަތޫފް އާތިފް | 15 ޖެނުއަރީ 2022 | ހޮނިހިރު 17:21
ކޮވިޑާއެކު ސްކޫލުތަކުގައި ގައިދުރުކަމުގެ ފިޔަވަޅު ވަނީ އަޅާފައި

ކޮވިޑާއެކު ސްކޫލުތަކުގައި ގައިދުރުކަމުގެ ފިޔަވަޅު ވަނީ އަޅާފައި

މި ހަފުތާތެރޭގައި އޮންލައިންކޮށް ކިޔަވައިދިނުމެއް ނޯންނާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އައިޝަތު އާތިޔާ ނަސީރު ވިދާޅުވެއްޖެއެވެ.

ކޮވިޑްގެ އައު ރާޅެއް ރާއްޖެއަށް ބިންދާލާފައިވާއިރު ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ދުވަހެއް ދުވަހަކަށް އަންނަނީ އިތުރުވަމުންނެވެ. އެއާއެކު އެޑިއުކޭޝަން މިނިސްޓްރީން ވަނީ ގްރޭޑް 1އިން 7އަށް ކިޔަވަމުންދާ ދަރިވަރުން ސްކޫލަށް ދާން ޖެހޭނީ ދެ ދުވަހު ކަމަށް ނިންމާފައެވެ.

Advertisement - newsAdvertisement

ރާއްޖެ ޓީވީގެ ފަލަ ސުރުޚީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ސްޓޭޓް މިނިސްޓާ އާތިޔާ ނަސީރު ވިދާޅުވީ، މިފަހަރު މިގެނެވުނީ އެއް ހަފުތާގެ އިންތިޒާމެއް ކަމަށާއި، މީގެ ކުރިން ކޮވިޑާއެކު ގެނެވުނު ބަދަލަކީ ވަގުތު ލިބިގެން ސަރވިސް ޕްރޮވައިޑަރސްއާ ވާހަކަ ދެކެވިގެން ގެނެވުނު ބަދަލެއް ކަމަށާއި، އެކަމަކު ކުއްލިއަކަށް މިފަހަރު އިންތިޒާމުތައް ހަމަޖައްސަން ޖެހުމާ ގުޅިގެން ސަރވިސް ޕްރޮވައިޑަރސްއާ ވާހަކަ ދައްކަން ވަގުތު ލިބިފައިނުުވާ ކަމަށާއި، އެހެންކަމުން މި ހަފުތާގައި އޮންލައިންކޮށް ކިޔަވައިދިނުމެއް ނޯންނާނެކަމަށެވެ.

އާތިޔާ ވިދާޅުވީ ސްކޫލުތަކުގެ ޕްރިންސިޕަލުންނާ ބައްދަލުކޮށް ވާހަކަ ދެއްކުމުން ސްކޫލުތަކުގެ ވިސްނުން ހުރިގޮތް އެނގިގެންދިޔަ ކަމަށާއި، އެގޮތުން ސްކޫލު ގަޑީގައި ދަރިވަރުން ކިޔެވޭނެ ގޮތްތަކެއް ސްކޫލުތަކުން މިހާރު ވިސްނާފައިވާކަމަށެވެ.

އާތިޔާ ވިދާޅުވީ ޕްރީ ސްކޫލުތަކުގައިވެސް ކިޔަވައިދިނުން ކުރިޔަށްދާނީ ވެސް ދެ ދުވަހު ކަމަށާއި، ޕްރީ ސްކޫލުތައް ބަންދުކުރަން ނިންމާފައިނުވާ ކަމަށެވެ.

އަދި މަތީ ސާނަވީ ދަރިވަރުން ކޮންމެ ދުވަހަކުވެސް ސްކޫލަށް ހާޒިރުކުރަން ނިންމީ ގިނަ ކަންކަމަށް ވިސްނާފައި ކަމަށާއި، އެގޮތުން ގިނަ ދަރިވަރުން މިހާރުވެސް ވަނީ ވެކްސިން ފުރިހަމަކޮށްފައި ކަމަށާއި، މަތީ ސާނަވީ ދަރިވަރުންނަކީ ބައިނަލްއަގުވާމީ އިމްތިހާންތަކަށް ތައްޔާރުވަމުންދާ ކުދިން ކަމަށެވެ.

މިނިސްޓްރީ އޮފް އެޑިއުކޭޝަން

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

29 ސެޕްޓެމްބަރު 2025

ދިވެހި ޕޭޕަރާއި މެދު ގިނަ ދަރިވަރުންނާއި ބެލެނިވެރިންގެ ކަންބޮޑުވުން އޮތް ނަމަވެސް މިނިސްޓަރ ވިދާޅުވީ އެއްވެސް މައްސަލައެއް ނެތް ކަމަށް

29 ސެޕްޓެމްބަރު 2025
ދިވެހި ޕޭޕަރާއި މެދު ގިނަ ދަރިވަރުންނާއި ބެލެނިވެރިންގެ ކަންބޮޑުވުން އޮތް ނަމަވެސް މިނިސްޓަރ ވިދާޅުވީ އެއްވެސް މައްސަލައެއް ނެތް ކަމަށް
10 ޖުލައި 2025

ވަށަފަރު ކްލާސްރޫމެއްގެ ސީލިންގުގެ ބައެއް ވެއްޓި ދަރިވަރުންތަކަށް އަނިޔާވެއްޖެ

10 ޖުލައި 2025
ވަށަފަރު ކްލާސްރޫމެއްގެ ސީލިންގުގެ ބައެއް ވެއްޓި ދަރިވަރުންތަކަށް އަނިޔާވެއްޖެ
30 ޖޫން 2025

ކެންދޫ ސްކޫލުގެ ޕްރިންސިޕަލް އުކުޅަހަށް ބަދަލުކުރާތި ބެލެނިވެރިން ނުކުމެ އިހުތިޖާޖުކުރަން ފަށައިފި

30 ޖޫން 2025
ކެންދޫ ސްކޫލުގެ ޕްރިންސިޕަލް އުކުޅަހަށް ބަދަލުކުރާތި ބެލެނިވެރިން ނުކުމެ އިހުތިޖާޖުކުރަން ފަށައިފި
30 ޖޫން 2025

އެއް ދަންފަޅި އަށް ކިޔެވުން ބަދަލު ނުކުރެވިގެން އުޅެނީ ކުރީ ސަރުކާރުން އެކަށީގެންވާ މިންވަރަށް ސްކޫލު އަޅާފައި ނެތުމުން: އެޑިޔުކޭޝަން

30 ޖޫން 2025
އެއް ދަންފަޅި އަށް ކިޔެވުން ބަދަލު ނުކުރެވިގެން އުޅެނީ ކުރީ ސަރުކާރުން އެކަށީގެންވާ މިންވަރަށް ސްކޫލު އަޅާފައި ނެތުމުން: އެޑިޔުކޭޝަން
06 މެއި 2025

ސްކޫލަށް ދިޔަ 15 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ހޯދަނީ

06 މެއި 2025
ސްކޫލަށް ދިޔަ 15 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ހޯދަނީ
05 މެއި 2025

ފޭސް ދޭއްގައި ބިންގާ އެޅި ސްކޫލް ނޮވެމްބަރަށް ނިންމައި، އިތުރު ދެ ސްކޫލެއްގެ މަސައްކަތް މި އަހަރު ފަށަނީ

05 މެއި 2025
ފޭސް ދޭއްގައި ބިންގާ އެޅި ސްކޫލް ނޮވެމްބަރަށް ނިންމައި، އިތުރު ދެ ސްކޫލެއްގެ މަސައްކަތް މި އަހަރު ފަށަނީ
04 ޑިސެމްބަރު 2024

އެޑިއުކޭޝަން މިނިސްޓްރީ އަށް ނޭގި މައުލޫމާތު ނުދޭން ސްކޫލުތަކަށް އަންގައިފި

04 ޑިސެމްބަރު 2024
އެޑިއުކޭޝަން މިނިސްޓްރީ އަށް ނޭގި މައުލޫމާތު ނުދޭން ސްކޫލުތަކަށް އަންގައިފި
24 ނޮވެމްބަރު 2024

މިއަހަރުގެ ބަޖެޓުގައި ތައުލީމީ ދާއިރާގައި ހިންގުމަށް ނިންމާފައިވާ އެއްވެސް މަޝްރޫއެއް ހިންގާފައިނުވޭ: ނައުޝާދު

24 ނޮވެމްބަރު 2024
މިއަހަރުގެ ބަޖެޓުގައި ތައުލީމީ ދާއިރާގައި ހިންގުމަށް ނިންމާފައިވާ އެއްވެސް މަޝްރޫއެއް ހިންގާފައިނުވޭ: ނައުޝާދު
01 އޮކްޓޯބަރު 2024

250 ބައިވެރިންނާއެކު 7 ވަނަ އިންޓަރނޭޝަނަލް ޓީޗަރސް ކޮންފަރެންސް ފަށައިފި

01 އޮކްޓޯބަރު 2024
250 ބައިވެރިންނާއެކު 7 ވަނަ އިންޓަރނޭޝަނަލް ޓީޗަރސް ކޮންފަރެންސް ފަށައިފި
20 ސެޕްޓެމްބަރު 2024

މި ސަރުކާރުން މާދުރުނޫން މުސްތަގުބަލެއްގައި ދިރާސީ ކަލަންޑަރަށް އަނެއްކާ ވެސް ބަދަލުތައް ގެންނާނެ: އިހުސާން

20 ސެޕްޓެމްބަރު 2024
މި ސަރުކާރުން މާދުރުނޫން މުސްތަގުބަލެއްގައި ދިރާސީ ކަލަންޑަރަށް އަނެއްކާ ވެސް ބަދަލުތައް ގެންނާނެ: އިހުސާން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް