Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެތައުލީމުގެ ފެންވަރު ހިފެހެއްޓުން

ފެންވަރު ހިފެހެއްޓުމަށް މުހިންމު ދާއިރާތަކުން މިނިމަމް ސްޓޭންޑަޑެއް ކަނޑައަޅަން ޖެހޭ: ހަޔަރ އެޑިޔުކޭޝަން މިނިސްޓަރު

14 ޖެނުއަރީ 2022 | ހުކުރު 09:22

ގާބިލްކަމާއެކު ސުވާލު އުފައްދާނެ ޖާގައެއް ނުލިބޭނެ

އަމްނާ އިމާދު
އަމްނާ އިމާދު | 14 ޖެނުއަރީ 2022 | ހުކުރު 09:22
ހަޔަރ އެޑިއުކޭޝަން މިިނިސްޓަރ

ހަޔަރ އެޑިއުކޭޝަން މިިނިސްޓަރ

މަތީ ތައުލީމުގެ ފެންވަރު ހިފެހެއްޓުމަށް މުހިންމު ދާއިރާތަކުން މިނިމަމް ސްޓޭންޑަޑެއް ކަނޑައަޅަންޖެހޭ ކަމަށް ހަޔަރ އެޑިޔުކޭޝަން މިނިސްޓަރު ޑރ.އިބްރާހީމް ހަަސަން ވިދާޅުވެއްޖެއެވެ.

ކީރިތި ގުރުއާންގެ އިލްމުގެ ތައުލީމީ ޕްރޮގްރާމްތަކުގައި ހުންނަންޖެހޭ މިނިމަމް ސްޓޭންޑަޑް އިފްތިތާހު ކުރި ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ ގުރުއާން ތައުލީމީ ޕްރޮގްރާމްތަކުގައި ހުންނަ ތަފާތުތަކުގެ ސަބަބުން ބައެއް މީހުން އެ ޕްރޮގްރާމްތައް ފުރިހަމަ ކުރާ މީހުންގެ ގާބިލްކަމާމެދު ސުވާލު އުފައްދާ ކަމަށެވެ. އެގޮތުން އެފަދަ ޕްރޮގްރާމެއް ފުރިހަމަ ކުރުމަށްފަހު ކިޔަވައިދިނުމުގެ ދައިރާއަށް ނުކުންނަ މީހުންނަށް މިމައްސަލަ ވަރަށް ބޮޑަށް ކުރިމަތިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ވިދާޅުވީ ގުރުއާންގެ އިލްމުގެ ތައުލީމީ ޕްރޮގްރާމްތަކުގައި ހުންނަންޖެހޭ މިނިމަމް ސްޓޭންޑަޑް ކަނޑައެޅުމާއެކު އެމައްސަލައަށް ހައްލު ލިބޭނެ ކަމަށާއި، ގާބިލްކަމާމެދު ސުވާލު އުފައްދާނެ އެއްވެސް ޖާގައެއް ނުލިބޭނެ ކަމަށެވެ.

Advertisement - newsAdvertisement

މިނިސްޓަރު ވިދާޅުވީ އެހެނިހެން ދާއިރާތަކުން ވެސް މިނިމަމް ސްޓޭންޑަޑެއް ކަނޑައަޅަން ޖެހޭ ކަމަށެވެ. ކުރިއަށް އޮތްތަނުގައި މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ލިބިދީފައިވާ ބާރާއި މަތިކޮށްފައިވާ މަސްއޫލިއްޔަތުގެ ދަށުން އެކަން ކުރެވިގެންދާނެ ކަމަށް އުންމީދު ކުރާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ގުރުއާންގެ އިލްމުގެ ތައުލީމީ ޕްރޮގްރާމްތަކުގައި ހުންނަންޖެހޭ މިނިމަމް ސްޓޭންޑަޑް އިޝާރާތް ކުރައްވައި މިނިސްޓަރު ވިދާޅުވީ އެއީ ލިބުނު ކުރިއެރުމެއް ކަމަށާއި، ކުރިއަށް އޮތްތަނުގައި ތައުލީމީ ދާއިރާއަށް ރައްޔިތުން ކުރާ އިތުބާރު ބޮޑުވެގެންދާނެ ކަމަށެވެ. އަދި ފެންވަރާއި މެދު އޮންނަ ކަންބޮޑުވުމަށް ހައްލު ލިބޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ބައެއް މީހުން ސިޔާސީ މަގުސަދެއް ހާސިލް ކުރުމަށް ހަގީގަތާއި ހިލާފު ވާހަކަތައް ފަތުރާ ކަމަށެވެ. ނަމަވެސް ތައުލީމީ ހުރިހާ ދާއިރާއެއްގެ ފެންވަރު ނެގެހެއްޓުމަށް ކެނޑިނޭޅި މަސައްކަތް ކުރަމުންދާ ކަމަށެވެ. ޚާއްސަ ގޮތެއްގައި އިސްލާމް ދީނުގެ އިލްމަށް އަހައްމިއްޔަތުކަންދޭ ކަމަށްވެސް ހަޔަރ އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ. އިބްރާހީމް ހަސަން

އެންމެ ހިނގާ

1

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

2

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

3

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

4

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

5

ޓްރަމްޕް ދަތުރު ކުރެއްވި ހެލިކޮޕްޓަރާއި މަތިންދާބޯޓެއް ވައިގެ ތެރޭގައި ނުރައްކާތެރި މިންވަރަކަށް ކައިރިވި ހާދިސާއެއް!

އިތުރަށް ކިޔާލަން

01 ޖޫން 2023

ސްޓޫޑަންޓް ލޯނު ދިނަސް ކޭޝް ފްލޯއަށް ދައްޗެއް ނުވާނެ: މިނިސްޓަރު

01 ޖޫން 2023
ސްޓޫޑަންޓް ލޯނު ދިނަސް ކޭޝް ފްލޯއަށް ދައްޗެއް ނުވާނެ: މިނިސްޓަރު
06 އެޕްރީލު 2023

ކުޅުދުއްފުށި ސިޓީގައި ސްޓޭޓް އޮފް ދި އާރޓް ޓިވެޓް ސެންޓަރެއް ތަރައްގީކުރަނީ

06 އެޕްރީލު 2023
ކުޅުދުއްފުށި ސިޓީގައި ސްޓޭޓް އޮފް ދި އާރޓް ޓިވެޓް ސެންޓަރެއް ތަރައްގީކުރަނީ
21 ޑިސެމްބަރު 2022

މިސަރުކާރުން ޒުވާނުން ބިނާކުރުމަށް މުހިއްމު މަސައްކަތްތަކެއް ކުރައްވާ: ހަޔަރ އެޑިއުކޭޝަން މިނިސްޓަރ

21 ޑިސެމްބަރު 2022
މިސަރުކާރުން ޒުވާނުން ބިނާކުރުމަށް މުހިއްމު މަސައްކަތްތަކެއް ކުރައްވާ: ހަޔަރ އެޑިއުކޭޝަން މިނިސްޓަރ
20 ނޮވެމްބަރު 2022

ސްޓޫޑެންޓް ލޯނު މާފުކުރަން ތާއީދެއް ނުކުރަން، މާފު ކުރާނަމަ ދެމެހެއްޓެނިވި ގޮތެއްގައި އެކަން ނުކުރެވޭނެ: ހަޔަރ އެޑިއުކޭޝަން މިނިސްޓަރު

20 ނޮވެމްބަރު 2022
ސްޓޫޑެންޓް ލޯނު މާފުކުރަން ތާއީދެއް ނުކުރަން، މާފު ކުރާނަމަ ދެމެހެއްޓެނިވި ގޮތެއްގައި އެކަން ނުކުރެވޭނެ: ހަޔަރ އެޑިއުކޭޝަން މިނިސްޓަރު
19 ނޮވެމްބަރު 2022

ޗަބީ އަށް ޗަބީ ކިޔުނީ ކީއްވެކަން އެނގޭތަ؟

19 ނޮވެމްބަރު 2022
 ޗަބީ އަށް ޗަބީ ކިޔުނީ ކީއްވެކަން އެނގޭތަ؟
19 ސެޕްޓެމްބަރު 2022

ސަނަދުވެރިޔަކަށްވުމުގެ ބަދަލުގައި އިލްމުވެރިޔަކަށްވުމަށް އަޒުމު ކަނޑައަޅަން ޖެހޭ - މިނިސްޓަރު

19 ސެޕްޓެމްބަރު 2022
ސަނަދުވެރިޔަކަށްވުމުގެ ބަދަލުގައި އިލްމުވެރިޔަކަށްވުމަށް އަޒުމު ކަނޑައަޅަން ޖެހޭ - މިނިސްޓަރު
01 ސެޕްޓެމްބަރު 2022

ސްކޮލަރޝިޕް ފުރުސަތުތައް ހޯދައިދިނުމަށް ސަރުކާރުން ކުރި ޚަރަދު 440 މިލިއަނުން މައްޗަށް

01 ސެޕްޓެމްބަރު 2022
ސްކޮލަރޝިޕް ފުރުސަތުތައް ހޯދައިދިނުމަށް ސަރުކާރުން ކުރި ޚަރަދު 440 މިލިއަނުން މައްޗަށް
31 އޯގަސްޓު 2022

ސަރުކާރުގެ އަމާޒަކީ ރަނގަޅު ތައުލީމެއް ލިބިފައި ތިބި ޒުވާން ޖީލެއް ބިނާކުރުން: ރައީސް ޞާލިޙު

31 އޯގަސްޓު 2022
ސަރުކާރުގެ އަމާޒަކީ ރަނގަޅު ތައުލީމެއް ލިބިފައި ތިބި ޒުވާން ޖީލެއް ބިނާކުރުން: ރައީސް ޞާލިޙު
17 އޯގަސްޓު 2022

އަދިވެސް ބޭނުންވާ މަގުބޫލުކަމާއި އިޙްތިރާމް ޕޮލިޓެކްނިކް އަކަށް ނުލިބޭ: މިނިސްޓަރ

17 އޯގަސްޓު 2022
އަދިވެސް ބޭނުންވާ މަގުބޫލުކަމާއި އިޙްތިރާމް ޕޮލިޓެކްނިކް އަކަށް ނުލިބޭ: މިނިސްޓަރ
25 ޖޫން 2022

ޖެންޑަރ އީކުއަލިޓީ އެކްޝަން ޕްލޭންއާއިއެކު ދާއިރާތަކުގައި އަންހެނުންގެ ރޯލު ބޮޑުވާނެ: ހަޔަރ އެޑިއުކޭޝަން މިނިސްޓަރ

25 ޖޫން 2022
ޖެންޑަރ އީކުއަލިޓީ އެކްޝަން ޕްލޭންއާއިއެކު ދާއިރާތަކުގައި އަންހެނުންގެ ރޯލު ބޮޑުވާނެ: ހަޔަރ އެޑިއުކޭޝަން މިނިސްޓަރ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް