Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ދިވެހި ޖުމްހޫރިއްޔާގެ ހަޔާތުން އެންމެ ސާފު ތާހިރު 5 އަހަރު

ފެނާއި ނަރުދަމާގެ މަސައްކަތް ހަވާލު ނުކުރާ އެއްވެސް ރަށެއް ނެތް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 14 ޖެނުއަރީ 2022 | ހުކުރު 12:57
ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ ގާއިމްކުރުމަށް ވަނީ ހަވާލުކުރެވިފައި

ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ ގާއިމްކުރުމަށް ވަނީ ހަވާލުކުރެވިފައި

އަންނަ ކޮންމެ ސަރުކާރަކުން ވެސް ތަރައްގީގެ ވާހަކަ ދައްކައެވެ. ބޮޑެތި އުސް އިމާރާތްތަކާއި އެއްރަށް އަނެއް ރަށާއި ގުޅުވާލައި ކަނޑު ހުރަސްކޮށް ފާލަން އެޅުމުގެ ވާހަކައެވެ. ތާރުއެޅި މަގުތަކާއި ބޮޑުހިލައިގެ ތޮށީގެ ވާހަކައެވެ. ނަމަވެސް ހަގީގަތުގައި ރައްޔިތުން ބޭނުންވަނީ ކޮންކަމެއްތޯ އެއްވެސް ބަޔަކު ސުވާލެއް ނުކުރެއެވެ. ކޮންމެ ވެރިކަޔަކުވެސް ދައްކަން ބޭނުންވަނީ އެމީހެއްގެ ހިތުގައި ކުރަހާލާ ތަސްވީރެކެވެ. ކުލަ ޖައްސާނެ ފިހިވެސް ރައްޔިތު މީހާގެ އަތަކަށް ނުދެއެވެ.

ތަރައްގީގެ ނަމުގައި ކޮންމެ ކަމެއް ކުރި ނަމަވެސް، ތަރައްގީއާއި ހަމައަށް ވާސިލްވެވޭނީ ގައިން ތާހިރުވެގެންނެވެ. ދައްކަން މިއުޅެނީ ދޫކޮށްލެވިފައިވާ ސާފުބޯފެނާއި ނަރުދަމާ ނިޒާމުގެ ވާހަކައެވެ. ކިތަންމެ ދިގު ފާލަމެއް އަޅައި ފަޒާގައި ޖެހޭ ވަރުގެ އުސް އިމާރަތެއް އެޅިޔަސް ނިކަމެތި ރައްޔިތު މީހާ ބޭނުންވާ އަސާސީ ކަންތައްތަކެއް ހުރެއެވެ. ކޮންމެ ކަމެއްވެސް ފަށައިގަންނަނީ ގައިންތާހިރުވެގެންނޭ ބުނެވޭއިރު އެކަން ނުކުރެވި ޒަމާންތަކެއް ފާއިތުވެގެން ހިނގައްޖެއެވެ.

ނަމަވެސް ނަޖިސް ފެނުން ފެންވަރައިގެން ތިބި ރައްޔިތުންނަށް އުއްމީދުގެ ހުޅުކޮޅެއް ދިއްލާލަދިނީ މި ސަރުކާރުންނެވެ. ފާލަމަކަށް އަދި އުސް އިމާރާތަކަށް ނުވިޔަސް މިސަރުކާރުގެ އެންމެ ބޮޑު ވައުދަކީ ރައްޔިތު މީހާ ގައިންތާހިރުވެ ނަޖިސް ފެނުން ފެންނުވަރާނެ ދުވަހެއް ގެނައުމެވެ. މުޅި ދުނިޔެ ކޮވިޑުގެ ހާލަތާއި ކުރިމަތިލައި އިގްތިސާދުތައް ފުނޑެމުން ދިޔައިރުވެސް ސަރުކާރުގެ މިއަމާޒު ދުލެއް ނުކުރެއެވެ. ރިޔާސީ ކެމްޕޭނުގައި ރައީސް ސާލިހު ވެވަޑައިގެންނެވި އެންމެ ބޮޑު އެއް ވައުދުފުޅުކަމުގައިވާ ރާއްޖޭގައި ސާފުބޯފެނާއި ނަރުދަމާގެ ނިޒާމު ނެތް ހުރިހާ ރަށެއްގައި އެ ޚިދުމަތް ދެއްވާނެކަމަށް ވިދާޅުވި ވިދާޅުވުން ރަނުންރަނަށް ވަނީ ފުއްދަވައި ދެއްވާފައެވެ.

ރައީސް ސާލިހު ވިދާޅުވެފައިވަނީ ތަރައްގީގެ ވާހަކަ ދައްކަން ފަށަންވާނީވެސް ގައިންތާހިރުވެ ތިބެގެން ކަމަށެވެ. މިހިނގާ ރިޔާސީ ދައުރަކީ ދިވެހި ޖުމްހޫރިއްޔާގެ ހަޔާތުން އައި އެންމެ ސާފުތާހިރު ފަސް އަހަރު ކަމުގައި ވިދާޅުވީވެސް އެމަނިކުފާނެވެ. ރިޔާސީ މި ދައުރުގައި، ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ އަޅާނެކަމަށް ވިދާޅުވީވެސް ހަމަ އެމަނިކުފާނެވެ.

ސާފުތާހިރުކަމަކީ އީމާންކަމުގެ އެއްބައި ކަމުގައި ބުނާ ފިލާވަޅު އަދިވެސް އެމަނިކުފާނުގެ ހަނދާންފުޅުގައި އެބަހުރި ކަމަށާއި އެއީ އޭގެ ޒާތުގައި މައުނަވީ ވާޖިބެއް ކަމަށް ވެސް ރައީސް ސާލިހު ވިދާޅުވެއެވެ. މިކަންކަން ނުވާނެކަމަށް ބުނެ ފާޑުކިޔުމާއި އަދި އިތުރަށް ވިސްނާލުމުގެ ނަސޭހަތާއި މަޝްވަރާ، އެތައް ގޮތަކުން އެމަނިކުފާނަށް ލިބިވަޑައިގެންނެވި ނަމަވެސް، ވާޖިބަކަށް ވައުދުނުވެ ހުންނަން އެމަނިކުފާނުގެ ޒަމީރު ޖާގަ ނުދޭ ކަމަށްވެސް ވިދާޅުވެއެވެ.

ފެނާއި ނަރުދަމާ ނިޒާމް ނެތް ރަށްރަށުގައި އެޚިދުމަތް ގާއިމްކުރެއްވުމުގެ ވައުދުފުޅާއެކު ދިވެހިރާއްޖެ ފުރޮޅި އިންގިލާބު ވެގެން އެދަނީ، ތަރައްގީގެ މުޅިން އެހެން މަރުހަލާއަކަށެވެ. ސައިޒުން ކުޑަޔަސް، ނުވަތަ ބޮޑަސް، އަދި މީހުން މަދަސް، ނޫނީ ގިނަޔަސް، ސަރުކާރުން މިކަމުގައި އެއްވެސް ރަށެއް ތަފާތު ނުކުރެއެވެ. ފެނާއި ނަރުދަމާގެ މަސައްކަތް ހަވާލުނުކުރެވޭ އެއްވެސް ރަށެއް މިހާރަކު ނެތެވެ. އެހެންވީމާ ވެފައިވެސް ދެންވާން އޮންނާނީ ހަމައެންމެ ގޮތެކެވެ. އެއީ ކަމަށް ބޭނުންވާ އިމާރާތްތައް އުފުލި، މެޝިނަރީ ގެނެވި، ހޮޅިތައް ވަޅުލެވި، ތަރައްގީގެ ވާހަކަ ދައްކަން ފަށާ ހިސާބުގައި ގައިންތާހިރުވުމުގެ ފެން މުޅި ރާއްޖޭގައި އެކުއެކީގައި ހިނގާން ފެށުމެވެ.

ވޭތުވެދިޔަތަނުގައި އައި ހުރިހާ ސަރުކާރަކަށް ނިންމިފައިވަނީ 69 ރަށުގެ ނަރުދަމާއާއި 37 ރަށުގެ ފެނުގެ ނިޒާމެވެ. 118 ރަށުގެ ނަރުދަމާ އޮތީ ނާޅައެވެ. 150 ރަށުގެ ފެނުގެ ނިޒާމް އޮތީ ގާއިމް ނުކުރެވިއެވެ. ނަމަވެސް މި ސަރުކާރުން އެކަމެއް ދުލެއް ނުކުރިއެވެ. ސަބަބަކީ ހަމަ ހަގީގަތުގައިވެސް ތަރައްގީގެ ވާހަކަ ދައްކަން ފަށަން ޖެހޭނީ ގައިން ތާހިރުވެ ތިބެގެން ކަމަށްވާތީއެވެ.

ސުވާލަކީ މުޅި ދުނިޔެ ނުދެކޭފަދަ ބަލިމަޑުކަމެއް ނައިސް އިގްތިސާދު އޭގެ ތަންމިނުގައި ހުޅުވި ބޭރުފައިސާ ބޯކޮށް ލިބި ރާއްޖޭގެ ރަށްރަށް ވިއްކާލައިގެން ލާރި ހޯދި އިރުވެސް ހަމަ މިކަންކަމުގެ މަތިން ހަނދާން ނެތީތޯއެވެ. ރައްޔިތުން ކޮންމެ 100 ރުފިޔާއަކަށް 6 ރުފިޔާ ޓެކްސްގެ ގޮތުގައި ދައްކަމުން ދިޔައިރު، އެ ފައިސާއިން ރައްޔިތުންނަށް ތާހިރު ދިރިއުޅުމެއް ނުދެއްކުނީ ކީއްވެގެންތޯއެވެ. އެސުވާލު ރައްޔިތުން އެބަކުރެއެވެ. ކުރާނެއެވެ. ކުރިންވެސް ދެންނެވި ގޮތަށް އެއިރު ވެރިން ނުކުންނެވީ އަމިއްލަ ތަސްވީރެއް ހިއްޕަވައިގެން އަމިއްލައަށް ކުލަޖައްސަވާނެ ފިހިގަނޑަކާއެކުގައެވެ. ރައްޔިތުންނަށް ތިބެން ޖެހުނީ ކުޅި ބަލާށެވެ.

ފެނާއި ނަރުދަމާނަރުދަމާސާފު ބޯފެންރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ފުވައްމުލަކުގެ ފެނުގެ މައްސަލައާ ގުޅިގެން މަޖިލީހަށް ކުއްލި މައްސަލަ ހުށަހަޅަން ފުރުސަތެއް ނުދިން

ފުވައްމުލަކުގެ ފެނުގެ މައްސަލައާ ގުޅިގެން މަޖިލީހަށް ކުއްލި މައްސަލަ ހުށަހަޅަން ފުރުސަތެއް ނުދިން

16 ނޮވެމްބަރު 2025
ކުރީ ސަރުކާރުން ފެށި ވާދޫގެ ފެނާއި ނަރުދަމާ ނިޒާމުގެ މަޝްރޫއު އެއްކޮށް ނިމި، މިހާރު އޮތީ މުއިއްޒު ރަސްމީކޮށް ބަޓަނަށް ފިއްތާލުން: ކައުންސިލްގެ ރައީސް

ކުރީ ސަރުކާރުން ފެށި ވާދޫގެ ފެނާއި ނަރުދަމާ ނިޒާމުގެ މަޝްރޫއު އެއްކޮށް ނިމި، މިހާރު އޮތީ މުއިއްޒު ރަސްމީކޮށް ބަޓަނަށް ފިއްތާލުން: ކައުންސިލްގެ ރައީސް

08 ނޮވެމްބަރު 2025
ވެރިކަމުގައި ތިބެވުނު ނަމަ މިއަދު މުޅި ރާއްޖޭގެ ހުރިހާ ރައްޔިތުން ތިބޭނީ އަސާސީ ހިދުމަތްތައް ލިބިގަނެގެން: ރައީސް ޞާލިހު

ވެރިކަމުގައި ތިބެވުނު ނަމަ މިއަދު މުޅި ރާއްޖޭގެ ހުރިހާ ރައްޔިތުން ތިބޭނީ އަސާސީ ހިދުމަތްތައް ލިބިގަނެގެން: ރައީސް ޞާލިހު

31 އޮކްޓޯބަރު 2025
ޑރ އިޔާޟް, ޖަނާބް އަށް: އިތުރަށް ރަޢްޔިތުންނަށް ގެއްލުން ނުދީ ޅިޔަނަށާއި ކޮއްކޮ އަށް ގޯއްޗަށް ދާން ލަފާ ދެއްވާ

ޑރ އިޔާޟް, ޖަނާބް އަށް: އިތުރަށް ރަޢްޔިތުންނަށް ގެއްލުން ނުދީ ޅިޔަނަށާއި ކޮއްކޮ އަށް ގޯއްޗަށް ދާން ލަފާ ދެއްވާ

20 ސެޕްޓެމްބަރު 2025
ފެނާއި ނަރުދަމާގެ މަޝްރޫއު ހުއްޓިފައި، ރައްޔިތުން ދިރިއުޅެމުންދަނީ ވަރަށް ބޮޑު ތަކުލީފެއްގައި: ބޮޑުފުޅަދޫ ކައުންސިލްގެ ރައީސް

ފެނާއި ނަރުދަމާގެ މަޝްރޫއު ހުއްޓިފައި، ރައްޔިތުން ދިރިއުޅެމުންދަނީ ވަރަށް ބޮޑު ތަކުލީފެއްގައި: ބޮޑުފުޅަދޫ ކައުންސިލްގެ ރައީސް

14 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

26 ފެބުރުއަރީ
ރޯދަ މެނޫ ވެސް ހުއްދަ ނެތި އިޝްތިހާރު ނުކުރެވޭ ވަރުގެ ހަރުކަށި ގަވައިދެއް ހަދައިފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ރޯދަ މެނޫ ވެސް ހުއްދަ ނެތި އިޝްތިހާރު ނުކުރެވޭ ވަރުގެ ހަރުކަށި ގަވައިދެއް ހަދައިފި

ރައީސް ހެއްދެވީ ބޮޑު އިތުރުފުޅެއްކަން އަމީރު ހާމަކުރެއްވުމާއެކު، ރައީސް އޮފީހުގެ ޚަބަރުން އެބައި އުނިކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ރައީސް ހެއްދެވީ ބޮޑު އިތުރުފުޅެއްކަން އަމީރު ހާމަކުރެއްވުމާއެކު، ރައީސް އޮފީހުގެ ޚަބަރުން އެބައި އުނިކޮށްފި

ގޭންގު ހަމަނުޖެހުން: ޒުވާނާގެ މަރާއި ޖޫސް ޓައިމަށް ދިން ހަމަލާގެ ފަހަތުގައިވާ ވާހަކަތައް!
20233 އަހަރު ކުރިން
ރިޕޯޓު

ގޭންގު ހަމަނުޖެހުން: ޒުވާނާގެ މަރާއި ޖޫސް ޓައިމަށް ދިން ހަމަލާގެ ފަހަތުގައިވާ ވާހަކަތައް!

ރައީސް ޔާމީން އުޅުއްވާ ގޮތުން ހީވަނީ "ބްރޭކްއަޕް"އަކުން އަރައިނުގަނެވިގެން އުޅުއްވާހެންނެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީން އުޅުއްވާ ގޮތުން ހީވަނީ "ބްރޭކްއަޕް"އަކުން އަރައިނުގަނެވިގެން އުޅުއްވާހެންނެވެ.

ހާޝަގްޖީ މަރާލާފައިވަނީ ސައުދީގެ ވަލީއަހުދުގެ އަމުރަށް: އެމެރިކާގެ އިންޓަލިޖެންސް ރިޕޯޓް
20215 އަހަރު ކުރިން
ދުނިޔެ

ހާޝަގްޖީ މަރާލާފައިވަނީ ސައުދީގެ ވަލީއަހުދުގެ އަމުރަށް: އެމެރިކާގެ އިންޓަލިޖެންސް ރިޕޯޓް

އީސީ އުވާލައި ފަނޑިޔާރުންނަށް އިންތިހާބާ ގުޅޭ ކަންކަން ހަވާލުކުރުމަށް މޫސަ ގޮވާލައްވައިފި
20197 އަހަރު ކުރިން
ރާއްޖެ

އީސީ އުވާލައި ފަނޑިޔާރުންނަށް އިންތިހާބާ ގުޅޭ ކަންކަން ހަވާލުކުރުމަށް މޫސަ ގޮވާލައްވައިފި

އަލީ ހަމީދުގެ އަނބިކަނބަލުން އޮންނަ ގޮޅިއަށް ފިރިހެނުން ވަންނަ މައްސަލަ އެޗްއާރްސީއެމްއަށް!
20188 އަހަރު ކުރިން
ރާއްޖެ

އަލީ ހަމީދުގެ އަނބިކަނބަލުން އޮންނަ ގޮޅިއަށް ފިރިހެނުން ވަންނަ މައްސަލަ އެޗްއާރްސީއެމްއަށް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު