Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޓެރަރިޒަމްގެ އަމަލު ހިންގުން

ކުޑަކުދިން ގްރޫމްކޮށް ޓެރަރިޒަމްގެ އަމަލު ހިންގަން މަސައްކަތް ކުރޭ - ފުލުހުން

13 ޖެނުއަރީ 2022 | ބުރާސްފަތި 06:19

ކުޑަކުދިން ގްރޫމްކޮށްގެން ކުށްތަކަށް އަރައިގަތުން އިތުރުވަމުންދޭ

އަމްނާ އިމާދު
އަމްނާ އިމާދު | 13 ޖެނުއަރީ 2022 | ބުރާސްފަތި 06:19
ކުޑަކުދިންނަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމަކީ މުޅި ދައުލަތުގެ ޒިންމާއެއް

ކުޑަކުދިންނަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމަކީ މުޅި ދައުލަތުގެ ޒިންމާއެއް

ކުޑަކުދިން ގްރޫމްކޮށްގެން ޓެރަރިޒަމްގެ އަމަލުތަކެއް ކުރުމަށް މަސައްކަތް ކޮށްފައިވާކަން ފާހަގަކުރެވޭ ކަމަށް ފުލުހުން ބުނެފިއެވެ.

ބުދަ ދުވަހުގެ ރޭ ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް އަހުމަދު ފާރިޝް ވިދާޅުވީ ކުޑަކުދިން ގްރޫމްކޮށްގެން ކުށްތަކަށް އަރައިގަތުން އިތުރުވަމުންދާ ކަމަށާއި، ޓެރަރިޒަމް ފަދަ ބޮޑެތި ކުށްތައް ކުރުމުގެ ކަންކަމުގައި ވެސް ކުޑަކުދިން ބޭނުންކުރާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. ނަމަވެސް ޖުމްލަ ގޮތެއްގައި ކުޑަކުދިން ބޭނުންކޮށްގެން އެޒާތުގެ ބޮޑެތި ކަންކަން ކުރުވާފައިނުވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ވިދާޅުވީ ކުޑަކުދިންނާއި ގުޅުންހުރި މިފަދަ މައްސަލަތަކަށް ޚާއްސަ ސަމާލުކަމެއްދޭ ކަމަށާއި، ވަރަށް ގާތުން ބަލަމުންދާ ކަމަށެވެ.

Advertisement - newsAdvertisement

ކުޑަކުދިންނަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމަކީ މުޅި ދައުލަތުގެ ޒިންމާއެއްކަން ފާހަގަކުރައްވައި ފާރިޝް ވިދާޅުވީ މައްސަލައެއްގައި ކުޑަކުއްޖަކީ ވިޓްނަސް ކަމުގައިވާނަމަ ވިޓްނަސް ޕްރޮޓެކްޝަން ދިނުމަކީ ދައުލަތުގެ ހުރިހާ މުއައްސަސާތަކުގެ ގުޅިގެން ކުރަމުން އަންނަ ކަމަށެއް ކަމަށާއި، އެފަދަ ކަންކަން ކަށަވަރުކުރުމަށް ވެސް މަސައްކަތް ކުރަމުންދާ ކަމަށެވެ.

މީގެ އިތުރުން ފާރިޝް ވިދާޅުވީ މައްސަލައެއްގައި ކުޑަކުއްޖަކު ހައްޔަރުކުރަނީ އެނޫން އެއްވެސް ގޮތެއް ނެތުމުން ކަަމަށެވެ. ހައްޔަރު ކުރުމުގެ ކުރިން ކުއްޖާގެ އުމުރުގެ އިތުރުން މައްސަލާގެ ކުޑަ ބޮޑުމިނަށް ބަލާ ކަމަށް އޭނާ ވިދާޅުވިއެވެ.

ފާރިޝް ވިދާޅުވީ ހައްޔަރުކުރާ ކުޑަކުދިން ބަލަހައްޓަމުންދަނީ ޚާއްސަ އިންތިޒާމްގެ ތެރެއިން ކަމަށާއި، އެކުދިން ގެންގުޅެނީ ބޮޑެތި މީހުންނާއި ވަކިން ދެޖިންސް ވަކިން ކަމަށެވެ. އަދި ގިނަ ފަހަރަށް ޝަރީއަތުގެ މަރުހަލާގައި ފުލުހުންގެ ބަންދުން ދޫވެ، ކަރެކްޝަންސްގެ ބެލުމުގެ ދަށަށްދާ ކަމަށާއި، އެކުދިންނަށް ލިބެންޖެހޭ ރައްކާތެރިކަމާއެކު، ތައުލީމާއި އެހެނިހެން ވެސް ލިބެންޖެހޭ ހައްގުތައް ލިބޭނެ ކަމަށް ފާރިޝް ވިދާޅުވިއެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސް

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

08 ޑިސެމްބަރު 2025

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި
04 ޑިސެމްބަރު 2025

ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

04 ޑިސެމްބަރު 2025
ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް
03 ޑިސެމްބަރު 2025

ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

03 ޑިސެމްބަރު 2025
ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު
22 ނޮވެމްބަރު 2025

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި

22 ނޮވެމްބަރު 2025
 ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި
19 ނޮވެމްބަރު 2025

އަންހެން ދެ ކުދިންނަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަން ފަށައިފި

19 ނޮވެމްބަރު 2025
އަންހެން ދެ ކުދިންނަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަން ފަށައިފި
14 ނޮވެމްބަރު 2025

ޒަމާނީ ބަދަލުތަކަށް ތަމްރީނު ހޯދައި، ގޮންޖެހުންތަކުން އަރައިގަތުމުގެ ހިތްވަރު ފުލުހުންގެ އެބަހުރި: ސީޕީ

14 ނޮވެމްބަރު 2025
ޒަމާނީ ބަދަލުތަކަށް ތަމްރީނު ހޯދައި، ގޮންޖެހުންތަކުން އަރައިގަތުމުގެ ހިތްވަރު ފުލުހުންގެ އެބަހުރި: ސީޕީ
13 ނޮވެމްބަރު 2025

މަސްތުވާތަކެތީގެ ޑީލަރުންގެ ފަހަތުން ފުލުހުން ދާނެކަން ރައީސް އިއުލާން ކުރައްވައިފި

13 ނޮވެމްބަރު 2025
މަސްތުވާތަކެތީގެ ޑީލަރުންގެ ފަހަތުން ފުލުހުން ދާނެކަން ރައީސް އިއުލާން ކުރައްވައިފި
11 ނޮވެމްބަރު 2025

ބަނގުރާ ބޮއެގެން ދަރިފުޅަށް ޖިންސީ ގޯނާކުރި މަންމަ ހައްޔަރުކޮށްފި

11 ނޮވެމްބަރު 2025
ބަނގުރާ ބޮއެގެން ދަރިފުޅަށް ޖިންސީ ގޯނާކުރި މަންމަ ހައްޔަރުކޮށްފި
10 ނޮވެމްބަރު 2025

ރިކޯޑުކޮށްފައިވާ ޒާތީ މައުލޫމާތު ވަނީ ބަދަލު ކޮށްފައި، މައްސަލަ ބަލައި ދިނުމަށް އޭސީޕީ ޝިފާން އެދިވަޑައިގެންފި

10 ނޮވެމްބަރު 2025
ރިކޯޑުކޮށްފައިވާ ޒާތީ މައުލޫމާތު ވަނީ ބަދަލު ކޮށްފައި، މައްސަލަ ބަލައި ދިނުމަށް އޭސީޕީ ޝިފާން އެދިވަޑައިގެންފި
09 ނޮވެމްބަރު 2025

ރައްޔިތުންގެ ހައްގުތައް ހޯދައިދިނުމަށް ސީޕީ ނަވީން، އެންއައިސީ މެންބަރުންނާ ބައްދަލުކުރައްވައި މަޝްވަރާ ކުރައްވައިފި

09 ނޮވެމްބަރު 2025
ރައްޔިތުންގެ ހައްގުތައް ހޯދައިދިނުމަށް ސީޕީ ނަވީން، އެންއައިސީ މެންބަރުންނާ ބައްދަލުކުރައްވައި މަޝްވަރާ ކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް