Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
100 ކިލޯ ޑްރަގް މައްސަލަ

100 ކިލޯ ޑްރަގް މައްސަލަ: އެންމެންވެސް ބޭނުންވަނީ އަމިއްލައަށް ވަކީލަކު ހަމަޖައްސަން

އޮޕަރޭޝަން ކުރިއަށް ގެންދިޔައީ، މިދިޔަ އަހަރުގެ އޮކްޓޯބަރ މަހުގެ 13 ވަނަ ދުވަހު

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 12 ޖެނުއަރީ 2022 | ބުދަ 08:19
ކްރިމިނަލް ކޯޓް- މައްސަލަ ބައްލަވާ ގާޒީ ވަނީ ވަކީލަކު އައްޔަނު ކުރުމަށް ފުރުސަތެއް ދެއްވައި، 13 ފެބްރުއަރީ 2022ށް މައްސަލައިގެ އަޑުއެހުމެއް ތާވަލު ކުރައްވާފައި

ކްރިމިނަލް ކޯޓް- މައްސަލަ ބައްލަވާ ގާޒީ ވަނީ ވަކީލަކު އައްޔަނު ކުރުމަށް ފުރުސަތެއް ދެއްވައި، 13 ފެބްރުއަރީ 2022ށް މައްސަލައިގެ އަޑުއެހުމެއް ތާވަލު ކުރައްވާފައި

ފުލުހުން ހިންގި އޮޕަރޭޝަނެއްގައި އަތުލައިގެންފައިވާ 100 ކިލޯގެ ޑްރަގް މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ އަޑުއެހުމެއް ބުދަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

މި މައްސަލައިގައި 8 މީހެއްގެ ވަނަވަރު ހާމަ ކުރި ނަމަވެސް، އިތުރު ބައެއް މީހުންވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައެވެ. އެގޮތުން 6 ދިވެހިންނާއި، ދެ ބިދޭސީއެއްގެ ވަނަވަރު ފުލުހުން ހާމަކުރިއެވެ. މުޅި މި މައްސަލައާއި ގުޅިގެން 10 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައެވެ.

Advertisement - newsAdvertisement

1- ހދ. ކުމުންދޫ، ޑިއާފުރެންޑް، އިބްރާހީމް ސިނާން

2- ގއ. ކޮލަމާފުށި، ސޯސަންގެ، އިބްރާހީމް ޒައިދު ހަބީބު

3- ކ މާފުށި ސްވީޓްމީޑް އަހުމަދު މާހިރު

4- ނ. ވެލިދޫ، ބީޗްހެވެން، ޖުމާން މުސްތަފާ

5- ލ. ކަލައިދޫ، ޖަނަވަރީމާގެ، މުހައްމަދު އަހްމަދު

6- ދ. ބަނޑިދޫ، ޕޮލާރިސް، މުހައްމަދު ހުސައިން

7- ޑީއެމް މޮބިން (ބަންގްލަދޭޝް)

8- އެމްޑީ ރަފީޤުލް އިސްލާމް (ބަންގްލަދޭޝް)

9- ގއ ދެެއްވަދޫ ދޭލިޔާގޭ މިދުހަތު އިބްރާހިމް

10- މ ކޮޅުފުށި ޒަހީރާ މަންޒިލް، އަހުމަދު ޝިރުހާން ޝަމީމް

މި މައްސަލައިގައި ބުދަ ދުވަހު ފުރަތަމަ ކުރިއަށް ގެންގޮސްފައިވަނީ އެ 10 މީހުންގެ ތެރެއިން 8 މީހެއްގެ މައްސަލައެވެ. އެއީ މި މައްސަލައިގައި ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާ އުފުލާފައިވާ 8 މީހުންނެވެ. އެގޮތުން މިދުހަތު އިބްރާހިމްއާއި އަހުމަދު ޝިރުހާން ޝަމީމް ފިޔަވައި ދެން ތިބި އެންމެންގެ މައްޗަށް ވަނީ ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާ އުފުލާފައެވެ.

އަދި މުޙައްމަދު ހުސައިންގެ މައްޗަށް ޑައިމޯފިން ބޭނުން ކުރުމުގެ ކުށުގެ އިތުރު ދައުވާއެއްވެސް އުފުލާފައިވާއިރު، މިދުހަތާއި ޝިރުހާންގެ މައްޗަށް މި މައްސަލައިގައި އުފުލާފައިވަނީ ކެނެބިސް ބޭނުން ކުރުމުގެ ކުށުގެ ދައުވާއެވެ. އެ ދައުވާ އެ ދެމީހުންގެ އިތުރުން މި މައްސަލައިގައި ހިމެނޭ ޖުމާން މުސްތަފާއާއި، ރަފީޤުލް އިސްލާމްއާއި، މުޙައްމަދު އަހުމަދުގެ މައްޗަށްވެސް އުފުލާފައިވެއެވެ. ކެނެބިސް ބޭނުން ކުރުމުގެ ކުށުގެ ދައުވާގެ އަޑުއެހުންވެސް ކުރިއަށް ގެންގޮސްފައިވަނީ ވަކިންނެވެ.

މި މައްސަލައިގައި ބުދަ ދުވަހު ކުރިއަށް ދިޔަ އަޑުއެހުމުގައި ދައުވާލިބޭ މީހުންގެ ތެރެއިން ޖުމާން ހާޒިރުވެފައެއް ނުވެއެވެ. އެގޮތުން ޗިޓް ލިބުމަށްފަހުވެސް ހާޒިރުވެފައިނުވާތީ މައްސަލަ ބައްލަވާ ގާޒީ ދީބާނާޒް ފަހުމީ ވަނީ މަޤްބޫލު ސަބަބެއް އޮތްތޯ ބެއްލެވުމަށްފަހު ފިޔަވަޅު އަޅުއްވާނެކަމަށް ވިދާޅުވެފައެވެ.

އަދި ބާކީ ތިބި މީހުންގެ ބައި ކުރިއަށް ގެންދަވާފައިވާއިރު، އެންމެންވެސް ވަނީ ވަކީލަކު އަމިއްލައަށް އައްޔަނު ކުރުމަށް ފުރުސަތަކަށް އެދިފައެވެ. އެއާއެކު މައްސަލަ ބައްލަވާ ގާޒީ ވަނީ ވަކީލަކު އައްޔަނު ކުރުމަށް ފުރުސަތެއް ދެއްވައި، 13 ފެބްރުއަރީ 2022ށް މައްސަލައިގެ އަޑުއެހުމެއް ތާވަލު ކުރައްވާފައެވެ. ގާޒީ ވިދާޅުވީ އެ ދުވަހުގެ އަޑުއެހުމުގައި ދައުވާ އިއްވައި ޖަވާބުދާރީވުން އޮންނާނެ ކަމަށެވެ.

މި އަޑުއެހުމުގައި ޑީއެމް މޮބިންއާއި ރަފީޤުލް އިސްލާމްވެސް ވަނީ އެމީހުންގެ ޕާސްޕޯޓު ނަންބަރު ނޭނގޭކަމަށް ބުނެފައެވެ. އެ މީހުންގެ ބަންދުގެ މުއްދަތު 21 ޑިސެމްބަރަށް ހަމަވާއިރު، ދެން އޮންނަ އިބްތިދާއީ އަޑުއެހުމުގެ ކުރިން ބަންދު މުރާޖައާ އަޑޫއެހުމެއް ބާއްވަވާނެކަން ގާޒީ ފާހަގަ ކުރައްވާފައިވެއެވެ.

މި މީހުން ހައްޔަރުކުރި އޮޕަރޭޝަން ކުރިއަށް ގެންދިޔައީ، މިދިޔަ އަހަރުގެ އޮކްޓޯބަރ މަހުގެ 13 ވަނަ ދުވަހުއެވެ. އެ އޮޕރޭޝަންގައި ރާއްޖޭގެ ބައެއް ފަޅު ރަށްތަކާއި، ހުޅުމާލެއާއި މާލެ އާއި މާލޭގެ ބައެއް ގޭގޭގެ އިތުރުން ސަފާރީއަކާއި ލޯންޗެއް ބަލައި ފާސްކުރިއެވެ. 100 ކިލޯއަށްވުރެގިނަ މަސްތުވާތަކެތި ހޯދާފައިވަނީ ފަޅުރަށެއް ކަމަށްވާ އދ. ބޮޑުކާށިހުރާއިންނެވެ. އަދި މިވަގުތުވެސް ދައުވާލިބޭ ގިނަ މީހުން ތިބީ ބަންދުގައެއް ނޫނެވެ.

ކްރިމިނަލް ކޯޓް100ކިލޯގެ މަސްތުވާތަކެތި

ކޮމެންޓް

އިތުރަށް ކިޔާލަން

ސައްހަ ނޫން ޓީޓީ ތަކެއް ފޮނުވައިގެން މުދާ ހޯދި މައްސަލާގައި ޝިފާއު ގެ މައްޗަށް މަނީ ލޯންޑްރިންގެ ހަތް ދައުވާ ސާބިތުވެއްޖެ

ސައްހަ ނޫން ޓީޓީ ތަކެއް ފޮނުވައިގެން މުދާ ހޯދި މައްސަލާގައި ޝިފާއު ގެ މައްޗަށް މަނީ ލޯންޑްރިންގެ ހަތް ދައުވާ ސާބިތުވެއްޖެ

16 ޑިސެމްބަރު 2025
ސިނގިރޭޓް ވައްކަންކުރި މައްސަލައިގައި 10 މީހެއްގެ މައްޗަށް ދައުވާ ކޮށްފި

ސިނގިރޭޓް ވައްކަންކުރި މައްސަލައިގައި 10 މީހެއްގެ މައްޗަށް ދައުވާ ކޮށްފި

16 ޑިސެމްބަރު 2025
މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

13 ޑިސެމްބަރު 2025
މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

12 ޑިސެމްބަރު 2025
މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

12 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

13 ފެބުރުއަރީ
ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ
20251 އަހަރު ކުރިން
ދުނިޔެ

ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި
20233 އަހަރު ކުރިން
ރާއްޖެ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"
20224 އަހަރު ކުރިން
ރާއްޖެ

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން
20215 އަހަރު ކުރިން
ރާއްޖެ

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު