Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އަރަބިއްޔާ ސްކޫލްގައި ކިޔެވުން

އަރަބިއްޔާ ދަރިވަރުންގެ ކިޔެވުންވެސް އަންނަ އާދިއްތަ ދުވަހު ފެށޭނެ: އެޑިޔުކޭޝަން

މަސައްކަތް ބާރު ސްޕީޑްގައި ކުރިއަށްދޭ

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 12 ޖެނުއަރީ 2022 | ބުދަ 05:15
މަސައްކަތް ކުރިއަށްދާ ގޮތް އެޑިޔުކޭޝަން މިނިސްޓަރު ބައްލަވާލައްވަނީ،

މަސައްކަތް ކުރިއަށްދާ ގޮތް އެޑިޔުކޭޝަން މިނިސްޓަރު ބައްލަވާލައްވަނީ،

އަރަބިއްޔާ ސްކޫލުގެ ދަރިވަރުންގެ ކިޔެވުން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ވަގުތީ އިމާރާތުގެ މަސައްކަތް ބާރު ސްޕީޑްގައި ކުރިއަށްދާ ކަމަށާއި، އަންނަ އާދިއްތަ ދުވަހު ކިޔެވުން ފެށޭނެ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

އަރަބިއްޔާގެ ދަރިވަރުންނަށް ވަގުތީ އިމާރާތެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ ފޮރިން މިނިސްޓްރީގެ ވަގުތީ އިމާރާތެވެ. އަދި މަސައްކަތް ކުރިއަށްދާ ގޮތް ބެލުމަށް ހޯމަ ދުވަހުގެ ވަގުތެއްގައި އެއިމާރާތަށް އެޑިއުކޭޝަން މިނިސްޓްރީން ޒިޔާރަތްކޮށް ފައިވެއެވެ.

އެޑިޔުކޭޝަން މިނިސްޓްރީން ބުނީ ތަވާލްއާ އެއްގޮތަށް މަސައްކަތް ކުރިއަށްދާ ކަމަށާއި، ޖެނުއަރީ 16 ވާ އާދިއްތަ ދުވަހު ކިޔެވުން ފެށޭނެ ކަމަށެވެ.

ސަރުކާރު ހިއްސާވާ ވަރަށް ގިނަ ކުންފުނިތަކުގެ އެހީތެރިކަމާ އެކު ވަގުތީ އިމާރާތުގެ މަސައްކަތް ކުރަނީ ސިފައިންނެވެ. ކުޑަ ނޯޓިސްއާއެކު މަސައްކަތް ފެށި ނަމަވެސް މިހާރު ބޮޑު ބައެއް ނިމިފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ.

ފޮރިން މިނިސްޓްރީގެ ވަގުތީ އިމާރާތް އަރަބިއްޔާ ސްކޫލުގެ ދަރިވަރުންނަށް ހަމަޖައްސާފައިވަނީ އަރަބިއްޔާގެ ދަރިވަރުން އިއްޒުއްދީން ސްކޫލަށް ބަދަލުކުރަން ނިންމާފައިވާކަން އެޑިއުކޭޝަން މިނިސްޓްރީން 16 ޑިސެންބަރު 2021ގައި އިއުލާން ކުރުމަށްފަހުއެވެ. މިނިންމުމާއެކު މައްސަލަ ހޫނުވެ ޑިސެންބަރުމަހު 17 ވީ ހުކުރު ދުވަހުގެ ހަވީރު އަރަބިއްޔާ ސްކޫލްދޮށަށް އެއްވެ ބެލެނިވެރިން މުޒާހަރާކޮށްފައިވެއެވެ.

މީގެ އިތުރުން އެ ސްކޫލްގެ ޕޭރެންޓް ޓީޗަރސް އެސޯސިއޭޝަން (ޕީޓީއޭ)އިން ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާ ބައްދަލު ކުރައްވައި، މަޝްވަރާ ކުރައްވާފައިވެއެވެ. މި ބައްދަލުކުރެއްވުމަށްފަހު 21 ޑިސެންބަރު 2021 ގައި ރައީސް ނިންމަވާފައިވަނީ އަރަބިއްޔާ ސްކޫލު ވަގުތީ ގޮތުން ފޮރިން މިނިސްޓްރީގެ ކުރީގެ ވަގުތީ އިމާރާތަށް ބަދަލު ކުރެއްވުމަށެވެ. އަދި މި އިމާރާތް ހަވާލުކުރެވޭއިރު، ކްލާސްރޫމާއި އަދި ސްކޫލު ހިންގޭނެވަރަށް އެ އިމާރާތުގެ ކަންކަން އިންތިޒާމް ކޮށްދެއްވުމަށް ރައީސް ވަނީ ނިންމަވާފައެވެ.

އަރަބިއްޔާ ސްކޫލް އެންމެ ފުރަަތަމަ ހިންގީ މަޖީދީމަގުގައި ޓާޓާ ފްލެޓްތައް އިމާރާތްކޮށްފައިވާ ބިމުގައެވެ. އެ ތަނުން ދެން ބަދަލުކުރީ، އިއްޒުއްދީން ސްކޫލު ހިންގާ، ކުރީގެެ އެމްއީއެސް އިމާރާތަށެވެ. އެ އިމާރާތުން ދެން ބަދަލުވީ މިހާރު ބޭނުންކުރާ އިމާރާތަށެވެ. ނަމަވެސް އެއިމާރާތު ބައެއް ތަންތަނުން ވަނީ ވަރަށް ބޮޑަށް ކަނޑައިގެން ގޮސް ގެއްލުންތައް ލިބިފައެވެ.

އަރަބިއްޔާ ސްކޫލް ހުންނަ އިމާރާތަށް ލިބިފައިވާ ގެއްލުންތަކާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވަނީ، އެ ސްކޫލްގެ އިމާރާތަށް މިވަގުތު ދިމާވެގެން އުޅޭ މައްސަލަ ބަލައި ހައްލުކުރުމަށް އިތުރު ވަގުތު ބޭނުންވާ ކަމަށެވެ. އެ ސްކޫލްގެ އިމާރާތުގެ ހާލަތު މިވަގުތު ހުރިގޮތުން އެތަނުގައި ދަރިވަރުންނަށް ތައުލީމު ފޯރުކޮށްދިނުމަކީ އެންމެ ރައްކާތެރިކަމެއްނޫން ކަމަށާއި، ޢިމާރާތަށް ލިބިފައިވާ ގެއްލުންތަކަށް އަވަސް ހައްލެއް ހޯދުމަށްޓަކައި މިނިސްޓްރީން މަސައްކަތް ކުރަމުންދާ ކަމަށެވެ. މިކަމަށް ހައްލެއް ހޯދެންދެން ވެސް ދަރިވަރުންގެ ކިޔެވުން މެދުނުކެނޑި ކުރިއަށް ގެންދަންޖެހޭ ކަމަށާއި، 700ށްވުރެ ގިނަ ދަރިވަރުންގެ ކިޔެވުން މެދުނުކެނޑި ކުރިއަށް ގެންދެވޭނީ ސްކޫލެއް ހިންގުމަށް އިމާރާތްކޮށްފައި ހުރިތަނެއްގައި ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ. އަދި ވަސީލަތްތައްވެސް ހުންނަންޖެހޭ ކަމަށެވެ.

އަރަބިއްޔާ ސްކޫލްއެޑިއުކޭޝަން މިނިސްޓްރީ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

މާރާމާރީ ހިންގި ޓީޗަރު ސަސްޕެންޑުކޮށް މައްސަލަ ފުލުހަށް ހުށަހަޅައިފި

މާރާމާރީ ހިންގި ޓީޗަރު ސަސްޕެންޑުކޮށް މައްސަލަ ފުލުހަށް ހުށަހަޅައިފި

10 ޑިސެމްބަރު 2025
ގްރޭޑް 10ގެ ދަރިވަރުން ގެ އިމްތިހާނަށް ތައްޔާރުވާން ލިބޭ އެންމެ މުހިންމު ދުވަސްވަރު ސްކޫލުތައް ޗުއްޓީ އަށް، މިނިސްޓްރީ ގެ ބަހެއް ނެތް

ގްރޭޑް 10ގެ ދަރިވަރުން ގެ އިމްތިހާނަށް ތައްޔާރުވާން ލިބޭ އެންމެ މުހިންމު ދުވަސްވަރު ސްކޫލުތައް ޗުއްޓީ އަށް، މިނިސްޓްރީ ގެ ބަހެއް ނެތް

07 ޑިސެމްބަރު 2025
ޔުނިފޯމު ބަދަލުކުރަން ޖެހޭ ގޮތަށް ސަރުކާރުން ގެނައި ބަދަލާއި ގުޅިގެން ޝާހިދު ކަންބޮޑުވުން ފާޅުކުރައްވައިފި

ޔުނިފޯމު ބަދަލުކުރަން ޖެހޭ ގޮތަށް ސަރުކާރުން ގެނައި ބަދަލާއި ގުޅިގެން ޝާހިދު ކަންބޮޑުވުން ފާޅުކުރައްވައިފި

07 ޑިސެމްބަރު 2025
ގެމަނަފުށީ ސްކޫލުގެ ލީޑިންގ ޓީޗަރު ގަވައިދާ ޚިލާފަށް ވަކި ކުރުމުން، ސީއެސްސީ އިން އޭނާގެ ވަޒީފާ އިއާދަ ކުރުމަށް އެޑިއުކޭޝަނަށް އެންގުމުން އެހެން ރަށެއްގެ ސްކޫލަކަށް ބަދަލުކޮށްފި

ގެމަނަފުށީ ސްކޫލުގެ ލީޑިންގ ޓީޗަރު ގަވައިދާ ޚިލާފަށް ވަކި ކުރުމުން، ސީއެސްސީ އިން އޭނާގެ ވަޒީފާ އިއާދަ ކުރުމަށް އެޑިއުކޭޝަނަށް އެންގުމުން އެހެން ރަށެއްގެ ސްކޫލަކަށް ބަދަލުކޮށްފި

04 ޑިސެމްބަރު 2025
ޔުނިފޯމުގެ ކުލަތައް ބަދަލުކުރުމުގެ ފަހަތުގައި ހަމަޖެހޭ އުސޫލެއް އަސާސެއް ނެތް: އިހުސާން

ޔުނިފޯމުގެ ކުލަތައް ބަދަލުކުރުމުގެ ފަހަތުގައި ހަމަޖެހޭ އުސޫލެއް އަސާސެއް ނެތް: އިހުސާން

02 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

24 މާރިޗު
ރަސްދޫގައި ފިހުނު ޒުވާން ދެމަފިރިންގެ ހާލު ގޯސްވެ، ވެންޓިލޭޓަރަށް ލައިފި
20251 އަހަރު ކުރިން
ރާއްޖެ

ރަސްދޫގައި ފިހުނު ޒުވާން ދެމަފިރިންގެ ހާލު ގޯސްވެ، ވެންޓިލޭޓަރަށް ލައިފި

ރައްޔިތުން ބޯންވީމަ އިސްކުރު ފެން، ރައީސްގެ ގެކޮޅުގައި ބޭނުންކުރަން ޗައިނާ އިމްޕޯޓެޑް ލަގްޒަރީ ފެން
20242 އަހަރު ކުރިން
ރިޕޯޓު

ރައްޔިތުން ބޯންވީމަ އިސްކުރު ފެން، ރައީސްގެ ގެކޮޅުގައި ބޭނުންކުރަން ޗައިނާ އިމްޕޯޓެޑް ލަގްޒަރީ ފެން

ސުމާއާއި އާސިމާ: ރަންތާޖު ގުރުއާން މުބާރާތުގައި މަންމައާއި ދަރިފުޅު!
20233 އަހަރު ކުރިން
ރިޕޯޓު

ސުމާއާއި އާސިމާ: ރަންތާޖު ގުރުއާން މުބާރާތުގައި މަންމައާއި ދަރިފުޅު!

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭހުގެ ބައެއް މަންޒަރުތައް ދައްކުވައިދޭ ޓްރެއިލަރެއް
20224 އަހަރު ކުރިން
ރިޕޯޓު

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭހުގެ ބައެއް މަންޒަރުތައް ދައްކުވައިދޭ ޓްރެއިލަރެއް

ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން 3000 ޒުވާނުންނަށް ތަމްރީނު ދިނުމަށް ހުޅުވާލައިފި
20215 އަހަރު ކުރިން
ރާއްޖެ

ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން 3000 ޒުވާނުންނަށް ތަމްރީނު ދިނުމަށް ހުޅުވާލައިފި

އަޅުގަނޑުގެ ކެންޑިޑޭޓަކީ ސައްލެ، ވޯޓު ދެއްވުމަށް އާދޭހާ އެކު އެދެން: މިނިސްޓަރު އައިޝާ
20197 އަހަރު ކުރިން
ރާއްޖެ

އަޅުގަނޑުގެ ކެންޑިޑޭޓަކީ ސައްލެ، ވޯޓު ދެއްވުމަށް އާދޭހާ އެކު އެދެން: މިނިސްޓަރު އައިޝާ

އދ.ގެ ޕޮލިޓިކަލް އެފެއަރޒް ޑިޕާޓްމަންޓްގެ ޓީމެއް ރާއްޖޭގައި!
20188 އަހަރު ކުރިން
ރާއްޖެ

އދ.ގެ ޕޮލިޓިކަލް އެފެއަރޒް ޑިޕާޓްމަންޓްގެ ޓީމެއް ރާއްޖޭގައި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު