Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކޮވިޑް-19، އަތޮޅުތެރޭގެ ހާލަތު

ޑިމާންޑްއާ އެއްވަރަށް ޓެސްޓު ކިޓް އެބަހުރި، އަތޮޅުތެރެއަށް ބޭނުންވާ ވަރަށް ދަނީ ފޮނުވަމުން: ޑރ. ނަޒްލާ

ގަވާއިދުން ޓެސްޓު ކިޓްގެ އަދަދުތައް ބަލާނެ

އަމްނާ އިމާދު
އަމްނާ އިމާދު | 12 ޖެނުއަރީ 2022 | ބުދަ 04:25
އެޗްޕީއޭގެ މެޑިކަލް އޮފިސަރ ޑރ.ފާތިމަތު ނަޒްލާ ރަފީގު

އެޗްޕީއޭގެ މެޑިކަލް އޮފިސަރ ޑރ.ފާތިމަތު ނަޒްލާ ރަފީގު

ކޮވިޑް-19ގެ ހާލަތު ގޯސްވަމުންދާއިރު، ޑިމާންޑްއާ އެއްވަރަށް ޓެސްޓު ކިޓް އެބަހުރި ކަމަށާއި އަތޮޅުތެރެއަށް ބޭނުންވާ ވަރަށް ފޮނުވަމުންދާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ މެޑިކަލް އޮފިސަރ ޑރ. ފާތިމަތު ނަޒްލާ ރަފީގު ވިދާޅުވެއްޖެއެވެ.

އަންގާރަ ދުވަހު ހެލްތް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ވިދާޅުވީ ކޮވިޑް-19ގެ އައު ސަރޖަށް ތައްޔާރުވަމުންދާއިރު، ޓެސްޓު ކިޓްތައް އިތުރަށް ގެނައުމަށް ޕްލޭންގައި އެބައޮތް ކަމަށާއި، މިހާރުގެ ޑިމާންޑަށް ޓެސްޓް ކިޓް އެބަހުރި ކަމަށެވެ. ޑރ. ނަޒްލާ ވިދާޅުވީ ގަވާއިދުން ޓެސްޓު ކިޓްގެ އަދަދުތައް ބެލުމާއި، އޯޑަރު ކުރުމުގެ ކަންކަން ކުރިއަށްދާ ކަމަށެވެ. އަދި އަތޮޅުތެރޭގެ ރަށްރަށުން ރިކުއެސްޓް ކުރާ މިންވަރަށް ސާމްޕަލްތައް ނެގުމަށް ޓެސްޓު ކިޓްތައް ފޮނުވާ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

އަތޮޅުތެރޭގައި ގާއިމްކޮށްފައިވާ ފެސިލިޓީތަކަށް އިޝާރަތް ކުރައްވައި ޑރ. ނަޒްލާ ވިދާޅުވީ ކޮވިޑް ފެސިލިޓީތައް މެނޭޖްކުރުމުގެ މަސައްކަތް ކުރިއެކޭ އެއްގޮތަށް ކުރިއަށްދާ ކަމަށާއި، އަތޮޅުތެރޭގެ ހާލަތު ވަރަށް ގާތުން ބަލަމުންދާ ކަމަށެވެ. އަދި އެޑްމިޓްކޮށްގެން ފަރުވާ ދޭންޖެހޭ ހާލަތުގައި އެންމެ ކައިރިން ފަރުވާ ލިބޭ ފެސިލިޓީއެއް އެޑްމިޓްކޮށް ފަރުވާ ދެމުންދާ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

ރާއްޖެއިން ކޮވިޑް-19 ފެނުމާއެކު 2020 ވަނަ އަހަރުގެ ތެރޭގައި ރާއްޖޭގެ އެކި ހިސާބުތަކުގައި 16ށް ވުރެ ގިނަ ކަރަންޓީނު ފެސިލިޓީތައް ގާއިމު ކޮށްފައިވެއެވެ. އުތުރާއި ދެކުނުގައިވެސް ވަނީ އެހިސާބުތަކުން ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންނަށް ފަރުވާދިނުމަށް ކަރަންޓީނު ފެސިލިޓީތައް ގާއިމުކޮށްފައެވެ. އަދި ފެސިލިޓީތަކުގެ ޚިދުމަތްތައް ރަނގަޅު ކުރުމަށް ވެސް އެކި މަސައްކަތްތަކޮށްފައިވެއެވެ.

ކޮވިޑް-19ގެ ކޭސްތައް އިތުރުވަމުންދާ މިދަނޑިވަޅުގައި އަތޮޅުތެރެއިން ފެންނަ ކޭސްތަކުގެ އަދަދުވެސް ވަނީ އިތުރުވެފައެވެ. އެގޮތުން ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އަތޮޅުތެރެއިން 197 މީހުން ޕޮޒިޓިވްވެގެން ރިޕޯޓުކޮށްފައިވެއެވެ.

ޑރ.ނަޒްލާ ރަފީގުއެޗްޕީއޭހެލްތު މިނިސްޓްރީކޮވިޑް-19

އިތުރަށް ކިޔާލަން

26 ނޮވެމްބަރު 2025

އަސާސީ ބޭސް ނުލިބޭ މައްސަލަ: މިނިސްޓަރު ވިދާޅުވީ ނުލިބެނީ ޑޮކްޓަރުން ލިޔާ ބްރޭންޑުގެ ބޭސް ކަމަށް

26 ނޮވެމްބަރު 2025
އަސާސީ ބޭސް ނުލިބޭ މައްސަލަ: މިނިސްޓަރު ވިދާޅުވީ ނުލިބެނީ ޑޮކްޓަރުން ލިޔާ ބްރޭންޑުގެ ބޭސް ކަމަށް
19 ނޮވެމްބަރު 2025

ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

19 ނޮވެމްބަރު 2025
ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން
17 ނޮވެމްބަރު 2025

ގއ. އަތޮޅު ހޮސްޕިޓަލްގައި ވިހެއުމުގެ ތެރޭގައި ކުއްޖަކު މަރުވި މައްސަލަ ދަނީ ބަލަމުން: ހެލްތް މިނިސްޓްރީ

17 ނޮވެމްބަރު 2025
ގއ. އަތޮޅު ހޮސްޕިޓަލްގައި ވިހެއުމުގެ ތެރޭގައި ކުއްޖަކު މަރުވި މައްސަލަ ދަނީ ބަލަމުން: ހެލްތް މިނިސްޓްރީ
17 ނޮވެމްބަރު 2025

އެއް ފަހަރާ ތިން ދަތް ނެގި އަންހެނެއް، ފަރުވާ ދިން ކްލިނިކްގެ އިހުމާލުން މަރުވެއްޖެ ކަމަށް އާއިލާ އިން ތުހުމަތު ކޮށްފި

17 ނޮވެމްބަރު 2025
އެއް ފަހަރާ ތިން ދަތް ނެގި އަންހެނެއް، ފަރުވާ ދިން ކްލިނިކްގެ އިހުމާލުން މަރުވެއްޖެ ކަމަށް އާއިލާ އިން ތުހުމަތު ކޮށްފި
15 ނޮވެމްބަރު 2025

މާބަނޑުވީ 17 އަހަރު ފަހުން، ޑޮކްޓަރުގެ އިހުމާލުން ދަރިފުޅު ނިޔާވި އިރު ޖެހި އިންޖެކްޝަންތަކުގެ ސަބަބުން މަސް އޮތީ ގިރިފަ: އާއިލާ

15 ނޮވެމްބަރު 2025
މާބަނޑުވީ 17 އަހަރު ފަހުން، ޑޮކްޓަރުގެ އިހުމާލުން ދަރިފުޅު ނިޔާވި އިރު ޖެހި އިންޖެކްޝަންތަކުގެ ސަބަބުން މަސް އޮތީ ގިރިފަ: އާއިލާ
10 ނޮވެމްބަރު 2025

މުޅި ފުވައްމުލައް ފެނަށް ޖެހިއްޖެ!

10 ނޮވެމްބަރު 2025
މުޅި ފުވައްމުލައް ފެނަށް ޖެހިއްޖެ!
08 އޮކްޓޯބަރު 2025

ވެންޓިލޭޓަރު ގަންނަން ހަވާލުކުރި ޑުބާއީ ކުންފުނިން 37 މިލިއަން ރުފިޔާ ދައްކަން ދުބާއީގެ ކޯޓަކުން އަމުރުކޮށްފި

08 އޮކްޓޯބަރު 2025
ވެންޓިލޭޓަރު ގަންނަން ހަވާލުކުރި ޑުބާއީ ކުންފުނިން 37 މިލިއަން ރުފިޔާ ދައްކަން ދުބާއީގެ ކޯޓަކުން އަމުރުކޮށްފި
30 ސެޕްޓެމްބަރު 2025

އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި

30 ސެޕްޓެމްބަރު 2025
އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި
21 ސެޕްޓެމްބަރު 2025

އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ

21 ސެޕްޓެމްބަރު 2025
އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ
11 ސެޕްޓެމްބަރު 2025

ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު

11 ސެޕްޓެމްބަރު 2025
 ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު