Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ130 ކިލޯ ޑްރަގް މައްސަލަ

130 ކިލޯ ޑްރަގް މައްސަލައިގައި އިސްކޮށް އުޅުނު އަހުމަދު މޫސާ ބުނަނީ އެއީ އެކަމަށް ބޭނުންކުރި ދޯންޏެއްކަން ނޭނގޭކަމަށް

މި މައްސަލައިގައި އިސްކޮށް އުޅުނު ކަމުގެ ތުހުމަތު 2 މީހެއްގެ މައްޗަށް ކުރެވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 11 ޖެނުއަރީ 2022 | އަންގާރަ 05:23
ކަނޑުމަގުން ރާއްޖެއަށް އެތެރެކުރި 130 ކިލޯގެ މަސްތުވާތަކެތީގެ މައްސަލާގައި އިސްކޮށް އުޅުނުކަމުގެ ތުހުމަތުވާ 2 މީހުން

ކަނޑުމަގުން ރާއްޖެއަށް އެތެރެކުރި 130 ކިލޯގެ މަސްތުވާތަކެތީގެ މައްސަލާގައި އިސްކޮށް އުޅުނުކަމުގެ ތުހުމަތުވާ 2 މީހުން

ދިވެހިންގެ ބަޔަކު ބޭރު ބަޔަކާ ގުޅިގެން ރާއްޖެއަށް އެތެެރެކުރި ކަމަށް ތުހުމަތު ކުރެވޭ 130 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަައިގެ އަޑުއެހުމެއް އަންގާރަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

އަންގާރަ ދުވަހު ކުރިއަށް ގެންގޮސްފައިވަނީ މި މައްސަލަައިގައި ދައުލަތުން ދައުވާކޮށްފައިވާ މީހުންގެ ތެރެއިން މި މައްސަލައިގައި އިސްކޮށް އުޅުނު ކަމުގެ ތުހުމަތުވާ 2 މީހުންގެ މައްޗަށް ކުރާ ދައުވާގެ އަޑުއެހުމެކެވެ. އެގޮތުން މި މައްސަލައަކީ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި ފުލުހުންގެ އިންޓެލިޖެންސް އަދި މެރިން ޕޮލިސް ގުޅިގެން 2020 އޮކްޓޯބަރު 12 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގެ ތަހުގީގު ނިންމައި ދައުވާކުރަން ފޮނުވި މައްސަލައެކެވެ.

ދިވެހިންގެ ބަޔަކު ބޭރުގެ ބަޔަކާއި ގުޅިގެން ރާއްޖެއަށް ކަނޑުމަގުން ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރަން އުޅޭ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ކަނޑުމަތީގައި ހިންގި މި އޮޕަރޭޝަނުގައި މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރުމަށް ބޭނުން ކުރި ދޯނި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަލައި ފާސްކޮށްފައިވާއިރު، އެދޯނިން ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނިފައިވެއެވެ. އަދި މި އޮޕަރޭޝަނުގައި ހުޅުމާލެއާއި މާލޭގެ ގެތަކެއްވެސް ބަލައި ފާސްކޮށްފައިވެއެވެ. އެގޮތުން ފުލުހުން ބުނެފައިވާ ގޮތުގައި، މިތަކެތި ރާއްޖެއަށް އެތެރެކުރުމުގައި އިސްކޮށް ތިބީ ގއ. ވިލިނގިލި، ލައިޓްހައުސް، ޝަހީބް އިބްރާހިމް (42އ) އާއި ހއ. ހޯރަފުށި، ވައިލެޓްވިލާ، އަހްމަދު މޫސާ (48އ) އެވެ.

މި މައްސަލަ ކުރިއަށް ގެންދަވަނީ އިސްގާޒީ އަހުމަދު ޝަކީލެވެ.

ދައުވާލިބޭ މީހުންގެ ބައި ކުރިއަށް ގެންދިޔައީ ވަކިން:

އަންގާރަ ދުވަހުގެ އަޑުއެހުމުގައި ފުރަތަމަ ވަނީ މި މައްސަލައިގައި ދައުވާލިބޭ އަހުމަދު މޫސާގެ ބައި ކުރިއަށް ގެންގޮސްފައެވެ. ޝަހީބު އިބްރާހިމްގެ ވަކީލު އަޑުއެހުމުގައި ނެތުމުގެ ސަބަބުންނެވެ. އެގޮތުން އެންމެ ފަހުން ބޭއްވި ޝަރީއަތުގެ އަޑުއެހުމުގައި އޭނާއާ ދެކޮޅަށް ހުރި ހެކިތައް ދައުލަތުން ވަނީ ހުށައަޅާފައެވެ. އެއާއެކު އަންގާރަ ދުވަހުގެ އަޑުއެހުމުގައި ވަނީ ދިފާއީ ހެކި ތަފްސީލީ ގޮތެއްގައި ހުށައެޅުމަށް ފުރުސަތު ދެއްވާފައެވެ. އެ ހެކިތައް މީގެ ކުރިން ދިފާއުން ވަނީ ތަފްސީލީ ގޮތެއްގައި ލިއުމުންވެސް ކޯޓަށް ހިއްސާކޮށްފައެވެ. އަދި އެ ހެކިވެރިންގެ މައުލޫމާތު ތަފްސީލާއެކު މި އަޑުއެހުމުގައި ދިފާއީ ވަކީލު ވަނީ ހިއްސާ ކުރައްވާފައެވެ.

ދިފާއީ ހެކިންގެ ތެރޭގައި 130 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަައިގައި ބޭނުން ކޮށްފައިވާ ދޯންޏަކީ އެކަމަށްޓަކައި ބޭނުންކުރި ދޯންޏެއްކަން ނޭނގޭ ކަން ސާބިތު ކުރުމަށް ހުށައެޅި ހެކިން ހިމެނެއެވެ. އަދި އެއީ ހާލުގައި ޖެހިފައިވާ ދޯންޏެއްކަމަށް މައުލޫމާތު ލިބުމާއެކު އެހީތެރިވެދިނުމަށް އެ ދޯނި ކަފު ޖަހައިގެން ގެންދިއުމަށް އޭނާ އެޑްވާންސް ފައިސާ ނެގިކަން ސާބިތު ކުރުމަށްޓަކައި ހުށައަޅާފައިވާ ޝަފަހީ ހެކިންވެސް ހިމެނެއެވެ. އަދި އެ ދޯންޏަކީ އަސީލް މާހިރުގެ ދޯންޏެއްކަން ސާބިތު ކުރުމަށްވެސް ވަނީ ހެކި ހުށައަޅާފައެވެ. ޖުމުލަ 5 ޝަފަހީ ހެއްކެއް ދިފާއުން ވަނީ ހުށައަޅާފައެވެ.

މި އަޑުއެހުމުގައި ގާޒީ ޝަކީލް ވަނީ މިއީ މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެ އަޑުއެހުމެއްކަމަށް ކަނޑައަޅުއްވާފައެވެ. އަދި ދައުލަތާއި ދިފާއުންވެސް ޝަރީއަތުގެ ކުރިން ހުށައަޅާ ހުށައެޅުންތަކަށް ފުރުސަތެއް ބޭނުންވާކަން ފާހަގަ ކޮށްފައިވުމާއެކު، ގާޒީ ޝަކީލު ވަނީ 10 ދުވަހުގެ މުއްދަތެއް ދެއްވާފައެވެ.

ގާޒީ ޝަކީލް ވަނީ މި މައްސަލަ ކުރިއަށްގެންދާނެ ގޮތުގެ ތާވަލެއް އެކުލަވާލައްވާފައެވެ. އެގޮތުން ޖެނުއަރީ 24، ޖެނުއަރީ 30، ފެބްރުއަރީ 10، އަދި ފެބްރުއަރީ 27ގައި އަޑުއެހުންތައް ތާވަލް ކޮށްފައިވާކަމަށް ގާޒީ ވިދާޅުވިއެވެ.

ޝަހީބް އިބްރާހީމާއި އަހްމަދު މޫސާގެ އިތުރުން 130 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ކްރިމިނަލް ކޯޓުގައި ދައުވާކޮށްފައިވަނީ، ގއ. ވިލިނގިލި، ދުންފިނިގެ، އަސީލް މާހިރާއި ޅ. ހިންނަވަރު، ސެލް، އަނަސް ހުސައިންގެ އިތުރުން، ބަންގްލަދޭޝް ދެ މީހެއް ކަމަށްވާ މުހައްމަދު ރިޔާޒާއި އިގްބާލްގެ މައްޗަށެވެ.

އެ ހަ މީހުންގެ މައްޗަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ތިން ދައުވާއެއް އުފުލާފައިވެއެވެ. އެއީ މަސްތުވާތަކެތީގެ ގާނޫނުގެ ޖަދުވަލު 1 ގައިވާ މަސްތުވާއެއްޗެއް ރާއްޖެ އެތެެރެކުރުމުގެ ކުށުގެ ދައުވާއަކާއި ޖަދުވަލް 1 ގައިވާ މަސްތުވާއެއްޗެއް ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާއަކާއި އަދި ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދައުވާއެވެ. މި 3 ދައުވާ ސާބިތުވެއްޖެނަމަ އެމީހުންގެ މައްޗަށް 75 އަހަރުގެ ހުކުމެއް އައުމަކީ އެކަށީގެންވާ ކަމެކެވެ.

މަސްތުވާތަކެތިކްރިމިނަލް ކޯޓް

އިތުރަށް ކިޔާލަން

12 ޑިސެމްބަރު 2025

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

12 ޑިސެމްބަރު 2025
ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި
11 ޑިސެމްބަރު 2025

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި
10 ޑިސެމްބަރު 2025

ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

10 ޑިސެމްބަރު 2025
ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި
08 ޑިސެމްބަރު 2025

އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި

08 ޑިސެމްބަރު 2025
އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި
07 ޑިސެމްބަރު 2025

ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

07 ޑިސެމްބަރު 2025
ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު