Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފޮތްތަކަށް ރިފަރެންސް ދިނުން

ފޮތްތައް ނެރޭއިރު ކުށްނުލައި ނެރެވޭނެކަމުގެ ޔަގީންކަން އެބައޮތް - އެޑިއުކޭޝަން

11 ޖެނުއަރީ 2022 | އަންގާރަ 03:47

ބައެއް ގައުމުތަކުގައި ރިފަރެންސިންގ ދޭ، އެގޮތަށް އަމަލުކުރުމަށް ދީނީ އިލްމުވެރިން ވެސް ވިދާޅުވެފައިވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 11 ޖެނުއަރީ 2022 | އަންގާރަ 03:47
ސްކޫލެއްގައި ޓީޗަރަކު ކިޔަވައިދެނީ

ސްކޫލެއްގައި ޓީޗަރަކު ކިޔަވައިދެނީ

ފޮތްތައް ނެރޭއިރު ކުށް ނުލައި ނެރެވޭނެ ކަމުގެ ޔަގީންކަން ވަރަށް ބޮޑުކަމަށް މިނިސްޓަރ އޮފް ސްޓޭޓް ފޯރ އެޑިޔުކޭޝަން ޑރ އަބްދުﷲ ރަޝީދު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ޑރ. އަބްދުﷲ ރަޝީދު ވިދާޅުވީ ފޮތްތައް ލިޔުއްވާ ބޭފުޅުން ފޮތްތަކުގައި ކުށް ލިޔުއްވުމަކީ ގަސްދުގައި ކުރައްވާނެ ކަމެއް ނޫން ކަމަށެވެ. ނަމަވެސް ފޮތްތަކުގައި ކުށެއް ހުރެގެން ގަސްދުގައި ކޮށްގެން އުޅޭ ކަމެއްކަން ދެއްކުމުގެ ގޮތުން ބައެއް ބޭފުޅުން ވާހަކަދެއްކެވި ކަމަށެވެ. ނަމަވެސް ހަގީގަތުގައި އެ ވާހަކަ ދެއްކެވި ބޭފުޅުން ފޮތްތައް ލިޔުމާއި، ފާސްކުރުމުގެ މަގާމުގައި ތިއްބެވި އިރުގައި ހަދާފައި ހުރި ފޮތްތަކުގައި ކުށްތައް މާގިނައިން ހުރެގެން އެ ރަނގަޅުކުރަން މަސައްކަތް ކޮށްފައިވާ ކަމަށް ޑރ. އަބްފުﷲ ރަޝީދު ވިދާޅުވިއެވެ.

Advertisement - newsAdvertisement

ފޮތުގައި ކުށް ހުރެގެން އެކަންކަން ފާހަގަކުރެވުމުން ރިފަރެންސް ދޭނީތޯ ނުވަތަ ނޫންތޯ މަޝްވަރާ ކުރެވުނު ކަމަށް ވެސް ޑރ. އަބްދުﷲ ރަޝީދު ވިދާޅުވިއެވެ.

ޑރ. އަބްދުﷲ ރަޝީދު ވިދާޅުވީ ދުނިޔޭގެ ބައެއް ގައުމުތައި ރިފަރެންސް ދޭކަމަށް ބައެއް ދީނީ އިލްމުވެރިން ވެސް ވިދާޅުވާ ކަމަށެވެ. އިސްލާމް ފޮތްތަކުގައި ރިފަރެންސް ދީފައި އެބަހުންނަ ކަމަށާއި، ނަމަވެސް މިނިސްޓްރީގެ ފަރާތުން ކުރި މަޝްވަރާއަށްފަހު ކުށް ނުލައި ނެރެވޭނެކަމުގެ ޔަގީންކަން ވަރަށް ބޮޑަށް އެބައޮތްކަމަށް ޑރ. އަބްދުﷲ ރަޝީދު ވިދާޅުވިއެވެ.

އިސްލާމާއި ގުރުއާން ފޮތުން އާޔަތްތައް އުނިކޮށް ގުރުއާން ޚަތިމަށް ރިފަރެންސް ދޭ ގޮތަށް ހަމަޖައްސަން އެންގީ ގުރުއާން ލިޔާއިރު ޖެހޭ ކުށްތައް ތަކުރާރުނުވާނެ ގޮތަށް ހެދުމަށް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މީގެ ކުރިން ބުނެފައިވެއެވެ. ކުށްހުރިކަންް ފާހަގަކުރެވޭތީ ގުރުއާންގެ އާޔަތްތައް ލިޔުމުގެ ބަދަލުގައި ޚަތިމަށް ރިފަރެންސް ދޭ ގޮތަށް މަޝްވަރާކުރެވުނީ ދަރިވަރުން ގުރުއާނަށް ދޭ އަހައްމިއްޔަތުކަން ކުޑަކުރުމުގެ ނިޔަތުގައި ނޫންކަމަށެވެ.

ގުރުއާން ލިޔާއިރު ޖެހޭ ކުށްތައް ތަކުރާރުނުވާނެ ގޮތް ހެދުމަށާއި އެ ފޮތްތައް ނައްތާލާއިރު ގުރުއާންގެ އާޔަތްތަކަށް އިހާނެތިކޮށް ބައެއް ފަހަރު އަމަލުކުރެވޭކަމަށް ބައެއް އިލްމުވެރިން ވިދާޅުވާތީ އެކަމާއި މަޝްވަރާކުރެވުނު ކަމަށާއި، ނަމަވެސް އެއީ ރަނގަޅު ކަމެއް ނޫންކަމަށް ވިސްނި އަދި ދަރިވަރުންނަށް ކޮންމެ ފަހަރަކު ޚަތިމަށް ނުވަތަ އައްމާފޮތަށް ބެލުމަކީ ދަތި ކަމަކަށް ވާނެ ކަމުން އެ ސިޓީއަށް އަމަލުނުކުރުމަށް ޖެހިގެން އައި ދުވަހު އެންއައިއީއަށް އަންގާފައިވެއެވެ.

މިނިސްޓްރީން ބުނީ އެ ތަނުން ނިންމާފައިވަނީ އިސްލާމާއި ގުރުއާން ފޮތްތަކުގައި ހުރި ކުށްތައް އިސްލާހުކޮށް ޕްރޫޕް ރީޑިން ވަރުގަދަކުރުމަށެވެ. މި ފަހަރު ފޮތްތައް ޗާޕްކުރަން ފޮނުވާއިރު ކުށްތައް އިސްލާހުވެފައިވާކަން ކަށަވަރުކުރަން ވެސް އެ އިންސްޓިޓިއުޓަށް އަންގާފައިވެއެވެ.

މިނިސްޓްރީ އޮފް އެޑިއުކޭޝަން އެޑިއުކޭޝަން މިނިސްޓްރީ

އެންމެ ހިނގާ

1

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

2

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

މާރާމާރީ ހިންގި ޓީޗަރު ސަސްޕެންޑުކޮށް މައްސަލަ ފުލުހަށް ހުށަހަޅައިފި

10 ޑިސެމްބަރު 2025
މާރާމާރީ ހިންގި ޓީޗަރު ސަސްޕެންޑުކޮށް މައްސަލަ ފުލުހަށް ހުށަހަޅައިފި
07 ޑިސެމްބަރު 2025

ގްރޭޑް 10ގެ ދަރިވަރުން ގެ އިމްތިހާނަށް ތައްޔާރުވާން ލިބޭ އެންމެ މުހިންމު ދުވަސްވަރު ސްކޫލުތައް ޗުއްޓީ އަށް، މިނިސްޓްރީ ގެ ބަހެއް ނެތް

07 ޑިސެމްބަރު 2025
ގްރޭޑް 10ގެ ދަރިވަރުން ގެ އިމްތިހާނަށް ތައްޔާރުވާން ލިބޭ އެންމެ މުހިންމު ދުވަސްވަރު ސްކޫލުތައް ޗުއްޓީ އަށް، މިނިސްޓްރީ ގެ ބަހެއް ނެތް
07 ޑިސެމްބަރު 2025

ޔުނިފޯމު ބަދަލުކުރަން ޖެހޭ ގޮތަށް ސަރުކާރުން ގެނައި ބަދަލާއި ގުޅިގެން ޝާހިދު ކަންބޮޑުވުން ފާޅުކުރައްވައިފި

07 ޑިސެމްބަރު 2025
ޔުނިފޯމު ބަދަލުކުރަން ޖެހޭ ގޮތަށް ސަރުކާރުން ގެނައި ބަދަލާއި ގުޅިގެން ޝާހިދު ކަންބޮޑުވުން ފާޅުކުރައްވައިފި
04 ޑިސެމްބަރު 2025

ގެމަނަފުށީ ސްކޫލުގެ ލީޑިންގ ޓީޗަރު ގަވައިދާ ޚިލާފަށް ވަކި ކުރުމުން، ސީއެސްސީ އިން އޭނާގެ ވަޒީފާ އިއާދަ ކުރުމަށް އެޑިއުކޭޝަނަށް އެންގުމުން އެހެން ރަށެއްގެ ސްކޫލަކަށް ބަދަލުކޮށްފި

04 ޑިސެމްބަރު 2025
ގެމަނަފުށީ ސްކޫލުގެ ލީޑިންގ ޓީޗަރު ގަވައިދާ ޚިލާފަށް ވަކި ކުރުމުން، ސީއެސްސީ އިން އޭނާގެ ވަޒީފާ އިއާދަ ކުރުމަށް އެޑިއުކޭޝަނަށް އެންގުމުން އެހެން ރަށެއްގެ ސްކޫލަކަށް ބަދަލުކޮށްފި
02 ޑިސެމްބަރު 2025

ޔުނިފޯމުގެ ކުލަތައް ބަދަލުކުރުމުގެ ފަހަތުގައި ހަމަޖެހޭ އުސޫލެއް އަސާސެއް ނެތް: އިހުސާން

02 ޑިސެމްބަރު 2025
ޔުނިފޯމުގެ ކުލަތައް ބަދަލުކުރުމުގެ ފަހަތުގައި ހަމަޖެހޭ އުސޫލެއް އަސާސެއް ނެތް: އިހުސާން
28 ނޮވެމްބަރު 2025

ސަރުކާރު ސްކޫލު ތަކުގެ ޔުނިފޯމުގެ ކުލަތައް 4 ކުލައަކަށް ބަދަލު ކުރަން އެޑިއުކޭޝަނުން ނިންމާފައިވާ ކަން ހާމަވެއްޖެ

28 ނޮވެމްބަރު 2025
ސަރުކާރު ސްކޫލު ތަކުގެ ޔުނިފޯމުގެ ކުލަތައް 4 ކުލައަކަށް ބަދަލު ކުރަން އެޑިއުކޭޝަނުން ނިންމާފައިވާ ކަން ހާމަވެއްޖެ
28 އޮކްޓޯބަރު 2025

ވައުޗަރު ނުލިބޭ މައްސަލައިގައި ސުވާލު ކުރަން ގުޅުމުން އެޑިއުކޭޝަން މިނިސްޓްރީގެ އިސްވެރިން ކޯފާ ވެއްޖެ

28 އޮކްޓޯބަރު 2025
ވައުޗަރު ނުލިބޭ މައްސަލައިގައި ސުވާލު ކުރަން ގުޅުމުން އެޑިއުކޭޝަން މިނިސްޓްރީގެ އިސްވެރިން ކޯފާ ވެއްޖެ
29 ސެޕްޓެމްބަރު 2025

ވައުދުވި ގޮތަށް ސެޕްޓެމްބަރު މަހުގެ ނިޔަލަށް ސްކޫލްގެ ކްލާސްރޫމްތަކުގައި އޭސީ ހަރުކޮށް ނުނިމުނު

29 ސެޕްޓެމްބަރު 2025
ވައުދުވި ގޮތަށް ސެޕްޓެމްބަރު މަހުގެ ނިޔަލަށް ސްކޫލްގެ ކްލާސްރޫމްތަކުގައި އޭސީ ހަރުކޮށް ނުނިމުނު
29 ސެޕްޓެމްބަރު 2025

ދިވެހި ޕޭޕަރާއި މެދު ގިނަ ދަރިވަރުންނާއި ބެލެނިވެރިންގެ ކަންބޮޑުވުން އޮތް ނަމަވެސް މިނިސްޓަރ ވިދާޅުވީ އެއްވެސް މައްސަލައެއް ނެތް ކަމަށް

29 ސެޕްޓެމްބަރު 2025
ދިވެހި ޕޭޕަރާއި މެދު ގިނަ ދަރިވަރުންނާއި ބެލެނިވެރިންގެ ކަންބޮޑުވުން އޮތް ނަމަވެސް މިނިސްޓަރ ވިދާޅުވީ އެއްވެސް މައްސަލައެއް ނެތް ކަމަށް
18 އޯގަސްޓު 2025

ސަރުކާރުގެ އިހުމާލުން ރާއްޖޭގެ އެންމެ ބޮޑު ވޮކޭޝަނަލް ޓްރެއިނިންގ ސެންޓަރު ވީރާނާ ވަނީ

18 އޯގަސްޓު 2025
ސަރުކާރުގެ އިހުމާލުން ރާއްޖޭގެ އެންމެ ބޮޑު ވޮކޭޝަނަލް ޓްރެއިނިންގ ސެންޓަރު ވީރާނާ ވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް