Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކޮވިޑް-19ގެ ހާލަތު

ކޮވިޑަށް އިތުރު 454 މީހުން ޕޮޒިޓިވް، މާލެ ސަރަހައްދުން 192 މީހުން

10 ޖެނުއަރީ 2022 | ހޯމަ 17:45

އެކްޓިވް ކޭސްތަކުގެ އަދަދު ވަނީ 3،825ށް އަރާފައި

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 10 ޖެނުއަރީ 2022 | ހޯމަ 17:45
ރޯދަ މަހުގެ ފުރަތަމަ ދުވަހު މާލޭގެ މަގުމަތި

ރޯދަ މަހުގެ ފުރަތަމަ ދުވަހު މާލޭގެ މަގުމަތި

ކޮވިޑް-19ށް އިތުރު 454 މީހުން ޕޮޒިޓިވްވެފައި ވާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފިއެވެ.

އެޗްޕީއޭއިން ބުނީ އާދިއްތަ ދުވަހުގެ އިރުއޮއްސި 6:00ން ހޯމަ ދުވަހުގެ އިރުއޮއްސި 6:00ށް 3،825 ސާމްޕަލް ނަގާފައިވާ ކަމަށާއި، އޭގެ ތެރެއިން 454 މީހުން ޕޮޒިޓިވްވެފައިވާ ކަމަށެވެ. އެއީ މާލެ ސަރަހައްދުން 192 މީހުންނާއި، އަތޮޅުތެރެއިން 165 މީހުންނާއި، ހިންގަމުންދާ ރިސޯޓުތަކުން 74 މީހުންނެވެ. އަދި ބާކީ 23 މީހުން ޕޮޒިޓިވްވެފައިވަނީ ކޮން ސަރަހައްދަކުން ކަމެއް ދެނެގަނެވިފައި ނުވާކަމަށް އެޗްޕީއޭއިން ބުނެއެވެ. މިއާއެކު ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު 98,506ށް އަރާފައިވާއިރު، 94،404 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ.

އެޗްޕީއޭއިން ބުނީ 3،825 އެކްޓިވް ކޭސް ހިމެނޭ ކަމަށާއި، އެޑްމިޓްކޮށްގެން ހޮސްޕިޓަލްގައި 21 މީހަކަށް ފަރުވާ ދެމުންދާ ކަމަށެވެ. އަދި މިބަލީގައި މިހާތަނަށް 264 މީހުން ވަނީ ނިޔާވެފައެވެ.

މާލެ ސަރަހައްދުގައި ކޮވިޑް-19ގެ ކޭސް އިތުރުވެ ހަފްތާއަކު ޓެސްޓުކުރެވޭ ސާމްޕަލްގެ ނިސްބަތުން ޕޮޒިޓިވިޓީ 5 އިންސައްތައަށްވުރެ ވަނީ މަތިވެފައެވެ. ކޮވިޑް-19ގެ ހާލަތު ގޯސްވަމުންދާތީ މިހާރު ދަނީ އިތުރު ފިޔަވަޅުތައް އަޅަމުންނެވެ. ރާއްޖޭގައި ކޭސްތަކުގެ އަދަދު އިތުރުވެފައިވާއިރު އާންމުންނަށް ބޫސްޓަރ ޑޯޒް ޖެހުމަށް ހުޅުވާލުމަށް ސަރުކާރުން ދަނީ ތައްޔާރުވަމުންނެވެ.

އާންމުކޮށް ހުޅުވާލައިގެން ބޫސްޓަރ ޑޯޒް ޖަހަން ފަށާނެކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރައްވާފައިވާއިރު، ބޫސްޓަރ ޑޯޒް ޖަހަން ފެށުމަށް ފައިޒަރ ވެކްސިންގެ 100،620 ޑޯޒުގެ ޝިޕްމެންޓެއް މިހާރު ވަނީ ރާއްޖެއަށް ލިބިފައެވެ.

އެހެންނަމަވެސް، ވެކްސިން ޖަހަން ނުފެށި ލަސްވަނީ ބޭނުންވާ ސިރިންޖު ނުލިބޭތީކަމަށް އެޗްޕީއޭއިން މީގެ ކުރިން ބުނެފައިވެއެވެ. އޭރު އެޗްޕީއޭއިން ބުނީ ވެކްސިން ޖެހުމަށް ބޭނުންވާ ސިރިންޖްގެ ގްލޯބަލް ސްޓޯރޭޖް ޝޯޓޭޖެއް އުޅޭތީ، ވެކްސިނާއެކު ލިބެންޖެހޭ ސިރިންޖް ޝިޕްމެންޓް ލިބުމުގައި ލަސްތަކެއް ކުރިމަތިވެފައިވާ ކަމަށެވެ.

ސިރިންޖް ޝިޕްމެންޓް ލިބޭނެ ވަކި ތާރީޚެއް ސާފުކޮށްލަން ރާއްޖެޓީވީން ކުރި ސުވާލަކަށް ޖަވާބުދެމުން އެޗްޕީއޭއިން ބުނީ، މި ހަފްތާ ތެރޭގައި ސިރިންޖް ޝިޕްމެންޓް ލިބޭނެ ކަމަށް ބެލެވޭ ކަމަށެވެ. އަދި މި ޝިޕްމެންޓް ލިބުމުން ބޫސްޓަރ ޑޯޒް ޖަހަން ފަށާނެ ތާރީޚެއް އިއުލާނުކުރާނެ ކަމަށެވެ.

މިވަގުތު ވެކްސިން ޖަހައިދެމުންދަނީ ހަމައެކަނި އުމުރުން 50 އަހަރުން މަތީގެ މީހުންނަށާއި، ދިފާއީ ނިޒާމު ބަލިކަށި މީހުންނަށާއި އަދި ސިއްހީ ޚިދުމަތްތެރިންނަށެވެ. އޭގެ ތެރޭގައި ހަށިގަނޑުގެ ގުނަވަނެއް ބަދަލުކޮށްފައިވާ މީހުންނާއި، ހަށިގަނޑުގެ ދިފާއީ ބާރު ދެރަކުރާފަދަ ބޭސްތައް ބޭނުންކުރާ މީހުން ހިމެނެއެވެ. މިދިޔަ ޑިސެމްބަރުމަހުގެ 15ން ފެށިގެން ބޫސްޓަރ ޑޯޒު އާންމުންނަށް ދޭން ފަށާނެ ކަމަށް މީގެ ކުރިން އެޗްޕީއޭއިން ބުނެފައިވެއެވެ.

ކޮވިޑް-19

އިތުރަށް ކިޔާލަން

18 ޑިސެމްބަރު 2025

ކޮވިޑުގެ ތެރޭގައި ސަރުކާރުން އެތަކެއް ވަޒީފާ ތަކެއް ސަލާމަތްކޮށް، ނުރައްކާ ކުޑަ ކުރި: ކުރީގެ ބޮޑު ވަޒީރު ސުނާކް

18 ޑިސެމްބަރު 2025
ކޮވިޑުގެ ތެރޭގައި ސަރުކާރުން އެތަކެއް ވަޒީފާ ތަކެއް ސަލާމަތްކޮށް، ނުރައްކާ ކުޑަ ކުރި: ކުރީގެ ބޮޑު ވަޒީރު ސުނާކް
19 ނޮވެމްބަރު 2025

ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

19 ނޮވެމްބަރު 2025
ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން
30 ސެޕްޓެމްބަރު 2025

އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި

30 ސެޕްޓެމްބަރު 2025
އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި
21 ސެޕްޓެމްބަރު 2025

އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ

21 ސެޕްޓެމްބަރު 2025
އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ
11 ސެޕްޓެމްބަރު 2025

ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު

11 ސެޕްޓެމްބަރު 2025
 ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު
08 ސެޕްޓެމްބަރު 2025

ސަރުކާރުގެ 87 މެންބަރުންނާއި ވަޒީރުންނާއެކު މަޖިލިސް ކޮމިޓީއަށް ހާޒިރުކޮށްދޭން އަމީރު އެދިއްޖެ

08 ސެޕްޓެމްބަރު 2025
ސަރުކާރުގެ 87 މެންބަރުންނާއި ވަޒީރުންނާއެކު މަޖިލިސް ކޮމިޓީއަށް ހާޒިރުކޮށްދޭން އަމީރު އެދިއްޖެ
05 އޯގަސްޓު 2025

ކުރީގެ ފިނޭންސް މިނިސްޓަރު އަމީރު އިކޮނޮމިކް މިނިސްޓަރ ސަޢީދު އިސްތިއުފާ ދެއްވާފައި ގެއަށް ވަޑައިގަތުމަށް ގޮވާލައްވައިފި

05 އޯގަސްޓު 2025
ކުރީގެ ފިނޭންސް މިނިސްޓަރު އަމީރު އިކޮނޮމިކް މިނިސްޓަރ ސަޢީދު އިސްތިއުފާ ދެއްވާފައި ގެއަށް ވަޑައިގަތުމަށް ގޮވާލައްވައިފި
27 ޖޫން 2025

މި ސަރުކާރަށް ދަރަނި މެނޭޖްކުރަން ނޭނގޭ، އެނގޭނަމަ ޕްރޮޖެކްޓްތައް ނުހުއްޓި، އާސަންދަ ނުލިބި، ދަރިވަރުންގެ ލޯންތައް ނުލިބި ނުހުންނާނެ - ރައީސް ޞާލިހު

27 ޖޫން 2025
މި ސަރުކާރަށް ދަރަނި މެނޭޖްކުރަން ނޭނގޭ، އެނގޭނަމަ ޕްރޮޖެކްޓްތައް ނުހުއްޓި، އާސަންދަ ނުލިބި، ދަރިވަރުންގެ ލޯންތައް ނުލިބި ނުހުންނާނެ - ރައީސް ޞާލިހު
05 ޖޫން 2025

އަވަށްޓެރި ބައެއް ގައުމުތަކުގައި ޗިކުންގުންޔާ ފެތުރެމުންދާތީ، ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސްކޮށްފި

05 ޖޫން 2025
އަވަށްޓެރި ބައެއް ގައުމުތަކުގައި ޗިކުންގުންޔާ ފެތުރެމުންދާތީ، ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސްކޮށްފި
08 މެއި 2024

އެސްޓްރާޒެނެކާއިން އުފެއްދި ކޮވިޑް ވެކްސިން ވިއްކުން ހުއްޓާލަނީ!

08 މެއި 2024
އެސްޓްރާޒެނެކާއިން އުފެއްދި ކޮވިޑް ވެކްސިން ވިއްކުން ހުއްޓާލަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް