Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޕްރެޒިޑެންޓްސް ކަޕް

އިއްބެގެ ހެޓްރިކާއެކު މާޒިޔާ ފައިނަލާ ގާތަށް

ޔޫވީގެ މައްޗަށް މާޒިޔާއިން ކުރި ހޯދީ 4-0 ގެ ނަތީޖާއަކުން

އަތޫފް އާތިފް
އަތޫފް އާތިފް | 9 ޖެނުއަރީ 2022 | އާދީއްތަ 14:11
މާޒިޔާ އާއި ޔޫވީ ބައްދަލުކުރި މެޗުގެ ތެރެއިން

މާޒިޔާ އާއި ޔޫވީ ބައްދަލުކުރި މެޗުގެ ތެރެއިން

އިބްރާހީމް ވަހީދު ހަސަން (އިއްބެ)ގެ ހެޓްރިކާއެކު ޕްރެޒިޑެންޓްސް ކަޕުގައި ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) ފަސޭހަކަމާއެކު ބަލިކޮށް މާޒިޔާ ފައިނަލާ ގާތަށް ޖެހިލައިފިއެވެ.

ގައުމީ ފުޓުބޯލަ ދަނޑުގައި އާދީއްތަ ދުވަހުގެ ހަވީރު ކުޅުނު މެޗު މާޒިޔާއިން ކާމިޔާބުކުރީ 4-0 ގެ ނަތީޖާއަކުންނެވެ.

މެޗު ފަށައިގެން މާޒިޔާއިން ޔޫވީގެ ހާފަށް ވަދެ ހަމަލާތައް އުފައްދަމުން ދިޔައިރު މެޗުގެ ހަވަނަ މިނެޓުގައި މާޒިޔާއަށް ލީޑު ނަގައިދޭން ބިދޭސީ ފޯވާޑް ކޮނޭލިއަސް ސްޓެވާޓް ފޮނުވާލި ހަމަލާގެ ހުރަހަކަށްވީ ޔޫވީގެ ޑިފެންޑަރު އާދިލް އަބްދުލް ރަހުމާންއެވެ. އެކަމަކު މެޗުގެ 10 ވަނަ މިނެޓުގައި ސްޓެވާޓް ވަނީ ލަނޑު ޖަހާ މާޒިޔާއަށް ލީޑު ނަގައިދީފައެވެ. އޭގެ ފަހުން މެޗުގެ 33 ވަނަ މިނެޓުގައި ޔޫވީގެ އިބްރާހީމް އިލްހާން އިސްމާއިލަށް ވަނީ ލަނޑު ޖަހަން ރަނުގެ ފުރުސަތެއް ލިބި ބޭކާރުވެފައެވެ.

ދެވަނަ ހާފުގެ ކުރީކޮޅު މާޒިޔާއިން ވަނީ އިތުރު ލަނޑެއް ޖަހާ ލީޑު ފުޅާކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އިއްބެއެވެ. އަދި އޭގެ ހަތަރު މިނެޓު ފަހުން އިއްބެ ވަނީ މާޒިޔާގެ ތިންވަނަ ލަނޑު ޖަހައިފައެވެ. އޭގެ ފަހުން މެޗުގެ 68 ވަނަ މިނެޓުގައި މާޒިޔާގެ އިބްރާހީމް އައިސަމް ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ.

މެޗުގެ 68 ވަނަ މިނެޓުގައި އިއްބެ ވަނީ މާޒިޔާގެ ހަތަރުވަނަ ލަނޑު ޖަހައިދީ އޭނާގެ ހެޓްރިކް ފުރިހަމަކޮށްފައެވެ.

މި ނަތީޖާއާއެކު މާޒިޔާ ވަނީ އަލުން ލީގު ތާވަލުގެ އެއްވަނައަށް ޖެހިލައިފައެވެ. މާޒިޔާއަށް ވަނީ ފަސް މެޗުން 15 ޕޮއިންޓް ލިބިފައެވެ. ތާވަލުގެ ދެވަނައިގައި އޮތް ވެލެންސިއާއަށްވެސް ފަސް މެޗުން 15 ޕޮއިންޓް ލިބިފައިވާއިރު މާޒިޔާއަށް ކުރި ލިބެނީ ލަނޑުގެ ތަފާތުންނެވެ. ތިންވަނައިގައި އޮތް ގްރީން ސްޓްރީޓްސްއަށް ލިބިފައިވަނީ ފަސް މެޗުން 12 ޕޮއިންޓެވެ. އެހެންކަމުން މާޒިޔާއަށް މި މުބާރާތުގެ ފައިނަލަށްދާން ބޭނުންވަނީ ކުރިޔަށް އޮތް ދެ މެޗުން އެއް ޕޮއިންޓެވެ. މާޒިޔާއަށް ލީގު ބުރުގައި ކުރިޔަށް ކުޅެން ޖެހޭ ދެ މެޗަކީ ކްލަބް ގްރީން ސްޓްރީޓްސްއާ ދެކޮޅަށް ކުޅޭ މެޗާއި، ވެލެންސިއާ އާއި ދެކޮޅަށް ކުޅެން ޖެހޭ މެޗެވެ.

ޕްރެޒިޑެންޓްސް ކަޕްމާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންޔުނައިޓެޑް ވިކްޓަރީ (ޔޫވީ)

އިތުރަށް ކިޔާލަން

13 ޑިސެމްބަރު 2025

ޔޫވީ އަތުން ބުރަށް ނުވަ ލަނޑުގެ މޮޅެއް

13 ޑިސެމްބަރު 2025
ޔޫވީ އަތުން ބުރަށް ނުވަ ލަނޑުގެ މޮޅެއް
01 ޑިސެމްބަރު 2025

ޔޫވީ އިން ގްރީން ބަލިކޮށްފި

01 ޑިސެމްބަރު 2025
ޔޫވީ އިން ގްރީން ބަލިކޮށްފި
29 ނޮވެމްބަރު 2025

ވިކްޓަރީ ކައިރިން އީގަލްސް ސަލާމަތް ކޮށްދިނީ ރިޒޭ

29 ނޮވެމްބަރު 2025
ވިކްޓަރީ ކައިރިން އީގަލްސް ސަލާމަތް ކޮށްދިނީ ރިޒޭ
29 ނޮވެމްބަރު 2025

ނިއު ރޭޑިއަންޓް ބަލިކޮށް، މާޒިޔާގެ ރެކޯޑު ކުރިއަށް

29 ނޮވެމްބަރު 2025
ނިއު ރޭޑިއަންޓް ބަލިކޮށް، މާޒިޔާގެ ރެކޯޑު ކުރިއަށް
25 ނޮވެމްބަރު 2025

ބުރުން ޔޫވީ ބަލިކޮށްފި

25 ނޮވެމްބަރު 2025
ބުރުން ޔޫވީ ބަލިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު