Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުހޮޅުދޫ ޓާފް ދަނޑު ހުޅުވުން

ހޮޅުދޫ ފުޓްބޯޅަ ދަނޑު ރަސްމީކޮށް ހުޅުވައިފި

5 ޖެނުއަރީ 2022 | ބުދަ 12:42

މިއީ ސަރުކާރުގެ ބަޖެޓުން ގާތްގަނޑަކަށް 7 މިލިއަން ރުފިޔާ ޚަރަދު ކޮށްގެން ހަދާފައިވާ ދަނޑެއް

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 5 ޖެނުއަރީ 2022 | ބުދަ 12:42
ހޮޅުދޫ ފުޓްބޯޅަ ދަނޑު ރައީސުލްޖުމްހޫރިއްޔާ ހުޅުވައިދެއްވަނީ

ހޮޅުދޫ ފުޓްބޯޅަ ދަނޑު ރައީސުލްޖުމްހޫރިއްޔާ ހުޅުވައިދެއްވަނީ

ނ. ހޮޅުދޫ ފުޓުބޯޅަ ދަނޑު ރަސްމީކޮށް ހުޅުވައިފިއެވެ.

މިކަމަށްޓަކައި, ފުޓުބޯޅަ ދަނޑުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދަނޑު ރަސްމީކޮށް ހުޅުވައިދެއްވީ, ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހެވެ.

ފުޓުބޯޅަ ދަނޑު ކައުންސިލާ ހަވާލު ކުރުމުގެ ގޮތުން ޚާއްސަ ހަނދާނީ ފިލާ ކައުންސިލާ ހަވާލު ކޮށްދެއްވީ މިނިސްޓަރ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމެންޓް އަހުމަދު މަހުލޫފެވެ.

ހޮޅުދޫ ފުޓުބޯޅަ ދަނޑަކީ, ސަރުކާރުގެ ބަޖެޓުން ގާތްގަނޑަކަށް 7 މިލިއަން ރުފިޔާ ޚަރަދު ކޮށްގެން ރަނގަޅު ފެންވަރަކަށް ހަދާފައިވާ ދަނޑެކެވެ. ރަސްމީކޮށް ބުދަ ދުވަހު ދަނޑު ހުޅުވި ނަމަވެސް ދަނޑުގެ އަމަލީ މަސައްކަތް ނިންމާފައިވަނީ 15 މާޗް 2020ގައެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ކުޅިވަރާ ބެހޭ ވަޒީރު އަހްމަދު މަޚްލޫފް ވިދާޅުވީ, ކޮވިޑްގެ ހާލަތުގައި އެންމެ ފުރިހަމައަށް ދަނޑުގެ މަސައްކަތް ކުރުމަށް ގޮންޖެހުންތަކެއް ކުރިމަތިވި ނަމަވެސް މަސައްކަތް ފުރިހަމައަށް ނިންމާލެވުނު ކަަމަށެވެ. ދަނޑުގައި ލައިޓް ޖެހުމުގެ މަސައްކަތަށް މިހާރު އިއުލާން ކޮށްފައިވާ ކަަމަށާއި, ހޮޅުދޫގެ ސްޕޯޓްސް ކޮމްޕްލެކްސްގެ މަސައްކަތް ވެސް ކުރައްވާނެ ކަަމަށެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހޮޅުދޫ ކައުންސިލްގެ ރައީސް ރިލްވާން މުޙައްމަދު ވިދާޅުވީ, ބޭނުންވެގެންތިބި ވަރަށް ގިނަ ކަންކަމަށް ހައްލު ލިބިގެން ހިނގައްޖެކަމަށާއި, ހޮޅުދޫގެ ފެން ހިންދުމުގެ ނިޒާމަށް ވެސް ހައްލު ގެނެސްދެއްވައިފި ކަމަށެވެ.

ޒުވާނުން ނުހަނު ބޭނުންވެފައި ތިބި ފުޓްބޯޅަ ދަނޑު އަލުން ރަނގަޅު ފެންވަރަކަށް ހެދިފައި މިވަނީ ސަރުކާރާއި ކުޅިވަރާ ބެހޭ ވަޒީރު މަޚްލޫފްގެ މަސައްކަތްޕުޅުންކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ. ސަރުކާރުން ކުރާ ކޮންމެ ކަމެއްގައި ކައުންސިލްގެ އެއްބާރުލުން ލިބޭނެ ކަމަށް ވިދާޅުވިއެވެ.

ދަނޑު ހުޅުވުމުގެ ގޮތުން މާލޭ ވެޓެރަންސާއި, ހޮޅުދޫން ހޮވާލެވުނު ޓީމެއްގެ މެދުގައި އެކުވެރިކަމުގެ ފުޓުބޯޅަ މެޗެއް ވަނީ ކުޅެފައެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ މި މެޗް ބައްލަވާލައްވާފައެވެ.

ޓާފް ދަނޑުތައްނ. ހޮޅުދޫރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

26 ސެޕްޓެމްބަރު 2025

ފިލިޕީންސްގައި ޑޮކްޓަރުކަން ކިޔަވައި ނިންމި ދިވެހި ދަރިވަރަކު މަރުވެފައި އޮއްވައި ފެނިއްޖެ

26 ސެޕްޓެމްބަރު 2025
ފިލިޕީންސްގައި ޑޮކްޓަރުކަން ކިޔަވައި ނިންމި ދިވެހި ދަރިވަރަކު މަރުވެފައި އޮއްވައި ފެނިއްޖެ
20 ސެޕްޓެމްބަރު 2025

ޑރ އިޔާޟް, ޖަނާބް އަށް: އިތުރަށް ރަޢްޔިތުންނަށް ގެއްލުން ނުދީ ޅިޔަނަށާއި ކޮއްކޮ އަށް ގޯއްޗަށް ދާން ލަފާ ދެއްވާ

20 ސެޕްޓެމްބަރު 2025
ޑރ އިޔާޟް, ޖަނާބް އަށް: އިތުރަށް ރަޢްޔިތުންނަށް ގެއްލުން ނުދީ ޅިޔަނަށާއި ކޮއްކޮ އަށް ގޯއްޗަށް ދާން ލަފާ ދެއްވާ
12 ސެޕްޓެމްބަރު 2025

ޒަކިއްޔާގެ މަރަށް އެއް އަހަރު: ތަހުގީގު އަވަސްކުރުމަށް ގޮވާލައި އިހުތިޖާޖު ކޮށްފި

12 ސެޕްޓެމްބަރު 2025
ޒަކިއްޔާގެ މަރަށް އެއް އަހަރު: ތަހުގީގު އަވަސްކުރުމަށް ގޮވާލައި އިހުތިޖާޖު ކޮށްފި
23 ޑިސެމްބަރު 2024

މާރާމާރީއަކާއި ގުޅިގެން ޒަކިއްޔާގެ ދަރިފުޅު ހައްޔަރުކޮށްފި

23 ޑިސެމްބަރު 2024
މާރާމާރީއަކާއި ގުޅިގެން ޒަކިއްޔާގެ ދަރިފުޅު ހައްޔަރުކޮށްފި
23 ޖޫން 2024

ވަވައްޗަށް ލެއްގި ޑިންގީގައި ތިބި ސޯމާލިއާ މީހުންނަކީ ހާލުގައިޖެހިފައި ތިބި ބައެއް

23 ޖޫން 2024
ވަވައްޗަށް ލެއްގި ޑިންގީގައި ތިބި ސޯމާލިއާ މީހުންނަކީ ހާލުގައިޖެހިފައި ތިބި ބައެއް
31 އޮކްޓޯބަރު 2023

މާލޭ ހުކުރު މިސްކިތް ވަށައިގެން ކަލްޗަރަލް ޒޯނެއް ކަނޑައެޅުއްވުމަށް ރައީސް ސާލިހް ނިންމަވައިފި

31 އޮކްޓޯބަރު 2023
މާލޭ ހުކުރު މިސްކިތް ވަށައިގެން ކަލްޗަރަލް ޒޯނެއް ކަނޑައެޅުއްވުމަށް ރައީސް ސާލިހް ނިންމަވައިފި
31 އޮކްޓޯބަރު 2023

ރައީސް ޞާލިހު އިރުޝާދު ދެއްވީ ހުވާކުރާ ޖަލްސާ އަށް ހުރަސް އެޅޭ ކަމެއް ނުކުރަން - އަސްލަމް

31 އޮކްޓޯބަރު 2023
ރައީސް ޞާލިހު އިރުޝާދު ދެއްވީ ހުވާކުރާ ޖަލްސާ އަށް ހުރަސް އެޅޭ ކަމެއް ނުކުރަން - އަސްލަމް
13 އޯގަސްޓު 2023

ރައީސް ޞާލިހުގެ "އާ ޒުވާނުންގެ ޖީލު" ސިޔާސަތު ތައާރަފްކޮށްފި

13 އޯގަސްޓު 2023
ރައީސް ޞާލިހުގެ "އާ ޒުވާނުންގެ ޖީލު" ސިޔާސަތު ތައާރަފްކޮށްފި
13 އޯގަސްޓު 2023

ދެން އަންނަ ދައުރެއްގައި އިންވެސްޓަރުންނަށް ފަސޭހައިން ލޯނު ލިބޭނެ ގޮތް ހަމަޖައްސައިދޭނަން - ރައީސް

13 އޯގަސްޓު 2023
ދެން އަންނަ ދައުރެއްގައި އިންވެސްޓަރުންނަށް ފަސޭހައިން ލޯނު ލިބޭނެ ގޮތް ހަމަޖައްސައިދޭނަން - ރައީސް
13 އޯގަސްޓު 2023

ހޮޅުމީދޫ ތަރައްގީކޮށް، ރައްޔިތުންނަށް އާބާދުވެވޭ ގޮތް ހަދައިދޭނަން: ރައީސް

13 އޯގަސްޓު 2023
ހޮޅުމީދޫ ތަރައްގީކޮށް، ރައްޔިތުންނަށް އާބާދުވެވޭ ގޮތް ހަދައިދޭނަން: ރައީސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް