Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައީސް ނަޝީދާ ގުޅޭ މައްސަލަ

ރައީސް ނަޝީދާ ގުޅޭގޮތުން ފުލުހަށް ހުށަހެޅި މައްސަލާގައި ޖިނާއީ ތަހުގީގެއް ހިންގަންޖެހޭ ކަމެއްނެތް: ފުލުހުން

ޖަމްއިއްޔަތުލް އިއްތިހާދުގެ ފަރާތުން ފުލުހަށް ހުށަހެޅި ސިޓީގައި ބުނެފައިވަނީ 2020 އަދި 2021 ވަނަ އަހަރުވެސް ރައީސް ނަޝީދު ކްރިސްމަސް ދުވަހުގެ ތަހުނިޔާ ފޮނުއްވާފައިވާ ކަމަށް

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 4 ޖެނުއަރީ 2022 | އަންގާރަ 16:12
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދާ ގުޅޭގޮތުން ޖަމްއިއްޔަތުލް އިއްތިހާދުގެ ނަމުގައި ފުލުހުންނަށް ހުށަހަޅާފައިވާ ސިޓީގައި ބަޔާންކޮށްފައިވާ ކަންތައްތައް ބެލިބެލުމުން، ޖިނާއީ ތަހުގީގެއް ހިންގަންޖެހޭފަދަ ކަމެއް ފާހަގަކުރެވިފައިނުވާތީ އެކަމާގުޅިގެން ތަހުގީގެއް ކުރިޔަށްނުދާ ކަމަށް ފުލުހުން ބުނެފިއެވެ.

ރައީސް ނަޝީދާ ގުޅޭ މައްސަލައެއް ޖަމިއްޔަތުލް އިއްތިހާދުގެ ފަރާތުން ފުލުހަށް ހުށަހަޅާފައިވާ ހޯމަ ދުވަހުއެވެ. ފުލުހުން އަންގާރަ ދުވަހު ހެނދުނު ބުނެފައިވަނީ، އެސިޓީއާ ގުޅޭގޮތުން ބަލަންޖެހޭ ކަމެއްވާނަމަ އެކަމެއް ބަލަމުންދާކަމަށެވެ. ނަމަވެސް އަންގާރަ ދުވަހުގެ ރޭ ފުލުހުން ބުނެފައިވަނީ ފުލުހުން ބެލިބެލުމުގައި، އެސިޓީ ހުށަހަޅާފައިވަނީ ދައުލަތުގެ އެއްވެސް އިދާރާއެއްގައި ރަޖިސްޓްރީ ކުރެވިގެން ހިންގާ ގާނޫނީ ޝަޚުސަކުން ކަމުގައިނުވާތީ އެސިޓީއާ މެދު އަމަލުކުރި ގޮތް އެސިޓީ ފޮނުވި ފަރާތަށް އަންގާފައިނުވާކަމަށެވެ. އަދި އެސިޓީއާ މެދު ފުލުހުން އަމަލުކޮށްފައިވާނީ ފުލުހުންނާ ހިއްސާކުރާ މައުލޫމާތުތަކާމެދު އަމަލުކުރަމުންދާ އުސޫލުންކަމަށެވެ.

Advertisement - newsAdvertisement

ފުލުހުން އިތުރަށް ބުނެފައިވަނީ، އިސްލާމްދީނާ ޚިލާފަށް ރާއްޖޭގައި ބައެއް ފަރާތްތަކުން ހިންގާ ކަންކަމަކީ ފުލުހުން ވަރަށް އިސްކަމެއްދީގެން ތަހުގީގުކުރަމުންދާ، އަދި މުސްތަގުބަލުގައިވެސް ތަހުގީގުކުރާނެ މައްސަލަތަކެއްކަމަށެވެ. ނަމަވެސް ޖަމްއިއްޔަތުލް އިއްތިހާދުގެ ފަރާތުން ފާހަގަކޮށްފައިވަނީ މިފަދަ ކަމެއްގެ މައުލޫމަތު ނޫންކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ޖަމިއްޔަތުލް އިއްތިހާދުގެ ފަރާތުން ފުލުހަށް ހުށަހެޅި ސިޓީގައި ބުނެފައިވަނީ، 2020 ވަނަ އަހަރު އަދި 2021 ވަނަ އަހަރުވެސް ރައީސް ނަޝީދު ކްރިސްމަސް ދުވަހުގެ ތަހުނިޔާ ފޮނުއްވާފައިވާ ކަމަށެވެ. އެހެންކަމުން އެ މައްސަލަ ބަލައިދިނުމަށް ވަނީ ހުށަހަޅާފައެވެ.

މިމައްސަލަ ފުލުހުން ބަލައިގަތުމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ވަނީ ނޫސްބަޔާނެއް ނެރެފައެވެ. އެނޫސްބަޔާނުގައި ރައީސް ނަޝީދު ވިދާޅުވެފައިވަނީ އިސްލާމް ދީނުގެ އަސާސްތަކާ ޚިލާފަށް އުޅޭ މީހެއްގެ ގޮތުގައި ތަސައްވުރެއް ކުރަހަން ކުރާ މަސައްކަތުގެ ހަމައެކަނި މަގުސަދަކީ ޖާނަށް ނުރައްކާދިނުން ކަމަށެވެ. ރައީސް ނަޝީދު ވިދާޅުވެފައިވަނީ ރާއްޖޭގައި ހަރަކާތްތެރިވާ ސިޔާސީ ފަރާތްތަކުން ދޭ ބަހުގެ ހަމަލާތަކާއި މީޑިޔާގެ ރިޕޯޓުތަކުގައި، އެމަނިކުފާނަކީ އިސްލާމްދީނުގެ އަސާސްތަކާ ޚިލާފަށް އުޅޭ މީހެއްގެ ގޮތުގައި ތަސައްވަރެއް ކުރަހަން މަސައްކަތް ކުރާތާ މިހާރު އަހަރުތަކެއް ވެއްޖެކަމަށެވެ. އަދި އެމަނިކުފާނާ ދެކޮޅަށް އެއްލާ އެތިފަހަރުތަކުގެ ބަސްމަގު، ހަރުކަށި ފިކުރުގެ މީހުން ހިތާވާ ރާގަށް އަނބުރަމުން ދާތީ ކަންބޮޑުވާތާ ދުވަސްކޮޅެއް ވެއްޖެކަމަށް ވަނީ ވިދާޅުވެފައެވެ.

މިފަދަ ބަސްމަގާއި ހަރުކަށި ފިކުރުގެ މީހުންނަށް ލަވައިދޭ ބަސްމަގާ އެއް މަގުން ހިނގާތާ ދުވަސްތަކެއް ވެއްޖެކަމަށްވެސް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ. އެމަނިކުފާނު ވިދާޅުވެފައިވަނީ ލާދީނީ މީހެއްކަމަށް ބުނެ، ފަތުރާ އިލްޒާމުތަކަށް ފިޔަވަޅު އަޅާނެކަމުގެ އުންމީދުގައި ހުންނެވިކަމަށެވެ.

މިދިޔަ އަހަރުގެ މެއި މަހުގެ 6 ވަނަ ދުވަހުގެ ރޭ އެމަނިކުފާނު އަވަހާރަކޮށްލުމަށް ދިން ހަމަލާއިން އެމަނިކުފާނުގެ ފުރާނަ ސަލާމަތްވީ ކިރިޔާއެވެ. އެހަމަލާގެ ފަހަތުގައި ތިބީ ދީނީ ގޮތުން ހަރުކަށި ފިކުރުގެ ބައެއްކަމަށް ތަހުގީގުތަކުން ހޯދިފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެމަނިކުފާނު އަވަހާރަކޮށްލުމަށް ދިން ހަމަލާއަކީ އެތައް ފަހަރަކު އެމަނިކުފާނަށް ފާރަލައިގެން ދީފައިވާ ހަމަލާއެއްކަންވެސް ވަނީ އެނގިފައެވެ.

ރައީސް ނަޝީދުމޯލްޑިވްސް ޕޮލިސް ސަރވިސް

އިތުރަށް ކިޔާލަން

08 ޑިސެމްބަރު 2025

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި
04 ޑިސެމްބަރު 2025

ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

04 ޑިސެމްބަރު 2025
ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް
03 ޑިސެމްބަރު 2025

ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

03 ޑިސެމްބަރު 2025
ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު
22 ނޮވެމްބަރު 2025

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި

22 ނޮވެމްބަރު 2025
 ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި
19 ނޮވެމްބަރު 2025

އަންހެން ދެ ކުދިންނަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަން ފަށައިފި

19 ނޮވެމްބަރު 2025
އަންހެން ދެ ކުދިންނަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަން ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު