Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމޭރީ ގްރޭސްގެ މަރުގެ މައްސަލަ

މޭރީ މަރާލީ ބޮލާއި ކަރަށް ހަމަލާދީގެންނާއި ނޭވާ ހާސްކޮށްގެން: މާރވިން އާއި ލަމްހާއަށް ދައުވާ އުފުލައިފި

4 ޖެނުއަރީ 2022 | އަންގާރަ 11:42

ފުލުހުން ބުނެފައިވަނީ އޭނާ މަރުވެފައިވަނީ ދަންޖެހިގެން ކަމަށް ނުބެލެވޭ ކަމަށް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 4 ޖެނުއަރީ 2022 | އަންގާރަ 11:42
ހަލީމަތު ލަމްހާ އާއި މޭރީގެ ފިރިމީހާ މާރވިން

ހަލީމަތު ލަމްހާ އާއި މޭރީގެ ފިރިމީހާ މާރވިން

އައިޖީއެމްއެޗްގައި މަސައްކަތް ކުރަމުން ދިޔަ ފިލިޕީންސްގެ އަންހެން ނަރުހެއް ކަމަށްވާ މޭރީ ގްރޭސް މަރާލި މައްސަލައިގައި ހައްޔަރުކުރި ދިވެހި ނަރުސް ހަލީމަތު ލަމްހާއާއި، މޭރީގެ ފިރިމީހާ މާރވިން އެސް.ވައި ވާރގަސްއަށް ދައުވާ އުފުލައިފިއެވެ،

އެކަމާ ގުޅޭގޮތުން ޕީޖީ އޮފީހުން ބުނީ، ފިލިޕީންސްގެ ރައްޔިތެއްކަމަށްވާ މާރވިން އާއި ޅ.ހިންނަވަރު، މާފިނި، ހަލީމަތު ލަމްޙާ އަބްދުއްރަހްމާނު، 19 އޮކްޓޫބަރު 2021 ދުވަހު، ދުރާލާ ރާވައިގެން، މާރވިންގެ އަންހެނުން މޭރީ ގްރޭސް އޮނެޑް ޕިނެޑާ (މޭރީ) ދިރިއުޅެމުން ގެންދިޔަ މއ. އުދުހޭކޮކާގޭގެ ފުރަތަމަ ފަންގިފިލާގެ ކޮޓަރިއެއްގެ ތެރޭގައި އޭނާ މަރާލާފައިވާ ކަމަށް ތުހުމަތުކުރެވުނު މައްސަލާގައި ދަޢުވާ ކުރުމަށް ކްރިމިނަލް ކޯޓަށް ހުށައަޅާފައިވާ ކަމަށެވެ.

Advertisement - newsAdvertisement

މި މައްސަލައިގައި މާރވިންގެ މައްޗަށް އެނގިހުރެ މީހަކު މެރުމުގެ ކުށުގެ ދައުވާ އުފުލާފައިވާއިރު، ސަބަބެއްގެ ގޮތުން ޕީޖީ އޮފީހުން ބުނީ މާރވިން 19 އޮކްޓޫބަރު 2021 ދުވަހުގެ 12:00 އާއި 12:49 އާ ދެމެދުގެ ވަގުތެއްގައި، އޭނާ ދިރިއުޅޭ މއ. އުދުހޭކޮކާގޭގެ ފުރަތަމަ ފަންގިފިލާގެ ތެރޭގައި އޭނާގެ އަންހެނުން، ފިލިޕީންސްގެ ރައްޔިތެއްކަމަށްވާ މޭރީ ގްރޭސް އޮނެޑް ޕިނެޑާ ގެ ބޮލާއި ކަރަށް ހަމަލާދީގެންނާއި، ނޭވާ ހާސްކޮށްގެން މަރާލާފައިވާ ކަމަށެވެ.

މި ކުށުގެ އަސާސީ އަދަބަކީ 10 އަހަރަށް ޖަލަށްލުމެވެ.

އޭގެ އިތުރުން، ޙަލީމަތު ލަމްޙާ ޢަބްދުއްރަޙްމާނުގެ މައްޗަށް އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އުފުލާފައިވާއިރު، މި ދައުވާ އުފުލީ މޭރީ މަރާލުމުގައި އެހީތެރިވެދީފައިވާތީ އާއި، މޭރީ މަރާލުމަށް ރޭވި ރޭވުމުގައި ބައިވެރިވެ، މޭރީ މަރާލުމުގެ ޢަމަލު ހިންގުމަށް މާވިންއަށް މަގުފަހިކޮށްދީފައިވާތީކަމަށް ޕީޖީ އޮފީހުން ބުނެއެވެ.

މި ކުށުގެ އަސާސީ އަދަބަކީ 6 އަހަރަށް ޖަލަށްލުމެވެ.

ލަމްހާގެ މައްޗަށް ވަނީ އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫންގޮތެއްގައި ބާރުހިންގުމުގެ ކުށުގެ ދަޢުވާވެސް އުފުލާފައެވެ. ސަބަބަކީ މި މައްސަލައާ ގުޅިގެން 27 އޮކްޓޫބަރު 2021 ދުވަހު ޙަލީމަތު ލަމްޙާ ޢަބްދުއްރަޙްމާނު ދިރިއުޅޭގެ ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން ބަލައި ފާސްކުރިއިރު، އެ ގޭގައި އޭނާ ދިރިއުޅޭ ކޮޓަރީގެ ތެރެއިން ފެނުނު ސިޓީ އުރައެއްގެ ތެރެއިން، އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގެ ހުއްދައަކާ ނުލައި، އެ ހޮސްޕިޓަލުން އޭނާ ނަގާފައިވާ، ހޮސްޕިޓަލުން ބޭރަށް ގެންދިއުން މަނާ، އަދި ހޮސްޕިޓަލުގެ ބޭނުމަށް އެކަނި ދޫކުރެވޭ އިންޖެކްޝަންތަކެއް ފެނިފައިވާތީއެވެ.

އެ ކުށުގެ އަސާސީ އަދަބަކީ 2 މަހާއި 12 ދުވަހަށް ޖަލަށް ލުމެވެ.

އަދި ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުމުގެ ދަައުވާވެސް އުފުލާފައިވާއިރު، ލަމްޙާ ޢަބްދުއްރަޙްމާނު ދިރިއުޅޭގެ ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން ބަލައިފާސްކުރިއިރު، އެ ގޭގައި ޙަލީމަތު ލަމްޙާ ޢަބްދުއްރަޙްމާނު ދިރިއުޅޭ ކޮޓަރި ތެރެއިން، ހޮސްޕިޓަލް އަދި ފަރުވާދޭ މަރުކަޒުތަކުގެ ބޭނުމަށް އެކަނި ދޫކުރެވޭ ބާވަތުގެ ބޭސްތަކެއް ފެނިފައިވެއެވެ. އެ ކުށުގެ އަސާސީ އަދަބަކީވެސް 2 މަހާއި 12 ދުވަހަށް ޖަލަށް ލުމެވެ.

މޭރީގެ ޕޯސްޓްމޯޓަމް ރިޕޯޓާ ގުޅިގެން ފުލުހުން ބުނެފައިވަނީ, އޭނާ މަރުވެފައިވަނީ ދަންޖެހިގެން ކަމަށް ނުބެލެވޭ ކަމަށެވެ. އަދި މަރުވެފައިވަނީ ބްލަންޓް އިންޖަރީއެއްގެ ސަބަބުން ކަމަށެވެ. ބްލަންޓް އިންޖަރީއަކީ ގަދަކަމުން މީހަކަށް އަނިޔާއެއްދީގެން ނުވަތަ އެއްޗަކުން ޖަހައިގެން ލިބޭ އަނިޔާއަކުން ނުވަތަ ގެއްލުމަކުން ވާ މަރެކެވެ.

ޕީޖީ އޮފީސްމަރުމޯލްޑިވްސް ޕޮލިސް ސަރވިސް

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި
08 ޑިސެމްބަރު 2025

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި
04 ޑިސެމްބަރު 2025

ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

04 ޑިސެމްބަރު 2025
ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް
03 ޑިސެމްބަރު 2025

ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

03 ޑިސެމްބަރު 2025
ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު
22 ނޮވެމްބަރު 2025

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި

22 ނޮވެމްބަރު 2025
 ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި
19 ނޮވެމްބަރު 2025

އަންހެން ދެ ކުދިންނަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަން ފަށައިފި

19 ނޮވެމްބަރު 2025
އަންހެން ދެ ކުދިންނަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަން ފަށައިފި
14 ނޮވެމްބަރު 2025

ޒަމާނީ ބަދަލުތަކަށް ތަމްރީނު ހޯދައި، ގޮންޖެހުންތަކުން އަރައިގަތުމުގެ ހިތްވަރު ފުލުހުންގެ އެބަހުރި: ސީޕީ

14 ނޮވެމްބަރު 2025
ޒަމާނީ ބަދަލުތަކަށް ތަމްރީނު ހޯދައި، ގޮންޖެހުންތަކުން އަރައިގަތުމުގެ ހިތްވަރު ފުލުހުންގެ އެބަހުރި: ސީޕީ
13 ނޮވެމްބަރު 2025

މަސްތުވާތަކެތީގެ ޑީލަރުންގެ ފަހަތުން ފުލުހުން ދާނެކަން ރައީސް އިއުލާން ކުރައްވައިފި

13 ނޮވެމްބަރު 2025
މަސްތުވާތަކެތީގެ ޑީލަރުންގެ ފަހަތުން ފުލުހުން ދާނެކަން ރައީސް އިއުލާން ކުރައްވައިފި
11 ނޮވެމްބަރު 2025

ބަނގުރާ ބޮއެގެން ދަރިފުޅަށް ޖިންސީ ގޯނާކުރި މަންމަ ހައްޔަރުކޮށްފި

11 ނޮވެމްބަރު 2025
ބަނގުރާ ބޮއެގެން ދަރިފުޅަށް ޖިންސީ ގޯނާކުރި މަންމަ ހައްޔަރުކޮށްފި
10 ނޮވެމްބަރު 2025

ރިކޯޑުކޮށްފައިވާ ޒާތީ މައުލޫމާތު ވަނީ ބަދަލު ކޮށްފައި، މައްސަލަ ބަލައި ދިނުމަށް އޭސީޕީ ޝިފާން އެދިވަޑައިގެންފި

10 ނޮވެމްބަރު 2025
ރިކޯޑުކޮށްފައިވާ ޒާތީ މައުލޫމާތު ވަނީ ބަދަލު ކޮށްފައި، މައްސަލަ ބަލައި ދިނުމަށް އޭސީޕީ ޝިފާން އެދިވަޑައިގެންފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް