Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ގޯލްޑަން ފުޓްސަލް ޗެލެންޖް

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް އަންނަ ފެބްރުއަރީ މަހު ފަށަނީ

އެންމެ ގިނަ ޓީމުތަކާއިއެކު ރާއްޖޭގައި ބާއްވާ މިމުބާރާތުގައި މިއަހަރު 177 މެޗު ކުޅެވޭނެ

ހުސައިން ފަރިޔާޒް
ހުސައިން ފަރިޔާޒް, ރާއްޖެ އެމްވީ | 1 ޖެނުއަރީ 2022 | ހޮނިހިރު 15:05
ގޯލްޑަން ފުޓްސަލް ޗެލެންޖް

ގޯލްޑަން ފުޓްސަލް ޗެލެންޖް

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް ކަމަށްވާ "ގޯލްޑަން ފުޓްސަލް ޗެލެންޖް" ގައި ބައިވެރިވުމުގެ ފުރުސަތު ބަންދުވެ 91 ޓީމާއެކު އަންނަ ފެބްރުއަރީ މަހު މުބާރާތް ފެށުމަށް ތައްޔާރުވަމުންދާ ކަމަށް ގޯލްޑަން ފުޓްސަލް އެސޯސިއޭޝަނުން ބުނެފިއެވެ.

އެންމެ ގިނަ ޓީމުތަކާއިއެކު ރާއްޖޭގައި ބާއްވާ މި މުބާރާތުގައި މިއަހަރު 177 މެޗު ކުޅެވިގެންދާނެ އެވެ. މުބާރާތާއި ބެހޭ ގޮތުން ވާހަކަ ދައްކަމުން ގޯލްޑަން ފުޓްސަލް އެސޯސިއޭޝަންގެ ރައީސް ރިލްވާން މޫސާ ވިދާޅުވީ ވ. އަތޮޅު ފިޔަވާ މުޅިރާއްޖެއިން ޓީމުތައް ވާދަކުރާނެ ކަމަށާއި އެހެންކަމުން މިއީ ވާދަވެރި އަދި ފޯރީގެ ގޮތުން ތަފާތު މުބާރާތަކަށް ވެގެންދާނެ ކަމަށެވެ.

ކުރިޔަށް އޮތް ހަފްތާއެއްގެ ތެރޭގައި ކޮންމެ އަތޮޅެއްގެ ޝެޑިއުލް އިއުލާން ކުރަމުންދާނެ ކަމަށާއި މި ފަހަރު މުޅި މުބާރާތުގައި 177 މެޗު ކުޅެވިގެންދާއިރު ފުރަތަމަ ބުރުގައި އެެކަނި ވެސް 120 މެޗު ކުޅެވިގެންދާނެ ކަމަށް ގޯލްޑަން ފުޓްސަަލް އެސޯސިއޭޝަނުން ބުނެއެވެ. މިއީ މިދިޔަ އަހަރު މުޅި މުބާރާތުގައި ކުޅެފައިވާ އަދަދެވެ. މުބާރާތަށް ތައްޔާރުވުމަށް ޓީމުތަކުން މިހާރު ވެސް ކޯޗުން ހަމަޖައްސަައިގެން ފަރިތަކުންތައް ފަށާފައިވާއިރު މިފަހަރުގެ މުބާރާތުގައި ކޮންމެ ޓީމަކަށް ވެސް ކުޅެވޭނީ އެރަށަށް ނުނީ އެއަތޮޅަށް ނިސްބަތްވާ ކުޅުންތެރިންނަށެވެ. އެގޮތުން ކުޅުންތެރިއެއް ރަޖިސްޓްރީވެފައިވާ ތާރީޚެއް ކަމަށް ބަލާނީ ފެބްރުއަރީ މަހުގެ 01 ވަނަ ދުވަސް ކަމަށް ގޯލްޑަން ފުޓްސަލް އެސޯސިއޭޝަނުން ބުނެއެވެ.

މުބާރާތުގެ ޝެޑިއުލް ރާވާއިރު ވަޒީފާތަކުގައި އުޅޭ ކުޅުންތެރިންނަށް ފަސޭހަ ވާނެ ގޮތަކަށް މުބާރާތް ރޭވުމަށް މަސައްކަތް ކުރާނެ ކަމަށާއި މުބާރާތް 30 ދުވަހުން ނިންމާލެވޭނެ ކަމަށް އުންމީދު ކުރާ ކަމަށް ރިލްވާން ވިދާޅުވިއެވެ.

މުޅި ރާއްޖެއަށް ހުޅުވާލައިގެން މާލެ ސަރަހައްދުގައި މި މުބާރާތް އެންމެ ފުރަތަމަ ބޭއްވީ މީގެ ހަ އަހަރު ކުރިން 2015 ވަނަ އަހަރުއެވެ. ކޮވިޑް-19 އާ ގުޅިގެން މިދިޔަ ދެއަހަރު މި މުބާރާތް ބާއްވާފައި ނުވާއިރު، މި އަހަރުގެ މުބާރާތުގެ ފުރަތަމަ ބުރު ވެސް ކުރިއަށްދާނީ އަތޮޅުތަކުން ބައިވެރިވެފައިވާ ޓީމުތަކުގެ މެދުގައެވެ. ލީގު އުސޫލުން ކުޅެ އެންމެ ގިނަ ޕޮއިންޓު ހޯދާ ޓީމު އަތޮޅު ޗެމްޕިއަންގެ ޝަރަފާއެކު ޒޯން ބުރަށް ދަތުރުކުރާއިރު، ފަސް ޓީމަށް ވުރެ ގިނައިން ބައިވެރިވެފައިވާ އަތޮޅުތަކުގެ ބުރު ކުރިއަށްދާނީ ގްރޫޕުތަކަށް ބަހާލައިގެންނެވެ.

އެއަށްފަހު މުބާރާތުގެ ދެވަނަ ބުރު ކުރިއަށްދާނީ އަށް ޒޯނެއްގެ މެދުގައެވެ. ޒޯން ބުރުވެސް ލީގު އުސޫލުން ކުރިއަށްދާއިރު، ޒޯން ބުރުން އެންމެ ކުރި ހޯދާ ޓީމެއް ޒޯން ޗެމްޕިއަންގެ ޝަރަފާއެކު ގަދަ 16 އަށް ދަތުރުކުރާނެއެވެ. އަދި ކޮންމެ ޒޯނެއްގެ ދެވަނަ ޓީމުވެސް ގަދަ 16 އަށް ދަތުރުކުރާނެއެވެ. އެ އަށްފަހު ނޮކްއައުޓް އުސޫލުން ކުޅެ، މުޅި ރާއްޖޭގެ ޗެމްޕިއަން ޓީމެއް ހޮވާނެއެވެ.

މި މުބާރާތުގައި ޖުމްލަ އަށް ޒޯނެއް ހިމެނޭއިރު ޖުމްލަ 91 ޓީމު ބައިވެރިވެފައިވާ ކަމަށް މުބާރާތް އިންތިޒާމުކުރާ ގޯލްޑަން ފުޓްސަލް އެސޯސިއޭޝަނުން ބުނެއެވެ. މުޅި މުބާރާތުގެ ޗެމްޕިއަންޓީމަށް 65،000 ރުފިޔާގެ އިނާމެއް ހުށަހަޅާފައިވާއިރު، ރަނަރަޕް ޓީމަށް 25،000 ރުފިޔާ ވަނީ ހުށަހަޅާފައެވެ.

ދެ އަހަރުގެ މެދުކެނޑުމަކަށްފަހު ގޯލްޑަން ފުޓްސަލް ޗެލެންޖް ބާއްވާއިރު، މި މުބާރާތް އެންމެ ފަހުން ބޭއްވީ 2019 ވަނަ އަހަރެވެ. އެ ފަހަރު ފައިނަލުގައި ބ. އޭދަފުށި ބަލިކޮށް ޗެމްޕިއަންކަން ހޯދާފައިވަނީ ތ. ތިމަރަފުށިންނެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖް

ކޮމެންޓް

އިތުރަށް ކިޔާލަން

ކާށިދޫ އިން ގޯލްޑަަން ފުޓްސަލް ޗެލެންޖު ކާމިޔާބު ކޮށްފި

ކާށިދޫ އިން ގޯލްޑަަން ފުޓްސަލް ޗެލެންޖު ކާމިޔާބު ކޮށްފި

26 ފެބުރުއަރީ 2025
ގޯލްޑަން ފުޓްސަލްގެ ފައިނަލް ދެކުނަށް، ވާދަކުރާނީ ގަމާއި ވާދޫ

ގޯލްޑަން ފުޓްސަލްގެ ފައިނަލް ދެކުނަށް، ވާދަކުރާނީ ގަމާއި ވާދޫ

15 މާރިޗު 2023
ގދ.އަތޮޅުގެ ޗެމްޕިއަންކަން ވާދޫއަށް، ޅ.އަތޮޅު ޗެމްޕިއަނަކީ ކުރެންދޫ

ގދ.އަތޮޅުގެ ޗެމްޕިއަންކަން ވާދޫއަށް، ޅ.އަތޮޅު ޗެމްޕިއަނަކީ ކުރެންދޫ

25 ފެބުރުއަރީ 2023
އއ ގެ ޗެމްޕިއަންކަން ބޮޑުފޮޅުދޫ އަދި އދ.ގެ ޗެމްޕިއަންކަން މާމިގިލި ހޯދައިފި

އއ ގެ ޗެމްޕިއަންކަން ބޮޑުފޮޅުދޫ އަދި އދ.ގެ ޗެމްޕިއަންކަން މާމިގިލި ހޯދައިފި

25 ފެބުރުއަރީ 2023
ތ.އަތޮޅުގެ ޗެމްޕިއަންކަން ކިނބިދޫއަށް، ލ.އަތޮޅު ޗެމްޕިއަންކަން ހޯދީ ގަން

ތ.އަތޮޅުގެ ޗެމްޕިއަންކަން ކިނބިދޫއަށް، ލ.އަތޮޅު ޗެމްޕިއަންކަން ހޯދީ ގަން

25 ފެބުރުއަރީ 2023

އަހަރުތަކުން މިއަދު

11 މެއި
އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!
20251 އަހަރު ކުރިން
ދުނިޔެ

އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު
20242 އަހަރު ކުރިން
ރާއްޖެ

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ
20233 އަހަރު ކުރިން
ކުޅިވަރު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"
20224 އަހަރު ކުރިން
ރާއްޖެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން
20215 އަހަރު ކުރިން
ރާއްޖެ

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!
20197 އަހަރު ކުރިން
ރިޕޯޓު

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި
20188 އަހަރު ކުރިން
ރާއްޖެ

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު