Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފަތުރުވެރިކަމަށް ބައި ގަރުނު

2022ގައި ފަތުރުވެރިކަމަށް ބައި ގަރުނު: ފަތުރުވެރިކަން ތައާރަފުކުރުމަށް މެދުވެރިވި ކޯބިންގެ ޚާއްސަ މެސެޖެއް ދިވެހިންނަށް

31 ޑިސެމްބަރު 2021 | ހުކުރު 12:35

އޭރު އިޓަލީގައި ހުންނެވިއިރު ރާއްޖެއާއި ބެހޭ ގޮތުން މާގިނަ މައުލޫމާތެއް އެނގިވަޑައިނުގަންނަވާ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 31 ޑިސެމްބަރު 2021 | ހުކުރު 12:35
ރާއްޖެއަށް ފަތުރުވެރިކަން ތައާރަފުކުރުމަށް މެދުވެރިވި އިޓަލީ ވިލާތުގެ ރައްޔިތެއް ކަމަށްވާ ޖޯޖް ކޯބިން

ރާއްޖެއަށް ފަތުރުވެރިކަން ތައާރަފުކުރުމަށް މެދުވެރިވި އިޓަލީ ވިލާތުގެ ރައްޔިތެއް ކަމަށްވާ ޖޯޖް ކޯބިން

2022 ގައި ފަތުރުވެރިކަމަށް ބައި ޤަރުނު ފުރޭއިރު، ރާއްޖެއަށް ފަތުރުވެރިކަން ތައާރަފުކުރުމަށް މެދުވެރިވި އިޓަލީ ވިލާތުގެ ރައްޔިތެއް ކަމަށްވާ ޖޯޖް ކޯބިންގެ ޚާއްސަ މެސެޖެއް ދިވެހިންނަށް ދެއްވައިފިއެވެ.

1971 ވަނަ އަހަރު އޭރުގެ ސިލޯނަށް ކުރެެއްވި ދަތުރުފުޅާއި ގުޅޭގޮތުން ހުކުރު ދުވަހު ރާއްޖެއެމްވީއާ ވާހަކަ ދައްކަވަމުން ކޯބިން ވިދާޅުވީ، އެ ދަތުރުފުޅަކީ ރާއްޖެއަށް ވަޑައިގެންނެވުމުގެ މަޤްސަދުގައި ކުރެއްވި ދަތުރުފުޅެއް ކަމަށެވެ. އެގޮތުން އޭރު އިޓަލީގައި ހުންނެވިއިރު ރާއްޖެއާއި ބެހޭ ގޮތުން މާ ގިނަ މައުލޫމާތެއް އެނގިވަޑައިނުގަންނަވާ ކަމަށް ކޯބިން ވިދާޅުވިއެވެ.

Advertisement - newsAdvertisement

ކޯބިން ވަނީ ކޮލަމްބޯގައި ހުންނަ ރާއްޖޭގެ އެމްބަސީއަށް ވަޑައިގެންނެވުމަކީ ލިބިލެއްވި ނަސީބެއްގެ ގޮތުގައި ސިފަ ކުރައްވާފައެވެ. އެގޮތުން ރާއްޖެއަށް ޓޫރިޒަމް ތަޢާރަފު ކުރެއްވި އެއް ބޭފުޅާ ކަމަށްވާ މިހާރުގެ ހެލްތް މިނިސްޓަރ އަޙްމަދު ނަސީމު (ކެރަފާ ނަސީމް) އާ އޭރު ބައްދަލު ކުރެއްވިކަމަށް ކޯބިން ވިދާޅުވިއެވެ. ނަސީމާއި ބައްދަލު ކުރެވިގެން ދިއުމަކީ ރާއްޖެއަށް ވަޑައިގެންނެވުމަށް މަގުފަހިވެގެން ދިޔަ ގޮތްކަމަށްވެސް ކޯބިން ވިދާޅުވިއެވެ.

ރާއްޖެއަށް ކުރެއްވި ދަތުރުފުޅާއި ގުޅޭގޮތުން ކޯބިން ވިދާޅުވީ، ރާއްޖެ ސިފަ ކުރެވިގެން ދިޔައީ މި ބިންމަތީގެ ސުވަރުގޭގެ ގޮތުގައި ކަމަށެވެ. ރާއްޖޭގެ ރައްޔިތުންގެ ހިތްތިރިކަމާއި، ހިތްހެޔޮކަންވެސް ކޯބިންގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވިއެވެ. ރާއްޖެއަކީ ކުރިއަށް އޮތް ތަނުގައި ފަތުރުވެރިކަމުގެ މަޤްބޫލު މަންޒިލަކަށް ވެގެންދާނެ ކަމުގެ ކުޑަވެސް ޝައްކެއް އޭރު ނެތްކަމަށް ކޯބިން ވިދާޅުވިއެވެ.

އިންޓަރވިއު ނިންމަވާލައްވަމުން ކޯބިން ވަނީ ރާއްޖޭގެ ރައްޔިތުންނާއި މި ޤައުމަށް އަބަދުވެސް ކާމިޔާބު މުސްތަޤުބަލެއް ލިބިގެން ދިއުމަކީ އޭނާގެ އުއްމީދުކަމަށް ވިދާޅުވެ ދިވެހިންނަށް މެސެޖެއް ދެއްވާފައެވެ. އަދި އައު އަހަރުގެ ތަހުނިޔާ ކޯބިން ވަނީ ދިވެހި ރައްޔިތުންނަށް ވިދާޅުވެފައެވެ.

ކޯބިންގެ އިތުރުން ނަސީމަކީ ރާއްޖެއަށް ފަތުރުވެރިކަން ތަޢާރަފު ކުރުމުގައި އެންމެ އިސްކޮށް އުޅުއްވި، އަދި ރާއްޖެއަށް ފަތުރުވެރިކަން ތަޢާރަފު ކުރުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރެއްވި ބޭފުޅުންނެވެ.

ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމަށް މީގެ ކުރިން ނަސީމް ދެއްވި އިންޓަރވިއުއެއްގައިވެސް ވަނީ ޖޯޖް ކޮބިންއާއި ބައްދަލު ކުރެއްވި ކުރެއްވުމަށް އަލިއަޅުވާލައްވާ ވާހަކަ ދައްކަވާފައެވެ. އެގޮތުން ކޮލަމްބޯގެ އެމްބަސީން ކޯބިންއާއި ބައްދަލު ކުރެއްވިއިރު ހުސައިން އަލިދީދީ ހުންނެވީ ކޮޅުބުގެ އެމްބަސެޑަރަކަށް ކަމަށާއި، ކޯބިންއާއި ބައްދަލު ކުރެއްވީ ހުސައިން އަލިދީދީގެ އެދިލެއްވުމަކަށް ކަމަށް ނަސީމް ވިދާޅުވިއެވެ. އަދި މި ބައްދަލު ކުރެއްވުމުގައި ކޯބިން ދިވެހިރާއްޖެއަށް އަންނަން ޝައުގުވެރިވާ ވާހަކަ ދެއްކެވި ކަމަށާއި، އެއަށްފަހު ރާއްޖެއަށް ފަތުރުވެރިން ގެނައުމުގެ މަސައްކަތް ފެށުމުގެ ވާހަކަތައް އެންމެ ފުރަތަމަ ދެއްކެވީ، ޔުނިވަރސަލް މުޙައްމަދު އުމަރު މަނިކާއި ޗަންޕާ ޙުސައިން އަފީފުގެ އަރިހުގައި ކަމަށް ނަސީމް ވިދާޅުވި އެވެ.

ރިސޯޓެއްގެ ގޮތުގައި އެންމެ ފުރަތަމަ ހުޅުވުނީ ކުރުނބާ މޯލްޑިވސް (ވިހަމަނާފުށި) ކަމަށާއި އޭގެ ދެ މަސްފަހުން އެބޭފުޅުންނާ ވާދަޔަށް ބަނޑޮސް ރިސޯޓް ހުޅުވި ކަމަށް ނަސީމް ވިދާޅުވި އެވެ. އަހަރެއްހާ ދުވަސް ވީތަނުން ބަނޑޮސް ނުހިންގި ގެއްލުން ވަމުންދާތީ ސަރުކާރުން ބަނޑޮސްވެސް އެބޭފުޅުންނާ ޙަވާލު ކުރެއްވި ކަމަށް ނަސީމް ވިދާޅުވި އެވެ.

ނަސީމް ވިދާޅުވީ އެންމެ ފުރަތަމަ ކުރުނބާ މޯލްޑިވްސްގައި ހެދީ ވަރަށް އާދައިގެ 30 ކޮޓަރި ކަމަށެވެ. އަދި ފުރަތަމަ ޚިދުމަތް ދިނުމުގައި އުޅުއްވީ ވެސް އެބޭފުޅުންކަމަށް ނަސީމް ވިދާޅުވި އެވެ.

2022 ވަނަ އަހަރަކީ، ފަތުރުވެރިކަމުގެ ރަންޔޫބީލް ފާހަގަކުރާ އަހަރުކަމަށްވާތީ، އެ އަހަރު ކުލަގަދަ ގޮތެއްގައި ފާހަގަކުރެއްވުމަށް ސަރުކާރުން މިހާރު ވަނީ ނިންމާފައެވެ.

ހެލްތު މިނިސްޓަރު، އަޙުމަދު ނަސީމް

އެންމެ ހިނގާ

1

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

2

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

3

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

4

އީރާން ބަލިވެފައިވާކަމަށް 106 ފަހަރު އަދި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް 80 ފަހަރު ޓްރަމްޕް ވިދާޅުވެފައިވާތީ، އީރާންގެ ޤައުމީ ސަލާމަތާ ބެހޭ ކޮމެޓީގެ މެންބަރެއްގެ މަލާމާތް ޓްރަމްޕް އަށް!

5

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

އިތުރަށް ކިޔާލަން

25 އޮކްޓޯބަރު 2023

ގައުމީ އެމްބިއުލާންސްގެ ޚިދުމަތް ފަށައިފި، ގުޅޭނެ ނަންބަރަކީ 100!

25 އޮކްޓޯބަރު 2023
ގައުމީ އެމްބިއުލާންސްގެ ޚިދުމަތް ފަށައިފި، ގުޅޭނެ ނަންބަރަކީ 100!
07 އެޕްރީލު 2023

މިއަހަރު ރާއްޖެއިން ރުބެއްލާ ފޮހެލަން އަމާޒު ހިފައިފި

07 އެޕްރީލު 2023
މިއަހަރު ރާއްޖެއިން ރުބެއްލާ ފޮހެލަން އަމާޒު ހިފައިފި
18 ޑިސެމްބަރު 2022

ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާގެ ދެކުނު އިރުމަތީ އޭޝިއާ ސަރަޙައްދުގެ ރީޖަނަލް ޑިރެކްޓަރ ރާއްޖެ ވަޑައިގެންފި

18 ޑިސެމްބަރު 2022
ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާގެ ދެކުނު އިރުމަތީ އޭޝިއާ ސަރަޙައްދުގެ ރީޖަނަލް ޑިރެކްޓަރ ރާއްޖެ ވަޑައިގެންފި
06 ޑިސެމްބަރު 2022

ދެމެހެއްޓެނިވި ގޮތެއްގައި އޯގާތެރި، ދުޅަހެޔޮ މުޖުތަމައެއް ބިނާކުރަން އެންމެ މުހިންމު މަސައްކަތަކީ ނަފްސާނީ ދުޅަހެޔޮކަން ތަރައްގީ ކުރުން: ނަސީމް

06 ޑިސެމްބަރު 2022
ދެމެހެއްޓެނިވި ގޮތެއްގައި އޯގާތެރި، ދުޅަހެޔޮ މުޖުތަމައެއް ބިނާކުރަން އެންމެ މުހިންމު މަސައްކަތަކީ ނަފްސާނީ ދުޅަހެޔޮކަން ތަރައްގީ ކުރުން: ނަސީމް
08 ނޮވެމްބަރު 2022

އަމާޒަކީ 2030ގެ ކުރިން ގައިންގަޔަށް ނާރާ ބަލިތައް ބޮޑުތަނުން ދަށްކުރުން: ނަސީމް

08 ނޮވެމްބަރު 2022
އަމާޒަކީ 2030ގެ ކުރިން ގައިންގަޔަށް ނާރާ ބަލިތައް ބޮޑުތަނުން ދަށްކުރުން: ނަސީމް
02 ނޮވެމްބަރު 2022

މާމެންދޫ އަދި ނިލަންދޫ ސިއްހީ މަރުކަޒު އަޕްގްރޭޑް ކުރުމުގެ މަސައްކަތް އަންނަ އަހަރު ކުރީކޮޅު ނިމޭނެ – ނަސީމް

02 ނޮވެމްބަރު 2022
މާމެންދޫ އަދި ނިލަންދޫ ސިއްހީ މަރުކަޒު އަޕްގްރޭޑް ކުރުމުގެ މަސައްކަތް އަންނަ އަހަރު ކުރީކޮޅު ނިމޭނެ – ނަސީމް
26 އޮކްޓޯބަރު 2022

މިނިސްޓަރ ނަސީމަށް އެންމެ ބޮޑު އުފާވެރިކަމެއް ލިބިލައްވަނީ މަލަކަށް ބަލާލެއްވުމުން

26 އޮކްޓޯބަރު 2022
މިނިސްޓަރ ނަސީމަށް އެންމެ ބޮޑު އުފާވެރިކަމެއް ލިބިލައްވަނީ މަލަކަށް ބަލާލެއްވުމުން
25 އޮކްޓޯބަރު 2022

ފޯޅަވައްސަކީ ރާއްޖޭގެ ތަނެއްގެ ގޮތުގައި އެއްވެސް އިރެއްގައި ދައުވާ ނުކުރޭ – ނަސީމް

25 އޮކްޓޯބަރު 2022
ފޯޅަވައްސަކީ ރާއްޖޭގެ ތަނެއްގެ ގޮތުގައި އެއްވެސް އިރެއްގައި ދައުވާ ނުކުރޭ – ނަސީމް
25 އޮކްޓޯބަރު 2022

ހޮސްޕިޓަލުތައް ހިންގަން ޖެހޭނީ މިނިސްޓްރީ އާ ވަކިން، އަންނަ އަހަރު އިންގިލާބީ ބަދަލެއް އަންނާނެ – ނަސީމް

25 އޮކްޓޯބަރު 2022
ހޮސްޕިޓަލުތައް ހިންގަން ޖެހޭނީ މިނިސްޓްރީ އާ ވަކިން، އަންނަ އަހަރު އިންގިލާބީ ބަދަލެއް އަންނާނެ – ނަސީމް
10 އޮކްޓޯބަރު 2022

އަމާޒަކީ ސިއްޙީ ދާއިރާއާ ގުޅުންހުރި ދިރާސާތައް ކުރެވޭ މިންވަރު އިތުރުކޮށް އެކަމަށް މަގުފަހިވާ ވެއްޓެއް ގާއިމުކުރުން - ނަސީމް

10 އޮކްޓޯބަރު 2022
އަމާޒަކީ ސިއްޙީ ދާއިރާއާ ގުޅުންހުރި ދިރާސާތައް ކުރެވޭ މިންވަރު އިތުރުކޮށް އެކަމަށް މަގުފަހިވާ ވެއްޓެއް ގާއިމުކުރުން - ނަސީމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް